ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އެތަނުގައި ރޭ ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައި
30 މާޗް 2021 - 12:28
ދައުލަތުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހަދާފައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޭ ބޮޑު ހަމަނުޖެހުމެއް ހިންގައި، 10 ކުއްޖަކު އެތަނުން ނުކުމެ އަދި އެއް ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން ބައިތިއްބާ ހިޔާގައި 29 ކުއްޖަކު އުޅެ އެވެ. ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި އެ ކުދިން ބަލަހައްޓަން ތިބޭ މީހުން، ކުދިންނާ ދިމާއަށް އެއްޗެހި ކިޔައި، ނަފުސާނީ އަނިޔާ ދޭ ކަމަށް ބުނާ މައްސަލަ އޮތީ މި ފަހުން ވަރަށް ބޮޑުވެފަ އެވެ. އެންމެ ފަހުން އެކަން ބޮއްސުންލައި، އެ ކުދިން މެނޭޖްމެންޓާ ދެކޮޅަށް ރޭ ނުކުތީ ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި ހިޔާގައި ތިބި ކުދިން ވަނީ، އެތަަނުގެ ފަރުނީޗަރާއި އެހެން ތަކެއްޗަށް ގެއްލުން ދީފަ އެވެ. ހަމަ އެ ހަމަނުޖެހުމުގެ ތެރޭގައި 10 ކުއްޖަކު އެތަނުން ފިލައިގެން ވެސް ދިޔަ އެވެ.
ފަހުން އެ ކުދިން އެތަނަށް ވެއްދި އެވެ. އަދި ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެއް ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، މިއަދު ވިދާޅުވީ ކުދިން އެތަނުން ނުކުމެގެން ދަނީ، އެތަނުގެ ތެރެއިން އެ ކުދިންނާ މާ ބޮޑު ގުޅުމެއް ގާއިމްކުރެވިފައި ނުވާތީ ކަމަށެވެ.
"ކުޑަކުދިން ބޭނުންވާނެ އެޓޭޗްމެންޓް ފިގާއެއްގެ ގޮތުގައި ކޮންމެވެސް މީހެއް. އެކަކު ނަމަވެސް އެޓޭޗްވާނެ މީހަކު ހުންނަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެންނަށް ހިޔާގައި އެފަދަ މާހައުލެއް ކުދިންނަށް ފަހިކޮށް ނުދެވޭތީ ނުކުމެގެން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ކުދިން ވެސް މީގެ ކުރިން ބޭތިއްބީ ވިލިމާލޭގައި ހުންނަ ހިޔާގަ އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެ ފަދަ ތަނެއް ހުޅުވައި، ހިޔާގައި ތިބި 13 އަހަރުން ދަށުގެ ކުދިން ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ. އަދި ފިޔަވައްޗާއި ހިޔާގައި ތިބޭ ކުދިން މިހާރު އަންނަނީ ރަށްރަށަށް ބަދަލުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
31 March 2021
ތިޔަތަންތަން ހިންގާ މީހުންނާ އެ މީހުންގެ މައްޗަށް ޒިންމާދާރުވާން ތިބޭ މީހުންގެ އިހުމާލުން ވާކަމެއް. މައިސޯބާއި ހަމައަށް މިކަމުގެ އަދަބު ލިބެން ޖެހޭ. މައަސޯބާއި ދަށު ސޯބުތަކަކީ ކޮން ބައެއްކަން އެނގޭ.
ވޯލް
31 March 2021
ތީގައި އެކުދިން ތަކެތި ހަލާކު ކުރާ ހިސާޞަށް އެކުދިންގެ އުޅުމާއި ވިސްނުން ދިއުން. ދައުލަތުން އެކުދިނަށް ކައުންސިލިން ދޭންޖެހޭނެ. އެކުދިންނަށް އެއީ ބަޔަކު އެއްލާލާފަ ތިބި ނައެއްގެ ގޮތުގައި އިހްސާސް ކުރެވޭތީ ވާގޮތް. ދެން ޖުމްލަކޮށް ދިވެހިންނަކީ ވަރަށް ކެެތްތެރިކަން ކުޑަ މިންވަަރަށް ޝުލުރުނުކުރާ ބައެއް. އެހެންވީމަ އެބައި އެކުދިންގެވެސް ހުންނާނޭ. މަންމައާއި ބައްޕަކާރީގައި ބޮޑުވާ ކުދިންވެސް އުޅެ ހިތްހަމަ ނުޖެހުނީމަ ނޫނީ ރުޅި އައީމަ ތަކެތި ހަލާކު ކުރާ.
ސޯޝަލައިޒް
31 March 2021
ސޯޝަލައިޒް ވަނީ ގިނަ ކުދިން އެއްތަނެއްގަ އުޅުނީމަޔޯ
ގަނޑިޔާ!!!
