ހިޔާ ފްލެޓް ލިބުނު މީހުން އެތަންތަން ބަލާލުމަށް ޒިޔާރާތްކުރުން- -- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
14 އޯގަސްޓް 2021 - 12:31
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށް އާންމުކުރި ލިސްޓުގައި ހިމެނުނު 300 އެއްހާ މީހުން ސޮއިކުރަން އަދިވެސް ނާންނަ ކަމަށާއި ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިކުރަން ނައި ނަމަވެސް ފިނިޝިން މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު މިހާތަނަށް 3،200 މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ވަނީ ހަވާލުކޮށްފަ އެވެ. ފްލެޓް ލިބުނު ހާހެއްހާ މީހުން މައުލޫމާތު ފޯމު ފުރުމަށް ފަހު އަދި ހުށައެއްނާޅަ އެވެ.
ފްލެޓް ލިބުނު މީހުނާ އެކު މިމަހުގެ 18 ގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރަތަމަ ބުރު ނިންމުމަށް އެޗްޑީސީން ވަނީ އަމާޒު ހިފައިފަ އެވެ.
ހުރަވީ ސްކޫލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ލިސްޓު އާންމުކުރުމުން ވެސް ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ނާދެވެނީ ކީއްވެކަން އަންގާފައި ނުވާ ކަމަށެވެ. އެކަމަކު ސަރުކާރު ބަންދު ގިނަ ދުވަސް ލިބުމުން މީހުންނަށް ނާދެވުނީ ކަމަށް ވެދާނެ ކަމަށް ވެސް ސުހައިލް، ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިނުކުރެވި ތިބި މީހުންނަށް ހާއްސަކޮށް ދެވަނަ ބުރެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ދެވަނަ ބުރުގެ ސޮއިކުރުން ވެސް ނިންމާލެވޭނެ އެވެ.
"ދެން އެހާ ތަނަށް އަޅުގަނޑުމެން ބަލާނީ ޓައިމް ވެސް ދެވިފައޭ އޮންނާނީ ހުރިހާ ފަރާތްތަކަށް ސޮއިކުރަން." ސުހައިލް، ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފިނިޝިންް މަސައްކަތް ނިންމަން ދޭ ހަތަރު މަސް ގުނަންފަށާނެ ކަމަށެވެ. އެކަމަކު އިތުރު ސަބަބެއް ނެތި ސޮއިނުކޮށް ތިއްބި މީހުންނަށް އިތުރު މުއްދަތެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ހަތަރު މަސް ލިބޭނީ. ސެޕްޓެމްބަރު އެކަކުން ފެށިގެން ހަތަރު މަހުގެ މުއްދަތު ލިބޭނީ. ގަބޫލުކުރެވޭ އުޒުރަކާ އެއްކޮށް ސޮއިކުރަން ނާދެވޭ ނަމަ، އަޅުގަނޑުމެން ގަބޫލުކުރާނަން،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި މިހާރު ވެސް ތާވަލުކޮށްފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ފްލެޓްތަކަށް ކަރަންޓު ގުޅައި ނިމޭނެ އެވެ. އޭރުން އޭގެ ފަހުން ފްލެޓުގެ މަސައްކަތް ކުރުމަށް އެތަނަށް މީހުންނަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަތާރައިގެ ފަހުން ފްލެޓްތަކަށް އެބަ ކަރަންޓު ދެވޭ. ދެވުނީމަ ދެން ހަމަ ހުރިހާ ބޭފުޅުންނަށް ވެސް ވަދެވޭނެ."
