އަައްޑޫގެ އާ މޭޔަރު ނިޒާރު: އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ތާއީދު.---ފޮޓޯ: އައްޑޫ ކައުންސިލް އިދާރާ
27 މެއި 2021 - 11:20
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ އެ ސިޓީގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށާއި އެކަމަށް ސިޓީ ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.
މިހާރު ވެސް އިންޑިއާ އިން ގިނަ މަޝްރޫއުތަކެއް ހިންގާ އައްޑޫގައި ކޮންސިއުލާ އޮފީހެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، ޑިޕްލޮމެޓިކް ދާއިރާގައި މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެކަމުގައި ގޮތެއް ނިންމާނީ ދިވެހި ސަރުކާރުންނެވެ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގައި ކޮންސިއުލޭޓެއް، އެމްބަސީއެއް، ހައި ކޮމިޝަނެއް ހުޅުވަން ނިންމައިފި ނަމަ އެކަމަށް އާންމުކޮށް ހުއްދަ ދެ އެވެ.
މި މަހުގެ 17 ގައި އައްޑޫގެ މޭޔަރުކަމާ ހަވާލުވި ނިޒާރު "މިހާރު" އަށް ވިދާޅުވީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވައިފި ނަމަ އެއީ ބައިނަލްއަގްވާމީ ގޮތުން ވެސް "އައްޑޫ ދެމިގަންނަން" ލިބޭނެ ވަަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.
"މާދަމާ ވެސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި ބުނެވޭނެ އިންޑިއާގެ ކޮންސިއުލޭޓެއް ވެސް އައްޑޫގައި އެބަހުއްޓޭ. ތިޔަ ބޭފުޅުންނަށް ވެސް އެ ފުރުސަތު އެބައޮތޭ. މިތަން ހުޅުވުމުން އެހެން ގައުމުތަކުގެ ކޮންސިއުލޭޓްތައް ވެސް އައްޑޫގައި ހުޅުވަން ޝައުގުވެރިވާނެ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫ ގަމުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާއިރު، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދިނުމުގައި ވެސް ކޮންސިއުލޭޓުން މުހިންމު ދައުރެއް އަދާކުރާނެ އެވެ. އިންޑިއާ ސަރުކާރުން ވެސް ބުނެފައި ވަނީ އެކަމަށް މަގުފަހިވާނެ ކަމަށެވެ.
ނިޒާރު ވިދާޅުވިގޮތުގައި، އައްޑޫގައި މިހާރު ވެސް އިންޑިއާ އިން 200 މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާއިރު، އެ ގައުމުގެ ކޮންސިއުލާ އޮފީހެއްގެ މުހިންމުކަން އޭނާ އަށް އިހުސާސް ކުރެއްވެ އެވެ. ހާއްސަކޮށް އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހިންގާ މަޝްރޫއުތަކުގައި އިންޑިއާގެ އެތައް ލޭބަރުންނެއް އައްޑޫގައި މަސައްކަތް ކުރުމުން ކޮންސިއުލާ އޮފީހުގެ މުހިންމުކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ޓްރިވެންޑްރަމްގައި ވެސް ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވާފައި ހުރީ ދިވެހިންނަށް ފަސޭހައަކަށް. އެގޮތަށް އައްޑޫގައި އިންޑިއާ އިން މުހިންމު އެތައް މަޝްރޫއެއް ހިންގާއިރު އެ ގައުމުގެ މީހުންގެ ކަންކަން ބެލެހެއްޓުމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް މިފަދަ ކޮންސިއުލޭޓެއް މުހިންމުކަން އަޅުގަނޑަށް ފެނޭ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ ނޫނަސް އެހެން ގައުމުތަކުގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން ބޭނުންވިޔަސް އެކަމަށް ޖާގަ ނުދޭންޖެހޭ ސަބަބެއް ނެތެވެ.
