ޚަބަރު / ޑްރަގް ޓްރެފިކްކުރުން

ޑްރަގް ނެޓްވޯކެއް ކަމަށް ބުނާ މީހުންގެ ތެރެއިން ދެ މީހަކު ނޫނީ އެންމެން ސަލާމަތްވެއްޖެ

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި މާލޭގައި އޮޕަރޭޓު ކުރަމުން އައި ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ކަމަށް ބުނާ ބައެއް: މި މީހުންގެ އިތުރުން ތިން މީހަކަށް ޓްރެފިކިންގައި ބައިވެރިވުމުގެ ދައުވާ ކުރި --

28 ސެޕްޓެމްބަރ 2021 - 17:57

42 comments

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އަތުލައިގަތް ޑްރަގް ނެޓްވޯކެއް ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާސީ އާދަމް މުހައްމަދު މިއަދު ހުކުމް ކުރައްވައިފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ބައެއް ގެތަކުން ޑްރަގާއި، ޑްރަގް ޕެކްކުރާ ސާމާނާއި، ފައިސާ އާއި ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހި ހޯދި އެވެ. އަދި ޑްރަގްގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 4.6 މިލިއަން ރުފިޔާ ވެސް ހޯދި އެވެ.

އެ މައްސަލައިގައި ދައުވާކުރީ އަށް މީހަކަށެވެ. އެއީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު، މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު، ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީން، ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް، މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އަދި ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހު އެވެ.

އޭގެ ތެރެއިން އެންމެ އިސް މީހާ ކަމަށް ދައުލަތުން ބުނަނީ އަރުޝަދެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކުރި އެވެ. އަސްލަމް، ސުނެއިން، އަދި ޒަހީންގެ މައްޗަށް ވެސް ކުރީ އެ ދައުވާ އެވެ. އަލީ ޒުބެއިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރި އެވެ. ގިޔާސް، ވިޝާހު އަދި އިމްސާހުގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ޒުބައިރުގެ ގެ ބަލައި ފާސްކުރުމުގައި ގޯސްތަކެއް

ފުލުހުން ބަލައި ފާސްކުރި ހަ ގޭގެ ތެރެއިން ޑްރަގް ފެނުނީ ތިން ގެއަކުންނެވެ. އޭގެ ތެރެއިން އެއް ގެއަކީ ޒުބައިރު ދިރިއުޅޭ ކަމަށް ބުނާ ގެ އެވެ. އެ ގެއިން ޒުބައިރުގެ ޑީއެންއޭ ވެސް ފެނުނެވެ. އެކަމަކު، ފުލުހުން އެ ގެ ބަލައި ފާސް ކުރި ގޮތް ގޯސްވެ، ޒުބައިރުގެ މައްޗަށް ކުރި ދެ ދައުވާއިން ވެސް އޭނާ ސަލާމަތްވީ އެވެ.

ޒުބައިރަށް ކުރި ދައުވާގައި ބުނެފައި ވަނީ އެ ގެއަށް ވަނީ އޭނާގެ އަތުން ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން އޭނާގެ ހާޒިރުގައި ކަމަށެވެ. އެކަމަކު، ފުލުހުން ހެކިބަސް ދިން އިރު ބުނެފައި ވަނީ އެ ގެއަށް ބާރުގެ ބޭނުންކޮށްގެން ވަން ކަމަށެވެ. އެކަން ފޮޓޯތަކުން ވެސް ފެނެ އެވެ. އެކަން ކުރީ ޒުބައިރު ގެނެސް ދޮރު ހުޅުވުމުގެ ކުރިންނެވެ. ފުލުހުން ގަދަ ބާރުން ވަދެ ދޮރު ހުޅުވާފައި، އެތެރޭގައި މީހަކު ނެތުމުން މަޑު ކުރީ އެވެ. އެހެންވެ، ފެނުނު ތަކެއްޗާ މެދު ޒުބައިރުގެ ފަރާތުން ޝައްކު އުފެއްދި އެވެ.

