ޚިޔާލު / ކޮލަމް 27

ކޮލަމް 27: މަރަށް ތެޅޭ ރޯމަސްތަކެއް ފަދަ...

ސީއެންއެމް ހުއްޓާލަން ޖެހުމާ އެމްއެމްސީ ކައިރި އަށް އާދިއްތަ ދުވަހު ދިޔަ ބައެއް ނޫސްވެރިން އަތު ގުޅާލައިގެން: މިއީ ނިމުމެއް ނެތް ކަމެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިންގާފައިވާ "ހަވީރު"ގައި އެތަކެއް މިލިއަން ރުފިޔާއެއްގެ މުދަލާ އެކު ތަޅު އެޅުވުމަށް ފަހު މިހާރު އެތަން އެހުރީ ފަޅަށެވެ. އިއްޔެ ވަރަށް ބާރުގަދަ، ވަރަށް ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަސްވީ ނޫސް ވުޖޫދުން މިހާރު ވަނީ ގެއްލިފަ އެވެ. އޭގެ ފަހުން، މީގެ ދެތިން ދުވަސް ކުރިން ފެނިގެން މި ދިޔައީ ފަސް އަހަރު ވަންދެން ހިންގާފައިވާ ނޫސް ސީއެންއެމް މުޅިން ހުއްޓިގެން ދިޔަ މަންޒަރެވެ.

މި ދެ ނޫހުގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދިޔައީ، މަރަށް ތެޅެމުން ދިޔަ ރޯ މަހެއް ތެޅޭހެންނެވެ. ތަފާތު ކަންކަން ކުރިމަތިވަމުން ދިޔަ އެވެ. ބިރުވެރިކަން އޮތީ އިންތިހާގަ އެވެ. ދުނިޔޭގައި އޮންނާނީ ކިހާ ދުވަހެއް ވަންދެންތޯ، މިއީ މުވައްޒަފުން އެންމެ ފަހު ދުވަސްކޮޅު ކުރަމުން އައި ސުވާލެވެ. އޭގެ އިތުރު ތަފުސީލަކަށް ދާކަށް ނެތީމެވެ. އެ ދެ ނޫހުގެ ކަންކަން ވެސް އަދި ވަމުން ދިޔަ ކަންތައްތައް ވެސް އެންމެ ކައިރިން ތަޖުރިބާކުރި އެކަކުގެ ހައިސިއްޔަތުން ދެންނެވެން އޮތީ އެންމެ ވާހަކައެކެވެ؛ މި ސަރުކާރުގައި ނޫސްވެރިކަން ކުރުމަކީ ދަންތުރައަކަށް އެރުން ކަހަލަ ކަމެކެވެ.

އަޅުގަނޑު މިހެން ހަމަ ދަންނަވާއިރަށް ބައެއް މީހުންް ފުންމައިގެން ގޮސް، އެކަމާ ސަރުކާރާ އޮތީ ކޮން ގުޅުމެއްހޭ އަހާނެ އެވެ. ތެދެކެވެ؛ މި ދެ ނޫސް ހުއްޓާލުމުގައި ބޭރު ފުށުން ފެންނަން އޮތީ ވަރަށް ރީތި މަންޒަރެކެވެ. "ހަވީރު" ހުއްޓާލީ "ހަވީރު ނިއުސް އޭޖެންސީގެ" ހިއްސާދާރުން، ހަވީރުގެ ކުރީގެ މަސްއޫލުވެރިޔާގެ މައްޗަށް ކުރި ދައުވާއަކާ އެކު ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އަނެއް ނޫސް، ސީއެންއެމް ހުއްޓާލީ އެއް ހިއްސާދާރު އެ ވިޔަފާރި ކުރައްވަން ބޭނުން ނުވެގެންނެވެ. އެހެންވެ މިއީ، ސަރުކާރާ ކޮން ގޮތަކަށް ގުޅުން ހުރި ކަމެއް ހެއްޔޭ މީހުން ބުނެފާނެ އެވެ. މިސާލަކަށް ސީއެންއެމްގެ އެއް ހިއްސާދާރު އަލީ ޖަނާހު ނުވަތަ ޖަނާ ބޭނުންވާ ވިޔަފާރިއެއް ކުރެއްވުމާއި ނުކުރެއްވުމާ ސަރުކާރާ އޮތީ ކޮން ގުޅުމެއްހޭ ވެސް މީހުން ބުނެފާނެ އެވެ. ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން "ހަވީރު"ގެ އެއް ހިއްސާދާރު އެކަން ހުއްޓާލެއްވުމުން ސަރުކާރުން އެކަމާ ދޭތެރޭ އިތުރަށް ދެން ކުރާނީ ވަކި ކޮން ކަމެއްހޭ ވެސް މީހުންް އަހައިފާނެ އެވެ. މީގައި ސަރުކާރުން ރޭވިރޭވުމަކީ، އަދި ސަރުކާރުން މިނިވަން ނޫސްވެރިކަމަކަށް ހުރަސް އެޅީ ކޮން ގޮތަކުންހޭ ވެސް ވަރަށް ގިނަ މީހުން އަހަ އެވެ.

