އައިޖީއެމްއެޗް-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖުލައި 2025 - 16:08
އިމަޖެންސީގައި މިއަދު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ.
ފުލުހުން ބުނީ މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންދިޔައީ އެ ގޭގެ ކޮޓަރިއަކަށް ވެއްޓިފައި އޮއްވައި ފެނިގެން ކަމަށެވެ.
ފުލުހުން ބުނީ އޭނާ "ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު" ލިބިފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން "ބަލަންޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުފުރާ
15 July 2025
ދެން ކޮމެންޓޭމެން ނިކުމެ އަވަހަށް ބަރިބަރިއަށް ހޮސްޕިޓަލަށާއި ފުލުހުންނަށް އެއްޗިހިގޮވަންފަށާ.
ދަލޭކަ ދައިތަ
14 July 2025
ބަލަނީ ބަލަނީގަ ތިއްބާ މިއޮތްކުޑަ ތަންކޮޅު ހަފުސްވެއްޖެ. އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށް ކަނޑައިގެން ތިބެނީ. އެއްބަޔަކަށްވެސް އެބައެއްގެ ޒިންމާ އަދާނުކުރެވޭ. ކުށްކުރަން ޖެހިލުންވާ މީހެއް އެބަހުރި؟ އެމީހެއްގެ ރަނގަޅުކަމުން ރަނގަޅަށް އުޅޭބަޔަކު އުޅެނީ. މަތީ މަގާމާ ބޮޑު މުސާރަޔާ އިނާޔަތާ އިއްޒަތާ ޝަރަފު އަމިއްލައަށް ލިބިގަނެގެން މިތިބެނީ އެވަރުން ނުވެގެން މޭޒުދަށުންވެސް ލިބިގަނެގެން. ގައުމުގެ އަމާންކަމަށް ވުރެން ދެން މުހިންމީ ކޯޗެއް؟
އެއީ އެކަން
14 July 2025
އެ ނިމުނީ. ދެން ނުވާނެ ފުލުހުން ހަބަރެއް. ފުލުހުންނަށް އެނގޭ ނޫސްވެރިން ތެޅިގަންނާނީ އެ ވަގުތު ކަން. އެގަޑީގަ، "ތަހުގީގު ކުރަނީ" ބުނެލީމަ ނިމުނީ.
ސުހާނާ
14 July 2025
އެހެންވިއްޔާ އެކަން ބަލަން ކަލޭމެން ހަވާލުވާންވީނު. ކޮންމެ ކަމަކަށް އަނގަ ބާނައި ކޮމެންޓްކުރާ މީހުން ކީއްވެބާ އެކަންކަން ބަލަން މުއައްސަސާތަކަށް އެހީނުވަނީ؟