ހުކުމުގައި ވަނީ ފުލުހުން ގެއަށް ވަނުމުގައި އަަމަލުކުރީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށް ކަމެއް އެނގެން ނެތް ކަމަށެވެ. އަދި ދައުވާ ލިބޭ މީހާގެ މަސްލަހަތު ހިމާޔަތްކުރާނެ މީހެއް ނެތި ބާރުގެ ބޭނުންކޮށްގެން ފުލުހުން ގެއަށް ވަދެފައި އެތެރޭގައި މީހަކު ނެތުމުން، ނުކުތަސް، އެ އަމަލުގެ ސަބަބުން ފުލުހުން ހޯދި ހެއްކަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. އެހެންވެ އެއީ އެ ހެއްކާ މެދު ޝައްކު އުފެދޭނެ ހާލަތެއް ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، އެ ގެ ބަލައިފާސް ކުރަން ހޯދި ކޯޓު އަމުރުގައި ވެސް ޒުބައިރުގެ ނަމެއް ނެތެވެ. އޮތީ އެހެން މީހެއްގެ ނަމެވެ. ހުކުމުގައި ފާހަގަ ކުރީ އެ މީހާގެ މައްޗަށް ދައުވާ އެއްވެސް ނުކުރާއިރު، ސަބަބެއް ވެސް ދައުލަތުން ބަޔާން ނުކުރާ ކަމެވެ.

ފެނުނު ޑްރަގާ އަރުޝަދާއި ސުނެއިންއާ ގުޅުވިފައެއް ނެތް

އަރުޝަދު ހުރި ތަނަކުން ފުލުހުންނަށް އެއްވެސް ޑްރަގެއް އަދި ޑްރަގް ޕެކްކުރަން ބޭނުންވާ ސާމާނެއް ވެސް ނުފެނެ އެވެ. އެކަމަކު، އޭނާ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނެވެ. އަދި އޭނާއާ ގުޅޭ ލިޔުންތައް އެކި ތަންތަނުން ފެނިފައިވެ އެވެ. އޭނާގެ އަތުން ފެނުނު ތަޅުދަނޑި އަކުން ފުލުހުން ބަލައި ފާސް ކުރި ސުނެއިން އާއި ގިޔާސް އުޅުނު ގޭގައި ހުރި ތިޖޫރީއެއް ހުޅުވި އިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.

އެކަމަކު، އަރުޝަދާއި، ސުނެއިން ހުރި ތަންތަނުން ޑްރަގް ފެނިފައިނުވާއިރު، ޑްރަގް ފެނުނު ގެތަކުން ފެނުނު ތަކެއްޗާ އެ މީހުންނާ ގުޅޭ ގޮތެއް ދައުލަަތަށް ބުނެނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

އަރުޝަދުގެ ނޯޓްސް ތަކުގައި ވެސް ޑްރަގް ވިޔަފާރީގެ ހިސާބުތަކާ ބެހޭ ނޯޓުތަކެއް ހުރި ނަމަވެސް، އެއީ ސީދާ އެ ވިޔަފާރިއާ ގުޅޭ ނޯޓުތަކެއް ކަމެއް ވެސް ސާބިތު ނުކޮށްދެވޭ ކަމަށް ހުކުމުގައިވެ އެވެ.

އަރުޝަދު އަތުން ފެނުނު ފައިސާ އަކީ ޑްރަގް ވިޔަފާރީގެ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެއީ އޭނާ ހުއިފިލަނޑާގެ ވިޔަފާރި އާއި މަސް ވިއްކައިގެން ހޯދި ފައިސާ ކަމަށް ސާބިތު ކުރަން އޭނާ ހެކި ހުށަހަޅާފައިވާއިރު، ދައުލަތުން ބުނާ ބުނުން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށް

ދެން ޑްރަގް ފެނުނީ އަސްލަމް ނާޒިމް ހުރި ގެއިންނާއި ޒަހީން ހުރި ގެއިން އަދި އޭނާ ދުއްވި ސައިކަލުންނެވެ.

