މާލެ-- މިހާރު ފައިލް ފޮޓޯ
12 ޖޫން 2025 - 10:36
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު މައްޗަންގޮޅި ގެއަކުން "ފަރުވާއަށް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ" ކަމަށެވެ. އެކަމަކު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވައި ފެނުނީ 41 އަހަރުގެ ފިރިހެނެކެވެ.
މަރުވެފައި ވަނިކޮށް ގޭގޭ ތެރެއިން އެތައް ބަޔަކު ފެނިފައި ވިޔަސް އެ މަރުތަކުގެ ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މިއަދުގެ މަރާ ގުޅިގެން ވެސް "ބަލަންޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 June 2025
ތިޔަކަހަލަ މަރުތަކުގެ %75 އަށްވުރެ ގިނައީ ޑްރަގް.
އުމަރު 2028
12 June 2025
ހައްލަކީ އުމަރު
ސަރުކާނު
12 June 2025
މަރުވީމަ އެމީހުންގެ ގޯސްވާހަކަ ދައްކަން ބޭނުން ނުވަނީދޯ؟ ފުލުހުން ހަދަންވިގޮތަކީ އެކަން ހާމަކުރަން ފެނޭތޯ ނުފެނޭތޯ ބަލަން ފޯމެއްް ފުރުވަންވީ. ޤަބޫލު ނޫނިއްޔާ ފޯމް މީޑިއައަށް ލާނީ.
ސެންސަރުކޮށްގެން ތިބޭ
12 June 2025
ރާއްޖޭގެ ޒަޔަނިސްޓް ހައުސިން ސިޔާސަތު އޮތް ގޮތުން ތިފަދަ ހާދިސާތއް ދާނީ އިތުރުވަމުން. ގިނަ އެއޕާޓް މެންޓް ވިއްކާ އާއިލާތައ ްވަކިކޮށް މާމަކާފަޔާ އެކު ނޫޅެވެ ގޮތަށ ްހަދާފައި މިވަނީ. ދެން ހަދާނީ މާމަ ކާފަޔަށް ނާސިން ހޯމް. ރާްއްޖެގެ ހައުސިްނ މިިނިސްޓަރުކަން ކުރިމީހުނަށް ދުވަހަކުވެސް މާފެއް ނެތް.
ޝަޒިއްޔާ ނަސީރު
12 June 2025
ވާނުވާ މަރުތައް ވަރަށް ގިނަ. މަށަކައް ނޭނގޭ ސަބަބެއް.
ޒޫމްރީން
12 June 2025
އޯވާޑޯޒު ތަކުގަ މަރުވާ މީހުން އެހާގިނަ. ޑްރަގް ސަޕްލައި އެހާ ތަނަވަސް. އަބަދު އެ ތިބެނީ އެތެރެ ކޮށްލަކޮށްލާ. މަރުގެ އަދަބު އެތެރެކުރާމީހުންނަށް ނުދީ އެތެރެކުރުމެއް ނުގުޑާނެ
ޒަކީ69
12 June 2025
"ބަލަންޖެހޭ ކަންކަން ބަލަމުން" މީ ގެ މަނައަކީ ކޮބާބާ..؟ ބަލަމުން ބަލަމުން ދަނީ އެހެންވީމަ މީގެ ނަތީޖާ ވެސް ދިވެހި ރައްޔިތުން ހަމަ ބަލާނީ ތާ..! ބަލަ ބަލަ ތިއްބާ ހާދަ ކަމެއް އެބަހިގައި ގެންދެޔޭ. ނަތީޖާ ނެރެދޭނެ ހަމަ އިޙްލާސްތެރިން ނެތް ތަނެއްތަ މި..؟ މީކީ ޖަވާބެއްނޫން. މިހާކުޑަ މުޖުތަމައެއްގައި ދިމާވާ ކޮންމެ ކަމަކަށް މިނޫންޖަވާބެއް ނުފެނޭ. ކޮންމެ ދިމާލަކުން ވެސް މިފެންނަނީ މިމަންޒަރު..ވަރަށް ދެރަ ހިތާމަ ހުރިކަންކަން މި.
ގުލްފިޝާން ޝާކިރް
12 June 2025
ޒުވާނުން ވަކިވެ ދަނީ ބައެއްފަހަރު އަމިއްލަ މިސްޓޭކަކުން
ސަފިއްތަ
12 June 2025
އެތައް ގޮތަކަށް ހިތާމަވެރި ހަބަރެއް، ހަބަރު ބަލާ އަޅާލާ މީހުން މަދުވެއްޖެ، އެކަމު އަނެކަކަށް އޮންނަންޖެހޭ ކުލުނާއި އޯގާތެރިކަމަކީ، މިހާރު އަހަރެމެންގެ ދިރިއުޅުން އޮންނަ ގޮތުން، އަހަރެމެންނާ ބީރައްޓެހި އިހްސާސްތަކެއް. ބޮޑު މުޖުތަމައަކަސް މީހުން ބައިބައި ވުމުގެ އިތުރުން ވަކިވަކި ވެއްޖެ. ހުރިހާވެސް އެއްޗަކީ ފައިސާ، އެ ނެތިއްޔާ ލިބޭ އިހްތިރާމެއް ނެތް އާއިލާއަކަސް ރައްޓެއްސަކަސް. ނިމިގެން ދަނީ އެކަނި އޮވެ. ފެންނަނީ ކުނިވެފަ އޮށްވާ. ވަރަށް ދެރަވޭ.