ޚިޔާލު / އައިޖީއެމްއެޗު

އައިޖީއެމްއެޗަށް މިހެން ވާން ދޫކޮށްލާނީތަ؟

ވަރަށް ކުދިކުދި ކަންތައްތަކުން ފެށިގެން، އެންމެ ބޮޑެތި ކަންތައްތަކާ ހަމައަށް ވެސް އެތާނގައި އޮތީ މައްސަލަ އެވެ. އައިޖީއެމްއެޗުގެ ކަންކަން ވަރަށް ގާތުން އެނގޭ މީހަކު ބުނި ގޮތުގައި، 25 ބުރީގެ އިމާރާތް، ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް ހުރީ މައްސަލަ އެވެ.

އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހިތުގެ ބަލިތަކަށް ރާއްޖޭގައި ހާއްސަވި ފުރަތަމަ ޑޮކްޓަރު، ޑރ. އަލީ ޝަފީގުގެ ފުރަތަމަ އިންޓަވިއު އަށް ގޮސް، އަޅުގަނޑުގެ ފުރަތަމަ ވެސް ސުވާލަކަށް ވީ ރާއްޖޭގައި އޭނާ އަށް އެކަން ކުރެއްވިދާނެތޯ އެވެ.

ޖަވާބުގައި މީގެ 11 އަހަރު ކުރިން ވިދާޅުވި އެވެ؛

"އެންމެ ޑޮކްޓަރެއް މި ހުންނަނީ. މީގައި އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކަމަކީ ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ދާން ޖެހޭ ދިއުން. ޓްރެޑްމިލް އެއް ހަދަން ވިޔަސް، އިކޯ އެއް ހަދަން ވިޔަސް ދެން އެހެން ކަމެއް ކުރަން ވިޔަސް. ދުނިޔޭގެ އެހެން ތަންތަނުގައި މިކަން އޮންނަނީ އެހެނެއް ނޫން. އެހެންވީމަ އެ ދާއިރާތަކަށް މީހުން ތަމްރީން ކޮށްފައި ބަލި މީހުން ބަލަން ޑޮކްޓަރަށް ގިނަ ވަގުތު އެބަ އޮންނަން ޖެހޭ."

އޭގެ 11 އަހަރު ފަހުން މިދިޔަ ހަފުތާގައި އައިޖީއެމްއެޗަށް ގޮސް އިކޯއެއް ހަދަން ވަދެއްޖައީމެވެ. އިކޯ ހަދަން އިންނެވީ ޑރ. އަހުމަދު މިގްދާދެވެ. އޭނާ އިކޯ ހަދަން ވަޑައިގަތީ، ބަލި މީހުން ބައްލަވަން އިންނަވައިފަ އެވެ. އަނެއްކޮޅުން، ގާތްގަނޑަކަށް އެންމެ ފަސް މިނެޓްގެ އިކޯއެއް ހަދަން އެޕޮއިންޓްމަންޓް އެ ލިބުނީ ދޮޅު މަހެއްހާ ދުވަސް ފަހުންނެވެ.

އެގާރަ އަހަރު ހޭދަވި އިރު ވެސް ކަމެއް ބަދަލެއް ނުވެ އެވެ. މައްސަލަތަކެއް ހައްލެއް ނުވެ އެވެ. ސަރުކާރުތައް ބަދަލުވެ، އެ ހޮސްޕިޓަލުގެ މެނޭޖްމަންޓް ވެސް އެތައް ފަހަރަކު ބަދަލުވެއްޖެ އެވެ. ހިތުގެ ޑިޕާޓްމެންޓް އެކަންޏެއް ނޫނެވެ. ދެން ހުރި ހުރިހާ ދިމާއެއްހެން ވެސް ހިދުމަތް ދިނުމުގައި އޮތީ ނުކުޅެދިފަ އެވެ. މީހުން ތިބީ ދިގު ކިޔޫތަކުގަ އެވެ. ތަން އޮތީ ބޮއްސުންލައިފަ އެވެ.