މާދަމާ ވެސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި ބުނެވޭނެ އިންޑިއާގެ ކޮންސިއުލޭޓެއް ވެސް އައްޑޫގައި އެބަހުއްޓޭ. ތިޔަ ބޭފުޅުންނަށް ވެސް އެ ފުރުސަތު އެބައޮތޭ،"--- މޭޔަރު
"އިންޑިއާ އެކަންޏެއް ނޫން. ޗައިނާ ވިޔަސް ފްރާންސް ވިޔަސް އެ ގައުމުތަކުގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ އައްޑޫގެ ތަރައްގީއާ ގުޅޭ ކަމެއް. އައްޑޫ ގަމުން އިންޓަނޭޝަނަލް ދަތުރުތައް ކުރާއިރު، އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ނުވަތަ އެމްބަސީއެއް ހުރެއްޖެ ނަމަ އޭގެ ފަސޭހަކަން ލިބޭނީ ހަމަ އައްޑޫގެ ރައްޔިތުންނަށް،" މޭޔަރު ވިދާޅުވި އެވެ.
"އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ އައްޑު އާއި ފުވައްމުލަކާއި ހުވަދޫގެ ތަރައްގީ އާ މަރުހަލާއަކަށް ގެންދިއުމުގެ ފެށުން."
މާލެ އިން ބޭރުގައި ގައުމަކުން ހުޅުވާ ފުރަތަމަ ކޮންސިއުލޭޓް އައްޑޫ ހިތަދޫގައި ގާއިމުކުރަން އިންޑިއާ އިން ބޭނުންވާއިރު، އެތަނުގެ ހިދުމަތް އަމާޒު ކޮށްފައި ވަނީ އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށެވެ.
މޭޔަރު ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ބައެއް ފަރާތުން ދެކޮޅު ހެދިޔަސް ސިޓީ ކައުންސިލުން ގެންގުޅެނީ ވަރަށް ފުޅާ ވިސްނުމެކެވެ. އެއީ އިންޑިއާގެ ނުފޫޒު އައްޑު އަށް ފޯރުވުން ކަމަށް ވެދާނެ ނޫންތޯ ދެންނެވުމުން ނިޒާރު ވިދާޅުވީ، މުހިންމީ ތަރައްގީ ކަމަށެވެ.
"އިންޑިއާ އަކީ މިހާތަނަށް ރާއްޖެ އަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީވާ އެއް ގައުމު. އެ ގައުމުން ރާއްޖެ އަށް އެހީނުވާ ދާއިރާއެއް ނެތް. ދެން އެއީ ނުފޫޒު ފޯރުވުން ކަމަށް ބުނާ ނަމަ އެއީ ދެރަ ކަމެއް. މި ގޮތަށް ރާއްޖެ އަށް ދޭ ކޮންމެ އެހީއަކީ ނުފޫޒު ކަމަށް ބުނާ ނަމަ އެ ލިސްޓު ވަރަށް ދިގުވާނެ،" ނިޒާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
28 May 2021
އައްޑޫގައި ކޮންސިއުލޭޓު ހުޅުވޭނީ މަލިކުގައި ދިވެހި ކޮންސިއުލޭޓު ހުޅުވުމަށްފަހު
އަލި
27 May 2021
އަމިއްލަ ސަރުކާރުން ކުރާ ކޮންމެ ކަމެއް ވަރިހަމަވުމަކީ އިހްލާސްތެރި ސިފައެއްނޫން.
ސީދިބެ
27 May 2021
އައްޑޫ މޭޔަރ ގަޅިބެ ދައްކާ ވާހަކަ އަޑުއަހާނީ އެއަށް ވުރެ ބޮޑެތި ގަޅިން. މީނަޢަކީ ހަނަހޭގަ ހުންނަ މީހެއްނޫން. އަމިއްލަ އެދުން ނޫންކަމެއް މިވަގުގެ ނޯބްނާނެ.
ޙަމީދު123
28 May 2021
ޙަމަރަގަޅަށް ތިޔަބުނީ
ހަސަންފުޅު
27 May 2021
ޢައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައްސަލަ މިހާހޫނުވެގެން އުޅޭއިރު ކުރީގެ އެއްވެސް ރައީސެއްގެެ އަޑެއްބަޑެއް ނީވޭތި ވަރަށް ސުވާކު އުފެދެ.