"ހަވީރު" އޮފީސް ހިންގި އިމާރާތް: މިހާރު ވުޖޫދަކު ނެތް

ހަގީގަތަކީ މުޅިން އެއީއެއް ނޫނެވެ؛ ތެދެކެވެ. ފެންނަ ފަށުގައި ނުވަތަ އާންމުންގެ ކުރިމަތީގައި މި ދެ ނޫސް ހުއްޓުވާލުމުގައި ވެސް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. އޭގެ މާނައަކީ ސިއްރުން ކަންތައްތަކެއް ނުކުރާ ވާހަކައެއް ނޫނެވެ. އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ އެކައްޗަކީ މި ދެ ނޫސް ހުއްްޓުވާލުމުގައި ވެސް ސަރުކާރުން ނުވަތަ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަރަށް ބޮޑު ރޯލެއް ކުޅުއްވާފައިވާ ކަމެވެ. "ހަވީރު"ގެ ކޯޓު ކޭސްތަކަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް ފެންނަން އެބަ އޮތެވެ. "ހަވީރު"ގެ މައްސަލަ ކޯޓާ ހަމައަށް ދިއުމާއި ކޯޓު ތެރެއިން ދިމާވެފައިވާ ކަންކަމާއި ހުކުމްތައް އެކަމަށް ހެކި ދެ އެވެ. ހަމައެހެންމެ، ސީއެންއެމް ކަފުން ކުރީ ވެސް ސީދާ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ޖަނާ އަށް ދުއްތުރާ ކޮށްގެންކަން އެއީ އެ ނޫހުގެ ހުރިހާ މުވައްޒަފުން ވެސް ދަންނަ ހަގީގަތެވެ. އޭނާގެ އަމިއްލަ ވިޔަފާރިތަކަށް ހުރަސް އެޅުއްވުމާއި އިސް ބައެއް ބޭފުޅުން އޭނާ އަށް ގުޅުއްވައި ސީއެންއެމް ހުއްޓާލުން ނޫން ގޮތެއް ދެން ނެތޭ ވިދާޅުވެފައިވާ ކަމަށް އަޅުގަނޑު ކައިރީގައި ވަރަށް އިތުބާރު ހުރި ބޭބޭފުޅުން ވިދާޅުވެފައިވެ އެވެ. އެކަމަކު މިއަދު ޖަނާ އެ ވާހަކަ ދޮގު ކުރައްވަނީ، އެއީ އޭނާގެ ވިޔަފާރީގެ މަސްލަހަތަށް ޓަކަ އެވެ.

އެކަމަކު މިއީ އާންމުންނާ ހަމައަށް ދާނެ ވާހަކަތަކެއް ނޫނެވެ. އާންމުންްނަށް މި ފެންނަނީ މުޅިން އެހެން ދިމާތަކަކުން މައްސަލަތަކެއް ކުރިމަތިވެގެން، ރަސްމީ ސިފަ ޖެހިގެން، ނުވަތަ ހުކުމްތަކެއްގެ ދަށުން ތަންތަން ހުއްޓޭ މަންޒަރާއި މީސް މީހުން ޖަލަށް ދާން ޖެހޭ މަންޒަރެވެ. އެ މަންޒަރުގެ ތިރިން މައްޗަށް ދާއިރު ވެސް ސަރުކާރުގެ އެއްވެސް އިހުމާލެއް، ބައިވެރިވުމެއް ނުފެނެ އެވެ. އެކަމަކު އެތެރެ ހާވާ ބަލާލާއިރު ކަމުދާކަށް ނެތެވެ. ދަނޑި ނުބާނާ ހަމަ އެއްވެސް ދިމާއެއް ނޯވެ އެވެ. އަދި އެކަން ގިނަ ފަހަރު ކުރައްވާފައި ހުންނަނީ ވެސް އެންމެ ބޮޑެތި ބޭބޭފުޅުންނެވެ. އާންމު ނިކަމެއްޗަކަށް މީގައި ދެކޮޅަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. ބާރުގަދަ ސަރުކާރަކާ އަމިއްލަ މީހަކު ނުކުމެ ދަނޑިބުރިއަކުން ނުތެޅޭނެ އެވެ. އާޚިރުގައި އެއީ މިލިއަން މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކަކަށް ވިޔަސް ޖެހޭނީ އެއާ އަލްވަދާއު ކިޔާށެވެ.

