މާލެ: ޖޫން 26، 2019- "ހިޔާ ޕްރޮޖެކްޓް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި 7000 ފްލެޓް ހިމެނޭ ޓަވަރުތަކެއްގެ ކައިރީގައި އިމާރާތްތކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ހަރަކާތްތެރިވަނީ. ކުރިއަށްނުދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަތުލަށް އެސްއޯއީ ކޮމިޓީން ވަނީ ނިންމާފައި---ފޮޓޯ: ހުސައިން ވަހީދު/މިހާރު
27 ނޮވެމްބަރ 2021 - 05:53
ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިހާތަނަށް މަސައްތަތައް ނުފަށާ ކުންފުނިތަކުގެ އަތުން އެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އިމާރާތްކުރުން މަނާކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.
އެ ކޮމިޓީން އެގޮތަށް ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހު އެވެ.
ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެވެ. އެހެންވެ މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން ރިޕޯޓުގައި ހިމަނާފައި ވެ އެވެ.
އަދި އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ކުރިމަގުގައި ހަވާލު ނުކުރުމަށް ކޮމިޓީން ނިންމި އެވެ.
އެގޮތަށް ނިންމީ ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، އަސްލު މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވޭ ކަމަށް ކޮމިޓީ އަށް ކަމަށް ފާހަގަވެފައިވާތީ އެވެ.
ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެވެ. އެހެންވެ މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން ރިޕޯޓުގައި ހިމަނާފައި ވެ އެވެ.
"... ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ ބޯޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އަދި ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑަައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމުން،" ރިޕޯޓުގައި ވެ އެވެ.
ކޮމިޓީން ބުނިގޮތުގައި، ދުރު މުސްތަގްބަލަށް ވިސްނާއިރު ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށް ހައުސިންގެ މަޝްރޫއުތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ވެސް އަދައެއް ނުކުރެވޭނެ އެވެ.
އެހެންވެ، ގޯތިގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ މަޝްރޫއުތަކާއި ކުންފުނިތަކަށް ހަވާލު ކޮށްފައިވާ މަޝްރޫއުތަކާ މެދު ދެން އަމަލުކުރާނެ އުސޫލެއް ހައުސިން މިނިސްޓްރީއާއެކު، މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލުމަށް ކުންފުނިތަކަށް އަންގަން ވެސް ރިޕޯޓުގައި ހިމެނި އެވެ.
އެސްއޯއީ ކޮމިޓީން މިހެން ނިންމި ނަމަވެސް އެންމެ ފަހުގެ ގޮތް ނިންމައި އެ އަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ގިނަ ފްލެޓުތައް އަދިވެސް އެއްކޮށް ނުނިމެ އެވެ. ހަައުސިން ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރުމަށް އެކުލަވާލަވާލާފައިވާ އުސޫލުތައް ހުރީ އެންމެ ހަރުދަނާކޮށް ނޫން ކަމަށް ވެސް އެސްއޯއީ ކޮމިޓީން އެ މައްސަލަ ދިރާސާކުރި އިރު ފާހަގަކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބެއަލީ
29 November 2021
ހުއްޓިފައި ހުރީ ކުރާނެގޮަތް ނޭގިފައި..މާލޭގެ ކުލި ކުޑަވެދާނެތީ ކަަމަށްފެނޭ..ބަހާ އަަމަލު ދިމާނުވޭ..
ޞބވވޗޗ
28 November 2021
ދިވެހި ރައްޔިތުން އެންމެ ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުވަން މިސަރުކާރުންފޯރި އެއް އެބަހުއްޓެއްނު. ހަމައެކަނި މާލޭ ގެދޮރު ހުރި ގެދޮރު ކުއްޔަށްދީގެންއުޅެމީހުންގެ މަސްލަހަތައްއެކަނި ބަލާ ސަރުކާރެއްމިއީ. ކިރިޔާ އާބާދީގަ ފަސްލައްކަ ހަމަވާ ޓެކްސްއާ ޓްއަރިޒަމުން ބޮޑު އާއްމުދަނީއެއް ލިބޭ ގައުމެއްގަ ކުދިންތިބޭ ޒުވާންއަދިމެދުއުރުގެ ދެމަފިރިންގެ އަމިއްލަގޯތިނެތުމަކީ ސަރުކާރަށްވެސް ލަދެއްނޫންތަ؟
އޮންބަޓްސް
28 November 2021
ނިކަން ކެރެންޔާ ޕޮލިހާ އެމްއެންޑީއެފް ފްލެޓްތަށް އަތުބަލަ ވާގޮތް ދައްކާލާނަން
ޕޮލިސް ބޭބެ
28 November 2021
ފުލުހުންނާއި ސިފައިންނަކީ ދުވެހިންނެއް ނޫންތަ؟ ތިބުނާ ސިފައިންނާ ފުލުހުން ނެތް ނަަމަ މި ޤައުމު މިހާރު ހޯދާ ނުފެންނާނެ
ބޮއިސާ
29 November 2021
އެތަަންތަނުގަ ހުރީ އިމާރާތް އަޅާފަ. ދެން ކުރަން ޖެހޭ ކަންކަން ނުކުރެވި ހުރީ.
