ޕީއެންސީގެ ރައީސް އަބްދުއްރަހީމް. ރައްޔިތުން ތިބީ ވެރިކަން ބަދަލުކުރަން ވޯޓަކަށް ނުދެވިފައި ކަަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ނޮވެމްބަރ 2021 - 23:45
ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި ރައްޔިތުން ތިބީ މި ވެރިކަން ބަދަލުކުރުމަށް ވޯޓު ފޮއްޓާ ހަމައަށް ނުދެވިފައި ކަމަށް ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައިފަ އެވެ.
ކުރިއަށް އޮތް ދެ އަހަރުގައި އަމާޒު ހިފާފައި އޮތީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ރޭ ވިދާޅުވިޔަސް ހަގީގަތަކީ މިހާރު ހުރިހާ ވެސް އަމާޒަކީ ރިޔާސީ އިންތިހާބު ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ހޭލަ އެވެ. މި ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ "އަނިޔާ" އާއި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަން ގާތުން ތަޖުރިބާކޮށް، "ދިރާސާކުރަމުންދާ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން މި ބުނަނީ ވޯޓަށް ވަޑައިގަންނަވާށޭ، ބޮޑުތަނުން އިބްރާހީމް މުހައްމަދު ސޯލިހަށް ތިމަންނަމެން މިތިބީ ޖަވާބު ދޭން ތައްޔާރަށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮތް ނަމަ އެންގެވުމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ގުޅިގެން އަދުރޭ ވިދާޅުވީ ގައުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.
ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅައި މިނިވަންކަމަށް ބުރޫ އަރާ ފަދަ ކަންކަން ހުއްޓާލުމާއި ސަރުކާރުގެ ތެެރެއިން ކުރާ ވައްކަންތައް ހުއްޓައި އިސްލާހުތައް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑްރޭ
13 November 2021
ތިޔަ ވާހަކަ ދައްކަން މާ ތާހިރު މީހެއް ނޫން އަދުރޭ އަކީ ވެސް. އަދުރޭމެންގެ ޕާޓީން ވެރިކަން ކުރި ގޮތް ކަމުނުދާތީ އޮތީ ބަދަލު ކޮށްފަ. ދެންވެސް އަނގަ މަޑުން ލައިގެން ހެޔޮކަމެއް ކުރެވޭތޯ ބެލިއްޔާ މާ ރަނގަޅު ވާނެ.
1234
12 November 2021
ރައްޔަތުން އުވާލަން ބޭނުންވި ވެރިކަން 2018 ވަނީ އުވާލަފަ؟
ބެކަމާސް
12 November 2021
ސުރުޚީ ރަނގަޅުކޮށްލަން ފެނޭ. ރައްޔިތުން (އަދުރޭ އާއި އޭނާގެޕާޓީގެ މެމްބަރުންނާއި އަދި ބައިއަތުހިފާ މީހުން) ތިބީ މިވެރިކަން ބަދަލުކުރަން ބޭނުންވެފައި.
ސ. ޙަންކެޑަ
12 November 2021
މީނަ އެދީފައިވާ ގޮތަށް ބަދަލު ކުރަން މި ރަށު ރައްޔިތުން ބޭނުމެއް ނޫން!
ރާއްޖެ
12 November 2021
މިވެރިކަން، މައުމޫނުހެ ވެރިކަން، އަންނިގެ ވެރިކަން، ވަހީދުގެ ވެރިކަން، ޔާމީނުގެ ވެރިކަން އަދި ދެން ގެންނަން ތިއުޅޭ އަދުރޭގެ ވެރިކަމެއްވެސް ކަމަކު ނުދޭ...ތީ ރައްޔިތުންގެ ބަހެއް ނޫން..ތީ އަމިއްލަ އެދުމުގެ ބަސް...ދައުރު ނިމެންދެން ކެތް ކޮއްލަބަލަ...ތިޔަ ގޮތަށް ވަހަކަ ދެއްކީމަ ބަޣާވަތް ކުރުމަށް އެ ހިތްވަރު ދެވެނީ...