31 March 2021
އެކުދިންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމެއް ކުރިއަސް ބަހެއް ނުބުނެވޭނޭ، ޖެންޑާރ އޮންނާނޭ ހިމާޔަތް ކުރަން. ކަމެއް ކުރިއަސް ނޯވޭ ބަސް ބުނެވޭކަށް. އާއިލާއެއްގައި އުޅޭ ކުދިން ގޯސްކަމެއް ކުރީމައި އޭގެ ސަބަބުން ކޮންމެވެސް ކަހަލަ އަޚްލާޤީ ފިޔަވަޅަކާއި ކުރިމަތިވާނެ، މައިން ބަފައިން ބަސް ބުނުމާއި. ނުވަތަ ކުޅޭ ސާމާނު ވަކި ވަގުތަކަށް އަތުލުމާއި މިކަހަލަ ކޮންމެވެސް ކަމެއް، އެކަމަކު އެންމެ ކުޑައިރުންވެސް މިކުދިންނަށް ހީވެފައި އޮންނަނީ ކުޅެނުލެވޭނޭ. ކިހާ ދެރަ
ކުޅުދުއްސޮރު
31 March 2021
އެކުދިންނަށް މިނިވަން އަދި ޒިންމާދާރު ދިރިއުޅުމެއް އުޅެވޭނެ ގޮތާއި މަގު ދައްކައި ދިނުމަށް ނުކުޅެދިފައި ވާކަން މީގެން މި އަންގައިދެނީ
އިޔެ1
31 March 2021
ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހިންގަމުންދިޔަ އިސްލާހިއްޔާގައި 2 ހަފްތާއަށް ހުރުމުގެ ނަސީބު ލިބުނު. ވަރަށް ފުރިހަމައަށް ހިންގަމުންދިޔަ ތަނެއް ނަގާ ރޫޅާލައި އުވާލީ. ޒަމާނުއްސުރެ ގުރައިދޫ މަރުކަޒު ފިޔަވާއި މިފަދަ ހުރިހާތަނެއް ވަރަށް ފުރިހަމައަށް ހިންގި. އެއްވެސް ކަހަލަ އިހުސާންތެރިކަމެއް ނެތް މީހުން ގިނަވީމަ ވާގޮތް. ޤިޔާމަތް ދުވަހު ތިމާގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި މެދު ސުވާލު ކުރެވޭން. ޔަތީމުން.
ގުގުރި
31 March 2021
ޢެތަން ބޮއްސުންްް ލައިގެން ދިޔައީ އެދާއިރާގެ އެއްްްވެސް ތަޖުރިބާއެއްް ތައުލީމެއް އަދި އެއވެސް ޕްރޮފެޝަނަލް ކަމެއް ނެތް މީހަކު ހަމައެކަނި މިނިިސްޓަރެއްގެ ދައްްތަ އަކަށް ވީތީ އެތަނުގެ ސީއީއޯ އަކަށް ލީ ފަހުން..
ޝާނާ
30 March 2021
ނަން ޖަހާލަން ލަދުގަނޭ ދޯ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ޒިންމާ ނުއުފުލާތިބެ ވާހަކަ ދައްކަން ކެރޭބާ ... އެތާ ސްޓާފުންގެ ކުރިމަތީގަ ނޫންތަ ކުދިން ބޭރަށް ގޮސް ޖެހުނުއެއްޗެއް ބޮއެގެން މަސްތުވެގެން އައިސް ވަދެ ނުކުމެ އުޅެނީ.... އެކުދިންނަށް ކޮން ރައްކާތެރިކަމެއް އޮތީ ވަރުވަރުން ޑެޕިއުޓީންނާ ވަޒީރުން ލައިގެން ?
ސާހިބާާ
30 March 2021
މާފުށީގައި ހުރި އިސްލާހިއްޔާ އުވާލައި މާލެއަށް ވަޒީފާ ތަކާއި ބާރު އެއްކުރަން އުޅުމުން ވާނެ ހުރިހާކަމެއް ތިޔަވަނީއެވެ. މާފުށީގައު ކުރިން ހުރި ސެންޓަރަކީ ގާބިލް ތަޖްރިބާހުރި އެތަކެއް މުވައްޒަފުންނާއި ވަސީލަތްތައްހުރި ތަނަވަސް ބިމެކެވެ. މިހާރަށް ބަލާއިރު ތަނުގައި ތިބޭ ކުދިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތު ދީގެން ގެސްޓުހޮޓާ ދާއިރާއަށް ކުދިން ބިނާކުރެވިދާނެ ވެއްޓެއް އޮތް ރަށެކެވެ. ގައުމަށް ހެޔޮ ނޭދި ނިންމާ ނިންމުން ލިބޭ ފިލާވަޅުތަކުން.....
ސިދައިތަ
30 March 2021
ސިދާތާ އިސްތިއުފާ!