30 އޯގަސްޓް 2021 - 11:52
ހއ. ފިއްލަދޫގެ ބައެއް ކަމަށްވާ ދައްޕަަރު އެ ރަށުގެ އިހްތިސާސުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފި އެވެ.
ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ވެސް ކަނޑައެޅި ސަރަހައްދެކެވެ.
އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިޒޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، މިދިޔަ އަހަރުގެ މާޗް މަހު އެވެ.
ނަމަވެސް، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ.
މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ހއ. ފިއްލަދޫގެ އިހްތިސާސަށް ރައީސް ބަދަލު ގެންނެވި ގޮތް --
ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން "މިހާރު" އަށް ވިދާޅުވީ އެ ނިންމެވުން ނިންމެވި އިރު ސަރުކާރުގެ އެއްވެސް ފަރާތަކުން ރަށުގެ ކައުންސިލާ މަޝްވަރާ ވެސް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނުވޭ އެގޮތަށް ބަދަލުކުރައްވާ ކަމަކަށް ވެސް. އަޅުގަނޑުމެންނާ ހަމައަށް ސިޓީއެއް ނަމަވެސް އެއްޗެއް ނާދޭ މިހާރު މި ބަދަލުކުރަނީއޭ،" ފަތުހުﷲ ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ، ކައިރި ފަޅު ރަށްތައް އިހްތިސާސްގެ ތެރޭގައި ނުހިމެނިގެން ބައެއް ރަށްރަށުން އުޅޭ އިރު ފިއްލަދޫގެ ބައެއް އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނެންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެތަން އަތުލި އިރު ކައުންސިލުން ގެންދިޔައީ ވެސް އެތަނުން މަންފާ ލިބޭނެ ގޮތްތަކެއް ހޯދައި ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ވަރަށް ރީތި މޫދަކާއި ގޮނޑުދޮށެއް އޮވެފައި ކުޅިއެއް ވެސް އޮންނަ ދައްޕަރަށް ފިއްލަދޫގެ ބާރު ނުހިނގާ ގޮތް ހެދި އިރު އެތަނުގައި ވަކި ކަމެއް ކުރުމަށް ކައުންސިލުން ނިންމާފައެއް ނުވެ އެވެ. ނަމަވެސް ވިސްނުން ހުރީ ރައްޔިތުންނާ މަޝްވަރާކޮށްގެން އެތަނުގައި ކުރެވޭނެ ވިޔަފާރިތައް ބަލަން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެސިޑެންސް ވިސާ ލިބޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭޗަރ ބޯއީ
30 August 2021
ތި ތަން ހިމާޔަތް ކޮށްފަ ބާއްވަ ބަލަ! ރާއްޖޭގެ ރަށްރަށުގަ އުޅޭ ކަބިލި ފަދަ ދޫނި ތަކުގެ މާހައުލު ރިސޯޓް ތައް ހަދަހަދާ ދުއްވާނުލާ! ތިމާވެށި ހިމާޔަތް ކުރަނީ ނަމެއްގަ! ތި ތަން ތަނުގަ ނޭޗަރ ޕާރކް ގޮތުގަ ބާއްވާލަދީ
އޮނަރަބްލް އަފީފު ދީދީ
30 August 2021
ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ފަދަ ބިންބޮޑު އަދި ބިންބޮޑު ކުރުމުގެ ފުރުސަތުއޮތް ރަށްރަށް ބުރިބުރިކޮށް ނުވަތަ އެފަދަ ރަށްރަށުގެ ފަޅުތެރެއިން ތަންކޮޅެއް ހިއްކާފައި "ރިސޯޓް އައިލަންޑް" އޭ ކިޔައިގެން މިޖަހާ ސަކަރާތުގެ ބޭނުމަކީ "މިއިން ރަށެއް ތަރައްޤީވިޔަނުދޭ ންވެގެން" ކުރާކަމެއް ކަމުގައި ވެދާނެ.
