ޚަބަރު

"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"

ތިނަދޫ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް: ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރަކު ވަނީ ސަސްޕެންޑުކޮށްފައި.-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

މާ ގިނައިން ބޭރަށް ހިނގާތީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ތިން މަހުގެ ކުއްޖާ އިއްޔެ ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.

އެ ކުއްޖާގެ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްގައި ބުނީ، މާ ބޮޑަށް "ލޫސް ސްޓޫލް" ވާތީ އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅި ކަމަށެވެ.

އެކަމަކު، ފަސް މިނެޓު ވީއިރު ވެސް އެމްބިއުލާންސްގެ ޚަބަރެއް ނުވުމުން، އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާ ކަމަށް ބުންޏަސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ބަޔަކަށް ވުމުން ކުއްޖާ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީ އަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވިތާ އޭރު 16-18 ދުވަސް ވެފައިވާ ކަމަށް ހަމީދުގެ ޕޯސްޓުގައިވެ އެވެ.

"އެންމެން ވެސް ރަނގަޅުވެފައޭ މި ތިބީ، އަމިއްލަ ދަރި އުރާލައިގެން ހޮސްޕިޓަލަށް ދާން އެދުމުން ވެސް ބުނީ ހޮސްޕިޓަލަށް ގެނަޔަސް ޑޮކްޓަރު އެޓެންޑު ނުވާނެ ކަމަށް އޭނާ ބުނެފިއޭ. ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުނު 8 ގައޭ،" އެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލިޔެފައި ވެ އެވެ.

އޭނާ ބުނީ، ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވީ ވެސް ހުއްޓާ ނުލައި ގުޅާތާ ދެ ގަޑިިއިރު ފަހުން ހެނދުނު 6:15 ގަ އެވެ. އެ އަށް ފަހު، ކޮވިޑް ފެސިލިޓީ އަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ ވެސް ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރެ އެވެ.

"ކޮވިޑު ފެސިލިޓީގައި ތިބި ދެ ނަރުހުން، ބޭބީއެއް ވީމާ ހާސްވެފައި ހޮސްޕިޓަލަށް ގުޅައި ޑޮކްޓަރަށް ރިޕޯޓު ކުރަމުން ދިޔަ،" ހަމީދު ބުންޏެވެ.

އޭނާ ބުނިގޮތުގައި، ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނެވެ. އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް "ވަރަށް އިމަޖެންސީ ވެލާފައި" ދިޔައިރު މާ ލަސްވެފައިވާ ކަމަށް ހަމީދު ބުންޏެވެ.

"ހެނދުނު 9 ގައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން އެދުނު ދަރިފުޅުގެ ބޮޑީ ސްކޭނެއް ހަދަން ހޮސްޕިޓަލަށް ގެންދަން ހުއްދަ އަށް އެދި. މަގޭ ދަރި ދިރި ހުއްޓާ ހޮސްޕިޓަލަށް ނުވައްދާފައި ދެން ނުގެންދެވޭނެ އެއްވެސް ތާކަށް،" ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ ހަމީދު ބުންޏެވެ.

"[ކުއްޖާ ނިޔާވީ] 100 ޕަސެންޓު ހޮސްޕިޓަލުގެ އިހުމާލުން."

ތިނަދޫ ކައުންސިލުން ވެސް އެންމެ ފުރަތަމަ މައުލޫމާތު ދިނީ އެއީ ކޮވިޑުގެ މަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެޗްޕީއޭ އިން ފަހުން ގުޅުމަށް ފަހު ވަނީ، އެ އާއިލާގެ އެންމެން ކޮވިޑުން ރަނގަޅު ވެފައިވާތީ އެ ގޭ މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ބުންޏެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ބިދޭސީ ޑޮކްޓަރެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

31 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 47%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހޭސް

20 October 2021

އެއްވެސް ކަމެއް ބަލާ ފިޔަވަޅު އެޅުމެއް ނެތް ހޮސްޕިޓަލަށް ވަނަސް އޮތީ އިހުމާލު ދަރުބާރުގޭގެ އިހުމާލުން މަރުވި ކުއްޖާގެ ޚަބަރެއް މިހާރަކު ނެތް

The name is already taken The name is available. Register?

ލުތުފީ

20 October 2021

ތިއީ ޑޮކްޓަރުގެ މައްސަލައެއްނޫން. ތިއީ ހޮސްޕިޓަލް މެނޭޖްކުރުމުގެ މައްސަލައެއް. ކޮވިޑަށް ޕޮސިޓިވްވެ، 14ދުވަސްވީމާ އިތުރު ޢަލާމާތެއް ނެތިއްޔާ މިހާރުބަލަނީ ކޮވޮޑުން ސަލާމަތްވީކަމަށް. އެހެންވީއިރު ހޮސްޕިޓަލުން ކުއްޖާ ގެންދަން އިންކާރުކޮށްގެންނުވާނެ. ތިއީ އިންތިޒާމުކުރެވިފައިވާ ގޮތުގެ މައްސަލައެއް. ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްސަލައެއް. ޢާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން.