އައިޖީއެމްއެޗް

ބެލެހެއްޓުމާއި އިދާރީ މައްސަލަތައް

މިއޮއް ހުރިހާ ދުވަހަކު އެ ހޮސްޕިޓަލުން ހިދުމަތް ދިނުމުގައި ބޮޑު ޝަކުވާއަކަށްވީ ތަނުގެ ޖާގައިގެ ދަތިކަމެވެ. އެހެންވެ، ސަރުކާރުތައް ބަދަލުވަމުން ދިޔަ ވަރަކަށް އެކި ގޮތްގޮތަށް، އެތަނުގެ ޑިޒައިންތައް ބަދަލުވަމުން ދިޔަ އެވެ. އެކަމަކު މައްސަލައަކަށް ހައްލެއް ނެތެވެ. މިހާރު 25 ބުރީގެ، މާލޭގައި ހުރި އެންމެ ބޮޑު ބިލްޑިންގު ހިތަކަށް ލިބުމުން ވެސް ހިދުމަތް އޮތީ ސުމެއްގަ އެވެ. ޝަކުވާތަކަށް ނިމުމެއް ނެތެވެ. ބަލި މީހާ އަށް ފަރުވާއެއް ނުދެވެ އެވެ.

ސީދާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ސަރުކާރުގެ މައި ހޮސްޕިޓަލްގެ ވަރަށް ކުދިކުދި ކަންތައްތަކުން ފެށިގެން، އެންމެ ބޮޑެތި ކަންތައްތަކާ ހަމައަށް ވެސް އޮތީ މައްސަލަ އެވެ. އައިޖީއެމްއެޗުގެ ކަންކަން ވަރަށް ގާތުން އެނގޭ މީހަކު ބުނި ގޮތުގައި، 25 ބުރީގެ އިމާރާތް، ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް ހުރީ މައްސަލަ އެވެ. ފަރުވާ ކުޑަކަމުގެ އިންތިހާ އަށް ދިޔަ ކަމުގެ އެއް މިސާލު ޖަހަމުން އޭނާ ބުނި އެއް ވާހަކައަކީ މި އެވެ؛

"ދާދިފަހުން އެތާނގެ އެމްއާރުއައި މެޝިންގައި މައްސަލަ ޖެހިގެން ހީލިއަމް ލީކުވެގެން، އެކަން ދިމާވެގެން އުޅޭކަން ވެސް މި އެނގުނީ ސިންގަޕޫރުގައި ހުންނަ މެނުފެކްޗަރިން ކުންފުނިން ގުޅާފައި ބުނީމަ،" އޭނާ ބުންޏެވެ.

އަނެއް މިސާލަކީ، ދާދިފަހުން އައިޖީއެމްއެޗްގެ ލެބޯޓަރީ ހުއްޓުމަކަށް އައުމެވެ. އައިޖީއެމްއެޗުން އެ މައްސަލާގައި އިހުމާލުގެ ވާހަކަ ނުދައްކާ، ޓެކްނިކަލް ކަމެކޭ ބުނެ ފަރުޖައްސާލިޔަސް، ކަމުގެ މާހިރުން ބުނަމުން ދަނީ އެއީ ފަރުވާ ކުޑަވެގެން ދިމާވި ކަމެއް ކަމަށެވެ.

"ސެންޓްރަލް އެއާކޮންޑިޝަނިންގެ މެއިންޓަނެންސް ބައެއް ސާމާނު ނެތިގެން މަރާމާތު ނުކުރެވި ލެބޯޓަރީގެ މެޝިންތަކަށް ބޭނުންވާ ފިނި ނުލިބިގެން ހުއްޓުނީ. އެހެން ފިނި މަޑުވަމުން މަޑުވަމުން ގޮސް ބައެއް އޭސީތައް ހަމަ އެއްކޮށް ހުއްޓުނީ،" އެކަން އެނގޭ މީހަކު ކިޔައިދިނެވެ.