އައްބެ
27 November 2021
ސަރުކާރު ހިންގާނެގޮތާއި ކުރާނެކަންކަން އެގޭނީ ރައީސުލް ޖުމްހޫރިއްޔާއަށް. އެއީ މަޖިލީހާއި ހަވާލުވެފައިއޮތް ކަމެއްނޫން. މިއީ ބަރުލާމާނީ ނިޒާމުއޮތް ޤައުމެއްނޫން. މަޖިލީހުގެ ރައީސަށް ހީވާކަހަލަ އޭނާއަކީ ބޮޑުވަޒީރޭ.
ޤަރީބް
27 November 2021
ވަޒީފާ ދެންޏާ އުޅޭނެ ތަންވެސް ދޭންވާނެ
އެވާހަކަދޯ
27 November 2021
އެހެންވެދޯ އެޗުޑީސީ އިން އެމީހުންގެ ޓަވަރުތަކުގެ މަސައްކަށް އަވަހަށް ފަށައިމިގަތީ… މިބުނީ ރެއިންކުރެސްޓު ޖެހިގެން ހުރި އެޗުޑީސީ 3 ޓަވަރެއްގެ މަސަށްކަތެއްނުކުރޭ މީއިންޒަމާނަކުވެސް… އެކަމަކު މިހާރު ކުރާކަން ދައްކަން މަސައްކަތް އެބަކުރޭ…
ކަނބިލި
27 November 2021
ރައްޔިތުންނަށް ލުއިވާ ކަމެއް އޮތިއްޔާ އެދޮރެއް ބަންދުކުރަންވާނެ. ކުންފުނިތަކުގައި ހުންނަފައިސާ ހުންނަންވާނީ ބޮޑުންނަށް މޭޒުދަށުން ދެމޭގޮތައް ، އޭރުން ބޮޑުން އެތައްމިތަނުން ލަގުޒަރީ ފުލެޓްތައް ގަނެވޭނެ. ކުންފުނީގެ މުވައްޒަފުންޖެހޭނީ ލިބޭ މުސާރާގެ ތިންބައިކުޅަދެބައި ގޭ ކުށްޔަށް ކަރަދުކޮށް ބިކަ ހާލުގައި އުޅެން. ސިޔާސީ ޒާތީ ހަސަދަތައް ތިޔަ ގޮތައް ފިލުވީމާ ނިކަމެތިވަނީ ރައްޔިތުން
ބޮޑުމީހާ
27 November 2021
ހުއްޓިފަހުރީ ސަރުކާރުގެ ނާގާބިލުކަމުން. ޔާމީންވެރިކަމުގަ އަހަރެއްހާ ދުވަސްތެރޭ ބޮޑެތި މަސައްކަތްތައް ނިމިފަ މިސަރުކާރާއިއެކު ހުއްޓުނީ... ރަގަޅަށް ހުއްޓިފަ ހުރި ޕްރޮޖެކްޓްތައް ފެންނާނެ އަމިއްލަ މީސްމީހުންނަށް ދިން
ބޯންމެރޯ
27 November 2021
އެމްޓީސީސީ މުވައްޒަފުން ގިއްކިޔާފަ ހޭބޯނާރާ މަސައްކަތް ކުރީ ޔާމީނުސަރުކާރުގަ ކުންފުނިން އަޅަންފެށި ފުލެޓުގެ އުއްމީދުގަ ބޮޑު ފައުންޑޭޝަން އެއްކޮށްނިންމާފައޮއްވަ ވެރިކަން ބަދަލުވެ މެނޭޖްމަންޓް ބަދަލުވެ އެ ދަނގަނޑުތައް އެހެރީ ދަބަރަށްވާން ދޫކޮއްލާފަ ކޮބާ އިންސާފަކީ
ކޮޖީ
27 November 2021
ރައްޔިތަކަށް ފައިދާވަންޏާ އެކަން ހުއްޓުވޭތޯ ބަލާތި