އެސްޕީޖީގެ އާ ކޮމާންޑަރު މުއިޒް.
29 މެއި 2021 - 18:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލަ އަށް ފަހު، ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.
މުއިޒަކީ މީގެ ކުރިން ސިފައިންގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި 2013 ވަނަ ވަޒީފާއިން ވަކިކުރި އޮފިސަރެކެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމާއެކު އޭނާ އަށް އަލުން ވަނީ ސިފައިންގޭގެ ވަޒީފާ ދީފަ އެވެ.
އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި، ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލް ވެސް ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ނަމަވެސް މި ބަދަލުތަކެއް ގެނައި ސަބަބެއް ހާމަނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު އެމްއެންޑީއެފްގެ ބައެއް ކަންކަމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިއީ، އޭގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ވެ އެވެ.
އެ މަނިކުފާނަށް އެމްއެންޑީއެފުން ރައްކާތެރިކަން ދެމުން ދަނިކޮށް އެ ރައްކާތެރިކަން ގެއްލުނު ގޮތް ނުވަަތަ ސެކިއުރިޓީ ބްރީޗްވި މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ނަޝީދު ދިރިއުޅުއްވާ ކެނެރީގޭގެ ކައިރީގައި އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަތެވެ. އެ ޒަހަމްތަކަށް ފަރުވާ ކުރުމަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހެދި އެވެ. އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ވަޑައިގެން މިހާރު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޝުއަލް
30 May 2021
އަސްކަރިއްޔާއިން ބޭރުގަ ހަތް އަހަރު އުޅެފަ އައިސް އެސްޕީޖީގެ ވެރިއަކަށް، ދެން ވިސްނާލާ އަސްކަރިއްޔާ ހިނގާނެ ގޮތް.
325ިރދ
30 May 2021
މުއިއްޒުއަކީ ތަފާތު މީހެއް.. ސިފައިންގެ މީހެއް.. އަބަދުވެސް މިލިޓަރީ ސިކުނޑިއެއް.. ކިތަންމެ ދުވަހެއް ވިޔަސް އެމީހާގެ ހަށިގަނޑުގައި އަށަގެންފައި ހުރި ކަމެއް ނުދާނެ.. އަބަދުވެސް ކަންކަމަށް ލޯހުޅުވޭނެ... ފޮނި ކެނޑިޔަސް އެވަރަށް ޕާރފޯރމް ކުރާނެ.. މަށަށް ސިފައިންގެއިން ފެނުނު އެންމެ ސިފަވަންތަ މިހާތީ.. އައި ސެލިއުޓް ޔޫ...
އަމްރިޝްޕޫރީ
30 May 2021
ކިޔާތީ އިވޭ މިއީ ތަމަޅަ ފިލްމުތަކުގަ ފެންނަ ކަހަލަ ވަޒަން އަންނަން ފެށީމަ ވަޒަން އަނގަޔަށްލާ ހަފާލާފަ އެ ޖެހި މީހާއާ ދިމާލަށް ބުރުވާލާ ކަހަލަ މީހެކޯ. ނޫނޭ ގަދަ އިނގޭ.
ވަކަންޑާ
30 May 2021
ކޮންސްޓްރަކްޝަން ދާއިރާއިން ގަވާއިދާ ޙިލާފަށް އުޅޭ ބޮންދުން ގޮވައިގެން 7 އަހަރު ދުވަހުގެ ކޯހެއް ހައްދަވާފަ ހުރި ބޭފުޅެއް، އަނެއްހެން ދެން ހަމަ ގޯހެއް ނޫން
ހިމާރުލްގައުމު
30 May 2021
ކަރޯ އައްބާސްވެސް ޝާހިދުވެސް އަދި އެބަ ހުންނެވި ދުނިޔޭގަ. ހަމަ ސަގަރު ނާސިރުވެސް ރަނގަޅުވާނެ. ލުތުފީ ވެސް އޯކޭ ވާނެ. އެމީހުން ސިފައިންގެ ޗާޓ ކުރަހަން މޮޅެއްނު. އެހެންވީމަ މާލެގެ ޗާޓު ކުރހަިއގެން ސަލާމަތީ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް ފެނޭ.
