ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މައުމޫނާ އެކު: އިދިކޮޅާ ގުޅެން މައުމޫން މަޝްވަރާ ނުކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި. --ފޮޓޯ/މިހާރު
10 މާޗް 2021 - 15:10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ގެންނެވި ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ފެތުރީ ދޮގެއް ކަމަށް ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއާރުއެމްގެ ނައިބު ރައީސަކަށް ވެސް ހުންނެވި ޔުމްނާ ކުރެއްވި ޓުވީޓެއްގައި، ވެރިކަން ހިންގާ ކޯލިޝަންގައި ސާބިތުކަމާ އެކު މައުމޫން ހުންނެވި ކަމުގެ ޔަގީންކަން ދެއްވީ އެ މަނިކުފާނު އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅިވަޑައިގަތުމުގެ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރާއްޖެ އެމްވީގައި ރިޕޯޓް ކުރި ޚަބަރު ދޮގުކުރައްވަމުންނެވެ.
މައުމޫން ރައީސްކަން ކުރައްވާ އެމްއާރުއެމް އިން އެފަދަ އެއްވެސް ނިންމުމެއް ނުނިންމާ ކަަމަށް ޔުމްނާ ވިދާޅުވި އެވެ. އެފަދަ މަޝްވަރާއެއް ވެސް ޕާޓީ ތެރޭގައި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއާރުއެމް އިން މިފަދަ ނިންމުމެއް ނިންމައިފައެއް ނުވޭ. މިފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ،" ޔުމްނާ ވިދާޅުވި އެވެ.
އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވޭ. އަދި މި ފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ. @MRM_Office @MrmWomenCouncil @MRM_Youth https://t.co/3lzWeagI8u
— Yumna Maumoon (@yumna_maumoon) March 10, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް އިއްތިހާދުވެ މި ވެރިކަން ގެނައީ އެމްއާރުއެމްގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ހިމެނޭ ގޮތުންނެވެ. މި އިއްތިހާދާ ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދޭތެރެއަކުން ވާހަކަ ދައްކަވަ އެވެ. އެކަމަކު ރައީސް ސޯލިހް އަބަދުވެސް ވިދާޅުވަމުން އަންނަނީ ކޯލިޝަން ބަދަހިކަމާ އެކު ދެމިއޮންނާނެ ކަަމަށެވެ.
ވެރިކަންކުރާ ކޯލިޝަނާ ގުޅޭ ގޮތުން މައުމޫން އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމުގައި އެމްއާރުއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެހެންވެ، ސަރުކާރަށް ތާއިދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި އެމްއާރްއެމުން ސަރުކާރާ އެކު ދެމިއޮންނާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ވެރިކަމެއް އުފެއްދީ އެ މާޒީ އަށް ރުޖޫއަ ނުވާން ކަމަށެވެ. ކޯލިޝަން ބައިވެރިންގެ އެންމެ މުހިއްމު ވާޖިބަކީ ކޯލިޝަން ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. މި ވެރިކަމަށް މައުމޫން ތާއީދުކުރެއްވީ، ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ގޯސްތައް އިސްލާހުކޮށް ގައުމު ހަމަ މަގަށް އަޅުވަން ޖެހިފައިވާ ކަމަށް ވިދާޅުވެ އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާނާތާއި ގާނޫނުއަސާސީއާ ޚިލާފު އަމަލުތަކަށް މައުމޫން އަޑުއުފުއްލަވަން ފެއްޓެވެމުން ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ވެސް ވަކިކުރީ އެވެ.
