ޚަބަރު / ރާއްޖެ-ޕާކިސްތާން

ރާއްޖެ-ޕާކިސްތާނު އެކުވެރިކަމުގެ ޖަމިއްޔާގެ ރައީސަކަށް މަސްއޫދު، ނައިބަކަށް ހަމްދޫން

ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާ އިން ރޭ ބޭއްވި ބައްދަލުވުމުގައި ކޭކެއް ފަޅަނީ.

14 އޮކްޓޯބަރ 2021 - 11:30

3 comments

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ބަދަަހިކުރަން އުފައްދާފައިވާ ޕާކިސްތާން-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ) ގެ ރައީސަކަށް ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދު ރޭ އިންތިހާބުކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި އޮތް ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސަކަށް އިންތިހާބުކުރި މަސްއޫދު، ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ މަގާމު ފުރުއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. ސަރުކާރުގެ ބައެއް އެހެން މަގާމުތައް ވެސް ކުރިން ފުރުއްވާފައިވާ މަސްއޫދަކީ ޕާކިސްތާނުގެ ހައި ކޮމިޝަންގެ އިސްވެރިންނާ ގުޅުން ބޮޑު ބޭފުޅެކެވެ.

މަސްއޫދުގެ އިތުރުން، ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާގެ ނައިބަކަށް އިންތިހާބުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަ ދުވަސްކޮޅަކަށް އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހަމްދޫން ރަޝީދެވެ.

ރާއްްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުން މިއަދު ބުނީ ޕީއެމްއެފްގެ މަގާމުތަކަށް ބޭފުޅުން ނޮމިނޭޓް ކުރީ އޮންލައިންކޮށް ކަމަށް ވިޔަސް އިންތިހާބު ބޭއްވީ ހައި ކޮމިޝަނުގައި ރޭ އޮތް ބައްދަލުވުމެއްގައި ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތިރު މުޚުތާރާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަަރްްނައިން އަހުމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ޕީއެމްއެފްއޭގެ ދިވެހި އަދި ޕާކިސްތާނު މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރިވި އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާ އިން ރޭ ބޭއްވި އިންތިހާބަށް ފަހު އެ ޖަމިއްޔާގެ އިސްބޭފުޅުން ޕާކިސްތާނުގެ ހައި ކޮމިޝަންގެ ބައެއް އިސްވެރިންނާ ގުރޫޕް ފޮޓޯއަކަށް ހުއްޓިގެން.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނު ސަފީރު އާތިިރު މުހުތާރު ވިދާޅުވީ، ޕީއެމްއެފްއޭގެ މަގާމުތަކަށް އިންތިހާބުކުރި ބޭފުޅުންނަށް ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަމަށާއި ދެ ގައުމުގެ މީހުންނަށް ފައިދާ ހުރި ގިނަ ހަރަކާތްތަކެއް ޖަމިއްޔާ މެދުވެރިކޮށް ހިންގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބުވި މަސްއޫދު ވިދާޅުވީ، ދިވެހިންނާއި ޕާކިސްތާނު މީހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަަދަހިކުރަން އޭނާގެ ރިޔާސަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ޖަމިއްޔާ އަށް ޕާކިސްތާނު ސަފީރު ވެދެއްވާ އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

މި އަހަރަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭ އަހަރު ވެސް މެ އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބޭސްވަހީދު

14 October 2021

ރާއްޖެއަށް ޕީއައިއޭ އަލުން އޮޕަރޭޓްކުރަންފެށޫމަކީ ދެގައުމުގެ ރައްޔަތުންނަށްވެސް ލިބޭނެވަރަށް ބޮޑުހިތްހަމަޖެހުމެއް! މިހާރު ޕާކިސްތާނަށް ސީދާ ދެވޭނެ ފްލައިޓެއް ނެތުމުން ހިތާމަކުރަން. ދެގައުމުގެ ގުޅުންއިތުރަށް ބަދަހިކުރެވޭނީ ވީހާވެސް ގިނައިން އެކަކުއަނެކަކާއި ބައްދަލުވެ ދަތުރުކުރެވިގެން.

The name is already taken The name is available. Register?

އަހުމަދު ވަގާރު

15 October 2021

ތި ގައުމަކީ އެކަމުގެ އައްޕަ.އިނގޭ ނެ މިހެން ބުނީމަ

The name is already taken The name is available. Register?

ނަސީމާ

14 October 2021

1980ގެ ތެރޭ ގައި ރާއްޖެއަށް އޮޕަރޭޓްކުރި ޕީއައިއޭ ފްލައިޓުން ކަރާޗީއަށް ސީދާ ދެވޭ. އެކަމަކު މިހާރު ޕާކިސްތާނަށް ސީދާ ދެވޭނެ ފްލައިޓެއް އޮޕަރޭޓް ނުކުރާތީ ވަރަށް ހިތާމަކުރަން. ދެގައުމުގެ ގުޅުންއިތުރަށް ބަދަހިކުރެވޭނީ ވީހާވެސް ގިނައިން އެކަކުއަނެކަކާއި ބައްދަލުވެ ދަތުރުކުރެވިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454