ޚަބަރު / ކޮވިޑް ވެކްސިން

ރަށުގެ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ދީފައިވާ ނަމަ ޕީސީއާރު ޓެސްޓާ ނުލައި ދަތުރުކުރެވޭނެ

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ލުއެއް ދީފައިނުވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި.

ގއ. ވިިލިނގިލީ މަގުމަތި: ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދީފައިވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑު ވެކްސިންގެ ދެ ޑޯޒަށް ފަހު، ރަށުގެ އާބާދީގެ 60 ޕަސެންޓު ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ ނުލައި، ކަރަންޓީނު ވުމެއް ވެސް ނެތި ދަތުރުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އުސޫލު ބަދަލުކޮށްފި އެވެ.

މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި ފިޔަވަޅުތައް އެޅިތާ އެއް އަހަރު ފަހުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް މިރޭ ދެއްވައިފަ އެވެ. ލުއިދިނުމުގެ އެ އުސޫލަށް ދިވެހިންނާއި ޓޫރިސްޓުން ވެސް ފެތެއެވެ.

އެކަމަކު، އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ކަރަންޓީން ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް ރޭ އިއުލާނު ކުރައްވައިފަ އެވެ. އެޗްޕީއޭ އިން މިރޭ އާއްމުކުރީ އޭގެ ތަފްސީލުތަކެވެ.

އާ އުސޫލުގައި ބުނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒުތައް ހަމަވެފައިވާ ނަމަ، ކަރަންޓީންވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަށުގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒް ނުދެވޭ ނަމަ ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުންނަށް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ. އެ މީހުންނާއެކު، ވެކްސިން ޖަހަން ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރާ ނަމަ އެ ކުދިންގެ ވެސް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރަން އަންގާފައި ވެ އެވެ.

ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖެއަށް އަންނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ ނަމަ ނެގެޓިވް ޕީސީއާރު ޓެސްޓެއް އަދި ކަރަންޓީން ވާކަށް ވެސް ނުޖެހެ އެވެ. އެކަމަކު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ޑޭކެއާ ސެންޓަރުތަކާއި ސްކޫލުތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރަން އަންނަ ނަމަ ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަން ޖެހެ އެވެ. ނުވަތަ ރާއްޖެ އެތެރެވުމަށް ފަހު ޕީސީއާރު ޓެސްޓް ހަދަންވާނެ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، އެ އެންގުމަށް އަމަލުކުރަން ފެށުމާއެކު ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒުތައް ހަމަވެފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި އުޅޭ ރަށްރަށް އާއްމުކުރަމުން ގެންދާނެ އެވެ.

14 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 5%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު1

18 April 2021

ސުވާލަކީ ރަށުގެ އާބަދީ ކަނޑައަޅަނީ ކިހިނެތްތޯ؟؟ ސ. ހިތަދޫގެ ރަޖިސްޓްރީގައި ހުރީ 15ހާހުން މަތީގަ އެކަމަކު ދިރިއުޅެނީ 9000. އެންމެފަހުން ސެންސަސް ބޭއްވީ 2014ގައި.. އެހެންވީމައި އާބާދީއަކީ ކައުންސިލުން ބުނާ އަދަދެއް.

The name is already taken The name is available. Register?

ޫއުސޫލު

16 April 2021

އުސޫލު ގައި ބުނާ އެއްޗެއް އޮޅުވާލާފަ ތިއޮތީ، އޭގައި އެބުނާގޮތުން ވެކްސިން ނުޖަހާ މީހުންނަށްވެސް ދެވޭނެ ކަމަށް އެމީހުންގެ ރަށުގެ ޕޮޒިޓިވް ރޭޓް 5% އައްވުރެ ދައްވެފަ އަދި ދާ ރަށުގެ އާބާދީގެ 60% ވެކްސިން ފުރިހަމަ ކޮއްފައި ވާނަމަ

The name is already taken The name is available. Register?

ރަށްއިތުމީހާ

16 April 2021

20% ވެކުސިން ދިން ރަށެއް އޮތަސް ރަގަޅު ރަށްއިތުންނަށް މިފަދަ ބޮނޑެތި އޮޅުވާލުން މި އޮޅުވާލި ކީން ކުރަށްތަ. ރަށް ރަށަށް ވެކުސިން ފޮނުވަނި އެހާމަދުން.

The name is already taken The name is available. Register?

އާރީ

16 April 2021

ރައީސް ދަށްކާ ވާހަކަ އާއި އެޗްފީއޭއިން މިނެރޭ ގައިޑްލައިނާ ދިމައެއް ނުވޭ. ރަށްއިތުން ރުޅިގަދަވަނި މިކަހަލަ ކަންތައް ކުރާތި. ޓްވިޓް ކޮށް ދެ ޑޯޒް ޖެހީމަ ދަތުރު ކުރެވޭނޭ ކިޔާފަ. އާހިރު ގަ ކަން މި އޮށްނަނި އެހެން ގޮތަކަށް

The name is already taken The name is available. Register?