ސީއެންއެމް ހުއްޓުވާލުމުން ކަންބޮޑުވުންފާޅުކުރަން އެއްވި ނޫސްވެރިން އެމްއެމްސީ ގޯތިތެރޭގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ދެ ނޫހަށް މިއަދު މި ހާލަތް ކުރިމަތިވެފައި އޮތަސް މަރަށް ތެޅެމުން ދާ އެހެން މީޑިއާތައް ވެސް އެބަ ހުއްޓެވެ. ބައެއް ޓީވީ ސްޓޭޝަންތައް އެ ހިންގަނީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ވަރަށް ބޮޑެތި މަޖުބޫރީ ހާލަތްްތަކެއްގެ ތެރޭގަ އެވެ. ބައެއް އޮންލައިން ނޫސްތައް ވެސް އުޅެނީ ގެންގުޅޭ ފިކުރެއްގެ ސަބަބުން ދެކޮޅު ނުޖެހިގެންނެވެ. ބައެއް ނޫސްވެރިންގެ މައްޗަށް މިހާރު ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އަނެއްކޮޅުން، އެކި ނޫސްތަކުގެ މިނިވަންކަން "ގަތުމުގެ" ގޮތުން ބޮޑެތި އިޝްތިހާރުތައް ނަގައި ސަރުކާރުގެ ކުންފުނިތަކުން ފައިސާ ދައްކަމުން ވެސް ދެ އެވެ. މިއީ ވެސް މަރަށް ތެޅުވުމުގެ އެއް ފޯމިއުލާ އެވެ. ދެން އޮތް އަނެއް ގޮތަކީ ގާނޫނީ ގޮތުން ފިއްތައި ބިރުދެއްކުމެވެ. އަބުރުގެ ގާނޫނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ބައެއްގެ އަބުރު ކަތިލެވޭތީ އަބުރު ސަލާމަތް ކުރަން ކުރާ މަސައްކަތެއް ނޫނެވެ. އޭގެ ވަންހަނާވެފައި އޮތް ހަގީގީ ސިއްރަކީ ނޫސްވެރިކަން "ކަތިލުމެ"ވެ. ދާދި އިހަކަށް ދުވަހާ ހަމައަށް މަޖިލީހުގައި އޮތް ބިލް އަބުރުގެ ބިލް ބައްޓަން ވެފައި އޮތީ މި ދެންނެވި މާނައިގައި، އަބުރު ރައްކާތެރި ކުރުމުގެ ބަދަލުގައި ނޫސްވެރިކަން ކުރެވޭނެ މަގުތައް ހަނިކުރުމަށެވެ.

