ރައްިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްްބަރު އާދަމް ޝަރީފު މިއަދުގެ ޖަލްސާގައި ވާހަަކަދައްކަވަނީ. އޭނާ ވިދާޅުވީ ރައްޔިތުންގެ ކޯޓެއް ހަދައިގެން ވެސް އެމްއެމްޕީއާރުަސީ މައްސަލަ ނިންމަން ޖެހޭ ކަމަށްް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
26 އެޕްރީލް 2021 - 15:15
ރައްޔިތުން އަމިއްލަ އަށް ކޯޓެއް ހަދައިގެން ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލައި ނިންމަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ދެއްކެވި ވާހަކާ ގުޅިގެން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބޮޑު ބަހުސެއް ފެށުމުން، އެ ބަހުސްގައި ބައިވެރިވެވަޑައިގެން އާދަމް ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ ގޮތުން މަޖިލީހުގައި ވެސް ދައްކަނީ ހުސް ވާހަަކަތަކެއް ކަަމަށެވެ. އެކަމުގައި ނަތީޖާއެއް ނެރެވޭގޮތް ނުވާ ކަމަށާއި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ކަރަޕްޝަނުގެ ފައިސާގައި ޖެހިފައި ތިބީތޯ މިހާރު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ އެއްވެސް ބަޔަކަށް ނުބެލިގެން އުޅޭތީ އަޖައިބުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކުން މިކަމެއް ނުވި، މި މަޖުލީހަކުން މިކަމެއް ނުވި. ދެން އަޖައިބެއް ކަހަލަ ކަމެއްނޫންތޯ މިކަމެއް ވާނެ ހަމަ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންނަށް، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން، ދެން މިހާ ހިސާބަށް ދިޔައިމާ ދެން ރައްޔިތުން ކޯޓެއް ހަދައިގެން ވެސް އެބަޖެހޭ މިހާރު މިކަން ނިންމަން،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ މައްސަލަ ބަލައި ނުނިމި އޮންނާތީ އެކަމުގެ ބަދުނާމު މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ރައްދުވެ އެވެ. އެ ސުވާލު އުފެއްދެވުމާ އެކު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ނުބެލި އޮންނަހާ ހިނދަކު ހުރިހާ މެމްބަރުންގެ ބޮލުގައި ވެސް އެކަން އެޅިފައި އޮންނާނެ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރު، މާފާ އެކީ ދަންނަވަން ޖެހޭނީ އަޅުގަނޑުމެނަށް މީގެ އަޑި ނުފެންނަހާ ހިނދަކު އިއްޒަތްތެރި މެމްބަރު ވެސް އަދި އަޅުގަނޑުގެ ބޮލުގައި ވެސް މިއޮތީ ހަތްދިހަ މިލިޔަން ޑޮލަރު އެޅިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ދޮރުން ދޮރަށް ހިނގައިގެން އަދި ހުރިހާ ތިޖޫރިއެއް ހުޅުވައިގެން ހުރިހާ އަލަމާރިއެއް ބަލައިގެން ވެސް އެކަން ހޯދުމަކީ މަަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ބައްލަވަން ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވާކަމަށް ފެނިވަޑައިގަންނަވާ ކަަމަށާއި އެ ބޭފުޅުން ހިޔާނާތުގައި ޝާމިލުވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމަކު މަޖިލީހުގައި ތަކުރާރުކޮށް އެއް މެމްބަރަކު އަނެއް މެމްބަރަކަށް އެކަމުގައި އިނގިލިދިއްކުރައްވާ ކަަމަށާއި އެކަމަކު ހުޅުވާލައިގެން ރަނގަޅަށް ބަލައި ނުލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރާ ތިޔަ ވިދާޅުވާ ޕެންޑްރައިވްގައި ހުރި އެއްޗިހި ވެސް ދައްކަވަން ވީނުންތޯ؟" ރިޔާސަތާ މުހާތަބުކުރައްވައި އޭނާ ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 70،000 އަށް ވުރެ ގިނަ ޓެކްސްޓް މެސެޖް އަޅާފައިވާ ޕެންޑްރައިވެއް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއާ ހަވާލުކުރައްވާފައިވާނެ ކަަމަށް ނަޝީދު ތަކުރާރުކޮށް ދައްކަވާ ވާހަކަ އަށެވެ. އެ ޕެންޑްރައިވް ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވައި އަދި އޭގަައިވާ މައުލޫމާތު މަޖިލީހުގައި އާކައިވްކުރައްވާފައި އެބަހުރި ކަަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި އެވެ. އެކަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނުބެލޭ ނަަމަ ރައްޔިތުންނަށްް އެމައުލޫމާތު އާއްމުކޮށް ހުޅުވައިލައްވާނެ ކަމަށް ވެސް މީގެ ކުރިން އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
27 April 2021
ތި އާއްމުކުރަން މާލަސްވެއްޖެ. ކިހާ އުދާސްތަކެއް ބޭރުވެގެން މިދަނީ ތިކަމާކާހުރެ. އެޑަމްގެ ވާހަކައަށް 100% ތާއީދު. ކޯޓުގެ ފަޑިޔާރަކަށް ދާން މިހިރީ ތައްޔާރަށް.