މަރުތެޔޮ
30 May 2021
މީގެން ވެސެމިދައްކާ ދެނީ މީން ޒަމާނަކު ވެސް މީހުންު އުފައްދާފަ ނެއްކަން ހަމަ އަނބުރަ އަނބުރާފަ ހަބަރުސަައުކަތާ ބޮޑުބޯޅަ ނަސީމާ ޓޫޓޫޒާހިރާ ކިޔާބާތުހޭ
ފަހީމާއިބުރޭ
30 May 2021
ދިވެހި ތަބިއްޔަތުގެ އެއްސިފައަކީ ކަމެއް ވުމުން "މީހުން ދެކޭގޮތް " ރަނގަޅު ކުރުމުގެ ނިޔަތުގައި ބައެއް ކަންކަން އަވަސް އަރުވާލައިގެން ކުރުމެވެ.އަދިއެއީ ލިބުނު ފުރުސަތެއް ކަމުގަބަލާ ވަރަށްބޮޑަށް ގެންނަންބޭނުންވެފަ ބަދަލެއްކަމުގަ ވަންޏާ ޙާލަތުގެ ފައިދާނަގާ ބޭނުންވާ ބަދަލުވެސް ގެނައުމެވެ.ދިވެހި ސިފައިންގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލީ އައި ޑިމޮކްރަސީއާއެކުގައެވެ.ތަން ސިޔާސީވެފަ ދޯދިޔާ ކަންކަން ކުރުވަނީއެވެ.އަދި ސިފައިންވެސް ކަންކަންކުރަނީއެވެ.ދެރައެވެ
ދޮހޮއްތު
30 May 2021
މަށަށް ފެންނަނީ ކަރޯ އައްބާސް ނޫނީ އަމީން ފައިސަލަށް އަލުން ވަޒީފާ ދީ ޓުރިޕަލް ޕުރޮމޯޝަންދީފަ ތިކަމާ ހަވާލުކުރަން ހަމަ ހެޔޮވާނެ
ޑޮކްޓާރ. ބަނާނާ
30 May 2021
ސިފައިންގެ ވަޒީފާގައި އިން ސިޔާސީ ސަބަބަު ތަކާއިހުރެ ވަކިކުރުމުން ކޮންސްޓްރަކުޝަން ދާއިރާގެ 07 އަހަރު ތަޖުރިބާ އާއި އެކު އެބުރި ސިފައިންގެ ވަޒީފާ އައިސް އެސްޕީ ޖީ ހަވާލުވުމުގެ ނަތީޖާ ވަރަށް ސާފު ! ޝުކުރިއްޔާ މާރިޔާ !
ޒިންދަގީ
30 May 2021
ފޮނިފަށެއްކަނޑާނެތާދެން.. ބޮޑާމީހެއް..
މުއިއްޒު
30 May 2021
މީއަނެއްކާ އެވަރުގެ އަނެކަކު މީނާ ނޫނީ އެއްޗެއް އެނގެ މީހެއް ހުރި ކަމަކަށް ނުވާނެ، ބުޅަލާއި ދިމާވިޔަސް ކިޔާނެ ތިމަންނަ ގްރެޖްއޭޓްވީ އެމެރިކާގެ މިވެނި ތަނަކުންނޯ، ފޮނިކަމުން ބިންމަތީގެ ހަމަޔަށް ދެފައި ނުޖައްސާނެ،
ޙަކޯ
30 May 2021
ޜިޓަޔަރ ކުރުވާފަ ކެނެޑަރ އެމްބެސެޑަރް ކަން ދެއްވާ.