އެހެން ހެދުމުން ޒިއުރިކުން ރާއްޖެ އަށް އަންނަ އޭޑްލްވައިސް އެއާލައިންގެ ބައެއް ފްލައިޓްތައް ކެންސަލްވާނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ތިބި މަތިންދާޕޯޓުތައް. މިދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރު ބޮޑު ދުވަސްވަރު---
17 ނޮވެމްބަރ 2021 - 22:03
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑުވެ، ޖައްސަން އަންނަ ހުރިހާ ބޯޓެއްގައި ވެސް 45 މިނެޓަށް ހޯލްޑްގައި އޮވެވޭ ވަރަށް ތެޔޮ ބަހައްޓަން ބައެއް އެއާލައިންތަކަށް އެމްއޭސީއެލުން އަންގައިފި ކަމަށް ދުނިޔޭގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ސްވިޒަލެންޑްގެ އޭވިއޭޝަންގެ ހަބަރުތައް ޝާއިއުކުރާ "ޗެވިއޭޝަން"ގައިވާ ގޮތުން ރާއްޖޭގެ އެންމެ މައި އެއާޕޯޓަށް ޖައްސާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކުގައި ވެސް، އަންނަ މާޗުގެ ނިޔަލަށް ހޯލްޑްގައި ގިނަ އިރު އޮވެވޭ ވަރަށް ތެޔޮ ހުންނަން ޖެހޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ އަންގައިފަ އެވެ. އެހެން ހެދުމުން ސްވިޒަލެންޑްގެ ޒިއުރިކުން ރާއްޖެ އަށް އަންނަ އޭޑްލްވައިސް އެއާލައިންގެ ބައެއް ފްލައިޓްތައް ކެންސަލްވާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކާ ހަވާލާ ދީ، އެ ނޫހުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ އަށް އަންނަން ރާވާފައިވާ ފްލައިޓްތަކުގެ ޝެޑިއުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލަށް ގެނައި ބަދަލުތަކާ އެކު އޭޑުލްވައިސް އިން ރާއްޖެ އަށް ދަތުރުކުރާނީ އާދިއްތަ އާއި ހުކުރު ދުވަހު އެވެ. އަދި ކުރިން ހޮނިހިރު ދުވަހަށް ޝެޑިއުލްކޮށްފައިވާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓްރިކް ހޭމަން ވިދާޅުވީ، ރާއްޖެ އަށް އިތުރަށް ދަތުރު ކުރުމުގެ ފުރުސަތު ނެތުމުން އެކަން ހައްލުވޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރި ކަމަށާއި އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ.
އެއާޕޯޓު ތޮއްޖެހި، ރަންވޭ އަށް ނުޖެއްސި ފްލައިޓްތައް އެއާޕޯޓު މަތީ ހޯލްޑްގައި އޮންނަން ޖެހޭ މައްސަލަ ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަނާ ދިމާކޮށް ކުރިމަތިވެ އެވެ. މިކަމަށް ފުރިހަމަ ހައްލެއް ލިބޭނީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. މީގެ ކުރިން އެމްއޭސީއެލް އިން ބުނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮޕަރޭޝަން އަވަސް ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް އަދިވެސް މާ ބޮޑު ހައްލެއް ލިބިފައެއް ނެތެވެ.
އިންޓަނޭޝަނަލް އެއާލައިންތަކަށް އެމްއޭސީއެލް އިން އެންގި އެންގުމުގައިވާ ގޮތުން އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ބޮޑެތި ޑިލޭތަކާއި ޑައިވާޓް ކުރަން ޖެހޭ ހާލަތްތައް ދިމާވެދާނެ ކަމަށެވެ. އެމްއޭސީއެލް އިން ވަނީ އެއާޕޯޓުން ދޭ ވަގުތާ އެއްގޮތަށް ޝެޑިއުލްތައް ރޭވުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2021
19 November 2021
ކުރީދުވަހު ކިޔާ އާބައި ހުޅުވާގެން ހިދުމަތް ފެށިވާހަކަ ބޮއިހަލާކު......
