05 ސެޕްޓެމްބަރ 2021 - 14:44
ހދ. ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި ހަފުތާއެއްގެ ތެރޭގައި އެ ރަށުން 147 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކޮވިޑާ ހެދި، މިދިޔަ މަހު 28 ގައި ނޮޅިވަރަމް މޮނިޓަރިން އަށް ލީ ފަހުން މިހާރު ހަފުތާއެއް ވެފައިވާއިރު، އެ ފިޔަވަޅު އެޅީ ރަށުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ރަށް މޮނިޓަރިން އަށް ލީ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ހަފުތާއެއް ވެފައިވާއިރު، ނޮޅިވަރަމްގެ 147 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެ ރަށުގެ 107 ގެ މޮނިޓަރިންގެ ހާލަތުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ 51 ކުއްޖަކު ހިމެނޭއިރު، 10 އަހަރުން މަތީގެ 96 މީހަކަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. މީގެ ތެރޭގައި މާބަނޑު 10 މީހަކާއި ހައި ރިސްކު ކެޓަގަރީގައި ހިމެނޭ 10 މީހަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި މީހެއްގެ ހާލަތު ދެރަވެގެން އެ މީހާ ށ. ފުނަދޫ ކޮވިޑް ފެސިލިޓީ އަށް ބަދަލު ކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ނޮޅިވަރަމްގެ ސިއްހީ މަރުކަޒުގެ އެމްބިއުލެންސް ހަލާކުވެ، ހިދުމަތް ނުދެވޭތާ އެތަކެއް ދުވަހެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ބަލި މީހުން މަރުކަޒަށް ގެންދަން ޖެހިފައިވަނީ ރައްޔިތުން އަމިއްލަ އަށް ޕިކަޕުގައި ނުވަތަ ސައިކަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވިގޮތުގައި، ސިއްހީ މަރުކަޒުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ، އެ ތަނުގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހިފައިވަނީ ކުއްލި ހާލަތުގަ އެވެ. މިއާއެކު މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުން ބަލިވުމުގެ ކުރިން އިތުރު އެހީތެރިކަން ފޯރުކޮށްދީ، މަރުކަޒަށް އިތުރު ނަރުހުން ހަމަޖައްސައިދިނުމަކީ ކުރުން ލަސްވެފައިވާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މުސްތަފާ ވިދާޅުވީ، މިހާތަނަށް އެ ރަށުން 555 ސާމްޕަލް ނަގާފައިވާއިރު، ސާމްޕަލްތައް ނެގުމަށް ސިއްހީ މަރުކަޒުގެ މުވައްޒަފުން ދަތުރުކުރަން ޖެހިފައި ވަނީ އެ މީހުންގެ އަމިއްލަ ވެހިކަލްތަކުގައި، އަމިއްލަ ޖީބުން ޕެޓްރޯލަށް ހަރަދު ކޮށްގެން ކަމަށެވެ. އަދި ހާލަތުގެ ގޮތުން އިތުރު އެހީއަށް ބޭނުންވުމުން ސިއްހީ މަރުކަޒުގައި ވޮލެންޓިއާކޮށް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވެސް އެ މަރުކަޒުން އިއުލާނު ކޮށްފައި ވެ އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ނޮޅިވަރަމްގެ މީހުން ގޭގައި ތިބެން ޖެހިފައިވާއިރު، އެކި މީސްމީހުންގެ މަސައްކަތްތައް ހުއްޓި، ގިނަ ބައެއްގެ އާމްދަނީ ލިބުން މެދުކެނޑިފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އެހެންވެ، ކުޅުދުއްފުށީގެ ދެ ފިހާރައަކުން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ހަދިޔާކޮށްފައި ކަމަށް މުސްތަފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު މޫސާ
06 September 2021
ތިޔަ ބުނާ ޓީޗަރެއްގެ ސަބަބުން ގެއްލިގެންދަނީ އެެތައް ދަރިވަރުންތަކެއްގެ ތައުލީމް. ބެލެނިވެރިންވެސް މިހާރު މިކަމަށް ނުކުންނަންވެއްޖެއެއްނު.
