އިންޓާންޝިޕުގައި ބައެއް ދުވަސްދުވަހު ހުއްޓުމެއް ނެތި 24 ގަޑިއިރުގެ ޑިއުޓީ އަދާކުރަންޖެހޭ. އެ ވަގުތުގައި އަމިއްލަ ޖީބުން ހަރަދު ކޮށްގެން ކެއުންބުއިމުގެ ކަންކަން ހަމަޖައްސާއިރު، އާމްދަނީ ހޯދޭނެ އިތުރު އެހެން ގޮތެއް ނެތް.
ދަރުމަވަންތަ ހޮސްޕިޓަލް: މިވަގުތު މެޑިކަލް އިންޓާންޝިޕްގެ ދަށުން އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް މާލީ ގޮތުން އެއްވެސް އެއްޗެއް ނުލިބޭތީ އެ މީހުން އެ ޝަކުވާ ކުރިޔަސް އަދިވެސް ހައްލެއް ނުލިބޭ.---ފައިލް ފޮޓޯ: މިހާރު
21 ނޮވެމްބަރ 2021 - 06:23
އައިޖީއެމްއެޗުގައި މެޑިސިން އިންޓާންޝިޕް ހަދަމުން އަންނަ ޑޮކްޓަރުންގެ އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ކުރިމަތިވި މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި އިންޓާންޝިޕް ހަދާ 28 ޑޮކްޓަރަކު ސޮއިކޮށްފައިވާއިރު އެ މީހުން އެދިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކޯސް ނުނިމި ދިގުލައިގެން ދިއުމުން މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ.
އެމްބީބީއެސްގެ ފަސް އަހަރުގެ ޕްރޮގްރާމް ނިންމުމަށް ފަހު، އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަކުރަން މަޖުބޫރެވެ. މަސައްކަތް ކުރުމުގެ ލައިސެންސް ލިބޭނީ އޭގެ ފަހުން ކަމަށް ވާއިރު، މި އަހަރުގެ މާޗު މަހު އިންޓާންޝިޕްގެ އެ ބެޗު އަންނަ އަންނަ އަހަރުގެ މާޗު މަހު ނިމޭނެ އެވެ.
އެ ސިޓީގައި އެ ޑޮކްޓަރުން ބުނީ، އިންޓާންޝިޕް ފުރިހަމަ ކުރުމަށް ރާއްޖެ އިން ބޭރުން ވެސް ފުރުސަތު ލިބުނަސް އަމިއްލަ ގައުމުގައި އިންޓާންޝިޕް ހެދުމަށް ނިންމީ ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.
"އޭގެ ތެރޭގައި ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމްގެ ފެންވަރު ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައި ވުމާއި ކޮވިޑުގެ ސަބަބުން ކޯސް ދިގުލައިގެން ދިއުމުން ގިނަ ކުދިންތަކަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައި ވުމާއި މެޑިސިން ކޯހަކީ އަގު ބޮޑު ކޯހަކަށް ވެފައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާފައިވާ ކުދިންނަށް ވުމުން މިހާރު ވެސް ލޯނުގެ ގޮތުގައި ބޮޑު ބައެއް ދަރާފައިވާތީ ބޭރުން އިންޓާންޝިޕް ހެދުމަކީ އަނެއްކާ އިތުރު ހަރަދުތަކެއް ހިނގާނެ ކަމެއް ކަމުގައި ވުމާއި ރާއްޖޭގައި ހުރެގެން އިންޓާންޝިޕް ފުރިހަމަކުރުމަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުން ހިމެނެ އެވެ،" ސިޓީގައި ވެ އެވެ.
އެ ޑޮކްޓަރުން އެދިފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ކަނޑައަޅާފައިވާ މުސާރަ މިހާތަނަށް މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ކުރިއަށް މަސައްކަތް ކުރާނެ މުއްދަތަށް ހަމަޖައްސައިދިނުމަށެވެ.