ދޯރި
18 November 2021
ކުދި ބޯއްޓުތައް މާމިގިލީގަ ޖައްސާ ގޮތަށް ހަދާބަލަ. ހަނިމާދުއާ މަނަފަރަށްވެސް މިފަދަ ބޯއްޓުތައް ޖެއްސޭނެއެވެ. ހުރިހާ އެއްޗެއް ހުޅުލެއަށް ޖައްސާކަށް ނުޖެހެއެވެ.
އޮނަރަބްލް އަފީފު ދީދީ
18 November 2021
ސާޅީސް ފަސްމިނެޓަކީ މާލޭ އެއަރޕޯޓުން ސިލޯނަށް ނުވަތަ ގޭންއެއަރޕޯޓަށް ތިޔަ ފްލައިޓްތައް ދިއުމަށް ހޭދަވާނެ ވަގުތު. ތިތަނަށް ނުކަތާ ތިމާމެނަށް ކޭޓަރ ނުކުރެވޭވަރަށް ތިކަން ކުރާން އުޅެގެން ހީނުކުރާފަދަ ގެއްލުމެއް ނުވަތަ ހިތާމަވެރި ޙާދިސާއެއްވެސް ހިގައިފާނެ. # ކޮންމެއަހަރެއްގެ އޮކްޓޯބަރުން އަނެއް އަހަރުގެ މާޗް މަހުގެ ނިޔަލަށް ލޯކޮސްޓް ނުވަތަ ބަޖޭޓް އެއަރލައިން ޖައްސާންޖެހޭނީ ހަނިމާދުއަށާއި ގޭންއެއަރޕޯޓަށް ކަމަށް ސިވިލްއޭއިއޭޝަނުން ކަޑައަޅާންވެއްޖެ.
ޖެކް
18 November 2021
ދޮންމީހުންގެ 10 ވަރަށް މީހުން ލާބަލަ އޭރުން ތަންކޮޅެއް ރަނގަޅުވާނެ!
ޙަމް7
18 November 2021
ޔާމީނު ބޮޑު ރަންވޭ އެޅީމަ އިބޫ އައް އޭތި ބޭނުން ވެސް ނުކުރެވެނު. ބިލިޔަނުން ލާރި ލިބޭ އެއަރޕޯޓެއްގެ ފެންވަރ. ކޮބާ ލަދު
އޮނަރަބްލް އަފީފު ދީދީ
18 November 2021
ކަމުގެ ޙަޤީގީ މައްސަލައަށްބަލާއިރު އެގިގެންދަނީ "ރާއްޖެއާއި ރައްޔިތުންގެކުރިއެރުމަށާއި އިޤްތިސޯދަށް ލިބެންޖެހޭ އާމްދަނީލިބުމަށް ހުރަސްއެޅޭގޮތަށް" ސޯލިޙް ސަރުކާރުގެ ސިޔާސަތު ރާވާފައިވާކަމާއި، ގަސްތުގައި ހަނިމާދުއާއި ގޭންއެއަރޕޯޓްގައި "ބޮޑުތަޅު އަޅުވައިގެން" އެތަންތަން ތަރައްޤީނުކޮށް އަދި އެސަރަޙައްދުތަކަށް "ފަތުރުވެރިކަންގެންދިއުމަށާއި އެސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކަށް ފަތުރުވެރިންގެންދަން ހުރަސްއަޅަނީ" ސީދާ ސަރުކާރުންކަން.
ހަސަންކަލޯ.
18 November 2021
ދިދީ ތިޔަބުނީ ވަރަށް ރަނގަޅު ވާހަކައެއް. އައްޑޫ ޝަންގުރިލާ ރިސޯޓާއި ހެރެތެރެ ބަންދުކޮށްގެން ތިބީ އެކަން އެގޮތަށް ކުރުމަށް ސަރުކާރު ރުހޭތީ. ޝަންގުރިލާ އާއި ހެރެތެރެ ކުއްޔަށް ނަގާން ޔޫރަޕާއި ޗައިނާ އަދި މިޑުލް އީސްޓާއި ޜަޝިޔާގެ އެތައްބަޔަކު ތައްޔާރު. ނިކަން ފުރުސަތު ހުޅުވާލަނަލަ. ގެއްލުން ވާނަމަ އެތަން ހިފަހައްޓައިގެން ތިބޭކަށް ނުޖެހޭނެ.
