ޚަބަރު / ސިޔާސީ މަގާމުތައް

ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް

އައިޖީއެމްއެޗްގެ އާ ހިދުމަތްތައް ރައީސް ޔާމީން އިފުތިތާހު ކޮށްދެއްވަނީ: ސިޔާސީ މަގާމުތަކުން ބައެއް ބޭފުޅުން ވަނީ މި ހަފުތާގައި ވަކިކުރައްވާފައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަގާމުތަކުން ގިނަ ބޭފުޅުންތަކެއް ވަކިކުރާ މައްސަލާގައި "މިހާރު" އިން ދެންނެވި ސުވާލަކާ ގުޅިގެން މުއާޒް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައި އޮތް ބާރެކެވެ.

މުއާޒް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސަށް ވެރިކަން ހިންގުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ވަކި ބަޔަކަށް ފައިދާއެއް ވުމުގެ ބަދަލުގައި، ރައްޔިތުންނަށް ވީހާވެސް އަވަސް ހިދުމަތްތަކެއް ދިނުމަށް އުފައްދާ މަގާމުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ އަދަދެއްގެ ބަޔަކު މަގާމުތަކަށް އެއް ފަހަރާ ސަރުކާރުން އައްޔަން ކުރޭ. މި ފަހަރު ގިނަ ބަޔަކު އެއް ފަހަރާ ވަކި މި ކުރީ، މި ބޭފުޅުން ވަކި ކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް،" މުއާޒް ވިދާޅުވި އެވެ

ރައީސް ޔާމީން ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަސް ބޭފުޅަކު މަގާމުތަކުން މިދިޔަ އަންގާރަދުވަހު ވަކި ކުރައްވައިފަ އެވެ. އަދި ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކާއި ހައުސިން މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު ވެސް މަގާމުން ވަކި ކުރެއްވި އެވެ.

މިހާ ގިނަ އަދަދެއްގެ ބޭފުޅުން ވަކި ކުރެއްވީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުންތޯ ސުވާލު ދެންނެވުމުން މުއާޒް ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަ ކުރަން ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެހެންވެ، އެއީ ވެސް ވެދާނެ ކަމެއް ކަމަށް މުއާޒް ވިދާޅުވި އެވެ.

"އެކަމަކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް އުޅޭ ކަމަށްވާނަމަ، ރައީސަށް ފެނިވަޑައިގެން އަލުން އެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ފުރުސަތު އެބައޮތް. އެކަމަކު މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނުން އަވަސް،" މުއާޒް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުން ވަކި ކުރައްވާފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް މުހައްމަދު ޔާސިރާއި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ޒުހައިރު (ޝީ ޒުހައިރު) އާއި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުލް ޣަފޫރު އަބްދުއްލަތީފް އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރެވެ.

މި ބޭފުޅުންގެ އިތުރުން ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރުން ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މުހައްމަދު ޝަހުނީމް އާއި އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) އަދި އަހުމަދު ޒަމީލް ވެސް ވަނީ ކޯޑިނޭޓަރުކަމުން އިއްޔެ ވަކިކޮށްފަ އެވެ.

25 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

08 December 2016

އެއީ ދެން ހަމަ މަޖަލަކަށް އެއްވެސް ސަބަބަކާ ނުލާ ކޮށްލާ ކަމެއް ދެއްތޯ؟ ގަބޫލުކޮށްފިން!

The name is already taken The name is available. Register?

ދޮޅިދާން

08 December 2016

ތިމާ ގެ ބޭބެއަށް ހަދާލި ގޮތުން އެމީހުން އެތިބެނީ އޮފީހުގައި މަސައްކަތެއް ނުކޮށް އާޝޯޚު ވެފަ، ތިއްބާ މަސައްކަތެއް ނުކުރާ މީހުން ގެ ލިސްޓަށް އެރީ އަދި އެވަރުނުވެގެން ބަލާލި އިރު ހަބޭސް ޖަލްސާއަށް ފިލާފައިވަނީ ،

The name is already taken The name is available. Register?

އައްޑޫ ރަދުން

08 December 2016

ރަނަގަޅު. ސިޔާސީ މަގާމުތަށް ކޮށާ ތިރި އަރުވާލަންޖެހޭތާ ކިތަންމެ ދުވަހެއް...އަދިވެސް ތިކަހަލަ މީސްމީހުން ބޭރުކޮށް ތިމީހުންގެ މުސާރަޔާ އެއްވަރު ހޭދައެއްކޮށް އެސްޓީއޯ މަސައްކަތުބަޔަށް މީހުން އިތުރުކުރީމަ ރަނގަޅުވާނެ.އޭރުން ކާޑުގެ ބާވަތްތަކާ ގޭސް އާންމުންނަށް އަވަހަށް ފޯރުކޮއްދެވޭނެ.

