25 މެއި 2021 - 17:37
ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ޝަރުއީ ދާއިރާގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު އަންގަވައިފި އެވެ.
މުއުތަސިމް ސޮއި ކުރައްވައި، ސުޕްރީމް ކޯޓުން މިއަދު ނެރުނު އެންގުމެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ވެސް ޝަރުއީ ދާއިރާއިން ދެމުން ގެންދާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު" އާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީސްތަކާއި ކައިވެނީގެ މަޖިލީސް ކުރިޔަށް ގެންދިޔުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ބަޔާނުގައި އެދިފައި ވެ އެވެ.
ކޯޓަށް ހާޒިރުވެގެން ހިދުމަތް ދެވޭ ފަދަ ހާލަތްތަކުގައިވާ ސަރަހައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ހާލަތާ ގުޅޭ ގޮތުން އެ ވަގުތަކު އަމަލު ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ކޯޓަށް ހާޒިރުވެގެން ހިދުމަތް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް އެ ބަޔާނުގައި ވަނީ އަންގައިފަ އެވެ.
ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާ އަށް ގިނަވެ، ކޮންމެ ދުވަހަކު ގިނަ ބަޔަކު މަރުވަމުން ދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު 4:00 އިން ހެނދުނު 8:00 އަށް ދިގު ދަންމާލާފައިވާ އިރު، އެހެން ގަޑިތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެގޮތުން އަމިއްލަ އޮފީސްތަކަށް ދިޔުމުގެ ހުއްދަ ހިފަހައްޓައި، ކޮންމެ ގެއަކަށް ދެ ފާސް ދޫކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލާން
25 May 2021
އޮންލައިންކޮށް ޤާޟީން ތިބެގެން ސުޕްރީމް ކޯޓުގަ ހިންގުނަސް ސުޕީރިއަރ ކޯޓުތަކާ މެޖިސްޓްރޭޓް ކޯޓުތަކުގައި ވަސީލަތްތައް މަދު. އޮންލައިންކޮށް ހިންގާއިރު އެކަންތައްތައް އިންތިޒާމްކުރާ މުވައްޒަފުން ހަމަ ކޯޓަށް ނުކުމެގެން މަސައްކަތް ކުރަނީ.އެންމެ ޝަރީޢަތެއް ބާއްވަންވެސް ކުރަންޖެހޭ މަސައްކަތް ކުޑައެއް ނޫން. ގޭގަ ތިބެގެން އޮންލައިންކޮށް ބައިވެރިވާ މީހުންނަށް އިހުސާސްއެއް ނުވާނެ.
މިވަރެއްނެތް
25 May 2021
އުސޫލެއްގެ ގޮތުން ޖިނާއީ އަދި ބައެއް އާއިލީ މައްސަލަތައް ފިޔަވާ ހުރިހާ މަދަނީ މައްސަލަތައްވެސް އޮންލައިނުކޮށް ބާއްވަން އުއްތަމަ ފަނޑިޔާރަށް ގޮވާލަން. އެއިރުން 1. މައްސަލަތައް އަވަސްވޭ 2.އޮންލައިނުކޮށް ޗިޓުރައްދުކުރުމުން މައްސަލަތައް ކެންސަލްވާ މިންވަރު މަދުވޭ 3.ޝަރީއަތް ހާމަވުމުން ޗަރުއީ ނިޒާމާއި ފަނޑިޔާރުންނާއި މެދު އިތުބާރުބޮޑުވެ އަދި ފީކަޅާ ފަނޑިޔާރުން ހާމަވޭ.
ބޮޑުމީހާ
25 May 2021
24 ގަޑިއިރު ހުޅުވައިގެން ވިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ އަވަހަށް ބަލައިދީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއަދި މިގައުމުގެ ވެެރި މީހާ ކީއްކުރަނީތޯވެސް ބަލައިދީ
އަހުމަދުއަލޯ
25 May 2021
ވަރަށް ފުރިހަމަ ނިންމުމެއް. ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން ފުރަމާލެއަށް ގެނެސްގެން ޝަރީއަތްކުރި ދުވަސް މާޒީގެ ތެރެއަށް. ޒަމާނީ ޓެކް ބޭނުންކޮށްގެން ދެން ކުރަންވީ ކަމަކީ ޕްރިންޓްކޮށް ސޮއިކޮށްފަ އަނެއްކާ ސްކޭން ކުރުން ހުއްޓާލުން.
ކޯޓޫބިޒްނަސް
25 May 2021
ކޯޓު ބިޒްނަސް ކިރިޔައް! އަދުލުއިންސާފު އެހެނީ!
ގހފދ
25 May 2021
ދެން ތިޔަ އިންސާފު ގާއިމް ކޮއްދެވުނީނު.
އަބޫސް
25 May 2021
ހައިކޯޓުގަ އަޑުއެހުން ނިމިފަ ހުކުމް ނުކޮށް މައްސަލަ އޮންނަތާ އަހަރަކަށްވުރެ ބޮޑުވެއްޖެ.
ބަރާބަރު
25 May 2021
ދެން ފެންނާނީ ކޯޓުތަކުގެ ޤާޟީން ޕޮޒިޓިވް ވާތަން. ގިނައީ ހައިރިސްކް މީހުން އޭގެ ތެރޭގައި. އެޗް.ޕީއޭ އަށްވުރެ މަތި ކޯޓުތައް. ވަކީލުންގެ ލޯފާމްތަކަށް ގެއްލުންވާނެތީ ހަމަ.
ޙގވފފ
25 May 2021
މިމީހުނަށް ނޯންނާނެ ރަގަޅު އެއްގޮތްވެސް.. ކޯޓިތަކުން މައްސަލަނުހިންގިޔަސް އެވަރު ހިންގިޔަސް އެވަރު. ބަލަ އޮންލައިންކޮށްގޭގަ ތިބެގެން ފުލްލޮކްޑައުންގަވެސް ޝަރީއަތްހިންގީ
އަހުމަދުއަލޯ
25 May 2021
ބަލަގަ ސްޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތްކުރާތާ އަހަރަކާ 6 މަސް މިވަނީ.
އާލިމްއަލީ
25 May 2021
މިިމީހާ އަށް މިވާނުވާ އެބަ އިނގޭބާ