މި ނޫނަސް ބައިވަރު މައްސަލަ އެބަހުއްޓެވެ. އެތަނުން ވަރަށް ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އަލިފާން ނިއްވާ ނިޒާމު ހުރީ އެކްސްޕަޔާ ވެފަ އެވެ. ދާދިފަހުން، ދަރުމަވަންތަ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ނުހިނގީ ވެސް ކިރިޔާ އެވެ. އެލާމް ސިސްޓަމް މެއިންޓަނަންސް ނުކުރެވޭތީ، އެކަން އެނގޭ މީހަކު ބުނި ގޮތުގައި "އަބަދު ހުންނަނީ ފޯލްސް އެލާމް އަޅައަޅަ" އެވެ.

ކުރީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ތިއޭޓަރެއް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރުގެ ސާމާނު ހިމެނޭ ހައިބްރިޑް ތިއޭޓަރުގައި ހުރި ވަރަށް ގިނަ ސާމާނު މިހާރު ދަނީ ހަލާކުވަމުންނެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ވަރަށް އަގުބޮޑު ސާމާނުގައި މިހާރު ހުރީ ފަންގަސް ޖަހައިފަ އެވެ. އޭނާ ބުނި ގޮތުގައި، "ތިއޭޓަރު ބޭނުން ކުރަން ފެށުމުގެ ވިސްނުމެއް އެ މީހުންގެ އަދިއެއް ނެތެ'ވެ.

"މިހާ ބޮޑެތި ކިޔޫތައް ހުރިއިރު ގައިމު އެކަން ކޮށްލެވޭ ނަމަ ވެސް ބޮޑު ހައްލެއް ލިބޭނެތާ،" އޭނާ ކިޔައިދިނެވެ.

ޑޮކްޓަރުންގެ ކިއޫތަކާއި ބަލި މީހުންގެ ޝަކުވާ

އައިޖީއެމްއެޗާ ދޭތެރޭ އާންމުންގެ ހިތްހަމަނުޖެހުން މިހާރު އެންމެ ރަނގަޅަށް އެނގޭނީ އައިޖީއެމްއެޗުން މިހާރު ކޮންމެ ދުވަހަކު ކުރަމުން އަންނަ ޓްވީޓްތަކަށް އާންމުން ދޭ ރައްދެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު ޑޮކްޓަރަށް ދައްކަން ނުދާ މީހުންގެ އަދަދު އެތަނުން އާންމުކުރަން ފެށުމާ އެކު ހީވީ، ހޮސްޕިޓަލް ރޮލާ ކައިލަފާނެހެންނެވެ. ބައެއް ބަލިތަކަށް އެޕޮއިންޓްމެންޓް ކިޔޫ މިހާރު ވެސް އޮތީ ހާހުން މަތީގަ އެވެ. އެއީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް ފަހެވެ.

އައިޖީއެމްއެޗް އިމާރާތް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސަބަބަކީ މި އެވެ؛ ސަރުކާރުގެ އެއްވެސް އޮފީހަކުން ހިދުމަތް ހޯދުމާއި ސަރުކާރުގެ ހޮސްޕިޓަލަކުން ޑޮކްޓަރަށް ދެއްކުމަކީ ރާއްޖޭގައި އެއްވެސް އިރަކު ފަސޭހަ ކަމެއް ނޫނެވެ. އައިޑީ ކާޑެއް ހަދަން ދެ ދުވަސް ހަތަރު ދަމު ހޭދަކުރަން ޖެހޭ ފަދައިން، ޑޮކްޓަރަށް ދެއްކުމަށް ޓަކައި ވެސް މަދުވެގެން ދެ ދުވަހު އެތަނުގައި މުޅި ދުވަސް ހޭދަކުރަން ޖެހެ އެވެ. މިއީ، ސަރުކާރުތައް ބަދަލުވެ، ޓެކްނޮލޮޖީ ފުޅާވެ، އިމާރާތްތައް ބަދަލުވިޔަސް، ރާއްޖޭގައި ގުޑުވާނުލެވުނު ކަމެކެވެ.

