ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19: ޕޮޒިޓީވްވީ މީހުން މިއަދު މަދު: ޓެސްޓުކުރި ވަރު ވެސް މަދު

ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރަށް ގޮސް ތިބި ބަޔަކު މަޑުކޮށް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނީ 741 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މިއީ މިދޔަ ތިން ދުވަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އަލަށް ކޮވިޑް ޖެހުނީ 515 މީހަކަށެވެ. ކުރީގެ ދުވަސްތަކުގެ ބައެއް ސާމްޕަލްތަކާއެކު ޖުމުލަ 741 އާ ކޭސް ފެނިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ 2،881 މީހުން ޓެސްޓު ކޮށްގެން ލިބުނު ނަތީޖާ އެވެ.

ޕޮޒިޓީވްވި މީހުންގެ އަދަދު މިއަދު މަދުވިއިރު، އެހެން ދުވަސްތަކަށް ވުރެ ޓެސްޓުކުރި ސާމްޕަލްތަކުގެ އަދުދު ވެސް ވަނީ މަދުވެފަ އެވެ.

ރާއްޖޭގައި މިވަގުތު 15،958 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 262 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް 44،523 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 28،459 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. ރާއްޖެ އިން މިހާތަނަށް 94 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން މުޅި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު އިއްޔެ ވަނީ އެ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދިގު ދަންމާލައިފަ އެވެ.

16 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުމާ

17 May 2021

އަދިވެސް ޓެސްޓް ހެދުން މަދުކޮށްލާ އެއިރުން ޕޮޒިޓިވްވާމީހުން މަދުވާނެ.އެގޮތަށް ވިއްޔާ ކެމްޕެއިނަށް ކޭސް ތައް މަދުކުރީވެސް.

The name is already taken The name is available. Register?

އަރުތަ

17 May 2021

ތިވާހަކަ މިކިއަނީ، ތިޔަ ޓެސްޓްކުރާ މިންވަރު މަދުކުރީމައޭ، ޕޮޒިޓިވް ކޭސްތައް ތިރިވާނީ، ހަމަ އެއްގޮތަކަށް އަޑެއް ނާހައޭ.

The name is already taken The name is available. Register?

އޮޅުންބޮޅުން

17 May 2021

ކޮވިޑް-19އަށް ފަރުވާކުރަމުންދަނިކޮށް އިތުރު މީހަކު އަނެއްކާވެސް މަރުވެއްޖެ އެވެ. މަރުވާ މީހުން ގެ އުމުރު އެވްރެޖް އުޅެނީ ހައްދި އަހުރުން މަތީގައެވެ . ކުރިން ވެސް އޮތީ މިވަރެވެ . މަރުވާ މީހާ ގެ ސާމްޕަލް ނަގަނީ އެ މީހުނެވެ އެ ހިސާބުން އޮޅެނީއެވެ ...އެންމެ ފަހުން ނެގި ހުރިހާ ސާމްޕަލެއް މުއްދަތު ހަމަވެގެން އުކާލީއެވެ

The name is already taken The name is available. Register?

އޮކްސިޖަންފުޅި

17 May 2021

ކޮވިޑް ޖެފައިހުންނަ އެކަކުގެ ސާމްޕަލް ދިހަ ބާރަ ފަހަރަށް ވެސް ނަގާ ފޮނުވާފައި އެބަހުރި . އޮޑިޓެއް ސާމްޕަލް ނެގި ރަށެއް ސަރަހައްދެއް ވެސް ނޯވޭ ސާމްޕަލް ގިނައީ .ވޯކް ވިސާ އައިޑީނެތް ބިދޭސީން ގެ ސާމްޕަލް....އޭރުންތާ އޮޅުވާލައިގެން ސަރުކާރުން ލާރި ނެގޭނީ

The name is already taken The name is available. Register?

ވެންތިލޭޓަރު

17 May 2021

މިކަން ބަލަން ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައިވާ ފަރާތައް ވައިއެޅުނަ ވެސް ނުދޭ....... ހަދާ ކޮންމެ ޓެސްޓަކަށް 1500 ރުފިޔާ ނަގާ .....އެޗްޕީއޭ އަށް ލަފާދޭ ކުލިނިކް ވިޔަފާރި ހިންގާ މީހުން ހީވަނީ ބޮޑުއީދެއް އައިސްގެން އުޅޭހެން ..ބައެއް ފަހަރު ރާއްޖޭން ފުރާ އެންމެ ގެސްޓެއްގެ އަތުން ތިން ހަތަރު ސަތޭކަ ޑޮލަރު އަތުލާ...މައްސަލަ ތިލަވާއިރު އެނެއް އެމްއެމްޕީއާރުސީއަށް މިކަންވާނެ

The name is already taken The name is available. Register?