ސައިކަލެއްގެ މަޑިދަށުގައި ހުރި އެއްޗަކީ އެހެން މީހަކު އަޅާފައި ހުރެދާނެ އެއްޗެއް ކަމަށް ނިންމާފައިވާ ހައި ކޯޓުގެ ގަޒިއްޔާއެއް އޮތް އިރު، ޒަހީން ދުއްވި ސައިކަލުގެ ބްރޭންޑުގެ ގޮތުން އޭނާ ނޫން މީހަކަށް އެ ސައިކަލުގެ މަޑިދަށަށް އެއްޗެއް ނޭޅޭނެ ކަމަށް ސާބިތު ކުރަން ދައުލަތުން ހެކި ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަ ކުރި އެވެ. އެހެންވެ، ސައިކަލުން ފެނުނު ތަކެތި ބަލައިނުގަނެވޭނެ ކަމަށް ނިންމި އެވެ.

އެކަމަކު، ޒަހީންގެ ތަޅުދަނޑި ބޭނުންކޮށްގެން ހުޅުވައި ފުލުހުން ވަން ގޭގެ ތެރެއިން ޑްރަގް ފެނިފައި ވުމުން، އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އަސްލަމް ހުރި ގެއިން ވެސް ފެނުނު ތަކެއްޗާ އޭނާއާ ގުޅުވާލެވޭ ކަމަށް ނިންމައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި އެވެ.

އެހެންވެ، އެ ދެ މީހުން ވެސް އުމުރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖުރިމަނާކުރީ އެވެ. އޭގެ އިތުރުން ޒަހީންގެ ގޭގެ އެކި ތަންތަނުން ފެނުނު 19،500ރ. އާއި، 10،500ރ. އާއި 44،300ރ. އާ އެކު ޖުމްލަ 74،300ރ. ދައުލަތަށް ނަގަން ވެސް ހުކުމް ކުރި އެވެ.

ގިޔާސް، ވިޝާހު އަދި އިމްސާހުގެ މައްޗަށް ސާބިތު ނުވީ ގެތަކުން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅޭ ގޮތެއް ދައުލަަތަށް ސާބިތުކޮށް ނުދެވުމުން ކަމަށް ހުކުމުގައިވެ އެވެ. އޭގެ އިތުރުން އެ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުރި އަމަލެއް ވެސް ބުނެދެވިފައި ނުވާ ކަމަށްވެ އެވެ.

މި އެންމެން ފޯނުތަކުގައި އެކަކު އަނެކަކުގެ ނަމްބަރު ސޭވްކޮށް، ގިނަ ކޯލްތައް ބަދަލުކޮށްފައިވާއިރު، އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތަކާއި ޑްރަގް ޕެކްކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ގުޅިގެން އެއް ނެޓްވޯކެއްގެ ގޮތުގައި މަސައްކަތް ކުރި ބައެއް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، ހުކުމުގައި ވަނީ އެއް ނެޓްވޯކެއްގެ ގޮތުގައި އެ މީހުން މަސައްކަތް ކުރި ކަމަށް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

42 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 14%
icon angry icon angry 81%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮސްބެ

30 September 2021

އެބުނަނީ ގޭން ގިނަ އަދަދެއްގެ ފައިސާ ފެނުނުވާހަކަ، ދެން ކިހިނެއް އެމީހުން ކުށްވެރިވާނީ. ސާބިތެއްނުވާނެ. ތީ މިގައުމުގަ އާކަމެއްނޫން. ކޯޓަށް ފީއެއް ދައްކަންޖެހިއްޖެއްޔާ ބަރާބަރަށް ދައްކާނެ.

The name is already taken The name is available. Register?

