ޚަބަރު / ޖިންސީ އަނިޔާ

ޖިންސީ އަނިޔާގެ މައްސަލާގައި ގަލޮޅު ސްކޫލްގެ މަސައްކަތު ހުރިހާ އަންހެނުން ސަސްޕެންޑްކޮށްފި

ސްކޫލްގެ ބެލެނިވެރިންނަށް އަންގާފައިވާ ގޮތުގައި މިހާރު ވަނީ ސްކޫލްގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައި

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގައި އަޑު އުފުލަނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައި ވާތީ މަސައްކަތު ހުރިހާ އަންހެނުން އިއްޔެ ސަސްޕެންޑް ކޮށްފި އެވެ.

މީގެ ކުރިން ވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި ދެ މީހަކު ސަސްޕެންޑްކޮށްފަ އެވެ.

ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނަށް މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މަސައްކަތު ހުރިހާ އެންމެން (ދައްތަމެން) އިއްޔެއިން ފެށިގެން ވަޒީފާ އިން އެކަހެރިކޮށްފައިވާ ކަމަށާއި ކުދިން ދެން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާއަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އޭގައި ބުނެފައިވަނީ ފާހާނާކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ހުރި ނަމަ އެކަން ބެލެނިވެރިޔާއަށް އަންގާނެ ކަމަށެވެ.

މެނޭޖްމަންޓުގެ ދެންނެވުމުގައިވާ ގޮތުން މިހާރު ވަނީ ސްކޫލްގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އިން ވަނީ އެކަން ހިނގި ދުވަހުގެ ސީސީޓީވީ ފުޓޭޖަށް ކުރިން އެދިފަ އެވެ. އެކަމަކު ސްކޫލުގެ އެއްވެސް ފްލޯއެއްގައި ކެމެރާ އޭރު ހަރުކޮށްފައެއް ނެތެވެ.

ކުއްޖާގެ ބެލެނިވެރިން "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ކުއްޖާ ހަވާލުކުރެވުނު މީހެއް އާންޓީ ހަނދާނެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އެ ކުދިން ތިބި ފްލޯގެ ފާހާނާ އަށް ގެންދަން މަސައްކަތު މީހަކާ ހަވާލުކުރި ކަމަށް އާންޓީ ބުންޏަސް ގެންދިޔައީ ގްރައުންޑް ފްލޯގެ ފާހާނާއަކަށް ކަމަށް ވެސް ބުންޏެވެ.

ކުއްޖާ ސްކޫލުން އައި ތަދުވާތީ އުޅެން ފެށުމުން ވީގޮތް ބަލައި، އޭޑީކޭ އިން ހަމަ އެ ދުވަހު ހެދި ރިޕޯޓުގައި އޮތް ގޮތުން، ކުއްޖާގެ ޖިންސީ ގުނަވަނަށް އަނިޔާ ވެފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓިމީޓަރަށް ވަނީ ކަނޑައިގެން ގޮސްފަ އެވެ.

މި މައްސަލާގައި ސްކޫލުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކުރި ނަމަވެސް ސްކޫލްގެ އިސްވެރިއަކު ކުރިން "މިހާރު" އަށް ވިދާޅުވީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސްކޫލް ހިނގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި މައުލޫމާތު ދެވޭނީ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

57 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 51%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރުދެއް

03 November 2021

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ނަމުގައި ހެދިހާ ޤާނޫނެއް ކޮބާތަ؟ ސަސްޕެންޑޭ އެކަހެރިއޭ މިކިޔަނީ މީ ހީވަނީ ސްކޫލުގެ އިންޓާނަލް މައްސަލައެއްހެން؟ ފުލުހުން ކޮބާތަ؟ ތުއްތުުއްޖެއްގެ ޖިންސީ ގުނަވަނަށް އަނިޔާ ލިބި އެވަރަށް ހެކި ހުރިއިރު ތުހުމަތުކުރެވޭ އެންމެން ބަންދުގަ ނެތި ކީއްވެ؟ ފޮނުވި މީހެއް ހަނދާން ވަންދެން އާންޓީ ޖަލުގަ ބަހައްޓަންވީއެއްނު؟ ފަރުވާކުޑަކުރުމަކީ އިހުމާލު. އަދަބުދެވެންވާނެ.