މި ހުރިހާ ކަމެއް ކުރުމުގައި ސަރުކާރުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއީ އަނެއް ސުވާލެވެ. ސަރުކާރުގެ ބޭނުމަކީ އެންްމެ ބޭނުމެކެވެ. މިނިވަން ނޫސްވެރިކަން ހުއްޓުވުމެވެ. ވެރިކަމުގެ ފަސް އަހަރު ނުވަތަ 10 އަހަރު ނިމެންދެން މީޑިއާ މުށުތެރޭގައި ބޭއްވުމެވެ. ފާޑުކިޔާ ފަރާތްތަކުގެ އަނގަމަތީގައި ޓޭޕް އެޅުމެވެ. ކަންކަން ސިއްރު ކުރުމެވެ. ގޯސް އެންމެ ކަމެއް ވެސް ރައްޔިތުންނާ ހަމައަށް ނުފޯރާނެ ގޮތެއް ހެދުމެވެ. މިއީ ހަމައެކަނި މި ސަރުކާރުގެ އެކަނި ވިސްނުމެއް ވެސް ނޫނެވެ. މިއީ މީގެ ކުރިން ވެސް އެހެން ސަރުކާރުތަކުން ކަން ކުރަމުން އައި ގޮތެވެ. އެކި ސަރުކާރުތަކުން ނޫސްވެރިންނަށާއި މީޑިއާތަކަށް އެކިއެކި ދުއްތުރާތައް ކުރިމަތި ކުރަމުން ދިޔަ އެވެ. ފައިސާގެ ގޮތުން ޖެއްސުންތައް ކުރަމުން ގެންދާއިރު، އޯނަރުންނަށް ވެސް އެކިއެކި "ހަމަލާތައް" އަންނަމުން ދެ އެވެ. ރިޝްވަތަށް ނުގުޑާ އޯނަރެއް ނަމަ އޭނާގެ ކޮންމެވެސް އެހެން މައްސަލައެއް ހިލުވާލައިގެން އެ މީޑިއާއެއް މައިތިރިކޮށްފައި ބޭއްވޭތޯ ބަލަމުން ގެންދެ އެވެ. މީގެ ތަފާތު މަންޒަރުތައް އެންމެ ރަނގަޅަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުންނެވެ. ބައެއް ސްޓޭޝަންްތަކުގެ ސިޔާސަތު އަނެއް ދުވަހު ހެނދުނު ހޭލާއިރު އޮންނާނީ ބަދަލުވެފަ އެވެ. މި ދަންނަވާ ވާހަކައިގެ ހަގީގަތް ބައެއް އޮންލައިން ނޫސްތަކުން ވެސް ފެނެ އެވެ. އެތަންތަނުގައި ދުވާލަކު ޕޮލިސީއެއް އޮންނަނީ މިހެންވާތީ އެވެ. އެކި ނުފޫޒާއި ރިޝްވަތު އޭގެ ތެރެއަށް ވަންނަނީ އެވެ.

މިލިއަނުން ފައިސާ ހޭދަކުރިޔަސް ނުވާ ވަރުގެ ކަންތައްތައް ހުންނާނެ އެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބައެއް މަދު މީޑިއާތަކަށް އެއްވެސް ގޮތަކުން ނުފޫޒު ނުފޯރުވިގެން މި ސަރުކާރަށް ވެސް އުޅެން ޖެހެ އެވެ. އެހެންވެ، ދެން އޮންނާނެ އެންމެ ފަހު ގޮތްް، އަޅުގަނޑު ކުރިން ދެންނެވި ދެ ނޫހަށް ކުރިމަތިވީ ކަމަށް ބެލެވެ އެވެ.

އެކަމަކު ނޫސްވެރިކަމުގައި، މި ސަރުކާރުގެ އެހެން ސަރުކާރުތަކުގެ ސިޔާސަތާ ވަރަށް ތަފާތެވެ. ކަނޑައެޅިގެން ހަގީގަތަކީ ކޮބައިކަން ނޭނގުނު ނަމަވެސް، މި ސަރުކާރު އައި ފަހުން ރާއްޖޭގެ ނޫސްވެރިކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައި ހުރިކަން އެބަ އެނގެ އެވެ. ސަރުކާރާ ގުޅުން އޮތް މީހުން ފަންޑު ހޯދި ނުހޯދި ތަނެއް ވެސް ނޭނގި ބޮޑެތި ޓީވީ ސްޓޭޝަންތަކާއި އޮންލައިން ނޫސްތައް ހެދި އެވެ. ބޭނުމަކީ މީޑިއާ ކޮންޓްރޯލްކޮށް މުށުތެރޭގައި ބޭއްވުމެވެ. ނޫސްވެރިން ގަނެލި އެވެ. އަދި އަޑު އިވޭ ގޮތުން މިހާރު ވެސް ބޮޑެތި ބައެއް ބޭފުޅުން އެތަކެއް މިލިއަން ރުފިޔައެއް ހޭދަކުރައްވައިގެން ބައެއް މީޑިއާތައް ކޮންޓްރޯލް ކުރެ އެވެ. މީގެ އެއް ބޭނުމަކީ އަމިއްލަ މީޑިއާތައް ފުނޑާލުމެވެ. ޓާގެޓަކީ ފައިސާގެ ގޮތުން ތާށިވެގެން ގޮސް ދޮރުގައި އަމިއްލަ އަށް ތަޅުއެޅުވުމެވެ. މަރަށް ތެޅުވުމެވެ. އަނެއް ބޭނުމަކީ ދެކޮޅަށް ދެކެވޭ ވާހަކަތައް އޮއްބާލުމެވެ. ނުވަތަ މިނިވަން މީޑިއާތަކަށް އެޓޭކް ކުރުމެވެ.