ވަރަށް ގިނަ ގައުމުތަކުގައި އިންޓާންޝިޕް ފުރިހަމަކުރާއިރު އެ ގައުމަކަށް ނިސްބަތްވާ ޑޮކްޓަރުންނަށް މުސާރަ ނުވަތަ އެލަވަންސެއް ދެ އެވެ. މި ސަރަހައްދުގައި ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގެ ސިވިލް ސާވިސްގެ ވަޒީފާގެ އޮނިގަނޑުގައި އިންޓާން ޑޮކްޓަރުން ހިމެނޭކަން ނޭނގި އެ ޑޮކްޓަރުން ވަނީ އިންޓާންޝިޕްގެ މުއްދަތުގައި މުސާރަ ނުލިބޭނެ ކަމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.
"ކަން މިހެން އޮވެމެ، މިކަމާ ރުހިގެން ޕްރޮގްރާމް ފެށި ނަމަވެސް އެއްވެސް މުސާރައެއް ނުވަތަ އެލަވަންސެއް ނުލިބި އަހަރެއްހާ ދުވަސް ވޭތުކުރަން ޖެހުމުން އެކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ދަތިތަކާ އަޅުގަނޑުމެން މި ދަނީ ކުރިމަތިލަމުންނެވެ. ކޯހާއި އިންޓާންޝިޕް ފުރިހަމަކޮށް، ވަޒީފާ އަށް ނުކުމެވޭނެ ދުވަސް ލަސްވެފައިވާތީ މާލީ ގޮތުން ދަތިތަކާ ދިމާވެފައިވެ އެވެ،" ސިޓީގައި ބުންޏެވެ.
"އަދި ނަގާފައިވާ ލޯނުތަކަށް ގިނަ އަދަދެއްގެ ފައިސާ މިހާރު ވެސް ދަނީ ކެނޑެމުންނެވެ."
އެ ޑޮކްޓަރުން ބުނާގޮތުގައި، އިންޓާންޝިޕުގައި ބައެއް ދުވަސްދުވަހު ހުއްޓުމެއް ނެތި 24 ގަޑިއިރުގެ ޑިއުޓީ އަދާކުރަންޖެހެ އެވެ. އެ ވަގުތުގައި އަމިއްލަ ޖީބުން ހަރަދު ކޮށްގެން ކެއުންބުއިމުގެ ކަންކަން ހަމަޖައްސާއިރު، އާމްދަނީ ހޯދޭނެ އިތުރު އެހެން ގޮތެއް ނެތުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެ އެވެ.
ސިޓީގައި ބުނީ، އެ ދަތިތަކުން އަރައިގަތުމަށް ލޯނެއް ނަގަން ބޭނުންވިޔަސް ވަޒީފާ އަދާނުކުރާ އަދި އާމްދަނީ ނުލިބޭ ބަޔަކަށް ވުމުން ލޯނު ލިބޭ ގޮތެއް ނުވި ކަމަށެވެ.
އެ ޑޮކްޓަރުން އެދިފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ކަނޑައަޅާފައިވާ މުސާރަ މިހާތަނަށް މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ކުރިއަށް މަސައްކަތް ކުރާނެ މުއްދަތަށް ހަމަޖައްސައިދިނުމަށެވެ. މިހާރު ވެސް ލޯނުގެ ގޮތުގައި ބޮޑު އަދަދެއް އަރާފައިވާތީ ލޯނު ނޫން ގޮތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި އިންޓާންޝިޕް ހަދާ 28 ޑޮކްޓަރަކު ސޮއިކޮށްފައިވާއިރު އެ ދަރިވަރުން، އެދިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކޯސް ނުނިމި ދިގުލައިގެން ދިއުމުން މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ.