ބޮކި، ފަންކާ، އަދި ތަށިމުށި ވެސް ނުޖަހައި ހަވާލުކުރާ މި ފްލެޓްތައް ނިންމުމަށް ކުރިން ދޭން ނިންމީ ތިން މަސް ނަމަވެސް މިހާރު ނިންމާފައި ވަނީ ހަތަރު މަސް ދުވަސް ދިނުމަށެވެ. އެގޮތަށް ނިންމުމުން ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ އެވެ. އެކަމަކު މި ތަންތަނުގެ މަހު ކުއްޔާއި ސާވިސް ފީއަށް މަހަކު 8،500ރ. ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެ އަދަދު ބޮޑުވެގެން ފްލެޓް ލިބުނު ގިނަ ބަޔަކު ކުލި ކުޑަކޮށްދޭން ގޮވާލި ނަމަވެސް އެޗްޑީސީން ބުނެފައި ވަނީ ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދެއްކޭނީ މިހާރު ކަނޑައަޅާފައިވާ ވަރަށް ކުލި ނަގައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޖުމާން
14 August 2021
ބައެއްމީހުންނަށް ޙައްޤުވާވަރަށް ޕޮއިންޓް ލިބުނަސް ފްލެޓްގަޑެއް ނުލިބުނު، މިސަރުކާރުން ޙާލަތާ އެއްޗިސް ބެލި ގޮތެއްނޭގެ. ބައެއް މީހުން ޙުރިހާދަރިން18ވެ މީހުނާއިދެފަ، އެދެމަފިރިންގެ18 ނުވެހުރި ޖޭއެސްގައުޅޭ މަންމަން ކުއްޖާގެ މަންމަޔަށް ޚާއްޞައެހީގެބައިން 2017ގަ ފްލެޓް ދީފަ، ވަރިވެފައިނުވާއިރު މިފަހަރުހިޔާއިން ދަފްތަރުބައިން ޚާއްޞަޕޮއިންޓާއެކުބައްޕައަށް 10ޓަވަރުގެ13ވަނަ ފްލޯއިންދީފަ އެގްރިމެންޓްވެސްހަދައިފި، އެއްދަރީގެހައްޤުގަދެމަފިރިންނަށް 2ފްލެޓް؟
ފާތުމަގެ ކުނި ޖަގިޔާ
14 August 2021
ވާން ކޮށްލާފައި ބަހައްޓާ.. މޫސާ ގެފާނު ގެ ގައުމުގެ މީހުން ހައްމަތަ ކުރަން ވަރަށް އުދަގޫ ވާނެ.
ދެޓްޑޭދެޓްޑޭ
14 August 2021
ހިޔާ ފްލެޓްސް ތަކުގައި ސޮއި ކުރުން ލަސްކުރާނަމަ އެތެރޭގައި އިމާރާތް ކުރަން ދޭ މުއްދަތު ކުރުކުރާނަމޭ ބުނެ ތަމެން ދައްކާ ވާހަކަ އިން ހިޔާ ފްލެޓްްސް ތައް ލިބުނު މީހުންގެ ހިތްތައް ދަނީ ފަޅަފަޅައިގެންނޭ ރިހޭ ފައިމައްޗަށް ފޮއިއޭ މިވެއްޓެނީ ނިކަމެތިންގެ ހާލު އިތުރަށް ނިކަމެތިވެގެން ދަނީއޭ މަމެން ޕިންކީން ވެރިކަމުގައި ތިބިނަމަ ހިޔާ ފްލެޓްސް ތަކުގެ ތަޅުދަނޑި ހަވާލުކުރާނީ ސީދާ ރައީސް ޔާމީނޭ މަމެންގެ ވެރިކަން އެއީ ރީތި އަބަދުވެސް ރީތި ވެރިކަމެކޭ އެދުވަސް
ބޯހަލާކުބެ
14 August 2021
ކަލޭމެންނާ ހެދި ލަސް ވަންޔާ އަހަރުމެން ކަލޭމެން ނާދޭތެރޭ އެޅޭނެ ފިޔަވަޅެއް އެބައޮތް ތަ؟ އެހެނީ އަހަރުމެން މީ ފްލެޓްގެވެރިފަރާތް ކަމުގަވާތީ
ބޮލަށް އެބުރުން އަރައިފި
14 August 2021
އަހަރެން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅައިފިން. ހަބަރެއް ނުވެގެން ގުޅީމަ ބުނީ ސޮއިކުރަންވީމަ އަންގާލާނަމޭ. އޭގެ ފަހުން 2 ހަފްތާ ވެގެންގޮސްފި. ﷲ އަށްޓަކާ ހަދާ ހައްގު ތެދެއް މިއީ. ކަންތައް މިހެން އޮއްވަ މިހާރު ކޯންޗެކޭތަ ތިކިޔަނީ؟
ތަމެންދޯ
14 August 2021
ހިޔާ ފްލެޓްސް ތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން ލަސްކުރީ ހަމަ މިސަރުކާރުން ކުރީ ސަރުކާރު އޮތް ނަމަ މިހާރު ތިޔާ ފްލެޓްސް ތަކުގައި މީހުން އުޅޭނެއޭ އަދި ތިޔާ ފްލެޓްސް ތަކަށް ވުރެން ތިން ގުނަ ބޮޑު ތިން ގުނަ ގިނަ ފްލެޓްސް ތައް ހުންނާނެއޭ ހުޅުމާލޭގައި އަޅާ އެ ފްލެޓްސް ތަކުގައި ވެސް މީހުން ދިރިއުޅޭނެއޭ ތަމެންނަށް ހަމަ ނޭގެނީއޭ ކަން ކަން ކުރަން ކޮވިޑް ވެންޓިލޭޓަރުން ވެސް ކުރީ ވައްކަން ވިއްޔާދޯ..
