ޚަބަރު / އޮޅުވާލައިގެން ފައިސާ ހޯދުން

ސްކޭމް ކޯލަކުން 60،000ރ. އަތުލިކަމުގެ ތުހުމަތަށް މީހަކު ހޯދަނީ

މަކަރާ ހީލަތުން ފައިސާތަކެއް ހޯދިކަމުގެ ތުހުމަތުގައި ހޯދަމުން އަންނަ އިބްރާހިމް ރަޝީދު.--

މީހަކަށް ގުޅައި، މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ހޯދަނީ އުމުރުން 36 އަހަރުގެ މީހެއް ކަމަށްވާ އިބްރާހިމް ރަޝީދެވެ. އޭނާގެ އެޑްރެހަކީ ހއ. ބާރަށް، ކޭސީވިލާ އެވެ.

ފުލުހުން ބުނީ އިބްރާހިމަކީ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގިގެން ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާރިޒުވާން އޭނާ އަށް ވަނީ އަންގައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ އަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު 7233204 ފޯނު ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68ރ. ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެކި ސްކޭމްތަކުން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި ސްކޭމް ކޯލްތައް ހިންގަން 800 އަށް ވުރެ ގިނަ ފޭކް ނަންބަރުތައް ބޭނުންކުރާ ކަމަށް ވެސް ބުންޏެވެ. މި ނުބައި އަމަލު ހިންގަނީ ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނާއި މުޖުތަމައުގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ 226 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައި ވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް 259 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

17 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 50%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

01 August 2021

މިފަދަ މައްސަލަ ތަކަކީ މަދުކުރެވޭނެ މައްސަލަތަކެއް. ނަމަވެސް ޕޮލިސްގެ ޕަބްލިކް ޑިޕާރޓްމަންޓްއިން ބަލަނީ މާލޭގައި، މާލޭ ރައްޔިތުން އެކަނި ފެސްޓިވަލް ނުވަތަ އެކި އެކި ހަވީރު ބާވައިގެން އެމީހުން ހިތް އުފާކޮށްދެވޭ ތޯ. މިފަދަ މައްސަލަތަކުގައި ރައްޔިތުން ހޭލުން ތެރިކުރުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ. ދެން މައްސަލަ ހުށައެޅިޔަސް މައްސަލައެއް ނުބަލާ. އެއީ ދެބަސްވެވެން ހަޤީޤަތް.

The name is already taken The name is available. Register?

1828

01 August 2021

*ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓް

The name is already taken The name is available. Register?

ޓވޓރ

01 August 2021

މީ ކޮން ޕާޓީ އެއްގެ ބޭފުޅެއްތޯ؟

The name is already taken The name is available. Register?

ޞަލަފު ފާތުމަ

01 August 2021

މިރަން ބުއްދި އަދި މިވަރު ބަޔަކުނެތިގެން ، ގައުމު ތަކާ ޖައްސާލައިގެން އުޅުއްވާ މި ދިވެހިން ނަކީ ހާދަ ގަމާރު ނަޓް ބައެކޭދޯ...

The name is already taken The name is available. Register?

ޓވޓރ

01 August 2021

ބަލަނީ ބަލަނީ

The name is already taken The name is available. Register?

ބުހާރީ

01 August 2021

ތިމައްސަލަ ހައްލުވާނެ ބޭންކް އާއި ފުލުހުންގެ ޒިމްމާ އަދާކުރުމުން. ޓްރާސްފާވެގެން އެންމެ ފަހުން ވަންނަ އެކައުންޓް ނުވަތަ އެންމެފަހުން ނަގާމީހަކީ އެމީހެއްގެ މުދަލާއި ފައިސާ ހިފަހައްޓާ އުމުރަށް ޖަލުގައި ހައްޔަރު ކުރަން ޖެހޭ މީހެއް.

The name is already taken The name is available. Register?

ގަލަބަންދު

01 August 2021

ހިސާބަށްވުރެ ދަހިވެތިކަން ބޮޑުވީމަ ތިވަރުގެ ލަނޑެއް ލިބިދާނެ

The name is already taken The name is available. Register?

ސްކޭމް

01 August 2021

ހަމަ މީހަކު ބުނާއިރަށް 60،000ރ. ދޭނީ ހާދަ ވިސްނުން ކޮށިވީމައޭ ހިތަށް އަރާ. އަބަދު އެހެން ކިޔާއިރު ވެސް. އެވަރު ބޮޑު އަދަދެއް މީހަކަށް ދޭންޖެހޭއިރު އެކަން އެ ފައިސާ ދިން މީހަކަށް ވެސް އެނގިފަ އޮންނާނެ ދޯ. ހަމަ ތާކުން މީހަކު ފޯނު ކުރާއިރަށް އަތުގަ ހުރި ފައިސާކޮޅު ދޭންވާނެތަ؟ އަޖާއިބުވޭ... މިކަހަލަ މީހުން ގިނަވެގެން ގޮސް ސްކޭމް ކޯލްތައް ކުރާ މީހުންނަށް ކުރިއަރައިގެން މި ދެވެނީ...

The name is already taken The name is available. Register?

އީސާ ސަރީފު

01 August 2021

ތިޔަކަންތަކަށް ވަތަނިޔާ ދިރާގު އަދި ސަރުކާރުން ހިއްވަރު ދޭތީ ހިތާމަ ކުރަން، ތިޔަ ނަންބަރުތައް ކީއްވެ ބޮލޮކު ނުކުރަނީ އަދި ނަންބަރުގެ ވެރިފަރާތް ހޯދާފަ ކީއްވެ ފިޔަވަޅު ނާޅަނީ. ތިޔަކަމުން ފާހަގަވަނީ ކަންކުރަން ތިއްބެވި ވެރިންނާއި އަދި ސަރުކާރުގެ އިހުމާލު. ހިތާމަ ހުރިކަމެއް...

The name is already taken The name is available. Register?

ތުނިޔަ

01 August 2021

800 އަށްވުރެ ގިނަ ނަމްބަރު ހުރީ އެކެއްގެ ނަމުގަޔޯ! #ގުޅިގެން ކުރާ ވައްކަން.

The name is already taken The name is available. Register?

ނ‫ާޑުވާ

01 August 2021

ހ‫ޯދާނެ ކަމެއް ނެތް. 21 ވަނަ ޤަރުނުގަ ވަގަށް ހޯދާ ފައިސާ ޖަމާވާ އެކައުންޓް ޓްރޭސް ކުރެވޭވަރު ނެތް ޤައުމެއް މީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454