ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

އައްޑޫ ހިތަދޫގައި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އެކްސިޑެންޓްގައި މަރުވި ޒުވާނާ.

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ބާރު ސްޕީޑުގައި އެކަނި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހިގެން ރޭ ދަންވަރު 12:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި މަރުވީ ހިތަދޫ ރަހަދޫގޭ މުހައްމަދު އަލްތާފް، 24 އެވެ.

އައްޑޫ ހޮސްޕިޓަލުން ބުނިގޮތުގައި އެ ޒުވާނާ މަރުވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ރޭ ދަންވަރު 12:57 ގަ އެވެ.

އެކަމަކު، މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އައްޑޫގައި މީގެ ކުރިން ވެސް މަގުމަތީގެ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވެފައިވެ އެވެ.

27 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

.ބުރޯ

19 October 2021

.ރަހުމަތް ތެރިންނަށް ހެޔޮވުމެން ނޫނޭ ޕޮއިންޓަކީ އޭނަ ގަވާއިދަށް ހުރުމަށްތަރިކޮށް ނޫޅުމޭ. ޢެކަމާއެވެ ގޯސްކޮށް ނިމުނީ. ގެޓް ބުރޯމެން

The name is already taken The name is available. Register?

އަހުމަދުއަލޯ

18 October 2021

މަރުހޫމުގެ ފުރާނައަށް ރަހުމަތް ލައްވާށި. ދެރަަކަމެއް

The name is already taken The name is available. Register?

ޙީޙީޙީ

18 October 2021

ކޮންމެ މިކަހަލަ ޒުވާނެއްގެ ސައިކަލު ޑުރައިވަރަކަށް ފުލުހެއް ލާންވީ ދޯ. ކުށަކީ މަގުދިގުކަން ، 40 ފުލުން ތިބިކަން ދޯ، އަމިއްލަ އަށް ގަވާއިދަށް އުޅޭކަށް ނުޖެހޭ ދޯ

The name is already taken The name is available. Register?

ކަނބުލޯ.

18 October 2021

ފުލުހުންނަކީ ތިޔަބުނާ މިންވަރަށް ބޭނުން ނެއްބައެއްނަމަ ކިއްކުރަން މުސާރަ ދީފައި ތިބޭ ބައެއް. އެހެންވެއްޖެއްޔާ އެމީހުން ފެނަކަ ނުވަތަ ރޮޑްކޯޕަރޭޝަން އެހެން ނޫންނަމަ ވެމްކޯއަށް ބަދަލު ކޮށްލާ. އައްޑޫގައި 40 ފުލުހުން ތިބެގެން އައްޑޫ ނުބެލެހެއްޓޭ ކަމަށް މޭޔަރު އޮތީ ހޯމް މިނިސްޓްރީ އަށް އަންގާފަ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

18 October 2021

މާލެ އާއި ރާއްޖޭގެ ރަށްތަކުގެ ހާލަތާއި ނޫސްތަކުގެ ހެޑިންތަކާއި އަދި މިޒުވާނާގެ ފޮޓޯ ބަލާލުމުން ރާއްޖޭގެ އިޖްތިމާ މައްސަލަތަކުގެ މިހާރުގެ ހާލަތު ވަރަށްރަގަޅަށް ދޭހަވެގެންދޭ.. ސްވާލު އުފެދޭ މިގައުމު ގެ މިސްރާބު މިހިރީ ކޮންދިމާލަކަށް ބާއޭ؟ އަޅުގަޑުމެންގެ ޅަދަރިންނަށް މުސްތަގުބަލުގައި މިގައުމުގައި ދެން ދިރިއުޅވޭނެތޯ؟ މަރުޙޫމް ގެފުރާނައަށް ސުވަރުގޭގެ މަތިވެރިކަން މިންވަރު ކުރައްވާ އަދި އާއިލާ އަށް ކެތެރިކަން މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ހުތްއާދަނު

18 October 2021

ބޯދިގު ކުރީމައި އެއީ މީހާގެ އަޚުލާގު ގޯސްވީއެއް ނޫން. ބޯތަލަ މީހުންވެސް ވައްކަން ކުރޭ، ޝިރުކުވެސް ކުރޭ

The name is already taken The name is available. Register?