ތުއްތުކޮއި

29 September 2021

ފުލުހުންގެ ބުރަމަސައްކަތުން އަތުލައިގަންނަ މިފަދަ މީހުން ހުދުފޮތިކޮޅަކަށްވެ، ސަލާމަތްވަނީ ކީއްވެ؟ ދެންތިބި ދެ މީހުން ވެސް ސަލާމަތް ވެއްޖެއޭ ބުނާއަޑު ނީވޭނެބާ!

The name is already taken The name is available. Register?

ސަލމް

29 September 2021

ރައްޔިތުން ގެ ހަޒާނާއިން އަހަރަކު ތިން ބިލިޔަން ރުފިޔާ ހަރަދު ކުރޭޕޮލިހުންނަށް ކީއްވެބާ ކޮންމެ ޑުރަގު ކޭސް އެއްގާ ފުލުހުން މިހާފަރުވާކުޑަވަނީ.ރައްޔިތުންނިކުމެ ތިޔަމުއްސަސާގަތަޅުއަޅުވާންތޯވީ؟

The name is already taken The name is available. Register?

ތަކުރު2021

29 September 2021

ކޯޓުތަކުން ބޭނުން އެއްޗެއް ނުހެދޭނެ ކަމަށް ވިސްނޭތީ ނުވަތަ މީހުން ކޯޓުން ރިޝްވަތު ނަގާ ކަމަށް ބުނާތީ، ޕޮލިހުގައި ތިބި ކޮރަޕްޓް މީހުން ގުޅިގެން މިހާރު ޖަރީމާ މި ހިންގަނީ.މިއީ މެކްސިކޯ އަދި ކޮލަމްބިއާ ފަދަ ގައުމު ތަކުގައިވެސް މިކަން ހިނގާ ގޮތް.ދިވެހި ގައުމުގެ މުސްތަގުބަލަށް ނަގާފަ މިހިރަ "ވިލާ ގަނޑަކީ" ކަޅު އަދިރި އަދި މިަކުމުން އަވަހަށް ސަލާމަތްވުމެއްނެތް ވިލާ ގަނޑެއް..ސިޔާސީ މީހުނާ، ބަނގާޅީންނާ، ޑްރަގްޑީލަރުންގެ ކިބައިން މިގައުމު ސަލާމަތްވާނެބާ؟

The name is already taken The name is available. Register?

6ޔ6ޔ6

29 September 2021

އިނގޭ ތިވަރުކަން ވާނީ... ތިހިރީ މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ލައްޕާފައެއްނު..

The name is already taken The name is available. Register?

ޢެޑްމުނޑޯ

29 September 2021

ބުނާނެ އެއްޗެއްނޭގުނު ، ލިޔުންކިޔާފައި ހިތައްއަރަނީ............. މީމިގައުމުގެ ހާލަތު ، ދެންކޮންކަމެއް ރޒގަލުކުރެވޭނީ ، ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިއަސް ދޫކޮއްލަން ބޭނުންވާ ކުއްވެރިން " ގޯސް " ހަދާފައި ދޫކޮއްލެވޭ ،

The name is already taken The name is available. Register?

ނީމާ

29 September 2021

އަދުލުއިންސާފް ގާއިމް ކުރަށް އައި ސަރުކާރު ތަ މީ

The name is already taken The name is available. Register?

އުނބުށޭމު

29 September 2021

ކޮންމެ ކަމެއް ސަރުކާރާ މައްޗެއް ނުކުރެވޭނެ. މިހެންވާނީ އެވެރިންދެކެ ބިރުން ނުވަތަ އެވެރިންގެ ފުށުން ލިބޭ މަންފާއަށްޓަކައި އިންސާފުން އެއްކިބާވާ ފަނޑިޔާރުންގެ ސަބަބުންނާއި، ކުށްވެރިންނަށް ކޮންމެސް ގޮތަކުން ސަލާމަތް ވެވޭނެ ގޮތްތައް ހިމަނައިގެން ގާނޫނީ ވަކީލުން ޤާނޫނުތައް ޑްރާފްޓްކޮށްފައި ހުރުމުގެ ސަބަބުން އެކަންކަމަށް ސަމާލުނުވެވި ޤާނޫނުތައް ވުޖޫދަށް ގެނެވިފައިހުރުމުން.