އެކަމުގައި އިސްކޮށް އުޅުނު ޑޮކްޓަރަކު ބުނީ އެ ސިޓީ ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީ ނަމަވެސް މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަކުވާ ހުށަޙެޅި ޑޮކްޓަރުން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދައިދިނީތީ ޝުކުރު އަދާކުރެ އެވެ. ހާއްސަކޮށް އެ ހޮސްޕިޓަލްގެ މެނޭޖުމަންޓާއި ޑޮކްޓަރުންނާއި ނަރުހުން އަދި ކަމާ ގުޅޭ އެހެން ޑިޕާޓްމަންޓުތަކުގެ އެހީތެރިކަން ވެސް ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ މަހަލްދީބް
21 November 2021
ޑޮކްޓަރުންނަށް މުސާރަ ނުލިބިގެން އެވާހަކަ ދެއްކީމަ އެކަން ގޯސް ވެގެން މިތާގަ ކޮމެންޓު ކުރާ މީހުން ވިސްނާލަން ޖެހޭ ތިމާގެ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައިމަ އެތަނަށް އެޓެންޑު ވާން އެދެނީ މުސާރަ ނުދީ 32 ގަޑިއިރު މަސައްކަތް ކޮށް ވާތާ ވެފަ ހުރި ޑޮކްޓަރެއްތޯ ނުވަތަ ރަނގަޅަށް ނިދައިގެން ކުރާ މަސައްކަތުގެ އަގު ލިބި ހިތް ހަަމަ ޖެހިގެން އަދި ބުއްދި ސަލާމަތުން ހުރި ޑޮކްޓަރެއްތޯ.
ނކލލކޮ
21 November 2021
ރާއްޖެއިން ބޭރުގަ އިންޓަރންޝިޕް ހެދި އިރުވެސް ލޯލާރި އެއްވެސް ނުލިބޭ. ރާއްޖޭގަ އިންޓަރންޝިޕް ހަދާ ކުދިން އަދި އުޅެނީ ވެސް މާފެންވަރުގަ މާ އަރާމުގަ ޑިއުޓީ ހަދަން.
ހްމްމްމް
21 November 2021
ނިކަން އިންޓަރންޝިޕް ހަދާ ޑޮކްޓަރަކާ ވާހަަކަ ދައްކާލަބަ. ތަންދޮރު އޮޅުންނުފިލުވާ ބޭނުންހާ އެއްޗެއް ކިޔޭނެ ކޮންމެ މީހަކަށްވެސް. ތިމާ އަމިއްލަ ނަފްސަށް އެދޭ ގޮތް އެހެން މީހަކަށް ނޭދި ތިވައްތަރު އަމިއްލަ އެދުންބޮޑު އަނެކާއަށް ލިބިދާނެ ހެވަކާމެދު ނަފްރަތު ކުރާ މީހުން ގިނަވެގެން ގޮސް މި ޤައުމަށް ޖައްބާރު ވެރިޔަކު ފާކުރައްވާފަ މިއޮތީ
ސަލަމް
22 November 2021
މި ރާއްޖޭގަ އުޅެނީ ރޯނު އެދުރުން. ޢެކުދިންނަށް މުސާރަ ދޭންޖެހޭނެ ކަމަށް އޮނިގަޑުގަ އޮވެ މުސާރަ ނުދިނުމަކީ ޣައިރު ޤާނޫނީ އަމަލެއް. އެކުދިން ލައްވާ ކުރުވަނީ މަސައްކަތް، އެމަސައްކަތަށް ޒިންމާވާންޖެހޭ. ކޮންމެ މަސައްކަތްތެރިޔަކަށް އުޖޫރަ ދިނުމަކީ މިއަދުގެ ދިމުކްރާތީ މުޖުތަމައުތަކުން ބަލައިގަންނަ ހަމަ.
މީހެއްދޯ
22 November 2021
ހާލުގަ އުޅުމަކީ ފަހުރުވެރި ވާން ޖެހޭ ކަމެއްތަ؟ މި ރީޖަން ގެ ހުރިހާ ގައުމެއްގަވެސް މިހާރު ލިބޭ!