ބަންދު

16 April 2021

ވަގުތުން ތިހުރިހާއެއްޗެއް އުވާލާ ގައުމާއި ރައްޔިތުން ހަލާކުވެގެން މިދަނީ މިސަރުކާރުން ގެންގުޅޭ ތާކުންތާކު ނުޖެހޭ އުސޫލްތަކުން ރައްޔިތުންނަށް މިހާރު ތިކަންތައް ވަނީ ބޮޑު ޖޯކަކަށް އެއީ ބޭނުން އިރަކުބޭނުން ބަޔަކު ބޭނުންތަނަކަށް ދެވި ބޭނުންހާ ސަކަރާތެއްޖެހި ނިކަމެތި މީހާ ތަޅުލެވިގެން އުޅޭތާ ދެއަހަރުވަނީ ވިސްނުމެއް ހުރި ސަރުކާރެއް ނަމަ މިކަންކަން މިއަށްވުރެ ބޮޑުތަނަކުން ރަގަޅުވީސް ކަން ކަށަވަރު

The name is already taken The name is available. Register?

ހަޑިގިއްލާ

16 April 2021

ސަރުކާރުން ކުރިކަމަކީ މިކަމުގަ ސިޔާސީ ބޭފުޅުން އެއްފަރާތް ކޮށްފަ ގާނޫންގައިވާގޮތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތް މައުމޫނާ އަށް އެއްބާރުލުން ދިނީ.. އަޅާ ހުރިހައި ފިޔަވަޅެއް އެ އަޅުއްވަނީ ސީދާ މައިމޫނާގެ އޯޑަރަށް އެޗްޕޯއޭއިން. މިކަމުގައި ސަރުކާރުގެ އޮތީ ކޮންް ކުށެއްތޯ؟

The name is already taken The name is available. Register?

ހަމް88

16 April 2021

60% ހަމަ ވާވަރަޢް ވެކްސިން ނުވެސް ނެތް. ޖަހާ ހަމަވަނީ މިއަންނައަހަރު. މިހާރުވެސް މިހެން އުޅޭތާ އަހަރެއްވީ. ކޮވިޑް އެންމެ ގިނަ ގައުމުތަކުގަވެސް އެތެރޭގެ ދަތުރަކަށް ހުރަސް ނާޅާ.

The name is already taken The name is available. Register?

ކޮވިދ

16 April 2021

ރައީސް މީހާ ބުނީ ކަރަންޓީން އުވާލާ ވާހަކަ. ކޮން 60 ޕަސެންޓެއް.05 ޕަސެންޓެކޭ ކިޔާކަށް. މިހާރު އަހަރުވީ މިކަމެއްގަ އުޅޭތާ. ތި މައެމޫނާ އެއްގެ ބަސް އަހައިގެން ސަރުކާރަށް އޮތް ތާއީދު ގެއްލުން ނޫން ކަމެއް ނުވި. ޕަބްލިކް ހެލްތު ގާނޫނު އިސްލާހުކޮއްގެން ނަމަވެސް މައެމޫނާގެ ބާރުތަށް ހަނިކުރަން ޖެހޭ. ގައުމުގެ އިހުބަހާއި ފަހުބަސް ބުނަން ވާނީ ރައީސް.

The name is already taken The name is available. Register?

ބަލ

16 April 2021

ތީ މޮހޮނަށް ދޯނި ދިން ގޮތައް ލުއި ތިދެވުނީ. ރައީސް މީހާ ބުނަނީ ކަރަންޓީން އުވާލާވާހަކަ. ކޮން 5 ޕަސެންޓެއް 60 ޕަސެންޓެއް. ތިވަރަށް ޖެހޭ ވަރަށް ވެކްސިނެއް ނުވެސްނެއް. މައެމޫނާ ބޭރުކުރޭ.

The name is already taken The name is available. Register?

ަައޮފް މޫޑް

16 April 2021

ދެން ކޮންދުހުކުންތަ މާސްކު ނެގޭނީ؟

The name is already taken The name is available. Register?

މޯޑް

16 April 2021

60 ފަސެންޓް ކޮވިޑް ވެކުސިން ޖަހާފަ އޮތް އެއްމެ ރަށެއް ވެސް މިރާއްޖެ އަކު ނޯންނާނެ. ރަށް ރަށުގަ މި ޖަހަނި ނުލާހިކު ސުލޯކޮށް. ކޮންމެ ކޮންމެ މީހަކު ގަޔަށް ޖަހާވެސް ދެނީ އަކީ ނޫން. ގާތުން ކިރުދިނަސް ޑޮކުޓަރަށް ދަށްކާގެން ހުއްދަ ލިބިގެން ވެކުސިން މިޖެހެނި. މިވަރު ބޮނޑް ތަކުލީފެއް އުފްލަށް ޖެހޭ ކަމެއްތަ މި. ޑޮކުޓަރ އެބަ ބުނޭ މިތާ އައިސީޔޫ ނެތޭ ސުފަސިލިސްޓުން ނެތޭ މާލެދާށޭ ވެކުސިން ޖަހަށް. މީތޯ ސަރުކާރުން ކަންކަން އިންތިޒާމް ކުރާ ގޮތަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454