އެކަމަކު މިލިއަނުން ފައިސާ ހޭދަކުރިޔަސް ނުވާ ވަރުގެ ކަންތައްތައް ހުންނާނެ އެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބައެއް މަދު މީޑިއާތަކަށް އެއްވެސް ގޮތަކުން ނުފޫޒު ނުފޯރުވިގެން މި ސަރުކާރަށް ވެސް އުޅެން ޖެހެ އެވެ. އެހެންވެ، ދެން އޮންނާނެ އެންމެ ފަހު ގޮތްް، އަޅުގަނޑު ކުރިން ދެންނެވި ދެ ނޫހަށް ކުރިމަތިވީ ކަމަށް ބެލެވެ އެވެ.

ސީއެންއެމް ހުއްޓުވާލުމުން ކަންބޮޑުވުންފާޅުކުރަން އެމްއެމްސީ އަށް އެއްވި ނޫސްވެރިންނަށް އެ ނޫހުގެ މުވައްޒަފުންގެ ފަރާތުން ކަދުރު ބަހަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ބޭއްވުމަކީ ހަގީގަތުގައި ސަރުކާރަށް ވެސް އޮތް ފައިދާއެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ ގައުމެއްގެ ކުރިއެރުމާއި ހަމަޖެހުން ދައްކައިދޭ ކަމެކެވެ. ހުރިހާ ކަމެއް ސަރުކާރުން ބޭނުންވާ ގޮތަށް ނުވެ ވެސް ހިނގައިދާނެ އެވެ. އެކި ކަންކަމަށް ފާޑުކިޔާ މީހުންްނާއި ފާޑު ކިޔާ ނޫސްތަކާއި މީޑީއާ ވެސް އޮންނާނެ އެވެ. ސަރުކާރެއް ހިންގަންޏާ ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަންކަން ހަޖަމްކުރުމެވެ. އެކަމަށް ފުރުސަތު ދިނުމެވެ. ވަރަށް ރަނގަޅަށް ވިސްނައިފިއްޔާ އެނގޭނެ އެއްޗަކީ ނޫސްވެރިން ވެސް މި ކުރަނީ ސަރުކާރަށް ވެސް ކަންކަން ފަސޭހަ ކޮށްދިނުމުގެ މަސައްކަތެކެވެ. ގޯސްކޮށް ހިނގާ ކަންކަން ސަރުކާރަށް ބުނެދިނުމުގެ މަސައްކަތެވެ. މިކަން ގޯސް ނިޔަތެއްގައި ބަލައިގެންފިއްޔާ އޭގެ މާނައަކީ ސަރުކާރުގެ ހިތް ނިޔަތް ރަނގަޅު ނޫން ކަމެވެ.

ފާޑުކިޔާ އެންމެން ހައްޔަރުކޮށް ޖަލަށް ލައި، ފާޑު ކިޔާ ވަސީލަތް ބަންދުކުރުމަކީ ސަރުކާރު ކިތަންމެ ބާރުގަދަ ވިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމާ ދޭތެރޭ ސަރުކާރުން ގޮންޖެހުމުގެ ބޭނުމެއް ނެތެވެ؛ އޭގެ ދިރިހުރި މިސާލުތައް މިއޮއް ފެންނަމުން ދަނީ އިބުރަތެއް ހެންނެވެ. "ހަވީރު" ހުއްޓާލުމުން ހަމަ އެ މީހުން ނުކުމެ "ހަވީރު" ފެންވަރުގެ އެހެން ނޫހެއް އެބަ ހިންގަ އެވެ. ސީއެންއެމްގެ ޓީމް އެ އޮތީ ހަމަ އެ ފެންވަރުގެ އެހެން ނޫހެއް އަނެއްކާ ފަށަން ތައްޔާރަށެވެ. ދެން އެހެން ނޫހެއް ބަންދުކުރިޔަސް އެ މީހުން ނުކުމެ ހަމަ އެ މަސައްކަތް ފަށާނެ ކަން އެއީ ދުވާލުގެ އިރު ފެންނަހެން ފެންނަން އޮތް ހަގީގަތެކެވެ. -- އެއިން އެނގެނީ މިއީ އެކަމަކާ ކިތަންމެ ދެކޮޅަށް ބަޔަކު ނުކުތަސް، ބިރު ދެއްކިޔަސް، އަދި އެ ހުއްޓުވާލަން މިލިއަނުން ފަންޑު ކުރިޔަސް، ނިމުމެއް ނެތް ކަމެއް ކަމެވެ. އެއްކަލަ މަރަށް ތެޅުނު ރޯމަސް މަރުވެ އަލުން ދިރިގެން މި އަންނަނީ މާ ބާރަށެވެ.