ބޮކި
12 November 2021
ރައްޔިތުން ބޭނުމެއްނޫން 100 މިލިޔަން ޑޮލަރު ދަވާލި ބޭފުޅަކަށް ވެރިކަންދޭކަށް ؟
ކުލިބޮޑުވެއްޖެއޭ
12 November 2021
ރައްޔިތުން މިސަރުކާރަށް ވަނީ ނޫނެކޭ ބުނެފައޭ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެން އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަން ދުވަހަކު ވެސް ނުލިބޭނެ ކަމަށް މަމެންގެ ރަމަލު ތަކުން ދައްކައިފިއޭ އިންކަމް ޓެކްސް އަދި ޖޫރީމަނާ ޓެކްސް އަދި ޕްލާސްޓިކް ކޮތަޅު ޓެކްސް އަދި މިނިމަމްވޭޖް ތައާރަފް ކުރުމުގެ ސަބަބުން މާލޭގޭ ބާޒާރުގައި އިންފްލޭޝަން ރޭޓް މިވަނީ %150 އަށް މަތިވެފައޭ ހޮޓާ ހޮޓަލުން ކާބޯތަކެތީގެ އަގު ތައް އެވަނީ %300 އަށް ބޮޑުކޮށްފައޭ ހޮޓާތަކުގެ
ރަންނަ
12 November 2021
މާލެ ދޯ ހުރިހާވެސް ކަމަކީ. ތި މޮޔަގޮވާ އަބަދުވެސް އިންތިހާބު ތަކާ ދިމާކޮށް. ތިހެން ލާހޫރޭ މީހަކު ކޮންމެއެއްޗެއް ލިޔުނަސް ގޮތް ނިންމަން ތިބީ ހަމަ ރައްޔިތުން
މަ
12 November 2021
މިވެރިކަމޭ. އަދުރޭ ކީކޭތިކިޔަނީ. ރައްޔަތުން ބަދަލުކުރަން ނޭދޭ ވެރިކަމެއް މި ރާއްޖޭގަ އޮވޭތަ. ބަލަގެ, މިގައުމުގަ ގަެުމުގެ 50 އިންސައްތަ އެއްބުރުން އިއްތިފާގުވާ ވެރިއެއް ނެތޭ. އެވަރުގެ ލީޑަރެއް ހުރިނމަތާ ވެރިކަން ބަދަލުކުރަން ބޭނުން ނުވާނީ. ތިޔަބުނާ މީހާ މިޔަދު ގެނަޔަސް މާދަމާ އޮންނާނީ ވައްޓާލުމޭ. މި ރާއްޖޭގަ އިއްތިފާގުވާ ޕާޓިއެއް, ވެރިއެއް ނެތޭ.
ގެނދަބުޅި
12 November 2021
ރައްޔިތުން ބޭނުންގޮތްބަލަން ކޮންމެ 5 އަހަރަކުން 5 އަހަރަކުން ރައީސްއަކު ހޮވަނީ އަދުރޭ ކީއްވެތަ ކެތްނުލަވައިގެން ތިއުޅެނީ އެންމެންނަށްވެސް އިނގޭ ވައްކަމެއް ކޮށްލާހިތުންްކަން ވެރިކަން ބަދަލުކުރަން ތިހަޅޭއްލަވަނީ އެކަމަކު ދެންވެސް ހޮވާނީ ހަމަ އިބޫ، ވަގުންނަށް ފުރުސަތެއްނެތް
އެހެ
12 November 2021
އިބޫއަށް ތާއީދުކޮށްގެން ތިބީމަ ދެން ފެންނާނެ މަންޒަރަކީ އަންނި އައިސް އިބޫ ބަލިކުރާތަން. އިބޫވީމަ އަދި ފުލް ފޯސްގަ އަންނި އެކަން ނުޖައްސާ އެއުޅެނީ. މާ ދުރުދުރުން އަދި އެ ހޭކިލަނީ.