The name is already taken The name is available. Register?

ތަކުރު2021

29 September 2021

ނަމުގަ އެހެން.. ކަމުގަ ދިމާ އިދިކޮޅު.. ސަރުކާރަކުނެތް އެއްވެސް ކަމެއް އިސްލާހުކުރުމުގެ ގާބިލް ކަމެއް، ކަމެއް މައިތިރި ކުރުމުގެ ގާބިލް ކަމެއް، ކަމެއް ކުރިއަށް ގެންދިއުމުގެ ގާބިލް ކަމެއް.. ކުރުކޮށް ބުނަންޏާ ކޯޗު، މެނޭޖަރ، ގޯލް، ޑިފެންސް، މެދުތެރެ އަދި ފޯވާރޑް ލައިންވެސް ފެއިލް ވެފަ.. ވީއިރު މެޗުން މޮޅުވާނެ ގޮތަކީ ރެފްރީއަށް ރިޝްވަތު ދީގެން ނަތީޖާ އިދިކޮޅަށް ދެއްކުން...

The name is already taken The name is available. Register?

ގަސްކުޑޭ

30 September 2021

ކަލޭ ހާދަ ގަމާރޭ، ސަރުކާރުންތަ ހުކުމްކުރަނީ؟

The name is already taken The name is available. Register?

މޯޑް

29 September 2021

މި ފަޑިޔާރުން ހިތަކަށް ނާރައެ މި ނޫން އެހެން ދުނިޔެއެއް އޮތްކަން

The name is already taken The name is available. Register?

ކިޔު

29 September 2021

އިލްމު ނެތި، ތިމާމެންނަށް ވާނުވާ ނޭނގޭ ކަންކަމުގައި އެހެން މީހުންނަށް ފާޑުކިޔައި ބަދުބަސް ބުނުމަކީ ދެރަ ކަމެކެވެ.

The name is already taken The name is available. Register?

އަދުލު

29 September 2021

ގާޒީއެއް ނޫން ދޯ ގޯހީ. ގޯހީ ޕީޖީ އާއި ފުލުހުން. ފުލުހުންގެ ތަހުގީގުގެ ފެންވަރު ދަށްކަމުން ހެއްކެއް ނުހޯދޭތާ މި އޮތީ ގޯސްތައް ހަދާފަ

The name is already taken The name is available. Register?

މަދޭމަދޭ

30 September 2021

މަގޭ ބޭބެ ބަންދުކުރީ މމިދިޔަ އަހަރު އަދި ހަމަ އެންމެ މަިލީހެއް ނުބާއްވާ... މިމީހުން ހައްޔަރުކުރިތާ އަހަރު ނުވޭ މިއޮތީ ޝަރީޢަތް ނިންމާފަ... ބޮޑުވަރު... ޢަދުލް އިންސަފް އެހެންވީމާ ގާޒީ ހަމަ ވަރަށް ރަނގަޅު... ދެން ބުނޭ މަގޭ ބޭބެ ގެ މައްސަލަ ބަލަނީ އެހެން ޣާޒީ އެކޭ.. މަށަށް ޔަގީން މިހާއަވަހަށް މައްސަލައަކުން ޝަރީޢަތްނިމި ސަލާމްވި ބަޔަކު މަދުވާނެކަން...

The name is already taken The name is available. Register?

އާރީ

29 September 2021

ރާވާގެން ރޭވިގެން ހިންގާ ޖަރީމާ

The name is already taken The name is available. Register?

ދެރަ

28 September 2021

މި ހުރިހާ އެންމެންގެ އަމިއްލަ އެދުން މިހިރަ ވަރެއްގަ، މިރާއްޖެ ދުވަހަކުވެސް ރަގަޅެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454