މަރުކަޒު3
30 August 2021
އެހެންވީމާ ލާމަ؛ރުކަޒު މިވަނީ މާލޭ ރަސްގެފާނު ހިތްޕުޅާވާގޮތަށްތާ ދޯ. ދައުލަތުގެ މުއްސަނދިކަމުގެ ވެރިޔާ، މާލޭގެ ރަސްގެފާނު ހިއްޕުޅާ ނުވާއިރަށް ގޭގެ ގިފިލީ ވަޅުވެސް ނަގައިގެން މާލެއަށް ގެންދެވޭ ގޮތަށް ލާމަރުކަޒު މިކުރަނީ ދެއްތޯ.
ޝިރާނީ
30 August 2021
މަޝްވަރާ ކުރީ އިންޑިޔާއާ އެކީ، އެމްޑީޕީ ދިވެހި ރާއްޖެއަ ހިޔާނާއްތެރި ވެއްޖެ
ބޮއިބެ
30 August 2021
ރައީސުގެ ގަރާރަކުން ދައްޕަރު މައްސަލަނިންމާއިރު، ހއ މާފަހި،އަލިދޫ އަދި މުލިދޫ ފަދަ ރައްތައް ކީއްވެބާ އަތޮޅު ކައުންސިލްގެ ދަށަށް ނުނެގެންވީ. މި ރައްތަކުން ސަރުކާރާއި ރައްޔިތުންނަކަށް ކުރާމާބޮޑު މަންފާއެއްނެތް ނަމެއްގެ ކަމެއްކުރަން ހއ އަތޮޅުގަ އޮތްރީތި ރަށްތައް މާލޭގެ އާއިލާތަކަށާއި ވިޔަފާރިވެރިންނަށް މިލްކޮށް ދިނުމުގެ ބަދަލުގައި ވެލާކަހަބު ދޫނި ބިސްއަޅަން ބޭއްވިއަސް ހއ އަތޮޅުގެ ރައްޔިތުން މާ އުފާވާނެ. އުއްމީދުކުރަން ހއ ކައުންސިލް ވިސްނާނެކަމަށް
ތިލަދުންމަތި
30 August 2021
ދެން އެންމެ އަވަހަށް އިވޭނީ އައްޑޫގެ "ޓްރޭނިންގ" ސެންޓަރ ހުރިބިން ހިމެނޭ ގޮތަށް ބަފަރ ޒޯންއެއް ލާފައި އާއި ހަނިމާދޫ އެއަރޕޯޓް ހިމެނޭގޮތަށް ބަފަރ ޒޯންއެއް ލާފައި އާއި އުތުރު ތިލަފަޅު ހިމެނޭގޮތަށް ބަފަޒޯން އެއް ލާފައި އެ ތަންތަން ހިމެނޭ ތަންތަނުގެ އިޚުތިސާސުން ވަކިކޮށް ދިވެހި ސަރުކާރުގެ ބާރު ނުހިނގާގޮތް ހެދި ވާހަކަކަންނޭގެ! ބަލަ ކަލޭމެން ވެރިކަމުގައި ތިބެން އިރާދަކުރެއް ވިއްޔާ އޮތީ ގާތްގަނޑަކަށް އެންމެ ދެ އަހަރެވެ! ވީމާ، ދިވެހި ރައްޔިތުންގެ މުދަލަށް ތިޔަ ހިތަށް އަރާގޮތެއް ހަދާ ހެދުން ރައްޔިތުން ހިތި ގޮތަކަށް ކަލޭމެންނަށް އިރާދަކުރެއްވިއްޔާ ދައްކާނެއެވެ.
އަބުދުލް ޤާދިރު
30 August 2021
އެމް.ޑީ.ޕީ އަކީ ލާމަރުކަޒީގެ އަންމަ އާއި އައްޕައާއި ދޮން އަންމަ
ވަހުތާން
30 August 2021
އެއްވެސް ސަރުކާރަކަށް ނުކެރޭނެ ބާރުތަށް ދޫކޮށްލާކަށް! ހުވަފެން ދައްކާނީ! ދެން ކޮން ލާމަރުކަޒެކޭ މިކަނީ! އަދިވެސް އެމީހުން އެންމެ ގަޔާވާނީވެސް ހިންގޭނީވެސް ކަތީބުން ލައިގެން! ގިނަ ކައުންސިލްތަކަކީ ކަމުގެ އަހުލުވެރިކަން ނެތް ބައެއް! ބާރުތަށް ދިނީމަވެސް ހަދާނެގޮތްވެސް ނޭންގޭ.