31 ކޮމެންޓް, 268 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 4%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

29 June 2016

ވަރަށް ރަގަލު ޙިޔާލެއްއެބައޮތް ، ދިވެހިއޮބްޒާވަރ ކަހަލަ އޮންލައިން ނޫހެއް ރިޕޯޓަރުންވެގެން ނެރެންވީ ، އެކަމު އޭރުން ތިޔަކަންކަމަށް ހައްލެއްއައިސްފާނެ ،

The name is already taken The name is available. Register?

ޝުގާ

28 June 2016

އަލިފް ހާ! ދެން ފަހެ މި ނޫހުގެ ދުވަސް ހަމަވުމާއި ގާތްވެ، މިތިބަ ތިބިހާ ކެރޭ ފަހުލަވާނުންގެ ސަލާމަތާމެދު ނިކަމެތި އަޅާ ނުހަނު ކަންބޮޑުވެ ހާސްވެފައި ހުރީމެވެ. ޔަޤޫލުލް މުތަރުޖިމް!

The name is already taken The name is available. Register?

ރަޝީދު

29 June 2016

ސިއެންއެމް ހުއްޓާލުމުގައި ސަރުކާރުގެ ފުރިހަމަ ނުފޫޒު އޮތް. އެންމެ ފުރަތަމަވެސް ބޭނުންވީ ސީއެންއެމްގެ އާކައިވް ފުހެލަން. ސަބަބަކީ ސަރުކާރު ރިޔާސީ ޢާއިލާގެ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ތަފްސީލްކޮށް ލިޔެފަހުރީ ސީއެންއެމްގަ ކަމަށްވާތީ އެވާހަކަތައް ތާރީހުގެ ތެރެއަށް ދިޔަ ނުދިނުން. އެކަންކުރަން އެއްބަސްނުވުމުން ނޫސް ހުއްޓާލަން ޖެހުނީ. މިއީ ހަގީގަތަކީ

The name is already taken The name is available. Register?

ޒިޔާ

28 June 2016

ސަޅި ލިޔުމެއް.. ރައްޔިތުން ވެސް މަރަށް ތެޅެނީ.. މަގުމަތީގެ މާރަމާރީ ތަކުގައި ޒުވާނުން މަރަށް ތެޅެނީ.. ސަލާމަތެއް ނެތް..

The name is already taken The name is available. Register?

އަހުމަދު

28 June 2016

ސީއެންއެމް އަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ. އެމީހުންގެ އެ ހުންނަ އިންސައިޑް ސްޓޯރީތައް އެތެރޭގެ ބޮޑުންވެސް ތިބެނީ އަންތަރީސްވެފައި. ކިހިނެތްތޯ އެވާހަކަތައް ހޯދަނީ. ސީއެންއެމް އާއެކު.

The name is already taken The name is available. Register?

އަވާމެންދުރު

28 June 2016

ހަވީރު ހުއްޓާލުމުން ވަރަށް އަސަރުކުރި. ޖަޒްބާތުގަ ޖެހިގެން ކޮންމެ ދުވަހަކު ސައިޓް ސާރޗް ކޮށް ހެދިން. ކޮރަޕްޝަން ހައްދުފަހަނަ އަޅައިފައި އޮއްވައި ބަޔަކު މިހެން އަންނަ ހުށައެންތައް ރިޖެކްޓް ކޮށްފައި ނޫސް ލިޔާމީ ނުހަނު އުފާކުރާ ކަމެއް. ފަށް ފަށުން ސާބަަސް.

