ޚަބަރު / މެމްބަރު ހުސައިން ފިރުޝާން (މަޑަވެލި)

ކުޑަ ކުއްޖާގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ކުޑަކުއްޖާގެ މަރާ ގުޅިގެން އޭނާ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި.

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލައި، އޭނާގެ ހަށިގަނޑު ހުޅުމާލޭ ފަޅުތެރެއަށް އެއްލާލި މައްސަލައާ ގުޅިގެން މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަަޅުއްވައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އުމުރުން އެހާ ހަގު ކުއްޖަކު މަރާލުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަަމަށާއި އެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއް ކަމަށްވާ އިރު، އެ ކުއްޖާއާ މެދު އިހުމާލުވެފައިވާ ފަރާތެއްވޭތޯ ބަލައި މައްސަލައިގެ އަސްލު ދެނެގަންނަން ޖެހޭ ކަަމަށެވެ. އެފަދަ ކަމެއް މުސްތަގުބަލުގައި ތަކުރާރުނުވާނެ ގޮތަކަަށް ކަންތައްތައް ރޭވުމަށާއި އެ ކުއްޖާގެ މަރަށް، ވީ އެންމެ އަަވަހަކަށް އިންސާފު ހޯދައިދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެެ.

ކުއްލި މައްސަލަަ މަޖިލީހަށް ބަލައިގަނެ، ކުރިއަށް ގެންދިޔަ ބަހުސްގަައި ފިރުޝާން ވިދާޅުވީ އިއްޔެއަކީ ދިވެހި ދައުލަތަށް ވަރަށް އަނދިރި ދުވަހެއް ކަމަށެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އަނިޔާވެރި މީހުން އުޅޭ ކަމަށާއި އެކަމަކު ރާއްޖޭގައި މިވަރުގެ ޖަރީމާއެއް ހިންގައިފާނެ ކަމަކަށް ދުވަހަކު ވެސް ހީވެސް ނުކުރައްވާ ކަަމަށެވެެ.

"ފިލްމުތަކާއި އިސްތިއުމާރުތަކުގެ އަތްދަށުވެފައިވާ މުޖުތަމައުތަކާ ބެހޭ ޑޮކިއުމެންޓްރީތަކުން ނޫނީ ނުފެންނަ ފަދަ ކަމެއް މިި ރާއްޖޭން ފެނުމުން ހަގީގަތުގައި ވެސްް އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ މުސްތަގުބަލާ މެދު ވިސްނި، މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ މަރާލި ކުއްޖާއަަކީީ ގޭންގް މެމްބަރެއް ކަަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުފަތުރާފައި ވާތީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކު ގޭންގް މެމްބަރަކަށް ވާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެ އުުމުރުގެ ކުއްޖަކު އެފަަދަ ހާލަތެއްގައި ހުރި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކުއްޖާ އަށް ހިމާޔަތް ނުދެވުނު މުއައްސަސާތަކާއި މުޖުތަމައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރާލި ކުއްޖާގެ އާއިލާ އާއި މުޖުތަމައުގެ ހައްގުގައި ކަމާ ބެހޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ. މިފަދަ ޖަރީމާތަކަށް އިންސާފު ލިބޭނެކަމާ މެދު ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލުނުކުރެވޭ ކަމަށާއި އެއީ އެފަދަ މައްސަަލަކުގައި ހެކިނެތިގެން ޝަރުއީ މަރުހަލާގައި އިންސާފު ނުލިބޭތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ކަމުން ތަހުގީގު މަރުހަލާ މިއަށް ވުރެ ރަނގަޅުކުރަން އެބަޖެހޭ. ކުރާ ކުށްތަކަށް ދުވަސްވެގެން ގޮސް ހެކި ނެތިވެ ދިއުމުގެ ކުރިން، ކުށްކުރާ މީހުންނަށް އިންސާފަށް ނުފިލޭނެ ވަރުގެ ކޭސްްއެއް ބިނާކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

ވޯޓުގައި ބައިވެރިވެވަޑަައިނުގަންނަވަނީ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގައި ނަގާ ވޯޓުތަކުގައި ރިޔާސަަތުން ބައިވެރިވާނީ ވޯޓެއްގެ ނަތީޖާ އެއްވަރުވާ ހާލަތުގައި އެކަންޏެވެ.

ކުޑަކުއްޖާ ކިޑްނޭޕްކޮށް މަރާލިކަމުގެ ތުހުމަތަށް ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

12 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

23 June 2021

މިރާއްޖޭގަ ދިމާވި ހުރިހާ މައްސަލައެއް ތިތަނަށް ގެމްގޮސް ބަހުސްކޮށްފި. ކޮބާތަ ނެރެވުނު ނަތީޖާއަކީ

The name is already taken The name is available. Register?

ޖުހާބެ

23 June 2021

ގޮތް ދެއްކުން ނުން ކަމެއް އެބަ ކުރަންތަ ކަލޭމެން؟ އަންނި އާ ވެގެން ތި އުޅެނީ

The name is already taken The name is available. Register?