އަލިކޮއަކޮ

16 May 2021

ޓެސްޓު ނުކޮއް މިހެން ބުނަންވީ. ގަމާރު ވިޔަސް ބޮޑުވަރު

The name is already taken The name is available. Register?

އުސްމާނުބެ

16 May 2021

ޓެސްޓް ކުރުން މަދު ކޮއްލާ އޭރުން ކޮވިޑް ގެ ހާލަތިވެސް ރަގަޅުވާނެ ، މިހެން ހަދާ ހަފްތާ ނިމެން ވާއިރައް 50 ދަޔަށް ވައްޓާލާ. ދެން އަންނަ ހަފަތާގަ ބެކް ޓު ނޯމަލް ، ސަޅިވާނެ ....

The name is already taken The name is available. Register?

ގެދާނޯމޮސް

16 May 2021

މީ ހަމަ އާންމު ރޯގާއެއް ގެ ނުރަނގަޅު ނަތީޖާ ޕޮސިޓިވް ވާކަމުގަ ފެންނަ ހުވަފެނެކެވެ. މަސްއޫލުވެރިން ގެ އިހްމާލުން ބަޔެއްގެ ފުރާނަ ނަގާލެވިފަ ވާނަމަ އެކަމަކީ ގަސްތުގަ އިންސާނަކު މެރުން ފަދަ ކަމެކެވެ. ކޮވިޑްގެ ސީރިއަސް ބައްޔެއް މިކްލައިމެޓް ގައި ނުހިފާނެ އެވެ. ވަށައިގެން ވައި ސާރކިއުލޭޓް ވެ އަވީގެ އަސަރު އެންމެނަށް ލިބޭއިރު ނުރައްކައު ވައިރަސްއެއް ދައުރު ވުމަކީ ގަބޫލުކުރަން ދަތިއުނދަގޫކަމެކެވެ.

The name is already taken The name is available. Register?

އަރުތަ

17 May 2021

ގެދާނޯމޮސް ތިބުނާ ގޮތުން ވިއްޔާ، ރާއްޖެ ނޫނަސް މި ކްލައިމެޓްގެ އެހެން ޤައުމުތައްވެސް ބައިވަރު އެބަހުރި، އެއުޅެނީ ސަލާމަތް ނުވެގެން، ކީކޭ ކިއަން ތިއުޅެނީ.

The name is already taken The name is available. Register?

ރަދުން999

16 May 2021

އެޗްޕީއޭ އިން މިދައްކާވާހަކަ ތަކުން ހީހީ މީހަކު ހަލާކުވެދާނެ. ޓެސްޓް ކުރި މީހުން މަދުވީމަ ޕޮޒިޓިވް ނެގެޓިވް ވެސް މަދުވާނެތާ. ބޭނުންވީމާ ގިނައިން ޓެސްޓް ކޮށްލާފަ ގިނައިން ޕޮޒިޓިވް ކޮއްލީމަ ލޮކްޑާއުން އަކަށް ދާންވީ. އިންތިހާބު ބާއްވަންވީމާ ލޮކްޑައުން ފިލުވާލާންވީ. އެގޮތަށް އޮންނަ ކަމެއް ލޮކްޑައުން އަކީ. ދިވެހިން މިހާރު ކޮވިޑްއާ އެކު އުޅެން ދަސްކުރަން ވެއްޖެ.

The name is already taken The name is available. Register?

ލަބީބް

17 May 2021

ދިވެހިން ކޮވިޑާއެކު އުޅެން ދަސްކޮށްފި. ދަސްނުވެގެން އުޅެނީ އެޗްޕީއޭ އަށް.

The name is already taken The name is available. Register?

މުލޭ

17 May 2021

ކޮވިޑާއެކު އެޅެން ދަސްވުމަކީ ކޮވިޑްއަށް ޕޮސިޓިވް ނުވެ އުޅުން. އެއީ އެންމެން ކޮވިޑް ޖެހުމެއް ނޫން.

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

16 May 2021

ޓެސްޓުކުރުން މަދުކުރެވިގެންނޫނީ މިކަމުން އަރައިގަނެވޭނެހެން ހިޔެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454