ޑޮކްޓާރ. ބަނާނާ
27 May 2021
މީގެ އަހަރު ތަކެއްކުރިން މާލޭގައި އިންޑިޔާގެ ހޮސްޕިޓަލެއްވެސް އެހެރީއަޅާފަ. މިދިޔަ ވެރިކަމާއިހިސާބަށް އެތަން ތަރައްގީކޮށް ހިއުމަން ރިސޯސަސް ޑިވެލޮޕް ކުރުމުގެބަދަލުގައި ފެނިގެންދިޔައީ އިންޑިޔާގެ ނަރުހުންނާއި ޑޮކްޓަރުން ޔޫރަޕް ގައުމުތަކަށް ވަޒީފާ އަށް ދިއުމަށް ތަޖްރިބާ ހޯދުމަށް ބޭނުންކުރާ މަރުކަޒެއްގެގޮތުގަ! ނަތީޖާއަކީ ސިްހީ ނިޒާމް އަދި ހޮސްޕިޓަލް ޑިވެލޮޕް ނުކުރެވި މިއަދުވެސް އިންޑިޔާއަށް އަށް ސިއްހީ ފަރުވާ ހޯދަން ދިވެހިން ބަރޯސާވުން! ލަދުކޮބާ!
ލޯމާފާން
27 May 2021
އެހެންވީމާ ދިވެހިން ޓްރިވެންޑްރަމްގަ ކޮންސިއުލޭޓް ހުޅުވައިގެން މި ކުރާ ކަމަކީ ރާއްޖެ ތަރައްގީ ނުކޮށް ކެރެލާ ތަރައްގީ ކުރަނީ؟!
ވާނުވާގައި
27 May 2021
އިންޑިޔާ މީހުންގެ ކަންމަތީ ކުދި ފިހާރަ ހުޅުވާނެ. އެކަމުގެ ސަބަބުން ހަގީގީ ފައިދާ އައްޑުއަށް ލިބެނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމާނެ. އައްޑޫގެ ވިޔަފާރިވެރިން ނިކަމެތިވާނެ. މާލެއިންވެސް މިހާރު މި މަންޒަރު ފެންނަމުން ދަނީ. ބާޒާރުމަތީގައި ސީދާ އިންޑިޔާ މީހުން ތިބެގެން ހިންގާ ދެތިންފިހާރަ މިހާރު އެބަހުރި.
މެންގޯ
27 May 2021
މޭޔަރު ނިޒާރު އަވަހަށް އިންޑިއާއަށް ރަސްމީ ދަތުރު ފުޅު ކުރައްވާ. ޝާހިދު ނިއުޔޯކުގައި ހުއްޓާ މިކަން ރަނގަޅަށް ނިންމާލާ. މޯދީއާއެކީ އައްޑޫ ތަރައްގީ މެކުހަށް. ކޮންސިއުލޭޓް އަވަސްކުރޭ. ހުރިހާ އެންމެންނަށް ފޯނަށް އެއާޓެލް ލިބޭނެގޮތް ހަދާލާ. ބޮލީވުޑް ތަރިން އައްޑުައަށް. މުސްތަގުބަލު އުޖާލާ
އަނބު
27 May 2021
ރަނގަޅަށް ފެންދީފަދޯ ކަތިލާނީ؟
ރަޔާން
27 May 2021
ކޮންސިއުލޭޓް ގުޅޭނީ ތަރައްގީއާ ، ތަރައްގީ ގުޅޭނީ ؟ އަޅުވެތިކަމާ ދޮއްތޮ؟
ބޮޑުމީހާ
27 May 2021
ކޮންސިއުލޭޓް ހުޅުވުމަކާ ތަރައްގީއާއި ހުރި ގުޅުމެއްނެތް. ހުރިހާވެސް ކަމަކީ އިޚްލާސްތެރިކަން. ހަދިޔާކުރި ހެލިކޮޕްޓަރެއްގެ ނިވަލުގަ އެތައް ސިފައިންނެއް ދައުލަތުގަ ހަރަދުގަ އެބައުޅޭ، އަދި އުތުުރު ތިލަފަޅުގެ އެއްބަސްވުންވެސް އޮތީ އެކަހަލަގޮތަކަށް، ވޭތުވެދިޔަ އަހަރުތަކުގަ ޗައިނާއި އަދި ޖަޕާނުންވެސް މިގައުމަށް އެތައް އެހީތަކެއްދިން. ސިފައިންނާއި ކޮންސިއުލޭޓް އަޅާ ގައުމަށް އަތްގަދަކުރާކަށް ނޫޅޭ