ލައިފްސްޓައިލް / ކޮވިޑް-19

މާސްކް އަޅައިގެން ހުއްޓަސް މީހުންގެ އިހުސާސްތައް ކުދިން ދެނެގަނޭ

ބޮޑެތި މީހުން މާސްކް އަޅައިގެން ތިއްބަސް، އެ މީހުންގެ މޫނުމަތިން ފެންނަ ކުލަވަރުންގެ އެ މީހުންގެ އިހުސާސްތައް ކުޑަކުދިން ދެނެގަންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މިފަދަ ދިރާސާއެއް ހަދާފައި ވަނީ މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި މާސްކް އަޅައިގެން ތިބެން ޖެހުމުން މޫނުމަތިން ފެންނަ އިހުސާސްތައް ކުދިންނަށް އެނގެނީ ކިހާ ވަރަކަށް ތޯ ބެލުމުގެ ގޮތުންނެވެ. މާސްކްގެ ސަބަބުން މޫނުގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ އަނގަ އިންނަނީ ފޮރުވިފަ އެވެ.

އާންމުކޮށް މީހެއްގެ މޫނަށް ބަލާލުމުން އޭނާގެ އިހުސާސްތައް އެންމެ ރަނގަޅަށް ހާމަކޮށްދޭނީ އެ މީހެއްގެ އަނގަ އާއި ތުންފަތަށް ގެނެވޭ ހަރަކާތްތަކުންނެވެ.

އެކަމަކު މާސްކް އަޅައިގެން ތިބޭ އިރު، މޫނުގެ ބޮޑުބައެއް ފޮރުވިފައި ހުއްޓަސް އެ މީހެއްގެ އިހުސާސްތައް ކުދިން ފަސޭހައިން ދެނެގަނަން ކަމަށް ސްވިޓްޒަލެންޑްގެ ޔުނިވަސިޓީ ހޮސްޕިޓަލް ލޯޒޭން އިން ހަދާފައިވާ ދިރާސާ އިން ދައްކަ އެވެ. ޖަމާ ޕީޑިއަޓްރުކްސް ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދީރާސާ ހަދާފައި ވަނީ މާސްކް އަޅައިގެން ތިބި މީހުންނާއި ނާޅައި ތިބި މީހުންގެ ފޮޓޯތަކެއް އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށް ދައްކައިގެންނެވެ.

އެ އެގޮތުން ފޮޓޯތައް ބަލާލައި އެ މީީހެއްގެ މޫނުމަތިން ފެންނަ އިހުސާސްތަކަކީ ކޮބައިތޯ ސުވާލު ކުރުމުން 70 ޕަސެންޓް ކުދިން ދީފައިވާ ޖަވާބުތައް ރަނގަޅެވެ. އެގޮތުން ފޮޓޯ އިން ފެންނަ މީހާ އިނީ ދެރަވެފައިތޯ ނުވަތަ ރުޅި އައިސްފައިތޯ ފަދަ ސުވާލުތައް ކުދިންނާ ކޮށްފައިވެ އެވެ.

މީގެ ނަތީޖާ އަށް އިޝާރާތްކޮށް ވިސްކޮންސިން-މެޑިސަން ޔުނިވަސިޓީގެ ޗައިލްޑް އިމޯޝަން ލެބެގް ޑިވެލޮޕްމަންޓް ސައިކޮލޮޖީ އެކްސްޕާޓް އޭޝްލީ ރޫބާ ވިދާޅުވީ މާސްކާ އެކު ވެސް މޫނުމަތިން ފެންނަ އިހުސާސްތައް ކުދިންނަށް ވަޒަން ކުރަން އެނގުމަކީ ވަރަށް ރަނގަޅު ހެޔޮފާލެއް ކަމަށެވެ.

"މޫނަކީ ކޮންމެ މީހެއްގެ ވެސް އިހުސާސްތައް އެހެން މީހަކަށް ފަސޭހައިން ދެނެގަނެވޭނެ އެންމެ ފަސޭހަތް ގޮތް. އަދި ހިމޭން މުއާމަލާތްތަކަށް ބޭނުން ކުރެވޭނެ އެންމެ ފުރިހަމަ ވަސީލަތް. އެކަމަކު މާސްކާ އެކު މޫނުގެ ބޮޑު ބައެއް ނިވާވެފައި ހުއްޓަސް ކުދިންނަށް މީހުންގެ މޫނުމަތިން ފެންނަ ކުލަވަރުން އިހުސާސްތައް ދެނެގަންނަން އެނގުމަކީ ވަރަށް ވެސް ހެޔޮފާލެއް." އޭޝްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދިންނަށް ވާހަކަ ދައްކަން ދަސްވުމާއި އެހެން މީހުން ދައްކާ ވާހަކަތައް ފަސޭހައިން ނަގައިގަންނަން ތުންފަތުގެ ހަރަކާތަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އެކަމަކު ދިރާސާގެ ނަތީޖާ އަށް ރިއާޔަތްކުރާ ނަމަ އަދި ކުއްޖާ މުއާމަލާތްކުރާ މީހާ މާސްކް އަޅައިގެން ހުރުމަކުން ކުއްޖާގެ ހެދިބޮޑުވުމަށް އަސަރެއް ނުކުރާކަން އެބަ ހާމަވޭ." އޭޝްލީ ވިދާޅުވި އެވެ.

މާސްކްގެ ސަބަބުން ކުއްޖާހެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ނުކުރިޔަސް، ކޮވިޑްގެ ބަލިމަޑުކަމާ އެކު ތަބާވާން ޖެހުނު ސޯޝަލް އައިސޮލޭޝަން ފަދަ ކަންކަމުން ކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރާނެ ކަމަށް އޭޝްލީ ވިދާޅުވި އެވެ. އެހެންވެ އެފަދަ ކަންކަމާ ދޭތެރޭ ފަރުވާތެރިވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

17 November 2021

ކުދިންގެ 'ބްރެއިން 'ޑިވޮލަޕް ވެގެން ދާކަމުގަވާނީ ލޯތްބާއި އޯގާތެރި އަތްތަކުން އެކުދިނަށް އަޅާލުން ދެވިގެންނެވެ. ނުރުހުމުގެ ހިތަކާއިގެން ފޯރުކޮށްދޭ އެހީއެއީ ކުދިން ދާންއޮތް މަގުން އެއްކިބާވާނެ ކަމެކެވެ. އާއިލާ އާއި މައިންބަފައިންގެ އަތްތަށް ސީދާވެގެން ކުދިންގެ ލޮލުގެ ކޮޅުއެކުދިންނަށް ސާފުކޮށް ފެންނާނެއެވެ. މީ 'ޖެނެޓިކަލީ' ގޮތުން ކުދިން ހެދިބޮޑުވުމުގައި ކުދިންނަށް މަންފާ ކުރާނެވެސް ކަމެކެވެ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454