ޚަބަރު / އައިމިނަތު ޝައުނާ، އެންވަޔަރުމެންޓް މިނިސްޓަރު

ކޮޕް26: ހިމާޔަތަށް ރާއްޖޭގެ އަޑު ތިން ކަމަަކަށް

މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް26 އަކީ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ނުރައްކަލެއް އޮތް ރާއްޖެއަށް ވެސް 12 އަހަރު ފަހުން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މުހިއްމު ތިން ކަމެއްގައި ރާއްޖެއިން ހިފަހައްޓާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ގިނަ ގައުމުތަކުގެ ބައިވެރިވުން ހިމެނޭ ސަމިޓް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 އިން އަންނަ މަހުގެ 12 އަށް ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ.

ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކިޔައިދިނުގައި އިސް ދައުރެއް 1992 ވަނަ އަހަރުން ފެށިގެން އަދާކުރަމުން އައި ނަމަވެސް ރާއްޖޭގެ ރައީސަކު ކޮޕަށް ވަޑައިނުގަންނަވާތާ 12 އަހަރު ވެއްޖެ އެވެ. އެކަމަކު މިފަހަރުގެ ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

[ރާއްޖެއިން ވަކާލާތުކުރާނީ] 1.5 ޑިގްރީ ސެލްސިއަސްއަށް ގައުމުތައް އެއްބަސްވުން. ކްލައިމެޓް އެޑެޕްޓޭޝަން ފައިނޭންސް އިތުރުކުރަން. އަދި ގައުމަށް މި ލިބޭ ގެއްލުމަށް ހަރަދުކުރުމަށާއި ބަދަލު ހޯދުމަށް ވަކާލާތުކުރާނަން: މިނިސްޓަރު

މިނިސްޓަރު ޝައުނާ ވިދާޅުވީ ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ސަމިޓުގައި ރާއްޖޭގެ އެންމެ މަތީ ލެވެލްގެ ބައިވެރިވުން މިފަހަރު އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ, ގައުމުތަކުގެ ލީޑަރުންނާ ހަމައަށް ރާއްޖޭގެ މެސެޖް ސާފުކޮށް ކިޔައިދެއްވުމުގެ ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ.

"އެއީ 1.5 ޑިގްރީ ސެލްސިއަސްއަށް ގައުމުތައް އެއްބަސްވުން. ކްލައިމެޓް އެޑެޕްޓޭޝަން ފައިނޭންސް އިތުރުކުރުން އަދި ގައުމަށް މި ލިބޭ ގެއްލުމަށް ހަރަދުކުރުމަށާއި ބަދަލު ހޯދުމަށް ވަކާލާތުކުރުން," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ "މިހާރު"އާ ވާހަކަ ދައްކަވަނީ: ރާއްޖެއިން ވަކާލާތުކުރާނީ ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 1.5 ޑިގްރީގައި ހިފަހައްޓަން ކަމަށް ވިދާޅުވި.

ޝައުނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޮޑުތަނުން މަދުކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ރާއްޖޭގެ ދިރުންތަކަށް އަސަރުކޮށް ނެތި ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަން ތަކުރާރުކުރައްވާނެ އެވެ. ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފަހައްޓަން އެއްބަސްވުމަށް ބާރުއަޅާނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

ގިނަ ގައުމުތަކުން ވަކާލާތުކުރަން ބޭނުން ވަނީ ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ދެ ޑިގްރީގައި ހިފަހައްޓާށެވެ.

"ހުރިހާ ގައުމުތަކުން އެބަ އެއްބަސްވާން ޖެހޭ ދުނިޔެ ހޫނުވަމުން މި އަންނަ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް," މިނިސްޓަރު ވިދާޅުވި އެވެ.

ޕެރިސް އެގްރިމެންޓް ހެދިއިރު އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާގެ ހައިސިއްޔަތުން އޭރު ވެސް ރާއްޖެ އިން އަޑުއުފުލީ 1.5 ޑިގްރީ ސެލްސިއަސް އަށެވެ.

މޫސުމީ ބަދަލުތަކުން ރާއްޖޭގެ ތިމާވެއްޓާއި އިގްތިސާދާއި އާމްދަނީ ހޯދަން ކުރާ މަސައްކަތާއި އާއްމު ސިއްހަތަށް ވެސް އަސަރުތަކެއް ދަނީ ކުރަމުންނެވެ. މި ކަންކަމަށް ރާއްޖެ އިން ހަރަދުވެސް ކުރަން ޖެހޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ހުރިހާ ކަމަކަށް އެއްފަހަރާ ހަރަދުކުރާކަށް ރާއްޖޭގެ ކެރިފޯރުންތެރިކަމެއް ނެތް ކަމަށެވެ.

"ގައުމުތަކުން ހިލޭ އެހީދޭން ޖެހޭ"

ދެ ވަނަ ކަމަކަށް ރާއްޖެ އިން އެންމެ ބޮޑަށް އެދޭނީ ތިމާވެއްޓާ ބެހޭ ކަންކަން ތަންފީޒުކުރަން ގައުމުތަކުން ހިލޭ އެހީއަށެވެ.

