އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި --- ފޮޓޯ/ސޯޝަލް މީޑިއާ
13 އެޕްރީލް 2021 - 20:13
އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު މިއަދު ތަޅާލައިފި އެވެ.
ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންދިން މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީ އޮފީހަށް މިއަދު ގެއްލުން ދިންއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނުމުގެ މަސައްކަތް މިއަދު ކުރަން އުޅުމުން އިންތިޚާބާބެހޭ މައި މަރުކަޒުގައި ހަމަނުޖެހުން ހިންގާފައިިވެ އެވެ.
އެތަނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރި އެވެ. އެކަމަކު އެމްޑީޕީން ބުނަމުން ދަނީ ހަމަނުޖެހުން ހިނގީ ވޯޓުތައް އަލުން ގުނަން އިދިކޮޅުން ހުރަސް އެޅުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
14 April 2021
07 ފެބްރުއަރީ ހަނދާން ނެތުނީތޯ
ނަސްރު45
14 April 2021
އެރަށެއްގެ ރައްޔެތުންގެ އިތުބާރު ގެއްލުނީމާ އަދި ރަށުން ބާލާ ވަގުތުވެސް އަންނާނެ.
މަކުނު
14 April 2021
ތިކަން ކުށްވެރިކުރަން. އެކަމަކު 08 ފެބްރުއަރީ 2012 ވެސް ރައްޔިތުން ހަނދާން އެބަހުރި.
ސައިޚް
14 April 2021
ކޮންމެ ޕާރޓިއެއްވިއަސް ޝައްކުވީމަ ވޯޓްފޮށި ގުނަންވީ، ޝައްކު ފިލުވަން ޖެހޭ، އޮޅުމެއް އޮތް ނަމަ ސާފުކުރަން ޖެހޭ، ކޮބާ ނަޝީދު އެތަނަށް ދިއުމުން މައްސަލަ އަކީ، އަދުރޭވެސް ހުރީ އެތަނަށް ގޮސް، ވޯޓް ފޮށިތަށް ޗެކް ކޮއްލާ އަލުން ގުނާލާފަ ނިންމާލާ،
ނަސީމް
14 April 2021
އަދުރޭގެ ޓީމުން ސައްޙަނޫން ފާސް އަޅުވައިގެން އެތަނަށް ވަނީ އަމަން ބަލަހައްޓަން ތިބި ފަރާތްތަކުގެ އިޙްމާލުން. ފުލުން ހަމަ ތިބީ ކުޅިބަން ގޯހުން ގޯހަށް ދިޔަޢީމަ އިތުރު ފުލުންވެސް އެތަނަށް ގެނައި. ދެރަކަމެއް މިއީ.
ކައުންސެލަރު
14 April 2021
އަމިއްލަ ބޮނޑި ބާރަށް ބަނދެލަންވެގެން އަމިއްލައަށް ބަނދެލި ބޮނޑިއަކާ ހާދަވައްތަރޭ. މާޒީގާ ކަންހިންގާފައި ހުރީ އެހެން.
އާރީ
14 April 2021
މާލޭމީހުން ގެ ގަމާރު ކަން މި ފަހަރު ވޯޓުން އިގިންޖެ. ދެން މުއިޒް ގޯތިކަނޑާފަ ދޭ ތަން ބަލަަށް މިހުރީ.
އާރީ
14 April 2021
އެމްޑީފީ ސުފަރ މެޖޯރިޓީ އޮވެ. ވެރިކަން އޮންނަ އިރުވެސް އެވެރިން އެއްމެ 5 އެމްފީން ނާއި އެކު ނިކުމެފަ ހަދާނި އެއްޗެއް ހަދާފަ އެ އުޅެނި.
ޖުހާބެ
13 April 2021
މި ގޭމެއް މިހެން ޖައްސާތާ މިވީ އެތަކެއް އަހަރެއް. ބިއްލޫރި ގަނޑެއް ތެޅޭނެ ކަޅުތެޔޮ ޖަހާނެ، މީހަކު އަނބުރައި ގަންނާނެ. ރައްޔިތަކަށް ވާ ފައިދާއެއް ހަރާން. މިކަހަލަ ކޫސަނި ކަންކަން ދޫކޮށް ތަރައްޤީއަށް ފޯކަސް ކޮށް ތޮޅުން ހުއްޓާލައި ރައްޔިތުންނަށް ކަންކަން ކޮށް ދައްކަބަލަ. ކިހާދެރަކަމެއްތަ
ޑރފަލަޑޭ
13 April 2021
ރޯދަމަހުގެ ފުރަތަމަދުވަހުވެސް ކެތެއްނުވިދޯ ގަޔަށްބޮލަށްނާރަ. އެކަމަކުމިއީ އަޅުކަމުގަ ގިނަވަގުތުހޭދަކުރަން އޮފީސްތަކަށް އެންމެ ތިންގަޑިއިރު ރޯދަމަހު ދާންތިބި. އަޅުކަން ތިކުރަނީ
1828
13 April 2021
ނަޝީދު އަދި އެމްޑީޕީ ދެކެ ރުޅިއައިސްގެން އިދިކޮޅު ބަޔަކު ނުވަތަ މީހަކު މިކަމެއް ކޮށްފިނަމަ މިއީ ވަރަށް ފިނޑި ނާތަހުޒީބް އަމަލެއް. މިކަން އެމްޑީޕީއިންވެސް ކޮށްފާނެ. ސަބަބަކީ މީހުންގެ ޝައުގުވެރިކަން އެހެންދިމާލަކަށް އަނބުރާލުންކަމަށްވެސް ވެދާނެ. ޕޮލިޓިކްސް އަކީ އެހާ ހަޑިމުޑުދާރު އެއްޗެއް.
1239
13 April 2021
ގުންޑާ ހެދިގެން އުޅެނި ކޮންބައެއްކަން އެނގޭނޫންތޯ؟ ބޮސް އޮތީ ޖަލުގަ.. ދެންހުރި މީހާ ހުޅުމާލެ ގޮނޑި ނެގީ މިފަހަރު