މަމެންދޯ
14 August 2021
މިހާރު އަޅާފަހުރި ކޮތަރުކޮށިތައް އެޅީ ކާކު؟ އެތަންތަން ބޮޑުކުރަނީ ރަބަރެއްހެން ދަމާފަތަ؟ އެގޮތަށް ދަމާފަ އިމާރާތްކުރީމަ މިހާރުވެސް އޭގެތެރެއަށް އެހެރީ އެތައް ފައިސާއެއް ދަމައިގެންފައި.
މަމެންދޯ
14 August 2021
ކޮންމެ ސަރުކާރަކުން ކުރިޔަސް 550 އަކަފޫޓުގައި 2 ކޮޓަރީގެ އެޕާޓްމެންޓް އަޅާނީ ކޮހުން. އެޔަށް މަކިޔާނީ ތޮއްޖެއްސުން. ކުރީސަރުކާރުނަމަ ތިޔަފްލެޓްތަކުގެ ފިނިޝިންގް ނިންމާދޭނީ ސަދަގާތް ފައުންޑޭޝަނުންކަން ޔަގީން. އޭގެބަދަލުގައި ރިސޯޓްތަކެއްގެ އެކުއިޝިޒަން ފީ ވެސް ގެއްލޭނެ. މައްސަލައެއްނެތްތާ.
ބަބޫ
14 August 2021
ބަލަގަ އެއީ މާލޭގަ އުޅޭ ބައެއް ނޫނޭ. ރަށުގަ އުޅެނީ. ނުހައްގުން ފުލެޓް ދީފައޮތީ. ދެން ނާންނާނެ ދޯ
އެހެންތޭ
14 August 2021
ތިކަން ތިޔާ ގޮތަށް އެޗްޑީސީ އަށް ނުކުރެވޭނެ ކަމުގެ ކޯޓް އަމުރެއް އަތުވެއްޖެނަމަ ދެން އެޗްޑީސީ ބުނާނީ ކީކޭތޭ މަމެން އަހާލަން ބޭނުންވެއޭ އިނގޭތޭ...
މިހެންތޭ
14 August 2021
މިކަން ތިޔާ ގޮތަށް އެޗްޑީސީ އަށް ކުރެވޭނެ ކަމުގެ ކޯޓް އަމުރެއް އަތުވެއްޖެނަމަ ދެން ތަމެން ބުނާނީ ކީކޭތޭ މަމެން އަހާލަން ބޭނުންވެއޭ އިނގޭތޭ.
ދޕނ ނުކުރޭ
14 August 2021
ސަބަބާއެކު ބުނިން ސޮއި ކުރަން ނުދެވޭ ވާހަކަ. ބުނީ، ފަހުން ލިސްޓެއް ހަދާފަ ހާމަ ކުރާނެ ވާހަކަ. މިކަން އަހަން މިދިޔަ ހަފްތާގައި ގުޅީމަވެސް ހަމަ އެހެން ބުނީ. ދެން ކޮން ލަހެކޭ ކިޔާކަށް. މިއީ ކިހާ ބޮޑު ކަމެއް.
ޙހގކޖޖ
14 August 2021
ކަލޭ ރަށުގައުޅެމުން އުސޫލުންބޭރުން ފްލެޓްހޯދީމަ ތިހެންވީދޯ
ހިޔާފުލެޓުމާލެދިވެހިރާއްޖެ
14 August 2021
ސޮއި ނުކުރެވެނީ ސުހައިލާ އެޗްޑީސީ ގެ ދޯހަޅި ކަމުން