ނަމޭ

23 June 2021

ތިޔަ މަޖިލިހުގައި ރައްޔިތުންނަށް ހަގީގީ މަންފާތަކަށްބަލައި އެ ރައްޔިތުމީހާއަށް ރައްކާތެރިކަމަށް ވިސްނުމުގެ ފުރުސަތެއްނުލިބޭ. އެ ބޭފުޅުންގެ ޖީބަށްބަރުކުރެވޭތޯ އެފަދަ ދަރިން ގުރުބާން ކުރުމުގައި މަޖިލިހުގެ އިއްޒަތްތެރި މެންބަރުން ހިމެނޭކަން ހިތާމަޔާއެކުފާހަނގަކުރަން.

The name is already taken The name is available. Register?

މަސްއޮޑި ސްޕޯޓްސް

23 June 2021

13 އަހަރަށްވުރެ ޅަކުދިންވެސް ގޭންގު ތަކުގަ އުޅޭ. ދެންމީ އާކަމެއްނޫން. ގޭންގު މާރާމާރިއާ ޑުރަގު ވިޔާފާރީގެ ވާހަކަ ދައްކާނީ ހަމަ އިއްޔެ އަލަށް ވީކަމެއްހެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 June 2021

މައްސަލަ އުފެދުނު ހިސާބަށްނުގޮސް މައްސަލައިގެ ހައްލުހޯދަން މަގު ކުރުކޮށްގެން ދުވަހަކުވެސް ހައްލު ނުލިބޭނެ. # މިކަން ބަދަލުކުރުމަށްޓަކާ ދައުލަތުގެ ބަޖޭޓް މަޖިލީހުން ފާސްކޮށްދޭއިރު އިދާރީ ޤާނޫނީ 3 ސަރަޙައްދަކަށް ބަޖޭޓް ޙާއްސަކުރެވޭގޮތަށް އެކަން ކުރައްވާ. # މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި ވަކި ބަޖޭޓެއް ދެއްވާ.

The name is already taken The name is available. Register?

އަރްވާބިންތިހާބް

23 June 2021

7908000000 މީހުން އަދިވެސް ދުނިޔޭގަ ދިރި އެބަތިއްބެވެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 June 2021

ޤާނޫނުހަދާ މަޖިލީހުން މިފަދަ ކަންކަން ދިރާސާކޮށް "ޤައުމީ ފެންވަރުގެ ފިޔަވަޅުތަކެއް އަޅާންޖެހޭނެ" ކަމުގައި ދެކެން. # ކަމާއިގުޅުންހުރި ކަންކަން އިލްމީނަޒަރަކުން ދިރާސާކޮށް ހޯދައިފިނަމަ "ދައުލަތުގެ އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުން" ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ އަދާލަތު ގެއްލި ކ.އަތޮޅު މާލެނޫން ރަށްރަށަކީ "އެކަހެރިކޮށް ބާކީކޮށްފައިވާ ރަށްތަކެއް" ކަމުގެ އިޙްސާސްކުރެވި މީހުން އުއްމީދު ގެއްލި މުސްތަޤުބަލާއިމެދު ވިސްނުމެއްނެތްކަން އިގޭނެ.

The name is already taken The name is available. Register?

ލުތުފީ

23 June 2021

ތިކުއްޖާ އަށް އެންމެ ބޮޑު އިހުމާލެއްވީ ޖެންޑަރ މިނިސްޓްރީ އިން. އެކުއްޖާ ރަހީނުކޮށް ޖިންސީކުރިކަން އެކުއްޖާގެ މަންމަ ޖެންޑާމިނިސްޓްރީ އަށް އެންގީމަ، އެމީހުން ހައްޔަރުކުރަން ފުލުހުންނާއި ގުޅިގެން މަސައްކަތް ނުކުރީމަ، 2 ވަނަފަހަރަށް ރަހީނުކުރަން ފުރުޞަތުލިބުނީ. މީ ނޭގޭބަޔަކު ކުރިކަމެއްނޫން. އެކުއްޖާ ދަންނަބަޔަކު ކޮށްގެންއުޅޭކަމެއް.

The name is already taken The name is available. Register?

އަލިފުޅު3

23 June 2021

އެތަނަށް ގޮސް އުޅެނީ ޖުމްލަ އަދަދުގެ 1/2 މެމްބަރުން ދޯ؟ އެކަމު ހުރިހާ މެމްބަރުންވެސް ބަރާބަރަށް މުސާރަ އާއި އިނާޔަތް ނަންގަވާނެތާ!

The name is already taken The name is available. Register?

އިބުރާހީމް-

23 June 2021

ތިކޭހަށް އިންސާފެއް މިރާއްޖެއިން ލިބުން ވަރަށްނާދިރު. މިސަރުކާރަކު ޢަބިލުކަމެއްނެތް. މަރުތަކަށް އިންސާފު ހޯދައިދޭން ވަޢުދުވެގެން އައިމީހުންނަށް ވެސް ޖެހުނީ ހަމަ ކުރިންވެސް އުޅުނުމީހުނަށް ޖެހުނުހާލު. އިޚުލާސްތެރިކަމެއް ނެތްބަޔަކު ކުރާވަޢުދެއްގެ ބޭނުމެއްނޯއްނާނެ. ވ ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454