The name is already taken The name is available. Register?

އަބުދުއްރަހީމު

20 October 2021

ޑޮކުޓަރު ސަސްބެންޑުކުރުމުން ނުފުދޭނެ އިހުމާލުވާ އެންމެން ސަސްބެންޑުކުރަންޖެގޭނެ ތިނަދޫ ހޮސްޕިޓަލް ބުންޏަސް ރައްޔަތުންގެ ހިތްތަކުގައި މިހާރު ރުޅިވެރިކަމާއި،ނަފުރަތުއުފެދޭ ވވވ ފަރުވާކުޑަ ތަނުގެ މެނޭޖުމަންޓާއި ނަރުހުންވެސް. ވވވ ގޯސް ރައްޓެއްސަކު ކިޔާދިން، ގޮތުގައި ޑޮކުޓަރުންނަށް ތިބީ މުޅިންވެސ ޓުރޭ ނިންގު ތަނެއްދޮރެއް ބޭހެއްވެސް ނެއެގޭބައެއް ދެއަތޮޅުގެ ރައްޔަތުން ހަލާކުވެ ޚަރާބުވަމުންމިދަނީ ސަރުކާރުން މިކަމަށް ވިސްނަން ނުޖެހޭތޯ؟؟؟؟؟؟؟؟!!!!

The name is already taken The name is available. Register?

ނަސީމް

20 October 2021

މިހާތަނަށް ބުނެބަލަ މިކަހަލަ އިހުމާލުވެގެން ޑޮކްޓަރަކަށް އެޅުނު ފިޔަވަޅެއް. އެންމެ ބޮޑުވަރުވެގެންވެސް ކުރާނެ ކަމަކީ ބިދޭސިއެއްނަމަ ރާއްޖެއިން އެމީހާ ފޮނުވާލާނީ ކުރާނެ ޝަރިޔަތެއް ދުވަހަކުވެސް ނުއޮންނާނެ. މިއީވާ ޤައުމެއް އިންސާފެއްގެ ވާހަކަ ދައްކަން ހެޔޮނުވާނެ. ބޭރު ޤައުމުތަކުގަ އެހެރަ ޝަރިޔަތްކޮށް އަދަބުދެވެނީ. މިކަމުގައި އިޙްމާލުވި ހޮސްޕިޓަލްގެ މުއައްޒިފުންނަށްވެސް ހަރުކަށި އަދަބު ދެވެން ޖެހޭނެ.

The name is already taken The name is available. Register?

ރެޑޭ އޮޮފިޝިއަލް

20 October 2021

ތިބުނާ ޑޮކްޓަރާއި ތި ހޮސްޕިޓަލުގައި ތިބި މީހުންގެ ފޮޓޯ އާންމު ކޮށްބަލަ! އޭރަށް ދޯ އިނގޭނީ ތިއިން މީހެއް ފެނިއްޖެޔާ ހަދާނެގޮތެއްވެސް! އައްޑޫ އީކުއޭޓަރ ހޮސްޕިޓަލެކޭ، ފުވައްމުލަށް ހޮސްޕިޓަލެކޭ، ތިނަދޫ ހޮސްޕިޓަލެކޭ ނެތް ތަފާތެއް! މުޅި ހިސާބުގަނޑު ބޮއްސުންލާފަ! ހުރިހާ މޮޅެއް އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލަށް!

The name is already taken The name is available. Register?

ސަނު

20 October 2021

ތި ޑޮކްޓަރު ވަޒީފާއިން ވަކިކޮށްފައި ޑީޕޯޓުކޮށްލާ!!!! ލޭކެކޭ އެބަ

The name is already taken The name is available. Register?

ވިލި

20 October 2021

ކޮންފަދަ ހާސްކަމެއް, އާދޭސް ކުރުމެއް އެދެމަފިރިން ކުރަމުން ދާނެތާދޯ އެވަގުތު, އެކަމު މިނިސްޓުރީގެ އުސޫލުތަކާއި ޑޮކްޓަރު ކޮވިޑް ޖެހިދާނެކަމަށް ބިރުން ހުއްޓާ އެކުއްޖާ އެމަރުވީ.. ސުބުހާނައް ﷲ , ބޮޑު އިހުމާލެއް... ވިލިމާލެ ހޮސްޕިޓަލްވެސް ހިންގަނީ , ސްޓާފުންނަށް ކޮވިޑް ޖެހިދާނެކަމަށް ބިރުންއުޅޭ އުސޫލުން.. ކޮންމެ ހާލެށް މެދުވެރިވިޔަސް " އޮންލައިން"

The name is already taken The name is available. Register?

