ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކޮށް ބެލެނިވެރިންނަށް ދޭނީ ގްރީން ކާޑެއް

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ސްކޫލުތަކުން "ގްރީން ކާޑެއް" ތައާރަފްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަންނަ އަންގާރަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭގޮތުން އެ މިނިސްޓްރީީން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ 96 ޕަސެންޓު ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މާބަނޑު މީހުންނާއި ސިއްހީ އެކި މައްސަލަތަކާ ހެދި ވެކްސިން ނުޖެހޭ މީހުންނަށް، އެޗްޕީއޭގެ ލިޔުން ލިބުމުން ކަންކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ވަރަށް ގިނަ މުވައްޒަފުން ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް އައްޒަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ކުދިންނާ އިންޓަރެކްޓްވާނެ ބޭފުޅުން ދިހެއްގައި އެ ބޭފުޅުން ސްކޫލަށް ނުކުމެވަޑައިގަންނަވާއިރު ވެކްސިންގެ އެންމެ މަދުވެގެން އެއް ޑޯޒު ފުރިހަމަކޮށްގެން ކަމަށް ވަޑައިގަންނަވާނީ،" އައްޒަ ވިދާޅުވި އެވެ.

މީހަކު، ކޮވިޑު ވެކްސިން ޖެހުމަށް ސެންޓަރެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓްރީން ނިންމާފައިވަނީ އަންނަ މަހުގެ އެކެއްގެ ފަހުން ސްކޫލުތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. އެހެންވެ، ޝަރުތުތައް ފުރިހަމަވާ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފައި ވެ އެވެ.

އައްޒަ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ގްރީން ކާޑު ތައާރަފުކުރުމަށް ސްކޫލުތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެއަށްފަހު، ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރެވޭނެ އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ބަލައި އެ ކާޑު ތައާރަފުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭރުން، ދަރިވަރުން ބަލައި ބެލެނިވެރިން ދާންޖެހޭނީ ދެ ކާޑު ހިފައިގެންނެވެ. އެއީ ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދޭ ގްރީން ކާޑު އަދި ބެލެނިވެރިންގެ ކާޑެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ އިއުތިރާޟެއް ނެތްކަން ކަށަވަރުކުރުމަށްފަހު އި މި ހަފުތާގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފަށާނެ އެވެ. އެކަމަށް ތައްޔާރުވަމުން އަންނަކަމަށާއި ބެލެނިވެރިންނަށް ވެކްސިން ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ބާއްވާނެ ކަމަށް އައްޒަ ވިދާޅުވި އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކ109876

09 August 2021

އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރޭ. އެޗް، ޕީ، އޭ އާގުޅިގެން ވެކްސިން އިލެކްޓްރޯނިކް އެޕެއް ހަދާ. ރާއްޖޭގެ ހުރިހާކަމަކަށް ވެސް ބޭނުން ކުރެވޭ ކަހަލަ ނިޒާމެއް. ދިވެހި ރައްޔިތެއްކަން އަންގާއިދޭ ކާޑު ފިޔަވާ އެހެން ހުރިހާ ކާޑެއްވެސް ހުނަންވާނީ އިލެކްޓްރޯނިކް ކޮން. ވެކްސިން ކާޑު، ޑްރައިވިން ކާޑު، ކައިވެނި/ވަރި ކާދު، މިހެންގޮށް ހުރިހާ ކާޑެއް. ޓެކޮނޮލޮޖީ މިނިސްޓްރީ ކޮބާތަ.

The name is already taken The name is available. Register?

ބޯހަލާކު?

09 August 2021

"ދަރިވަރުންނާއި ބެލެނިވެރިންގެ އިއުތިރާޟެއް ނެތްކަން ކަށަވަރުކުރުމަށްފަހު އި މި ހަފުތާގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފަށާނެ އެވެ" ފަހުން މަޖުބޫރުނުކުރާތި!

The name is already taken The name is available. Register?

ޑެޑު ޓުވައިސް

09 August 2021

މީވެސް ހަރުކަށި ފިކުރު.

The name is already taken The name is available. Register?

ހަސަން ހާމިދު

08 August 2021

ސްކޫލެއްގައި ދުވަހަކުވެސް މަސައްކަތް ކުރި މިނިސްޓަރެއްނޫން މިނިސްޓްރީއާއި ހަވާލުވެގެން ތިޔަ ހުރީ. މިނިސްޓްރީގައި ތިބޭ ތަންދޮރު އެނގޭ އެންމެން އޭނާއަށް ދަނީ ލަނޑުދެމުން.ނުބައި ނަސޭހަތްލާދީގެން މުޅި ތައުލީމީ ސެކްޓަރ މި މީހުން ހަލާކުކޮއްލާފި.

The name is already taken The name is available. Register?