"ޑޮކްޓަރަށް ދައްކަން ނަންބަރު ހޯދަން އެއް ދުވަސް. ޑޮކްޓަރަށް ދައްކަން ގޮސް އެއް ދުވަސް. ޓެސްޓް ހަދަން އެއް ދުވަސް. އޭގެ ނަތީޖާ ދައްކަން އެއް ދުވަސް،"

"ޑޮކްޓަރަށް ދައްކަން ނަންބަރު ހޯދަން އެއް ދުވަސް. ޑޮކްޓަރަށް ދައްކަން ގޮސް އެއް ދުވަސް. ޓެސްޓް ހަދަން އެއް ދުވަސް. އޭގެ ނަތީޖާ ދައްކަން އެއް ދުވަސް،" އައިޖީއެމްއެޗާ މެދު ހިތްހަމަނުޖެހި ހުރި މީހަކު އެ ހޮސްޕިޓަލަށް ރައްދުކޮށް ލިޔެފައި ވެ އެވެ.

އެޑްމިޓް ކުރުމާއި އެޑްމިޓް ކޮށްފައި އޮންނަ އިރު، އަދި ޑިސްޗާޖް ކުރުމުގެ މަރުހަލާގައި ސަގާފަތެއްހެން ދިގުލަމުންދާ ލަސްތަކުގެ ވާހަކަ އެއީ އާންމު ވާހަކައެކެވެ. އެހެންވެ، އިތުރަށް އެ ވާހަކަތައް ލިޔުމުގެ ބޭނުމެއް ވެސް ނެތެވެ.

ޒަމާނާ އެއްގޮތަށް މިހާރު ބަދަލުވާން ޖެހިފައިވާ އެންމެ މުހިންމު ތަނަކީ އައިޖީއެމްއެޗެވެ. އެތަނަށް ހަރުދަނާ، ގާބިލް މެނޭޖްމަންޓަކާއި ޓީމެއް އެބަ ބޭނުންވެ އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އައިޖީއެމްއެޗުގައި ޒަމާނީ ސާމާނު އެބަހުއްޓެވެ. ބޭނުންވަނީ ތަޖުރިބާކާރު މީހުންނާއި ޑޮކްޓަރުންނެވެ. އެކަމަކު، އުޅެއުޅެ ވެސް އެ ދުވަހެއް ނަ އެވެ.

90 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 21%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްލާހު

23 December 2021

އަދި އެއްވާހަކަ އެބަ އޮތެވެ. ސަރުކާރު އޮފީހަކަށް ފޯނުން ގުޅުމަކީ ވާނޭކަމެއް ނޫނެވެ. ފޯނުނުނަގާތީއެވެ.

The name is already taken The name is available. Register?

ނަސްމާ

20 December 2021

ކުޑަ ބަންދޭ ތިޔަ ތަނުން ބޭރުކޮށް، ފަރުހަތު ސޯ ނެގޭ. އޭރު ތަން ހިންގުން މާ ބޮޑަށް ވެސް ރަނގަޅު. ތަނަށް އައި ކުރިއެރުމެއް ގެނައީ ފަރުހަތު ސޯ.

The name is already taken The name is available. Register?

ގަލަން

20 December 2021

އައިޖީއެމްއެޗް އެކަންޏެއްނޫން. އައްޑޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ހާލަކީވެސް ހަމަ ތިޔައީ. މޮޅުސާމާނު ހުއްޓެއްކަމަކު ޑޮކްޓަރުންނެއް ނެތް. ވީމާ އެންމެންވެސް ދަރަނިވެރިވެގެން ބޭސްފަރުވާ ހޯދަން އަނެއްކާވެސް މާލެއަށް. އޭރުންތާ އެވެރިން އަޅާފަ ހުުންނަ ބުރިބުރީގެ ގެތަކަށް ލާރިވަންނާނީ. މިއީ ހަމަ ބަޔަކު ގަސްތުގައި ރާވައިގެން ހިންގާ ގޭމެއް. މިކަމާ އުޅޭނެ ސިޔާސީ ވެރިޔަކު ނުހުންނާނެ. އެއީ ހަގީގަތް. އިދިކޮޅަސް އެއްކޮޅަސް މިވާހަކަ ނުދައްކާނެ. ޗުކި!

The name is already taken The name is available. Register?