މި ވެރިކަމުގެ ކޯލިޝަންގައި އެމްއާރުއެމުން އެއްބާރުލުންދީގެން ތިބި ނަމަވެސް ކޯލިޝަންގެ ބައެއް ބައިވެރިންގެ ފަރާތުން އެމްއާރުއެމަށް ބޭއިންސާފު ބަސްތަކެއް އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެއީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ. އެފަދަ ކަންކަމަކީ ކޯލިޝަން ބަލިކަށިވުމަށް މެދުވެރިވެދާނެ ކަންކަން މައުމޫން ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ކުރިން ދެކުނު އަނިޔާވެރި ދުވަސްތަކަކަށް އެނބުރިދާކަށް. ކުރިން ލިބުނު ނިކަމެތި ގޮތްތަކެއް ވާކަށެއް. ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވި މަންޒަރު ދެކެން ތިބޭކަށް. ވަރަށް ގިނަ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ވަނީ ހިނގާފައި،" މައުމޫން ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ އިސްލާހަށް މަސައްކަތުގައި ކުރިއަށް ދެވޭނީ، މައުމޫން ވިދާޅުވެފައިވާ ގޮތުގައި، ކޯލިޝަން އުފެއްދި މަގްސަދުގައި ދެމިތިބެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
11 March 2021
ބަ ރާބަ ރު! އަނެއްކާ އަނެއް ލޮޓި ދޭން ގުޅޭނެ ކަމެއް ނެތް. މަށަށް މަށަށް ނޫން ގޮތެއް ނޯންނަ މީހެއް. ގުޅުނަސް ތާއީދެއް ނުކުރާނަމު.
ފޫހި
11 March 2021
އިދިކޮޅުގައި ވެސް މަނިކުފާނު. އެއްކޮޅުގައިވެސް މަނިކުފާނު އަދި ތިންވަނަ ފިކުރުގައިވެސް މަނިކުފާނު. ކޮންމެ އަތަކަށް އަރިވިއަސް ހަމަ މަނިކުފާނު. މަނިކުފާނުގެ ގެއަށް ބައި ނާޅާ ސަލާމަތްވެވޭނެ އެއްގޮތްވެސްނެތް
ބައިރޯ
11 March 2021
މިހާރު ހުރީ ނުގުޅިތަ؟ އެއްދަރި އެމް.ޑީ.ޕީގަ އަނެއްދަރި ޕީ.ޕީ.އެމްގަ، ކޮންމެ ބަޔަކަށް ވެރިކަން ލިބުނަސް ބަޑުފުރޭގޮތައް!!!! އެހެން މީހުން މޮޔަކަމައް ހަދަން
ބޮޑުމީހާ
10 March 2021
ދިވެހި ދައުލަތަކީ ފަޅިފަޅިއަށް ފަޅައިގެން ބަހާ އެއްޗަކަށް ހަދާފި. އިންތިހާބު ވަނީ ފޮނި އުއްމީދުގަ އިންތިހާބު ވީމަ ދެން ރައްޔިތުން ހަދާންވަނީ އަނެެއް އިންތިހާބަށް
މުލޭ
10 March 2021
މައިމޫނުވެސް ގާސިމްވެސް އިމްރާންވެސް ކެތްކުރާނީ ވަކިވަރަކަަށް. މީ ވަރަށް ވާހަކަ.
އާލަމް ބާއީ
10 March 2021
މައުމޫނަކީ ވަރަށް ދުރަށް ވިސްނަވާ ބޭކަލެއް. އެމަނިކުފާނު ގުޅޭނެކޮޅެއް އެނގޭނީ އަދި ވިއްސަކަށްއަހަރު ފަހުން.
އަލީސުޖާއު
10 March 2021
އަދިވެސް ހަމަ މައުމޫން ވަރެއްނެތް ، ފަހަރެއްގަ ރީނދޫ ކުދިންނާއި ފާތުމަގެ ކުދިންކޮޅު ހިތްހަމަނުޖެހިދާނެ.
ވަތަން އިސްކުރަން ޖެހޭ
10 March 2021
ރާއްޖެއަކީ މިހާރު މިނިވަން ޤައުމެއްތަ؟
ނޫރާނީ މާ
10 March 2021
އިންޑިޔާގެ މަސްވެރިން ރާއްޖޭގެ ކަނޑުގަ ދާ ޖަހައިގެން މަސްވެރިކަން ކުރަނީ.
މަންޑޭލާ
10 March 2021
ކުރީގެ ސަރުކާރުގެ ހިންގުންތެރިކަން ހުރިގޮތުން ރާއްޖޭގެ މުސްސަދިކަން އިތުރުވެފަ ވަނިކޮއް އެމްޑީޕީޔައް ތަބަކަކައް ލާފަ ވެރިކަން ދިނީމަ ދައުލަތުގަ ހުރި ހުރިހާ ޑޮލަތުތައް ފެންތައްޓަކައްނުލާ ދިރުވާލި.