"ހަމައެކަނި ރިޕޯޓް ހަދާކަށް ނޫން, ސާވޭ ހަދާކަށް ނޫން, އަގު ބޮޑު ކޮންސަލްޓަންޓުން ގެންނާކަށް ނޫން އަޅުގަނޑުމެންނަށް ފައިސާ ބޭނުން ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި 2015 އިން ފެށިގެން އެޑެޕްޓޭޝަން ފައިނޭންސްގެ ގޮތުގައި ރާއްޖެއަށް ލިބިފައި ހުރީ 26.7 މިލިއަން ޑޮލަރެވެ. މި ކަންކަމުގެ އިތުރުން ވެސް ރާއްޖޭގެ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ތަރައްގީއާ ގުޅޭ އެހެން ކަންކަމަށް ވެސް ހަރަދުކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

"މޫސުމީ ކަންކަމަކީ ކޮންމެ ދުވަހަކު ހެން ހަރަދުކުރަން ޖެހޭ. އެހެންވީމަ ރާއްޖޭގައި މިހަދަން ޖެހޭ ގޮތަކީ ތަރައްގީއަށް އެލޮކޭޓް ކުރެވިފައި ހުރި ބަޖެޓުން ހަރަދުކުރަން މި ޖެހެނީ މި ކަންކަމަކަށް," މިނިސްޓަރު ވދިާޅުވި އެވެ.

މިކަމުން ރާއްޖެއަށް އަރައިގަނެވޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހިމާޔަތުގެ މަޝްރޫއުތަކަށް ހިލޭ އެހީ ލިބިގެންނެވެ.

ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ގައުމަކަށް އިސްތިސްނާއެއް އޮވެގެން ނުވާނެ އެވެ. މޫސުމަށް ލިބޭ ގެއްލުމުގައި ރާއްޖެ އިން ހިއްސާކުރަނީ ކުޑަ މިންވަރެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެއާއެކު ވެސް ރާއްޖެއިން އަންނަނީ ގިނަ މަސއްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެތެރޭގައި ކުނީގެ މައްސަލަ ހައްލުކުރުމާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކާ ދުރުން ފަދަ މުހިއްމު ގިނަ ބަދަލުތައް ލިސްޓުގައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިކޭއަޙުމަދު

27 October 2021

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އެއީ ކީއްކުރާ ބޭފުޅެއްތޯ ސާފުކޮށްލަން ބޭނުން. އެއީ މިފަދަ ކަންކަމާއި ގުޅިގެންވެސް އެ އެންވޯއީ އެއް އުޅުން ޓީވީތަކަށް އަރާ. ކްލައިމެޓް ޗޭންޖް ކަންކަމުގައި އިސްކޮށް އުޅުއްވަނީ އެބޭފުޅާތޯ މިބޭފުޅާތޯ. ކޮންބޭފުޅެއްތޯ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހަދާފައި ހުރި ސިޔާސީ މަޤާމުތަކެއް ވީމާ ބޭނުން ސާފުކޮށްލަން. ބޭކާރު މަޤާމެއްތޯ؟ ރައީސް އޮޮފީސް ފުރެންދެން މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުން އެބަތިއްބެވި. އަދިވެސް މަދީ.

The name is already taken The name is available. Register?

ބޮޑުމީހާ

27 October 2021

ކޮޕްގަ ބުނަންކެރޭނެތަ 1190 ރަށް އޮއްވާ މާލެކިޔާ ރަށުގެ ވަށައިގެންވާ ފަޅުތަކާއި ގިރިތައް ހިއްކާފީމޭ ދެން އަމާޒުހުރީ ކަނޑު ހިއްކާށޭ އަދި މާލެއަކީ ދުނިޔޭގަ ނެތްފަދަ ކޮންކްރީޓް ޖަންގެއްޔެކޭ 300000 މީހުން އުޅެނީ އަކަކިލޯމީޓަރެއްގެ ތެރޭގަޔޭ

The name is already taken The name is available. Register?

ރަންނަމާރި100

27 October 2021

ބޮޑެތި ގައުމުތަކުން ޖައްވަށް ދޫކުރާ ގޭސްތަކުން އަދި ގެއްލުންހުރި މައުދަނުގެ އުފެއްދުން ރާއްޖެއިން ހަބޭހަށް ގަނޭ، އެކަމުގެ ޒިންމާ އެގަންނަ ގައުމަތުން ނަގަންޖެހޭ، ވިހަ ގޭސްތައް ހުއްޓޭނީ ކޮންސިއުމަރުން އެފަދަ ކުންފުނިތަކުގެ އުފެއްދުންތައް ގަތުންހުއްޓާލުމުން، ޝައުނާމެން ހަމަ މޮޅުއަނގަ ތަޅަނީއޭ. ފުރަތަމަ އަމިއްލަގައުމުން ތިމާވެއްޓަށް ދޭ ގެއްލުން ހުއްޓަން މަސައްކަތްކޮށް ވިހަގޭސްތަކާ މައުދަންތަކުގެ އުފެއްދުންތައް ހުއްޓާލަން ޖެހޭ މޮޅުވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ޖަނަރޭޓަރު މޭން

27 October 2021

އަމިއްލަ އަތުން ތިމާވެއްޓަށްދޭ ގެއްލުންތަކުގެ ބަދަލުވެސް އަދި ހޯދަންވާނެދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454