ޚަބަރު / މެމްބަރު މުހައްމަދު ރަޝީދު ހުސައިން (އަލިފުށި)

ކާޅަށް ދިނަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނަން: ބިގޭ

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)-- މިހާރު ފައިލް ފޮޓޯ

"ތުތި މަހަށް ކޮށާއި ކާޅަށް ކާން ދިނަސް" ހައްގު ބަސް ވިދާޅުވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރައްދު ދެއްވައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލުމާ އެކު، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ބިގޭ އަށެވެ. އެމްޑީޕީގެ ބައެއް އިސް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، އެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭގެ އަތެއް އޮވެގެންނެވެ.

އެ ތުހުމަތުތައް ފެންމަތިވެފައި ވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ބިގޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާ އަށް ވަގަށް ގޮވައި ގައުމު "ފުނޑާލަން" މަސައްކަތް ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާގެ އަނބުރު ކަތިލަމުން ދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާއި ކާޅަށް ކާން ދިނަަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން. މާތްﷲ ހައްގަށް ނަސްރު ދެއްވައި އަޅުގަނޑަށް ރައްކާތެރިކަން ދެއްވާނެ،" ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި މާޒީގައި ކަންކަން ވެފައި އޮތް ގޮތުން ވެސް އޭނާއަކީ ހައްގު ބަސް ވިދާޅުވުމުގައި ފަސްޖެހިވަޑައިގަންނުވާނެ ބޭފުޅެއްކަން އެނގެން ޖެހެ އެވެ. އަދި އުމުރުގެ ބާކީ އޮތްތަނުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑަކީ ވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބި، މުޅި ހަޔާތް ގައުމަށްޓަކައި ޖާނާއި މާލުން ގުރުބާން ކުރި އިންސާނެއް --- ބިގޭ

ބިގޭ ވިދާޅުވީ އަބުރުވެރިކަމާ އެކު ހަލާލު މަސައްކަތުން ލިބިވަޑައިގަންނަވާ ވަރަކުން، އޭނާ އުޅުއްވަނީ އުފަލުގައި ކަމަށެވެ. އެކަމަކު އަނބުރު ކަތިލާއިރު، އެ ކަމަށް ބީރު ކަންފަތެއް ދެއްވައިގެން ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުމުގެ އަޑީގައި ހުންނެވީ ބިގޭ ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ނަމަ، ބިގޭ އުޅުއްވަނީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ "ފަނިކޮށްލާ"ށެވެ.

"ހަމައެއްނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިގެން ތިހެން މިކަން ފަނިކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ،،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި އީވާ ވިދާޅުވެފައި ވެ އެވެ.

އޭނާ ވަނީ، ނަޝީދު އެދިވަޑައިގެން އެހެން ކޮމިޓީއެއްގައި މަސައްކަތެއް ކުރިޔަސް ކޮންމެ ފަހަރަކު އެކަން "ގޯސް" ކުރަން ބިގޭ އުޅުއްވަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

"ރައީސްގެ ހާލަތަކަށް ވީ ހަމްދަރުދީގެ ޑެޑްލައިން ހަމަވީތަ؟ މާތް ކަލާކޯ މިއީ ވާ ސަރުކާރެއް،" އިމްތިޔާޒު ކޮމިޓީން ޒަމީލްގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭރުކޮށްލުމާއެކު، ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި އުފެދުނު "ހޫނުގަނޑު" ގައި އީވާ ވިދާޅުވެފައި ވެ އެވެ.

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ ބަދަލުގައި ގައުމީ ދިފާއީ ބާރުން އެކަމަށް ޖަވާބުދާރީވާނެ ކަމަށް ބުނެފައިވާ ސިޓީއެއްގައި ޒަމީލް ސޮއިކުރެއްވި މައްސަލައެއް ބެލުމަށް އިމްތިޔާޒު ކޮމީޓީއަށް ފޮނުވި މައްސަލަ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ކޮމިޓީން ބޭރުކޮށްލުމުގެ ފަހަތުގައި ހުންނެވީ ބިގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އޭގެ ތެރޭގައި ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

އެ ބޭފުޅުން ވަނީ އެ އާއިލާގެ ބޭފުޅުން ގޮވައިގެން ދާއިރާގެ ރަށްރަށަށް ވަޑައިގެން، ކެމްޕެއިން ކުރައްވައި ހޮވުމުން، ނަޝީދުގެ "ކަރަށް" އެރީ ކަމަށް ސިފަކުރައްވައިފަ އެވެ.

40 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަލީ މުހައްމަދު

12 June 2021

ނަސީދު ނޫންމީހެއް ނެތީތަ!!!!!. ޕާޓީ ސިސްޓަމް ގެނެސް މުޅި ޤައުމު ހަލާކު ކޮއްލާފި.

The name is already taken The name is available. Register?

ރަދުން999

11 June 2021

ވެރިކަމަކީމަސްތެއް.. . އެކަމުގައި އެކަކު އަނެކެއްގެ މަސްކާކަށް ފަހެއް ނުޖެހޭނެ. ހަޑިވެގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މިހުރިޙާ ކަމެއްގައި ދެރަލިބޭނީ ރައްޔިތުންނަށް. ވިލާތު ކަރައިގައި ސަރުކާރު ފައިސަ ހޭދަކޮށްގެން އުޅޭމީހުން އެގޮތުގައި އުޅޭނެ. މިގައުމު މިނުބައި މީހުންގެ ފަރާތުން މިންޖުކުރަން އެބަޖެހޭ. ދެސަރުކާރެއްގެ ސިފަ ފެންނަނީ.