The name is already taken The name is available. Register?

އާންތު

01 November 2021

ސުކޫލުގެ ދަރިވަރުން ފާހާނާ އަށް ގެންދަން ހަވާލުކުރެވޭ މީހާ ނޭގޭ ހިސާބަށް ދިޔާމާ ތިޔަތިބީ ޒިންމާ ނެގިފައޭ ދެ ދުވަހަކު މަސައްކަތުން އެކަހެރި ކޮށްފާ އަނެއްކާ ގެނެސް މަސައްކަތް ހަވާލު ކުރީމާ ދެން އަނެއްކާ ދޭ ގެއްލުމާއި އަނިޔާ އިންސާނިއްޔަތު ލަދުގަންނަ ވަރުކުރާނެ ބެލޭނެ ގޮތެއް ސާބިތުވާނެ ގޮތެއް އަދަބު ދެވޭނެ ގޮތެއް ތަންފީޒު ކުރެވޭނެ ގޮތެއްނެތް ކުއްވެރިންގެ ޙައްޤުތަކުގައި ވަކީލުން އަނިޔާ ލިބި އަނިޔާ އާއި ވޭން ތަހަންމަލުކުރަމުންދާ އާއިލާވެނުގައި

The name is already taken The name is available. Register?

ހާމިދު ޝާހިދު

31 October 2021

އާޓީގެ އިހުމާލުވެސް އެބައޮތް. ދައްތަ މެން އެކަންޏެއް ނޫން. އާޓީވެސް ސަސްޕެންޑް ކުރަންޖެހޭ. އަދި މުޅި ސުކޫލް މެނޭޖްމެންޓަށް ފިޔަވަޅު އަޅަންޖެހޭ. މިފަދަ ހާދިސާއަކަށް ސްކޫލް ތައްޔާރު ވެފައި ނުވާތީވެ. ކޮންމެއަކަސް، ކުޑަކުދިން މިހެން ކުރާ ތުހުމަތެއް ސާބިތު ކުރަން އުނދަގޫވާނެ. މާސްކު އަޅާފައި ހުންނާތީ ކުއްޖާއަށް ވަކި ދައްތައެއް ބުނެދޭންވެސް ނޭންގިދާނެ. އުސޫޅުތައް ހަރުދަނާކޮށް، ކުއްޖާ ވީވަރަކުން ފާހާނާއަށް އެ އުމުރުގައި ދާން ނުޖެހޭ ގޮތައް ހަދަންވީ.

The name is already taken The name is available. Register?

ބަޓް ހައު

01 November 2021

ނޭނގުނު ނިންމާލަމުން ތި ކީ އެއްޗެއް

The name is already taken The name is available. Register?

އިސްމާލި

31 October 2021

ގޭތެރެއިން ވީ ކަމެކޭ މި ކިޔާ މީހުންނަކީ ސްކޫލުގެ މެނޭޖްމަންޓާއި ގާތް މީހުން ހެން ހީވަނީ. އެހެން ނޫނަސް ގޭތެރެއިން ވީ ކަމެއް ނަމަ ސްކޫލް އޭ ކިޔައިގެން އެކުއްޖާގެ ވާހަލަ މުޅި ރާއްޖެއަށް ދައްކައި އާއިލާ އަށް މީހުންގެ ބަދު ބަސްތައް ހޯދުމުގެ ބޭނުމެއް ނުފެނޭ.

The name is already taken The name is available. Register?

ހުސޭނުބޭ

31 October 2021

ކުއްޖެއްގެ ނަމުގައި ބޮޑު މައްސަލައެއް އުފައްދައި، ސުކޫލު ބަދުނާމު ކުރަންޖެހޭ އެއްވެސް ސަަބަބެއް ނެތް. ސުކޫލުން ނުހިގާ ކަމެއް ކަމަށް ވަންޏާ ކީއްކުރަން ސަސްޕެންޑު ކުރަންވީ. ނުވަތަ ކެމެރާ ހަރުކުރަންވީ. ބަޔާން ނެރުނީމަ ނިމުނީ ދޯ؟ މިމައްސަލަ އޮއްބާލަން އުޅެގެން އަތަށްގޮވާފަ އޮތީ. ބެލެނިވެރިންނަށް އިނގޭނެ. އަދި ކިރިޔާ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަން ފެށީ.

