އެންމެ ފަހުން 2017ގައި ބޭއްވި ލޯކަލް ކައުންސިލް އިނތިްހާބުގައި ވޯޓު ގުނަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު
07 އެޕްރީލް 2021 - 21:27
ލޯކަލް ކައުންސިލް އިންތިހާބު ހޮނިހިރުދުވަހު ބާއްވަން ތައްޔާރުވަމުންދާ އިރު، ކޮވިޑް-19އާ ގުޅިގެން، ވޯޓު ލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑވިްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އިންތިހާބާ ބެހޭގޮތުން މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ބައްދަލުކުރުމަށް ފަހު އެޗްއާރުސީއެމުން ކުރި ޓްވީޓެއްގައި ބުނީ ވޯޓު ލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ އެ ކޮމިޝަންގެ ކަންބޮޑުވުންތައް އީސީ އާއި އެޗްޕީއޭއާ ހިއްސާކޮށް، ލަފާ ވާނީ ދީފައި ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުންތަކާއި ލަފައަކީ ކޮބާ ކަމެއް އެޗްއާރުސީއެމުން ނުބުނެ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ރާއްޖޭގައި އަދިވެސް ކޮވިޑް ފެތުރެމުންދާ އިރު ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް މުހިއްމުކަން ބައްދަލުވުމުގައި ފާހަގަކޮށްފައިވާނެ އެވެ.
"އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިން ވެސް މި ދެ ކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން ކޮމިޝަނުން ފާހަގަކުރިއެވެ. އިންތިޚާބު އޮންނަ ދުވަހު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" އެޗްއާރުސީއެމް އިން ޓްވީޓްކޮށްފައި ވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
08 April 2021
އަހަރުމެން ކަން ބޮޑުވަނީ ވޯޓު ނުލެވިގެނެއް ނޫން. ތި އިންތިޚާބުގެ ސަބަބުން މިގައުމުގައި ބަލިފެތުރުން އިތުރުވެދާނެތީ. އިންތިޚާބެއް ބޭއްވިއަސް ނުބޭއްވިއަސް ރައްޔިތުންނަށް ހެވެއްނެތް. ޑިމޮކްރެސީއޭ ރައްޔިތުންނޭ ކިޔައިގެން ހުރިހާ މީހުން މިކުރަނީ އެއްކަމެއް. ރައްޔިތުން ނިކަމެތިކުރުން.