The name is already taken The name is available. Register?

މަނިކުފާނު

08 December 2016

އެހެންޔާމުން އެބައިމީހުން އެ މަގާމްތަކަށް އައްޔަނު ކުރި ވަކި ސަބަބެއް އެބައޮތްބާ؟

The name is already taken The name is available. Register?

ޢުމަރުގެ ބޮޑުދައިތަ

08 December 2016

ތިޔަ ހުރިހާ މީހުން ވަކިވެގެން ގޮސް ޕީ ޕީ އެމްގެ އަނެއް ފެކްޝަނާ ގުޅިގެން ކަމަށް ހަދާފަ އެފެކްޝަންގެ މަޢްލޫމާތުތައް ޖާސޫސު ކޮށްވެސް ދީފާނެ ! ތިޔަ ކަމުގެ އަޑީގައި ވަރަށް ބޮޑު ރޭވުން ގަނޑެއް އެބަވޭ !

The name is already taken The name is available. Register?

އޭއި

08 December 2016

ސިޔާސީ މަގާމް ތަކުގައި ތިބި ބޭފުޅުން ވަކި ކުރުމުން ދެން ކޮބާތޯ މައްސަލަ އަކީ. މީ ރަންރީނދުލޭ މެން ރޫރޫ އަޅަން ޖެހޭ ކަމެއް ނޫނެވެ. ތަމެންގެ ސަރުކާރެއް ނޫން މިހާރު މިހިނގަނީ. މިހާރު މިހިގަނީ އެއީ މަމެންގެ ސަރުކާރު އަދި މީ މަމެންގެ ގައުމު. ދެން ތަމެން ރޫރޫ ނާޅާ ތިބެގަ ޓްވިޓަރޭ މެން ވެސް އިނގޭ.

The name is already taken The name is available. Register?

1234

08 December 2016

ހަބޭސް ޖަލްސާގެ އެޓެންޑަންސް ޝީޓަށް ނާރާ މީހުން ވަކިކުރަނީ .. ދެންވެސް ޖަލްސާތަކަށް ދެވޭތޯ ބަލާތި

The name is already taken The name is available. Register?

އަލީ ނަސީރު

08 December 2016

އީނީ މައިނީ މޯ... އާނ ކަލޭ ގޭގަ މަޑި ކޮއްލާ...

The name is already taken The name is available. Register?

އާދަމް ޝަރީފް

08 December 2016

ވަކިކުރެއްވި ބޭފުޅުންނަށް ބަލާއިރު ގިނައީ ވަރަށް އިލްމީ ބޭފުޅުން. ވެދާނެ އެބޭފުޅުން ގެ ފަރާތުން ސަރުކާރުން ބޭނުންފުޅުވާ ގޮތަށް ބައެއްއކަންކުރުމަށް ދަތިތަކެއް ކުރިމަތި ވަނީކަމށް . މިސަރުކާރުގަ ސިޔާސީ ބޭފުޅުންނަކީ ވަރަށް ކެރޭ ބަޔަކަށްވާންޖެހޭނެ . "ގައުމަށްޓަކައި" 100 އަހަރަށް ގައުމު ދަރުވާލަންވެސް ކެރެންވާނެ. އެހެން ނުވާނަމަ ހިފަހައްޓާ ނުލެވޭ. ވަކިކުރެއްވި ބައެއްބޭފުޅުންނަށް ހިޔެއްނުވޭ ކޮންމެކޮންމެ ކަމެއް "ގައުމަށްޓަކައި" ކުރަންކެރޭނެ ހެނެއް.

The name is already taken The name is available. Register?

ހިމް

09 December 2016

ސުބުހާނައްﷲ ..އިލްމީ ބޭފުޅުންނޭ... އެ ވަކިކުރި ކޯޑިނޭޓަރުންގެ އަތުގައި އޯލެވެލް ފާސްއެއްވެސް އޮތީ ހަމަ އެކަނި މީރާ އަތުގަ. އެވަރަށް އިލްމީ ވާނީ ދެއްތޯ... ހި ހިހި

The name is already taken The name is available. Register?

ޙިދ

08 December 2016

ކަނޑާލީ މާބޮޑުމަސައްކަތެއްނުކޮށް ބޭކާރުބައެއްކަމަށް ފެނުނު މީހުން. މުއާޒު ވެސް ދެން ތެދަށް ބުނީމަނިމުނީނު ދޯ؟ އޮފީސްތަކަށް ރައީސް އޮފީހުން އެންގީ މަސައްކަތް ނުކުރާ ސިޔާސީ މީހުންގެ ނަން ފޮނިވަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454