12 އޮކްޓޯބަރ

October 12, 2017 1
ހަމާސް އާއި ފަތަހަ އެއްބަސްވުމެއް ގާއިމްކޮށްފި

ގާޒާ (އޮކްޓޯބަރު 12) - ފަލަސްތީނުގެ ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ހަމާސް އާއި ފަތަހަ އެއްގަލަކަށް އަރާ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2017 2
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުން މަޑުޖައްސާލައިފި

ވޮޝިންޓަން (އޮކްޓޯބަރު 8) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް އެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2017
އިންޓަޕޯލުގެ މެންބަރުކަން ފަލަސްތީނަށް ދީފި

ގާޒާ (ސެޕްޓެމްބަރު 28) - އިޒްރޭލުން ދެކޮޅު ހަދަމުން ދަނިކޮށް އިންޓަޕޯލުގެ މެންބަރުކަން ފަލަސްތީނަށް ދީފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 2
ހަމާސް އާއި ފަތަހަ ސުލްހަވެ އިންތިޚާބު ބާއްވަނީ

ގާޒާ (ސެޕްޓެމްބަރު 17) - ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތް އެއްގަލަކަށް އަރާ ގާޒާގައި ހަމާސް އިން ހިންގަމުން ދިޔަ ސަރުކާރު އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް އެއްބަސްވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 2
ބައި ގަރުނު ވަންދެން އުޅުނު ގެއިން ބޭރުކޮށްލައިފި

ގުދުސް (ސެޕްޓެމްބަރު 6) - ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފަލަސްތީނުގެ އާއިލާއެއް އިރުމަތީ ގުދުސްގައި ދިރިއުޅުނު ގެއިން އިޒްރޭލް ފުލުހުން ވަދެ ގަދަބާރުން ބޭރުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2017 2
އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު: އދ

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 2
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ

ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

08 އޯގަސްޓް

August 08, 2017 4
ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1000 މީހުން ހައްޖަށް

ރިޔާޒް (އޮގަސްޓް 8) - ފަލަސްތީނު މީހުންގެ ތެރޭން ޝަހީދުވެ ދިޔަ މީހުންގެ 1،000 އާއިލާއަކަށް ސައުދީ ރަސްގެފާން ސަލްމާންގެ ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މި އަހަރު ވެސް ދީފި އެވެ.

28 ޖުލައި

July 28, 2017 2
50 އަހަރުން ދަށުގެ ފިރިހެނުންނަށް އަގްސާ ބަންދު

ގުދުސް (ޖުލައި 28) - އަގްސާ މިސްކިތުގައި ހަރުކުރި ސެކިއުރިޓީ ކެމެރާ އާއި މެޓަލް ޑިޓެކްޓަރު އިޒްރޭލުން ނެއްޓި ނަމަވެސް މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށް ވަދެވޭނީ 50 އަހަރުން މަތީގެ ފިރިހެންނަށް ކަމަށް އިޒްރޭލުން ކަނޑައަޅައިފި އެވެ.

26 ޖުލައި

July 26, 2017
އަގްސާ މައްސަލަ މިހާރު އޮތީ ބޮޑު ނުރައްކަަލެއްގެ ތެރޭގައި

ޔުނައިޓެޑް ނޭޝަންސް (ޖުލައި 26) - އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން އުފެއްދި ހަމަނުޖެހުންތައް މިހާރު އޮތީ ބޮޑު ނުރައްކަލަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2017 2
އަގްސާގައި ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގައިފި

ގުދުސް (ޖުލައި 25) - އަގްސާ މިސްކިތަށް ވަންނަ މީހުން ބަލާ ފާސްކުރުމަށް އިޒްރޭލުން ހަރުކުރި މެޓަލް ޑިޓެކްޓަރުތައް ނަގާ އެއަށް ވުރެ ލުއި ގޮތަކަށް މީހުން ބަލާ ފާސްކުރުމުގެ އިންތިޒާމް ހަމަޖައްސައިފި އެވެ.

24 ޖުލައި

July 24, 2017 6
ގުދުސް އަކީ ރަތް ރޮނގެއް، އިޒްރޭލުން ކުޅެނީ އަލިފާނާ

ގުދުސް (ޖުލައި 24) - މާތް ވެގެންވާ އަލް ގުދުސް އަކީ ރަތް ރޮނގެއް ކަމަށާއި ގުދުސްގެ މުގައްދަސް ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ކަމަށް ބުނެ އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމަށް އަރަބި ލީގުން ބުނެފި އެވެ.

