މާލޭ ޖަލުގެ އެނެކްސް 1 --ފޮޓޯ/ކަރެކްޝަންސް
18 ނޮވެމްބަރ 2021 - 16:11
ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝް މީހެއް ކަމަށްވާ ލުތުފަރު މަރާލި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
މާލެ ޖަލުގައި ހުއްޓާ ރޭ ފަތިހު މަރުވީ އެމްޑީ އަކްތަރު ހޮސެއިން، 50، އެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ މަރުވީ ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އެމީހާ އަކީ މީހަކު މެރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
"ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ލުތުފަރު 2019 ވަނަ އަހަރު މަރާލި މައްސަލައިގައި އެމްޑީ އަކްތަރު ހޮސެއިން ހައްޔަރު ކުރީ އެ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ލުތުފަރު މަރާލާފައި ވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަަމަށް ފުލުހުން ބުނެފައިވެ އެވެ. އެއަށްފަހު އޭނާގެ ހަށިގަނޑުގައި ބަރު ޖަހައި ކަނޑުފައްތާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
20 November 2021
ކުރީގައި ޖަލުގައި މީހަކު މަރުވިޔަސް، އެއީ ސަރުކާރުން އެމީހަކު މަރާލީ. މިހާރު ކީއްވެބާ އެމީހާ މަރާލީ ސަރުކާރުންނޭ ނުކިޔަނީ؟
ޥަޒްނާ
18 November 2021
ޢިބުރަތް ހާސިލު ކުރޭ!! މަރު ބައްދަލު ކުރި ހާލަތު.
އަސްލުމީހާ.
18 November 2021
ޖަލުގައި ތާސްކުލޭ ހާދަ މަޖަލުގައިދޯ އުޅެމުންދަނީ!!