ކައުންސެލަރު
18 November 2021
ތިޔަކަން ހައްލުވާނީ އެއާޕޯރޓްގައި ހަދާފައިވާ ފެންވަރުގެ އާ ރަންވޭ ކައިރީގައި ހުރި އިމާރާތްތައް ނަގާ އެރަންވޭ ހުޅުވާ އިމިގްރޭޝަން ކައުންޓަރު މަދިއްޔާ އިތުރުކޮށް ޚިދުމަތް ފުޅާކުރުމަށް މިކަމަށް ބޭނުންވާ މުވައްޒަފުން ނެގިގެން. ފަހަރެއްގައިވެސް ވަކިބަޔަކަށް ބަލަދު އަރާ، މީހާގެ އިސްކޮޅާ ނުބައްދަލު ބޮޑުމުސާރަދޭ ސިޔާސީ މީހުން މަދުކުރެވިގެން. އަދި ރުފިޔާ ޗާޕުކުރުން މަދުކުރެވިގެން. ދޯ
ހިތަދޫ 2
18 November 2021
ނާގާބިލް އެމްޑީ އައްޔަން ކުރި ބޯޑް މެމްބަރުން ކޮބައިތޯ؟ ފައިސާ އަދި ވަގުތު އިސްރާފް ވެ، ސީސަން ތެރޭ މިލިބޭ ގެއްލުން ޒިންމާ ނަގަން ނުޖެހޭތޯ؟ ދެން ކިޔަ ޕްރައިވަޓައިޒް ކުރަންވީއެ، އެވެސް ރަނގަޅު ނެގޯސިއޭޓް ކުރަން ނޭނގޭމީހުން މުޅި އެއާޕޯޓްވެސް ވިއްކާލަފާނެ.
އިސްމާލި
18 November 2021
ނިމިފައި ހުރި މިސްކިތެއް ނުހުޅުވިގެން 3 އަހަރު ވީ ސަރުކާރަކަށް އަދި މިއަށްވުރެ ބޮޑު ޕްރޮޖެކްޓެއް ނިންމައި ހުޅުވޭނޭ ގޮތެއް ބުނެބަލަ. ރަނވޭއެއް އަޅައި ޓެސްޓުކޮށް ހުރިހައި ކަމެއް ފުރިހަމަ ކޮށްދީފައި ޔާމީނު ދިޔައީ. މީގެ އިތުރުން އައު ޓަރމިނަލުގެ މަސައްކަތް ފަށާފައި. ދެން އެ ޓަރމިނަލް ނިންމަންވެސް ޔާމީނު އަންނަންވީ ކަންނޭނގެ.
އޮނަރަބްލް އަފީފު ދީދީ
18 November 2021
ގޭންއެއަރޕޯޓަށް އަންނަ ފަތުރުވެރިންއުފުލަން މޯލްޑިވިއަން ކުންފުނިން ޑޮމެސްޓިކް ކަނެކްޓިވިޓީ ނުދޭނަމަ ސިޓީކައުންސިލާއި އެއަރޕޯޓް ގުޅިގެން ޖެޕާން، އޮސްޓްރޭލިއާ، ހޮލެންޑް، އިންޑިޔާ ފަދަ ޤައުމެއްގެ ހިލޭ އެހީލިބޭތޯބަލާ އެހީނުލިބޭނަމަ އިންޑިޔާ މެދުވެރިވެ އެގްޒިމް ބެންކުން ނުވަތަ އެސްބީއައި އިން 20 އަހަރުތެރޭ އަބުރާދައްކާ ލޯނެއްނަގައި އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަނަށް 4 ޕެސެންޖަރ ފެރީ ހޯދާ އޮޕަރޭޓް ކުރަންފައްޓަވާ. މާލޭމީހުން މިކަންކުރާކަށް ބޭނުމެއްނުވާނެ.
ނިޒާރު.
18 November 2021
ތިޔަބުނީ ހަމަ ތެދެއް. އެމީހުން އަހަރުމެންނަށް ކަންކަން ކޮށްދޭނެ ކަމަށް އަނެއް 50 އަހަރު ހޭދަނުކޮށް އަހަރުމެން އަމިއްލައަށް އަހަރުމެންގެ ކަންކަން ކުރާން ވެއްޖެ.
ސަންފާދިޔަ
18 November 2021
މުސާރަ ލިބެންޏާ އައްޑޫ އެކްޓިވިސްޓުންނަށް އޯކޭވާނެ..