ހަސަނު
21 November 2021
ދީލަތި، ހިތް ތިރި، އޯގާތެރި ރައީހެއް ވީމާ އެންމެން ވާދައަށް ލާރިހޯދަން ރައީސްގާތު އެދުން ވެސް އެއީ އެންމެ ރަނގަޅު ގޮތަކަށްނުވާނެ.. ކުރިން މައްސަލަ ޖެއްސީ ޕައިލެޓުން، ދެން ޓަވަރު މީހުން، މިހާރު ޑޮކްޓަރުކަން ކިޔަވާ ކުދިން.. ކޮންމެ ބަޔަކު ދާއިރަށް އެބަޔަކު ބުނާ ގޮތެއް ހަދާދޭނަމަ ދެން އެމެންވެސް ދުވާނީ ރައީސް އޮފީސްދޮށަށް ކަމަކު ޖެހޭއިރަށް...
އިބްރ
21 November 2021
ބޮލުގައި ފުއްޓަތްކެއް ޖަހައިގެންނޫނީ އެނގޭ ރައީސެއްނޫން ދިވެހިން ހޮވާފަމިހުރީ. ހަމަ ލަދުގަނޭ.
1234
21 November 2021
މިގެ ކުރިންވެސް ހުރިހަ ދިވެހި ޑޮކްޓަރުންޗެސް އިންޓާންޝިޕް ހަދަނީ އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުން. މައިން ބަފައިން އަތުންނާ މުއްސަދިންއަތުން ލޯނަށް ފައިސާ ނަގައިގެން އެންމެންވެސް އިންޓާންޝިޕް ހަދަނީ. މިހާރު އަމިއްލަ ގައުމުގަ ހުރެގެން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ކުޑައިރު މިކިޔަނީ ފައިސާ ދޭށޭ ރައިސް އޮފީހުގަ…
އައިޖީ
21 November 2021
މީގެ ކުރިން ދިވެހިން ފާހާނަކޮށް އުޅުނީ އަތިރިއަށް ގޮސް ވަޅު ކޮނެގެން. މި ޒަމާނުގައި ފެނާއި ނަރުދަމާގެ ވަސީލަތްތައް ހުރި އިރުވެސް އަހަރެމެން ދާންވީ އަތިރިއަށޭތަ ތިބުނަނީ؟
ސަލީމް
22 November 2021
އިންސާފާ ރޫލް އޮފް ލޯ ނަގަހައްޓަން ވަޢުދުވެގެން ތިބި ބަޔަކު ޑޮކްޓަރުން ލައިސަންސް ނަގަން މަސައްކަތް ކުރުވާފަ އުޖޫރަ ނުދޭތީ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ.
12345
26 November 2021
ކޮން ހަރަދެއްތޯ ކުޑައީ؟ ބޭފުޅާއާޚިލާފަށް ގިނަ ޑޮކްޓަރުންނަކީ ރާއްޖެތެރެއަށް ނިސްބަތްވާ، މާލޭގަ ކުލިދައްކަގެންތިބެގެން އިންޓަރންޝިޕް ނިންމަން ޖެހޭ ކުދިން. މަހަކު 500-1000 ޑޮލަރު ބޭފުޅާމެން ކަހަލަ އެންޓައިޓްލްްޑް ހޯމް އޯނަރުންނަށް ދައްކައިގެން މާލޭގަ ހެދުމަށް ވުރެ 450ޑޮލަރު މަހަކު ހަރަދު ކޮށްގެން ރާއްޖެއިން ބޭރުގަ އިންޓާރންޝިޕް ހެދުންވެސް މާރަނގަޅު ވާނެ. ހަގީގަތް ބަލާ ނުލާ އަދިވެސް މޮޅެތި ބަސް ވިދާޅުވާތި.