The name is already taken The name is available. Register?

ބުޅާ

28 June 2016

މިހާރު ކުދިންނަށް ސާބަސް. ޥަރަށް ހިތްވަރުގަދަ. މިއީ ރާއްޖެ ބަދަލުކޮށްލާނެ ނޫހެއް.

The name is already taken The name is available. Register?

ް×

28 June 2016

މިހާރު ހަބޭސް

The name is already taken The name is available. Register?

ނަބީހުް

28 June 2016

ހަވީރު ޓީމު ހުއްޓުވާލީކީ ސަރުކާރަކުންނޫނެވެ. އަދި ރައީސް ޔާމީނެއްވެސް ނޫނެވެ. ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތުމުގެ މާ ކުރިންސުރެއްވެސް، ތިވިދާޅުވާ ހިއްސާ ދާރުންގެ މެދުގައި އޮތް ކޯޅުމެކެވެ. ހަގީގަތް އިނގޭ މީހެއްގެ ހައިސިއްޔަތުން މިބުނަނީ، މިވާހަކަ ވެސް ޓުއިސްޓްކޮށް ސިޔާސީ ކުރަން ނޫޅޭށޭ...! ހަގީގަތަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި، ފުރަތަމަ ހަވީރު އަށް ފިއްތުންތައް ކުރިމަތިވެގެން ދިއަކަމެވެ. ނޫސް ހިންގަމުންދިޔަ މައުމޫނުގެ ސަރުކާރުގެ ދީލަތިކަމުގެ ތެރެއިން ހަވީރަށް ދިން ހާއްސަ އިމްތިޔާޒެއްގެ ދަށުން ހަވީރު ހިންގަން ދީފައިވާ އިމާރާތުން އޭރު ބޭރުކުރަންވެސް އުޅުނެވެ. އެހިސާބުން އޭރު ސަރަނގު އާދަންމަނިކު ނޫސް ގަންނަން އުޅޭކަން ހުދު ހަވީރުން ހާމަކުރިއެވެ. އެހިސާބުން ހިއްސާދާރުންގެ ކޯޅުން ބޮޑުވެގެން ދިޔައީއެވެ. އެންމެފަހުން ކޯޓަށްގޮސްވެސް

The name is already taken The name is available. Register?

ނަސީރު

28 June 2016

ކަލެއަށް ތިއޮތީ މާ ބޮޑަށް އެނގިފައި. ކޮރަޕްޓް މީހުން އަބަދުވެސް ކޮރަޕްޓް ވާނެ.

The name is already taken The name is available. Register?

ޝަރީފް

28 June 2016

ކުރިންވެސް ހަމަ ޔާމިންދޯ ރައްޔިތަކަށް ރުހުމުގައި ބަސްނުބެނެވުނު މީހަކު ، ހަޤީޤަތް ހާމަކުރަން ފުރުސަތު ނުލިބި ދިޔަ 30 އަހަރުގެ ކޮއްކޯ ފުޅު ، ރާއްޖޭގެ ހުރިހާ ވިޔަފާރިތަކުގެ އެމް.ޑީ ، ބަގްރޫޓުވި ސާފަތްދަަަަަަނޑު ، ދައުލަތުގެ ތިޖޫރީއަށް ވަން ވަގު ފައިސާގެ ނޫޓުތައް ސްޓެލްކޯގެ ހަޤީްަތް ނޭންގޭ ޕްރޮޖެކްތްތައް އެހެން ކިޔާނެ ކަމެއްނެތް ހުިރހާ ކަމެއްވެސް ކުރީ ވަގަށް ފާޅުކުރި މީހުންނަށް ވީގޮތްތަކެއް ނޭންގެ ވެރިކަން ލިބުމުން ފާޅުގައި ހުރިހާ ތަނެއް މުށުތެރެއަށް ކަޓްނެގާ ވަރު ހިސާބްވެސް ނުކުރެވޭ ލިބުނު ބޮޑު ވަޒީރު ބޮލު އަޅުވާފައި ޖަލަށް !

The name is already taken The name is available. Register?

ސުވާދީބުކަލޯ

28 June 2016

ނޫސް ވެރިކަން ކުރިއަރާ ކަމުގެ ފުރިހަމަ ދަލީލެއް "މިހާރު" އަކީވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!