އަވަށްޓެރިން
30 August 2021
ކޮންމެކަމެއް އަވަށްޓެރި ގައުމަކާއި ގުޅުވައިގެން ވާހަކަ ހަދައިގެން ދައްކަން ލަދުގަންނަން އެބަޖެހޭ. އަހަރެމެން އެންމެ ގިނައިން ދަނީ އެގައުމަށް. އެގައުމުގެ މަޝްހޫރު ސިޓީތައް އޮންނަނީ ދިވެހިން އަރައިފުރިފައި. އަހަރެމެން ބޭސްފަރުވާކޮށް ކާނާއާއި އަންނައުނު ގެންނަނީ އެގައުމުން. ނުވިތާކަށް ބަލައިއުޅެނީ އެގައުމުގެ ސީރީސްތަކާއި ޗެނަލްތައް. މިވީހާތަނަށް އަހަރެން ދުވަހަކުވެސް ނާހަން އަހަރެމެންނާއިހެދި އުނދަގޫވެގެން އެގައުމުގެ ރައްޔިތަކު އެއްޗެއް ބުނި އަޑެއް.
ރިޔާޒު ރަށީދު
30 August 2021
ދެން އެހެނޭ ކިޔާފަ އަހަރެމެންގެ ބިންތަން ފޭރުމުގެ ހައްގު އެމީހުނަށް އޮވޭ؟ އަހަރެމެން ނިޒާމުތަކުގެ ބޭރުން ގާނޫނުތަކާ ހިލާފަށް ކަންކުރުމުގެ އިހްތިޔާރު ދޭންޖެހޭ؟ ބޭސްކުރަނީ އަގު ނުދީ؟
ކަވަށްޓެރިން
30 August 2021
ތިއިން އެއްވެސް ސަބަބަކީ އަހަރުމެންގެ މިނިވަންކަން އެމީހުންނާ ހަވާލުކުރުމަށާ އަހަރުމެންގެ ގައުމަށް އަރާ ތިބެން ދެއްކެން އޮތް ބަހަނާއެއް ނޫން. ތިޔަ ކިޔާ ހުރިހާ ކަމަކީ އެމީހުންނަށް އެތައް ފައިސާއެއް ލިބޭ ކަންކަން. އޭގެ އިތުރުން މިގައުމުގެ ގުދުރަތީ މުއްސަނދިކަމުން އެމީހުންނަށް މަންފާވާ ގޮތަށް ކަންކަން ކޮށްދޭކަށްނުޖެހޭ. ދިވެހިން އެމީހުންގެ ޚިދްމަތް ފައިސާ ދީފަ ހޯދަނީ. އޭގެ އިތުރަށް އެމީހުން އަހަރުމެންގެ ތަންތަން އަމިއްލަކޮށް ވަގު ކުޅިކުޅޭކަށް ނުޖެހޭ
ލޮލޮ1
30 August 2021
ބަލަ އެއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއޭ. ރާއްޖެއިން މީހަކު ދިޔައިއްޔާ ކަހާތާ ހިރުވާވެސް ނުލާނެ
ޕީޕީޓިނޭ
30 August 2021
އެމީހުން އަންނަނީ ހިލޭތަ؟ އައިސް ތިބެނީ މަގުމަތީގަ ސަލާމް ޖަހަންތ؟ މިމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަން ފެނިފައި އަންތަރީސްވޭ. އިސްލާމްދީނޭ ކިޔާއިރު އަވަށްޓެރިންނަށް ދެވިފައިއޮންނަ ދަރަޖަ އެނގޭތަ؟ އަދި ގައުމަކަށް ހުއްދަލިބިގެން އެތެރެވާ މީހުންނަށް ކަންތައްކުރަންޖެހޭގޮތް އެނގޭތަ؟ އެއްޗެއް ނޭނގުނަސް އަނގައިން ހިފަހައްޓާނެ،
ޝޮކްތެރަޕީ
30 August 2021
އިންޑިޔާއިން މިކަމާ މަޝްވަރާކުރާތާ ވަރައް ދުވަސްވެއްޖެ. ރާއްޖެ މިދަނީ އަމިލްލަވަންތަކަން ގެއްލެމުން