މެދުރާއްޖެ ތެރޭޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ދެ ކުއްޖަކު މާބަނޑުވި މައްސަލައެއް ފުލުުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ދެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލަ ހުށަހެޅީ މިދިޔަ ޑިސެމްބަރު 31 ގައި ކަމަށާއި އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ދެވަނަ މައްސަލަ ހުށަހެޅީ އޭނާ ވިދާޅުވި ގޮތުގައި ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފެބްރުއަރީ 18 ގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.