އަލުންވިސްނަވާ މިނިސްޓަރ

08 August 2021

މަޖުބޫރުކޮށްގެން ޓްރަޔަލްގައި އޮތް ވެކްސިނެއް ޖަހުމަކީ މެޑިކަލް އެތިކްސް އާއި ޚިލާފް ކަމެއް ވީމާ މިކަމަކީ ރެކޯޑް ހަދަން ކުރަންވީ ކަމެއްނޫން.. މިބަލީގައި ކުޑަކުދިންގެ ޕެތޯފިޒިއޮލޮޖީ ތަފާތުކަން ދުނިޔޭގެ ސްޓެސްޓިކްސް އިން ފެންނާނެ.. ވީމާ ވެކްސިންގެ އެޑްވާރސް އިވެންޓްތައް މެނޭޖުކުރާނެ ގާބިލުކަން ނެތްތަނެއްގައި މިކަމާ ފުންކޮށް ވިސްނަވާ .. މީސިޔާސީ ވާހަކައެއްނުން .. އަދި ވެކްސިނާ ދެކޮޅު ވާހަކައެއވެސް ނޫން .. މީ ޢިލްމީ ވާހަކައެއް މަޖުބޫރު ނުކުރައްވާ..

The name is already taken The name is available. Register?

19998

09 August 2021

ޓްރަރަލްގަޔޭ؟ ހެހެ

The name is already taken The name is available. Register?

އެތިކްސް

09 August 2021

މުޅި ދުނިޔޭގަ ގައުމުތަކުން ދަނީ ވެކްސިން ނުޖަހާމީހުން މުޖުތަމައުން މަޑުމަޑުން ބޭރުކުރަމުން. ވެންސިން ނުޖަހާ، މީހުންގެ ތެރެއަށް ނިކިމު އެހެން މީހުންގެ ފުރާނަޔަށް ނުރައްކާ ކުރުމަކީ އިންސާނިޔަތާ ވެސް ހިލާފުވުން. އެތިކަލީ މިކަމާ ވިސްނާލުން ރަނގަޅު.

The name is already taken The name is available. Register?

އެތިކްސްއަމާ

09 August 2021

ބަލި ފެތުރަނީ ވެކްސިން ނުޖަހާ މީހުން އެކަންޏެއް ނޫން. ވެކްސިން ޖަހަގެން ތިބި މީހުންވެސް ހަމަ އެވަރަށް ބަލި ފަތުރާ. ވެކްސިން ގެ ހަމަ އެކަނި ފައިދާ އަކީ ބަލި ޖެހުނީމަ ބޮޑުވަރު ނުވުން. ދެން ވެކްސިން ނުޖަހާ މީހުން އެއްފަރާތް ކޮށްގެން ކަލޭމެން ތިބޭ މޮޅުތަކެއް ވާނުކަމަށް، އެއަށް ވުރެ މާ ތާހިރުވާނެ ވެކްސިން ނުޖަހާ ހުއްޓާ ބަލި ޖެހިގެން ބޮޑުވަރުވިއަސް ހޮސްޕިޓަލުގަ އެޑްމިޓް ނުކުރެވޭނެ ކަމަށް އިންޒާރު ދިނިއްޔާ.

The name is already taken The name is available. Register?

ކެމިސްޓްރީ ޓީޗަރު

08 August 2021

އައްޒަގެ ވާހަކަ ވަރަށް ރީތި. އެކަމަކު ޕްރެކްޓިކަލީ ކޮންމެ ބެލެނިވެރިއެއްގެ ކާޑު ބެލުމަކީ ކުޅަދާނަ ކަމެއްނޫން. އައްޒަމެން ތަންކޮޅެއް ބޮޑަށް ސްކޫލްތަކަށް ވިޒިޓް ކޮށް ސްކޫލްގަ ވާނުވާ ބަލާނަމަ އެނގޭނެ.. ނޭނގޭނެ އޮފީހުގަ ތިއްބަސް.

The name is already taken The name is available. Register?

ޢަސާސީ

08 August 2021

މާބަނޑުވާން ގަސްތުކުރާ މީހުންވެސް ކޯވިޑް ވެކްސިން ޖެހުމަކީ ރަނގަޅުކަމެއް ނޫން. ގާތުން ކިރުދޭ މައިންވެސް ވެކްސިން ޖެހުމުގައި އިސްތިސްނާވޭ. ޑަބްލިޔުއެޗްއޯގެ އޮތްއެއްޗެއް ނޫސްވެރިންވެސް ކިޔާލުން ރަނގަޅު. ދަރިއެއްނުލިބިގެން ނުވަތަ އިތުރު ދަރިޔަކަށް ޓުރައި ކުރާމީހުންވެސް އިސްތިސްނާވޭ. މަޖުބޫރު ކުރާނީ ކިހިނެއްތޯ؟ ޢެއްވެސް ޑޮކްޓަރެއް ނުދޭނެ 100% ޔަގީންކަމެއް ގެއްލުން ނުވާނެކަމަށް

The name is already taken The name is available. Register?

24567

09 August 2021

މާބަޑުމީހުނާ، ކިރުމައިންނާ، އެހެނިހެން ބަލި ހުރި މީހުނާ، އެލާޖިކް މީހުންވެސް ޖަހަން ރައްކާތެރިކަމަށް ބުނެ މުޅި ދިނިޔޭގެ މެޑިކަލީ ތަންދޮރު އެނގޭ ގައުމްތަނުން ދަނީ ކޮވިޑް ވެކްސިން ޖަހަމުން. ވެކްސިން ނުޖަހާ މީހުން މިބަލީގަ ހާލުބޮޑުވެ މަރުވާލޭގިނަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454