The name is already taken The name is available. Register?

ޞބވޗ ޗ

31 October 2021

ގޭތެރެއިންވީކަމެކޭ ކިޔައިގެން މިކޮމެންޓްކުރަނީ ތިޖިންސީގޯނާކުރި މީހާއާ އޭނާގެ އާއިލާހެންވަރަށް ހީވޭ.

The name is already taken The name is available. Register?

މަބުނީ

31 October 2021

ބޮޑަށް ބެލެވެނީ ގޭތެރެއިން ހިނގައިގެން އުޅޭކަމެއް ޢާއިލާގެ އަބުރަށް ހުތުރުވެދާނެތީ އެހެންބައެއްގެ ބޮލަށް ކަނޑާލަން އުޅޭކަހަލަގޮތަކަށް. މިހާރު އެންމެ ޢިތުބާރުބޮޑު ސްކޫލަށްވުމުން އެހެނިހެން ސްކޫލްތަކުގެ ކުދިން ގަލޮޅުމަދަރުސާއަށް ބަދަލުވަމުން ދާތީ ޖެއްސި ސްޓަންޓަކަށް ވުންވެސް ގާތް. ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން މައްސަލަ ތަޙުޤީޤު ކުރަމުންދަނިކޮށް ވަކިބަޔަކު ނުކުމެ ސްކޫލް ބަދުނާމުވާގޮތަށް ކަންކުރުމަކީ ސްކޫލްގެވެސް ޙައްޤުތަކަށް އަރައިގަތުން

The name is already taken The name is available. Register?

ހުސެން

31 October 2021

ފާހާނާއަށް ގެންދަން ހަވާލުކުރެވުނީ ކާކާކަން ނޭންގޭ އާންޓީގެ އިހުމާލުވަރަށްބޮޑު، އާންޓީ ސަސްޕެންޑުކުރަންޖެހޭ! ތަހުގީގުން ފުރަތަމަ ހިފަންވީ ލީޑަކީ ކުއްޖާ ފާހާނާއަށް ގެންދަންހަވާލުކުރެވުނު މީހަކު ނޭންގޭކަމަށްބުނާ އާންޓީ، ސުކޫލުގައި މަސައްކަތްކުރާ މަސައްކަތުމީހުން އާންޓީއަކަށްނޯޅޭނެ ހަނދާނެއްވެސްނުނެތޭނެ! ހުރިހާ މަސައްކަތުމީހުން ސަންޕެންޑުކޮށް އިހުމާލުވި އާންޓީ ދޫވެފަ، މިއީ ތަފާތުކުރުން، ކުރިޔަށްތިޔަދަނީ އިންސާފުވެރި ތަހުގީގެއްނޫން، ޑިސްކްރިމިނޭޝަން

The name is already taken The name is available. Register?

އާތިފް އަބްދުﷲ

30 October 2021

ވަރަށް ބޮޑަށް ހީވޭ ގޭތެރެއިން ވެގެން އުޅ3ކަމެއް މަތިމަހަން އުޅެނީހެންވެސް ސްކޫލް ބޮލަށް ކަނޑާލައިގެން

The name is already taken The name is available. Register?

ހުސޭނުބޭ

31 October 2021

އެހެންވިއްޔާ 5 މީހުން ސަސްޕެންޑުކޮށް ކެމެރާ ހަރުކުރަން ޖެހުނީ ކީއްވެބާ އެމައްސަލަ ހުށަނާޅާ؟

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

30 October 2021

ރަށެއްގައި ދެމީހަކު ޒިނޭކުރުމުން އެރަށުގައި އުޅޭ އެންމެން ހައްދު ޖަހަން ޖެހޭތަ.

The name is already taken The name is available. Register?

ހުސޭނުބޭ

31 October 2021

އެކަކު ފާފަކުރިޔަސް ކޯފާ އަންނަނީ ޢައްމުކޮށް، އެކަން ނުކުރާ މީހުންނަށް ބިރެއް ނެތް.

The name is already taken The name is available. Register?

ސީން

31 October 2021

ހާދަ ހީވެޔޭ ފޮނިހަސަސަނު މެން ގޭ މީހެއް އެތާންގް އުޅޭހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454