ވިސްނާގައުމު

20 December 2021

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގަވަރމެންޓް ސްޕެސަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނީ ޕޭސަންޓް އެއީހަމަހަގީގަތުގަވެސް ދައްކަންޖެހޭ މީހެއްތޯބެލުމައްފަހު ދައްލެވެލްޑޮކްޓަރުން ބަލާޑައިގްނޯސްކުރުމައްފަހު އެދުންފުންމާލާގޮތައް ގޮސް ސްޕެސަލިސްތް ޑޮކްޓަރަށް ދެއްކޭ އުސޫލު އޮތްހާދުވަހަކު ތިކަމެއްހައްލެއްނުވާނެ އާސަންދަ ހަރަދުވެސް ދުވަހެއްދުވަހަކަށް ބޮޑުވަނީ ތިކަމަކާހެދި، ޑޮކްޓަރުގެ ވަގުތާއި ނޮލެޖް މަތިނުވެ ނިޒާމް މިވަނީ ފެއިލަވެފައި

The name is already taken The name is available. Register?

ޢަހްމަދު މާލެ

20 December 2021

ޢައިޖީއެމްއެޗް ރަގަޅަށް ހިންގި ދިވެހި ވެރިޔާ ބޭރުކުރީ ވަހީދް ސަރުކާރުން... އޭނާއަކީ ސިޔާސީނޫން އިހްލާސްތެރި ވެރިޔެއް. ކޮރަޕްޓް ނޫންފަރާތެއް.. ވަހީދުގެ ޅިޔަނު ޑރ ޝަފީގް މަގާމް ބޭނުންވެގެން ބޭރުކޮއްލީ.. އޭރުގަ ވެސް މިހާރުވެސް ކަންތައް އިނގޭތީ މިބުނީ

The name is already taken The name is available. Register?

120687

20 December 2021

ކަމެއް ގަސްދުގައި ގޯސްވާން ދޫކޮށްލުން، އެއީ މީގެ ފަހުން "އައި.ޖީ.އެމް.އެޗް ވުން" އެހެންވީމާ. ޒަމާނީ ހަރުބަހެއް އުފަންވީ.

The name is already taken The name is available. Register?

ސޯސަން1

20 December 2021

މެނޭޖްމަންޓްގެ މައްސަލަތަކެއް ހުއްޓަސް އެއީއެއްނޫން މުޅި އިޝޫއަކީ. މުޅި ރާއްޖޭގެ އާބާދީއަށް ޚިދްމަތް ދޭން ވަޞީލަތްތައް ހުރި އެންމެ ހޮސްޕިޓަލެއް. އެހެންވީމަ ކޮންމެ މެނޭޖްމަންޓެއް އަޔަސް ކިއޫގަ ހަމަ ހަމަސްދުވަސް ވާނެ. ކުރިންވެސް ވޭ. ކުރީގެ ތަފާތަކީ އޭރު ކިއު ސިސްޓަމް ނުގެންގުޅޭތީ. އޭރު ޖެހޭނީ 8 ޖަހާއިރު ގުޅަންފަށަން. ލިބުނު މީހަކަށް ލިބުނީ ނުލިބުނު މީހަކަށް ނުލިބުނީ. އޭރުވެސް އެތައް އެތައް ބަޔަކު ޑޮކްޓަރަށް ނުދެއްކިގެން އުޅޭ. މިހާރުވެސް އެހެން.

The name is already taken The name is available. Register?

ރާއްޖެ

19 December 2021

ކޮންމެ ޑިޕާޓްމަންޓެއް ވަކި ވަކިން އިންޑިއާއަށް އައުޓްސޯސް ކޮއްފަ ބަހައްޓާ. އެއީ މި ސަރުކާރުގެ ޕޮލިސީއަކީ.

The name is already taken The name is available. Register?

ޒަންޖަބީލްބެ

19 December 2021

ވަަރައް ކިއުޓް ޑޮކްޓަރުންވެސް އެބައުޅޭ.....ވަރަށް ފޮނި އެކަމަކު

The name is already taken The name is available. Register?

ކިނބޫ

19 December 2021

ކަލޭމެންގެ ސަރުކާރުގެ ހާލަތު. ލަދެއްނުގަންނަމުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454