މާފަންނުގައި ހުރި ކެފޭއެއްގައި އިންދާ ރޭ ޚަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ރޭ ދަންވަރު ބުނީ، އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މ. މޫން ޑްރޮޕްސް، އަހުމަދު ޝަރީފު 58، މަރުވެފައިވާ ކަމަށެވެ

އެ މަރާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

މިއީ މާލޭގައި ވަކި ހާއްސަ ސަބަބެއް ނޭނގި މި މަހު މަރުވި ތިން ވަނަ މީހާ އެވެ.