ކަލޮލަ

20 October 2021

ގިނަވެގެން ހަފްތާއެއް. މިކަމުގެ ވާޙަކަ ދައްކާފައި އެ ހަނދާން ނެތުނީ. ޑޮކްޓަރު ސަސްޕެންޑް ނުވަތަ ބޮޑުވަރަކަށް ރަށަށް ފޮނުވާލާނީ. އޭނާ އަނެއްކާވެސް އެހެންތާކުން ހަމަ ޑޮކްޓަރަކަށް ހުންނާނީ. އާދައިގެ މީހާޔަށް އޮތީ ހެދިހާ ގޮތެއް ހެދިގެން ހުރުން. ހޮސްޕިޓަލްގެވެސް ޕޮލިސީ އެގޮތަށް އޮތީމަ ކަންނޭނގެ އެހެން ވާނީ. ކޮވިޑަށްވުރެން ގިނައީ ކޮވިޑުގެ ބިރާހެދި ވާ މަރުތަށް ކަންނޭނގެ.

The name is already taken The name is available. Register?

ގައުމު1

20 October 2021

ގައުމު މިއޮތީ އެއްކޮށް ސޯލިހް ވެފައި، ބަލާލި ކޮއްމެ ދިމާލަކުންވެސް ފެންނަނީ ފެއިލްވާ މަންޒަރު. ސިޓީ ކައުންސިލުން ޝިފާ ވަކި ކުރަން ޖެހުނީވެސް މުޅި މާލެ ޝިފާކޮއްލީމަ، ސޯލިހް ދެންއޮތީ.

The name is already taken The name is available. Register?

ހެހެހެ

20 October 2021

ސޯލިހް ކީރިތި ކުރީމާ ކަލޭވެސް އޭނައަށް ސަޕޯޓް ކުރާނެ. ސޯލިހްގެ ކީރިތިކުރެއްވުމަކީ ވަރަށް ހިތުގައި ޖެހޭ ކަމެއް. އެންމެންވެސް ދެރަވާ ކަމެއް. އިބޫ ސޯލިހުގެ ވަރެއް ނެތް

The name is already taken The name is available. Register?

ނަސީމް

20 October 2021

ޝިފާ އަށްފަހު އައީ ވައްކަމުގެ ބޮޑު ތުހުމަތަކަށް ހުށައެޅިފައި ހުރި ނާގާބިލުމީހެއް. މިހާތަނަށް މީނަކުރި ކަމެއް މި މާލެ ސިޓީގެ އެއްވެށް ތާކުން ފެންނާކަށްނެތް. ވާރޭ ކޮޅެއް ހަމަ ވެހިލީ ކަކޫތާ ފެން. ޙައުސިން މިނސްޓަރުކަން މީނަ ކުރިއިރު ހިންގި ފެންހިނދާ ބޮޑު ޕުރޮޖެކްޓް ހަމަ ޗޮކުން ދިޔައީ.

The name is already taken The name is available. Register?

ޢަރުތަ

20 October 2021

މިތަން ފެއިލްވެފަ އޮންނަތާ އެތަކެއް އަހަރުވެއްޖެ، އެއްވެސް ސަރުކާރަކުން ވެއްޓިފަ އޮތް ވަޅުގަނޑުންނަގާ ޤައުމު ކޮޅަށް ޖަހާކަށް ނޫޅެ، މީ އެއްޔެއަކު މިއަދަކު ޤައުމަށް ދިމާވެފަ އޮތް ހާލަތެއް ނޫން.

The name is already taken The name is available. Register?

ފޫހިވެއްޖެ

19 October 2021

ނޫން ނަސީމްގެ މިނިސްޓަރ ކަމިގަ ތިކަހަލަކަމެއް ނުހިގާނެ. ރަގަޅަށް ހިނގަހިނގާހުރިތަނެއް ހަލާކުކޮށްލީ. އަތޮޅުތެރޭގެ ސިންހީކަންކަމުގެ ވާނުވާވެސް މިހާރު ހެލްތު މިނިސްޓްރީއަކަށްނޭގޭނެ. ޕްރޮކިއުމަންޓް ހެޑަކަށް އދލ ކިޔާނމީހަކުލައިގެން ވައްކަންކުރުން ނޫންކަމެއްނެތް. މަރުވިޔަސް ހަނާވިޔަސް އިހުމާލުވިޔަސް މިހާރުއަޅަލާނެ މީހަކުނެތް. އެމްޑީޕީ ނޫން ވަޒީރެއްހުރިނަމަ މިހާރު ލައްކަ ފޮނުއެރުވީސް. އިބޫ މަތިން މުޅިން ފޫހިވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454