ނަސީމް

18 October 2021

ހޭކުޑާވީމަ ވާންވި ހަކަންތަށް ތިޔަވީ. މަރުޙޫމް ގެފުރާނައަށް ސުވަރުގޭގެ މަތިވެރިކަން މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

މުލޭ

18 October 2021

އަސްލު ޒުވާނެއް. ގާނޫނެއް ގަވާއިދެއް އެމީހުންގެ މައްޗަށް ނުހިނގާނެ.

The name is already taken The name is available. Register?

ހިމާރުލްގައުމު

18 October 2021

ކިތައްމެ ގޯސްކޮށް އުޅުނު މީހަކުވިޔަސް އޭނާ މަރުވުމަށްފަހު އޭނާގެ ގޯސް ސިފަތައް ފާހަގަކޮށް ނެތިމޮށުމެއް ނެތް އިސްލާމްދީނުގަ. އޮތީ މައްޔިތާއަށް ހެޔޮދުއާ ކުރުން.

The name is already taken The name is available. Register?

ބުރުގާ

18 October 2021

ދެން އަބޫ ޖަހުލުގެ ވާހަކަޔޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 October 2021

އޭނާ އެކްސިޑަންޓްވި ހާލަތަށާއި އޭނާ ދުނިޔެއަށް އައުމަށް މެދުވެރިވި މައިންބަފައިންނަށް ފާޑު ކިޔާކަށް ނުޖެހޭ. # މިއީ ދައުލަތެއް އަދި ސަރުކާރަކާއިއެކު ހިގަހިގާ ޤައުމެއް ނޫންތަ؟! 40 ހާސް މީހުން ދިރިއުޅޭ 19 ކިލޯ މީޓަރަށްވުރެން ދިގު އައްޑޫސިޓީގެ މުއަވަށް ބަލަހައްޓާން ޖުމްލަ 40 ފުލުހުން ތިބުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން. # މިކަންކަމުގެއަސްލު ފެށޭހިސާބަކީ ދައުލަތުން ކުރާންޖެހޭކަންކަން ނުކުރުން. މިއީ މިސިޓީގައި ފުލުހުންގެދައުރު ނެތުމުން ދިމާވާކަންކަން.

The name is already taken The name is available. Register?

އަލިމަނިކު.

18 October 2021

އަސްލުވެސް. އެކަމަކު މިތާގައި ކޮމެންޓް ކުރާ މީހުން އޭނާގެ އާއިލާ އަށް ކިޔާ އެއްޗެހި ބަލާބަލަ. އެމީހުނަކަށް ނޭގޭ ޤައުމެއްނަމަ ސަރުކާރުގެ ޒިންމާތަކެއްވާކަމާއި ސަރުކާރުން އައްޑޫގައި ކުރާންޖެހޭ ކަންކަން ނުކުރާކަން. ސަރުކާރަށް ބަވާބަލަ އޭނާގެ މައިންބަފައިންނަށް ނުބަވާ.

The name is already taken The name is available. Register?

ރަޖިސްޓްރީ

18 October 2021

އަސްލަކީ، ނިޒާމީ މައްސަލައެއް، ކަލެކްޓިވް ޒިންމާއެއް، ހަމަ އެކަނި ފުލުހުންނަކަށް ދައުލަތަކަށް އެކަނި ކޮށްދެވޭނެކަމެއް ނޫން ރަނގަޅު މުޖްތަމައެއް ބިނާކުރުމަކީ. ސާޅީސްހާސްފުލުހުން ތިއްބަސް މީހާގެ ހިތުގައި ހިނގާ އެއްޗެއްގައި ތަޅެއް ނޭޅުވޭނެ. މީހާގެ ގަބޫލުކުރުމާ އަޚްލާޤު ބައްޓަންކުރުމަށް ރޭވިފައި އޮތް އޮނިގަނޑު ފެއިލްވީ.