The name is already taken The name is available. Register?

ކަލީމާ

11 June 2021

ރައީސް ނަޝީދަކީ ދިވެހި ގައުމުގަ އެޅި ވިހަގަދަ މޭވައެއް! ހިތި އަދި ކާފި ނަމަ މަރުވާނެ މޭވާއެއް! އޭނާ އަކީ އަމިއްލަ އެދުން ބޮޑު، އަމިއްލަ އާއިލާއަށް އަދި ރާއްޖޭގެ ބޮޑުން ނަށް އިސްކަންދޭ ހާންދާނީ ވެރިކަމަށް އަދި ވިލާތުގެ އަނދިރި ކަން މިގައުމަށް ގެނައުމަށް ފޫގަޅާފަ ހުރި ނުރައްކާތެރި މީހެއް! ބޭނުން ވަނީ އިސްލާމްދީން ވިލާތުން ބޭނުންވާ ކުލަތައް ޖައްސާ އިމެއްނެތް މިނިވަންކަން ދިނުން!

The name is already taken The name is available. Register?

Happy 345

11 June 2021

ޢެމްޑީޕީ މެމްބަރުންނަށް...ތިހެން ތޮޅެތޮޅެ ތިއްބާ 2023 އެޔޮއްގެއްލެނީ...ގެއްލުނީމަ ދެންނުރޯތި!

The name is already taken The name is available. Register?

ނުހައްޤު

11 June 2021

ޙައްޤު އެއީ އޮންނަ އެއްޗެއްކަން އެނގޭތަ ތަމެންނަށް

The name is already taken The name is available. Register?

ހުންގާނު

11 June 2021

ނަޝީދު ގެ ހަލާކަކީ މޮޔަ ދެކުއްޖެއްގެ އަނގައިގެ ދަށުވުން. އެވެދާނެ ފަހަރުގައި އީވާ އާއި އިމްތިޔާޒުކަމަށް ވެސް.

The name is already taken The name is available. Register?

ރޯޒަސް

11 June 2021

ދައުރު ނިމެންކައިރިވާވަރަކަށް ތިހެންވާނެ! ވަގުތުޖެހުނީމައި ބަލާނެކަމެއް ނެތް ރައީސްނަޝީދު ކޮންމެގޮތެއް ހަދާފައިވެސް ކުރިއަށްނިކުންނާނެކަން އެންމެނަށްވެސް އިނގޭ! އިބޫގެ ނާގާބިލުކަން ދެއްކީމަތާ ނަޝީދަށް ކުރިމަތިލެވޭނީ! މިހާރު މިފެންނަނީ ނަޝީދުގެއާއިލާއާއި އާއިލާއާއި ގުޅުންހުރިމީހުން ވެރިކަމަށް އަންނަން މިކުޅިވަރުކުޅޭތަން! ނަމުންޑިމޮކްރަސީ އެކަމަކު ނަޝީދަކީ އަބަދުވެސް ވެރިކަމަށް ދެވިހިފާފަ ހުރިމީހެއް. ދެރަކަމަކީ ވެރިކަންދިނަސް ކުރާކަށް ނޭންގެ!!

The name is already taken The name is available. Register?

ޙިނި

11 June 2021

ޙައްގުބަސް ބުނާމީހުނައް މިގައުމު މިއޮތީ ދަރާވިކިފަ. ގައުމުން މިބޭފުޅުންނައް ކޮދެވޭނީ ކޮންކަމެއްތަ

The name is already taken The name is available. Register?

ނަހޫ

11 June 2021

ނަޝީދަކީ ވެސް އެކެއް. އެކަކަށްޓަކައި މުޅި ސިސްޓަމް ގުރުބާން ކުރާކަށް ނުޖެހޭ. އިންސާފަކީ ހަމަހަމަ ކަމާއިއެކު އެންމެންނަށް ލިބެންވާ ހައްގެއް.

The name is already taken The name is available. Register?

ބޮޑުމީހާ

10 June 2021

ހައްގު ބަސް ބުނަންކެރެންޏާ މި ސަރުކާރުންކުރާ ވައްކަންތަަކުގެ ވާހަކަ ދައްކަބަލަ. މިސަރުކާރުން ވީ ވައުދު ނުފުއްދާ ރައްޔިތުންނަށް ބިކަކޮށްލި ވާހަކަ ދައްކަބަލަ..ފާޑުފާޑުގެ ކޮމިޝަން ހަދައިގެން ގާތް މީހުންނަށް ބަޖެޓް ބަހާ ވާހަކަ ދައްބަލަ. ނުހައްގު އެތައް ބަދަލުތައް ދޭވާހަކަ ދައްކަބަލަ. ތިމާ ހިތްއެދޭ ކަމެއްގަ ހައްޤުބަސް ބުނެފަ ހިތްނުރުހޭ ކަންތައްތަކަކީ ނުވާކަމެއް ކަމަށް ހަދައިގެން އުޅުމީ މުނާފިގުންގެ އުޅުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454