23 ޖުލައި

July 23, 2017 2
އަގްސާ މިސްކިތުގައި އިޒްރޭލުން ކެމެރާ ހަރުކޮށްފި

ގުދުސް (ޖުލައި 23) - ގުދުސްގެ އަލް އަގްސާ މިސްކިތަށް ވަންނަން ހުރި ދޮރޯށިތަކުގައި އިޒްރޭލުން ސެކިއުރިޓީ ކެމެރާ ހަރުކޮށްފި އެވެ.

July 23, 2017 1
ގުދުސް މައްްސަލާގައި ސަލާމަތީ މަޖިލީސް ބައްދަލު ކުރަނީ

ޔުނައިޓެޑް ނޭޝަންސް (ޖުލައި 23) - އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމްކުރި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި މިހާރު ހިންގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް...

21 ޖުލައި

July 21, 2017 3
ގުދުސްގެ ހަމަނުޖެހުމުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދު

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތް އިޒްރޭލުން ބަންދުކުރި މައްސަލާގައި ގުދުސްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި އެވެ.

July 21, 2017
50 އަހަރުން ދަށުގެ މީހުން އަގްސާ އަށް ވަނުން މަނާ

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތުގައި މިއަދު ކުރާ ހުކުރު ނަމާދަށް މުސްލިމުންގެ ތެރޭން 50 އަހަރުން ދަށުގެ މީހުންނަށް މިސްކިތް ހިމެނޭ ސަރަހައްދަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން...

19 ޖުލައި

July 19, 2017 1
އަގްސާ މިސްކިތުގެ ސަރަހައްދުގައި ހަމަނުޖެހުންތައް ކުރިއަށް

ގުދުސް (ޖުލައި 19) - އަގްސާ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

17 ޖުލައި

July 17, 2017
އަގްސާގެ ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު

ގުދުސް (ޖުލައި 17) - ދެ ދުވަހަށް ބަންދު ކުރުމަށް ފަހު އަލް އަގްސާ މިސްކިތް އިއްޔެ ހުޅުވި އިރު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.

16 ޖުލައި

July 16, 2017 1
އަގްސާ މިސްކިތް މިއަދު އަލުން ހުޅުވާލަނީ

ގުދުސް (ޖުލައި 16) - މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އަލް އަގްސާ މިސްކިތް މިއަދުން ފެށިގެން އަލުން ހުޅުވާލާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2017 4
އަގްސާ މިސްކިތް ބަންދުކޮށް އިމާމު ހައްޔަރުކޮށްފި

ގުދުސް (ޖުލައި 14) - އަގްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމުގެ ފުރުސަތު މިއަދު ނުދީ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުގެ އަމުރާ ދެކޮޅު ހެދި ގުދުސްގެ އިސް މުފްތީ ހައްޔަރުކޮށްފި...

July 14, 2017 2
އަގްސާ މިސްކިތް ކައިރިން ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ގުދުސް (ޖުލައި 14) - ގުދުސްގެ އަލް އަގްސާ މިސްކިތާ ކައިރިން އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.

10 ޖުލައި

July 10, 2017 2
އިޒްރޭލުން ކަރުނަ ގޭސް ޖެހި ފަލަސްތީނުގެ ކުއްޖާ މަރު

ގުދުސް (ޖުލައި 10) - އިޒްރޭލް ސިފައިން މީގެ ތިން މަހެއްހާ ދުވަސް ކުރިން ކަރުނަ ގޭސް ޖެހުމުން ލިބުނު ގެއްލުންތަކުގައި ފަރުވާ ދެމުން ދިޔަ ފަލަސްތީނުގެ 18 މަހުގެ ކުޑަ ކުއްޖާ މަރުވެއްޖެ އެވެ.

09 ޖުލައި

July 09, 2017 2
ފަލަސްތީނަށް އޮތް ތާއިދު ހާމަކުރަން މުސްލިމް ޒުވާނުން ތުރުކީ އަށް

އިސްތަންބޫލް (ޖުލައި 9) - ފަލަސްތީނު މީހުންނަށް ތާއީދު އޮތްކަން ހާމަކޮށް ދިނުމުގެ ގޮތުން ދުނިޔޭގެ 30 ގައުމެއްގެ މުސްލިމް ޒުވާނުން ތުރުކީގެ އިސްތަންބޫލް އަށް ޖަމާވެއްޖެ އެވެ.