އަލީބަލީ
05 September 2021
ވެކުސިން ޖެހުމާއި ދެކޮޅަށް ފާޅުގައި ވަކާލާތުކޮށް ގޭގެއަށް ހިނގާ އަދި ސޯޝަލް މީޑިއާގައި ފާޅުގަ ޕޯސްޓު ކުރާމީހުން ކައުންސިލްގެ ވަޒީފާގައި އެބަތިބި. އޭގެ މީހަކު ސުކޫލުގެ ޓީޗަރަކަށްވެސް އުޅޭ. މިބުނާ ޓީޗަރު އަދިވެސް ވެކުސިނުގެ އެންމެ ޑޯޒެއްވެސް ނުޖަހާ ކަމަށާއި ނުވެސް ޖަހާނެކަމަށް ތުންތުންމަތިން އަޑުއިވޭ.
ހިތާމައަހުމަދު
06 September 2021
ތިޔަ ކައުންސިލް މެންބަރު އަދި ތިޔަޓީޗަރު ބޮލުގަ ތިރަށުން މިބަލީގަ މަތުވާ އެންމެންގެ ދިޔަ އެޅޭނެ. ވެކްސިން ޖެހުމުން ހާލުބޮޑުނުވެ މަރުންސަލާމަތްވުމަށް އެހީވެދޭ. ވީމާ ތިޔަރަށުގަ ހާލުބޮޑުވެ ސިއްހީ ހަރަދުތައް އިތުރުވަނީ ތިބުނާ މީހުންގެ ސަބަބުން. އެބައިމީހުނަކީ އާންމު ނިކަމެތިން ގެ ހަލާކު. ވެކްސިނާބެހޭ އެއްވެސް ތައުލީމެއް ލިބިފަ ނެތަސް ތިމާހާ މޮޅުމީހަކު ނެތްކަމަށް ހީވާކަހަލަ.
ލާމަރުކަޒަކަރިޔާ
05 September 2021
ކައުންސިލްގެ ނުކުޅެދްތެރިކަން މީ. ކުޑަކުޑަ ރަށެއްގެ ރައްޔިތުންނަށް ވިސްނައިދީ މިފަދަ ހާލަތަށް އައުމުގެ ކުރިން އެރަށް ސަލާމަތް ކުރަންވެސް ނޭގުނު. ދެން އަމިއްލަ ނާގާބިލްކަން ފޮރުވަންވެގެން އެމްބިއުލެންސޭ ޕިކަޕޭ މިކިޔަނީ. އަދިވެސް ރަށުގަ ބަލިފަތުރާ ވެކްސިން ނުޖަހާ މީހުން ހޯދާ ހެޔޮވިސްނައިދިނުމުގެ ބަދަލުގަ އެހެން އިދާރާ ތަކަށް ނިސްބަތްކޮއް އަމިއްލަ ޒިންމާއިން ރެކެނީ
ބެއްޔާ01
05 September 2021
ހޫނނނ, ހައްްގުތައް އޮންނަނީ ހަމައެކަނި ބޮޑެތި ރަށްރަށުގެ ބޮޑެތި އާބާދީތަކަށް އެކަނި
ޝުޖާއު
05 September 2021
ކުޑަކުޑަ ރަށެކޭ ބުނެފައި އޮތް ބައި އިސްލާހުކޮށް ލައްވާ.ކުޑަ ރަށެއް ނޫން އެއީ. ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން 10 ވަނައަށް އެންމެ ބޮޑު ރަށް އެއީ.
ރުބާން
05 September 2021
ބަލި ނާންނަ ގޮތައް ގައުމުތަކުން ކަންކަން ނުކުރީ ކީއްވެޔޯ؟؟ހިދުމަތްތައް ލިބެންނެތީ ސަރުކާރު ނާގާބިލް ކަމުން..ކައުންސިލްތަކުން ނޫން ސިއްހީ މަރުކަޒް ހިންގަނީ..ބުރާންތިވެގެން ނޫޅޭ.