ދާއިރާ
27 April 2021
ދާއިރާގެ އެއވެސް ރަށަކަށް އެއކަމެއްވެސް ކޮއްނުދީ ހުސް ޔާމީން މިނިވަން ނުވެގެން އެވާހަކަ ގޮވަނީ ކޮބައިތަ ޒިންމާދާރުވެފާ ތިޔަ ކޮންމެމީހެއްގެވެސް އަމިއްލަ ބޮނޑި ބަނުން ނޫން ކަމެއް އެބައޮތްތޯ!!
އިއްލަބެ
27 April 2021
ނައބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ހުންނަވަނިކޮށް ނައިބުކަމުން ވަކިކޮށް، އެމްއެމްޕީއާރސީ އޮފީހުގައި ތަޅުއަޅުވައިގެން އެމް.އެން.ޑީ.އެފް އޮފިސަރުން އެ އޮފީހަށް ރައީސް ޔާމީނު ވައްދައިގެން ދެތިްނ ހަފްތާވަންދެކަށް އެއޮފީސް ބަންދުކޮށްގެން ކުރީ ކޮންކަމެއްބާއެވެ. އެއީކީ ހަމަގައިމުވެސް ތަހުޤީޤު ކުރާ އުސޫލެއްނޫނެވެ. އެއީ ހެކި ނައްތާލާ އުސޫލެކެވެ.
އައްޔަ ބޮޑޭ
27 April 2021
އާަދަމްބެމެންގެ ސަރުކާރުން ހިނގި ޖަރީމާއެއް ނުންއެއީ! ދެންކީއްވެ ތިބުނަނީ ޔާމީނު ޖަލައްލީ ނުހައްންނޭ!ފޮށިފޮށި ގަނޑުގަ ފައިސާވަދެފަ ހުންނާނީ ހަމައެކަނި ދޫވެއްސަކައްނޫނޭ! ހަމައެކަނި ދޫވެއްސަކައް ނޫނޭ! މިވަރަކުން ނުފުދޭތަ. ޖަލުހައްގެއް ނުވޭތަ.!
މުއްރަތު
27 April 2021
ބެލިއްޖެއްޔާ ކިތެންމެހާވެސް ރަނގަޅު.އެކަމަކު ބެލޭނެހެން ހީނުވޭ.މަޖިލިހުގެ ގިނަމެމްބަރުން ތިބީ އެރުފިޔާގަ ޖެހިފަ.އަދި ސިޔާސީ އިސްވެރިންވެސް.
މުންޑުބުރި
27 April 2021
ޚިޔާނާތް ރާވައި ހިންގުމަށް މީހަކު ފޮނުވި ކަމަށް އެއްބަސްްވި އެންމެ އިސް ލީޑަރު އިއްޒަތްތެރި ގޮނޑުކޮޅުގައި އިދެގެން ތިޔަ މައްސަލަ އިންސާފުވެރިކަމާއެކު ނުބެލޭނެ. ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އިސްތިޢުފާދީފައި މިނިވަން ބަޔަކާ ތިކަން ހަވާލުކުރުން.
ދަތްނެތްކުއްޖާ
26 April 2021
ރައީސް ޔާމީން 2023 ގެ ވެރިކަމަށް ރައްޔިތުން ގެންނަން ތިބީ ފޫގަޅައި އަރުވާ ޖަހައިގެން. ސަބަބަކީ އެމް.އެމް.ޕީ.އާރ ސީ ގެ ފައިސާ ބޭނުންކުރި މޑޕ މީހުން ހިފާ ހައްޔަރު ކުރުމަށް. ޔާމީނަށް ނޫނީ ދެނެއް ތިކަމެއް ނުކުރެވޭނެ. ގަޓު ހުންނަ މީސް މީހުނަށް ކަންކަން ކުރެވޭނީ. ވ ސަލާން.
ފަހުމީ
26 April 2021
ޓިޔަ މައްސަލަ ބެލުމައްޓަކާ އުފެއްދި ރިޔާސީ ކޮމިޝަންގެ ދައުރަކީ ކޮބާތޯ ބަލަން މަޖްލިހަށް ކުއްލި މައްސަލައެއްލާން ނުވޭތޯ؟
ހށނ
26 April 2021
ހުރިހާތަނެއްގަ ވެސް ރަތްލާޖެހި ވަގުން. ތިކަންކަން ބަލައި ސާބިތު ކުރެ ވޭނެ މުއައްސަސާ ތަކެއް ނެތޭ މިގައުމުގަ. ރައްޔަތުން ބަހުސަކަށް ހުށަހަޅާފަ އަނެއްކާ ވެސް އަޑިދަމާ ކުޅެން ތިއުޅެނީ.
ކޯޑިނޭޓަރ
26 April 2021
އެސެޓް ރިކަވަރީ ކޮމިޝަންގެ ވެރިޔަކަށް ހަރުދަނާ މީހަކު ލާންޖެހޭ. ..