މިންގަނޑު ބަލާ ހަމަ ކުރާއިރު
21 November 2021
ކީއްތޯ ވާނީ ކެއުމާއި ސައި ނިކުންނަ ދުވަހަކަށް 500 ޖީބު ޚަރަދު 300 ހަމަޖެއްސިއްޔާ އޭރުން ޑަކްޓަރުކަމުގެ ތަމްރީނުހަދާ ދަރިވަރުންނަށް އެހީއެއް ހަމަޖައްސައިދިން ފުރަތަމަ މީހަކަށް އޮންނާނީ ހަމަ ބާނީގެ ނަމެއް ނޫންތޯ ޑިއުޓީމަރާފަ އަމިއްލައަށް ކައިފަ ޓިޝޫ ޚަރަދު އަމިއްލައަށް ކޮށްފަ އަހަރު ދެއަހަރު ހުސް އަތާ މީކީ ޒަމ،ާނަށް ފެތޭ ކަމެއް ނޫން
ހަސަނު
21 November 2021
ފުރިހަމަ ޑޮކްޓަރެއްގެ މުސާރަ އެއް ނޫން، އެކަމަކުވެސް ކޮންމެސް ކަހަލަ ނިސްބަތުން ރަނގަޅު އަދަދެއްގެ އެލަވަންސެއް ދޭންޖެހޭ ކަމަށް ފެނޭ...
ބޮޑުމީހާ
21 November 2021
ކިއުބާއިން ޑޮކްޓަރުން ގެންނަން އެއޮތީ 4000-5000 ޑޮލަރަށް، ބިލިއަނުން ހަރަދުކޮށްގެން ނަމަވެސް ދިވެހި ޑޮކްޓަރުން އުފައްދާބަލަ. 10 ވަރަކަށް އަހަރު ތެރޭ ނަތީޖާ ފެންނާނެ. ކޮންމެ ކަމަކަށް ވަގުތީ ހައްލު މިހޯދަނީ
ފިސާރި ގައުމު
21 November 2021
މި ގައުމަށް ބޭނުންވަނީ ޕޯޑިއަމްތަކުގައާއި މުޒާހަރާތަކުގައާއި މައިޒާންތަކުގައި ފުޅަ ގޮވާ، ހެއްދެވިހާ ދޮގެއް ހަދައި، މީހުންގެ އަބުރަށް އަރައިގަނެ، ޕާޓީ ލީޑަރަށް ސަނާކިޔާ ދިފާއުކޮށްދޭން އެނގޭ މީހުން. މި ބީދައިން ޓްވީޓްކޮށް، ފޭސްބުކް ޕޯސްޓް ޖަހައިދޭނެ މީހުން. އެހެން ބަޔަކަށް ދޭނެ ލޯ ލާރިއެއްވެސް މި ގައުމަކު ނެތް. ސްކޫލް މަންހަޖުވެސް ބަދަލުކުރަންވީ މިކަންކަން ދަސްކޮށްދޭން. މިއޮތީވާ ފިސާރި ގައުމެއް!
އިބްރާހީމްސ
21 November 2021
މުސާރަ ނުލިބުނަސް މައްސަލައެއްނެތޭ ކިޔާފަ އެއްބަސްވުމުގައި ސޮއިކޮށް ދެން ތިބުނަނީ ފައިސާދޭށޭ؟
ޝަރޭ
21 November 2021
ސޮއެ ކުރަން ޖެހެނީ އެނޫން ގޮތެއް ނެތިފައި ތިބޭ ކުދިން. ދިވެހި ރާއްޖޭގައި ޑޮކްޓަރުކަން ކުރަން ބޭނުން ވެފައި ތިބޭ ގިނަ ކުދިންނަކީ މި އިންޓާންޝިޕް ފުރިހަމަކޮށްގެން ނޫނީ މިދާއިރާގައި މިގައުމުގައި މަސައްކަތް ނުކުރެވޭނެ ކުދިން. ޑޮކްޓަރުކަން ކިޔަވަނީ ހަމައެކަނި މަހުޖަނުންގެ ދައިންނެއްނޫން. ހަމަ އާދައިގެ ދިވެހިންވެސް ގައުމަށް ހިދުމަޓް ކޮށްދިނުމުގެ ނިޔަތުގައި މިދާއިރާއިން ކުރިއަށްދޭ. އެކަމު ހާލަތުގެ އަސްލު އެނގުމުގެ ކުރިން އަދިވެސް މޮޅެތި ކޮމެންޓް ކޮއްލާ.