The name is already taken The name is available. Register?

ފިލިއަފީފު

18 October 2021

ކަލޭ ތިބުނަނީ އައްޑޫ ކޮންމެ މީހެއްގެ ފަހަތުގަ ފުލުހަކު ނެތިއްޔާ އަމިއްލަ ނަފުސާ އަމިއްލަ ދަރިން ކޮންޓުރޯލު ނުކުރެވޭނެތަ؟ ގިޔާމަތް ދުވަހުން އެމީހެއްގެ އަމަލަތަކަށް ޒިންމާ ނަގަންޖެހޭނީ އެމީހަކު އަމިއްލައަށް. އެދުވަހުން ސަރުކާރާ ފުލުހުންގެ ބޮލަށް ކަނޑާލައިގެން ސަލާމަތެއް ނުވާނެ.

The name is already taken The name is available. Register?

އެނަނިމަސް

18 October 2021

މާބޮޑަށް ވިސްނިފަ ތިހިރީ، ކޮންމެ ކަހަލަ ސަރުކާރެއް އޮތަސް ދަރިން ތަރުބިއްޔަތު ކުރެވޭނެ މައިން ބަފައިންނަށް،، އެކަމު ކުރަން އުޅުނިއްޔާތާ،، މައިން ބަފައިންގެ އިހުމާލުން އެކުއްޖާ އެހާލަތަށް ގޮއްސަ އެހެރީ،

The name is already taken The name is available. Register?

ކޮނަރަބަލް

18 October 2021

މީގެ އަހަރުތަކެއް ކުރިން ބޭރުގެ އެންޖީއޯއެއްގެ ޕުރޮޖެކްޓެއްގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިޔައިން. އެއްވެސް ވަރަކަށް ފުލުުހުން ނެތް ރަށްރަށަށް ވެސް ދިޔައިން. އެތަނުން ބައެއް ރަށްރަށުގާ ގެންގުޅު ލެޕްޓޮޕާ އެއްޗެހި މަސައްކަތް ކުރާ ތަނުގަ ބަހައްޓާފަ ކާން ގޮސް އަންނަ އިރުވެސް ވަގަކަށް ނުނަގާ. އެކަމަކު ލާމު ގަމުގައާއި އައްޑޫ ހިތަދޫގަ ވަގުންގެ ބިރަށް ޓަކާ ޖެހުނީ އަބަދު ލެޕްޓޮޕް ހިފައިގެން އުޅެން. ހިތަދޫގަ އުޅުނު އަހަރެމެން އަތުން ފޭރެންވެސް އެއްރޭ.

The name is already taken The name is available. Register?

ތަލަމަތިން

18 October 2021

ކޮމެންޓްތަށް ކިޔާފަ.. އެހެންވިއްޔާ ބޯ ތަލަކޮށް ތިބޭ މީހުން ދުއްވާނީ ފިނިހަކަ ސްޕީޑްގަ. މެދު މިންވަރަކަށް ދިގުކޮށް ހުންނަ ޒުވާހުން ދުއްވާނީ މެދު މިންވަރަކަށް. ޖަޖުކުރުމަކީ ދިވެހިންގެ ހުންނަ ނާތަހުޒީބު ސިފައެއް ދެއްތޯ!

The name is already taken The name is available. Register?

ބެއްޔާދީދީ

18 October 2021

އަފިރިންގެ ރަށު ކަންމަތީ އިއްޒަތްތެރި ޒުވާނެއް

The name is already taken The name is available. Register?

ހޮކޭޑް

20 October 2021

އިންކްރެޑިބްލް އައްޑޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454