ލާމަރުކަޒަކަރިޔާ…
06 September 2021
އަޅުގަނޑު އުޅޭ ސިޓީގަ 4 މިލިއަން މީހުން ދިރިއުޅޭ. އެހެންވެ ތިރަށް ކުޑަކަމަށް ބުނެވުނީ. މިބަތްޔަކީ ގައުމަކަށް ނޫނީ ރަށަކަށް ނާރާނެހެން ހެދޭނެބައްޔެއް ނޫންކަން މިކަމުގެ މާހިރުން ގަބޫލް ކުރޭ. އަދި ތާއަބަދު އެއް އުސޫލަކުންވެސް މިބަލި މެނޭޖްނުކުރެވޭޭ. އެކި މަރުހަލާގަ ތަފާތުއުކުޅު ބޭނުންކުރަންޖުހޭ. މިސާލަކަށް ބައެއް މަރުހަލާދަ ފުރަބަންދު. ބައެއްމަރުހަލާގަ ގައިދުރުކުރުން. ވެކްސިނަކީ މިހާރު މިބައްޔާދެކޮޅަށް އޮތް އެންމެ ބާރުގަދަ ހަތިޔާރު. އެއްބާރުލުންދީ
އެތޯމިތޯ
05 September 2021
ވެކްސިނާ ދެކޮޅު ބަޔަކު ހަމަ ގަސްތުގައި ކުރިކަމެއްމީ.
8769
05 September 2021
ދުނިޔޭގެ އެކި ހިސާބުތަކުގަ ވެކްސިނާ ދެކޮޅު ވަރަށް ގިން އެކްޓިވިސްޓުން މިބަލީޖެހި މަރުވަމުން އެބަވޭ. މިރާއްޖޭގަވެސް ހީވަނީ ވެކްސިން ނުޖަހާ މީހުންތަށް މިބަލިޖެހި ހާލުބޮޑުވެ މަރުވާތަން ވަރަށް އަވަހަށް ފެންނާނެހެން. ވޭތުވެ ދިޔަ ދުވަސްތަކުގަ ރާއްޖެއިންވެސް ގިނައިން މަރުވީ ވެކްސިން ފުރިހަމަނުކުރާމީހުން.
ދިރާސާ އަރީފް
05 September 2021
ވެކޮސިން ޖެހުމުން ވާ ފައިދާތައް؛ ބަލި ޖުހުމުގެ ފުރުސަތު ކުޑަ. ބަލިޖެހިއްޖެނަމަ ފަސޭހަވާލެއް އަވަސް. އެހެންމީހުނަށް ބަލި ފެތުރުމުގެ ބާރުކުޑަ. ހާލުބޮޑުވުމުން ސަލާމަތްވެ. ބަލީގާ މަރުވުމުގެ ފުރުސަތު ވަރައް ކުޑަ. ވީމާ، އެންބިއުލަސް، ސައިކަލް، ސަރުކާރު، ޕާޓީ، ސިއްހީމަރުކަޒު ކުއްވެރިނުކޮއް، ވެކްސިން ޖާހާ. އެންމެން އެކުގާ ވެކްސިންޖަހާ. ރަށުގެ ވެކްސިން ނުޖާހާ މީހުންގެ ސަބަބުން، އެހެންމީނހުނަށް، ކުޑަކުދިންނަށް، މާބަނޑުމީހުނަށް ލިބޭ ގެއްލުމުން ސަލާމަތްވޭ.
ޕޮޕޮޕޯޕީ
05 September 2021
އަދަދުތައް ދީފާހުރި އިރު، ވެކްސިން ޖެހިމީހުންދެ އަދަދުތަކެއް ނެއް. ތިޔަރަށުގެ ކިތައްމީހުންބާ ވެކްސިން ޖެހީ. ހާލު ބޮޑުބިމީހަ އަދި ޕިކަޕުގާ އުފުލި މީހުން ތިބީ ވެކްދިން ފުރިހަމަކޮއްފަބާ. ރަސްމީކޮއް މިއަދަދުތައްވެސް ބުނެދީ. ފަރުދީ ޒިންމާ އަދާކުރަންޖެހޭ އެންމެންވެސް. ވެކޮސިން ނުޖަހާބައެއްގެ ސަބަބުންކަމަށް ބެލެވެ ހާލަތު މާ ގޯސްވީ. އަވަހަށް ވެކްސިންނުޖަހާމީހުން ހޯދާ އެމީހުންގެފަރާތުން އެހެންމީހުނަށް، ހާއްސަކޮއް ކުޑަކުދިންނަށް ދެރަވިޔަނުދީ.
ހުސް
05 September 2021
އިންޑިއާއިން ގެނެސްދޭ ކަރަންޓީން ޓޫރިޒަމްގެ ހަދިޔާ.