ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި 2019 ވަނަ އަހަރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު
28 ނޮވެމްބަރ 2021 - 13:22
މާލޭ ސިޓީ ކައުންސިލް އިދާރާގެ އާ ލޯގޯ އިން ތަރިކަ އާއި ތާރީހު ގެއްލޭ ކަމަށާއި ސަގާފަތް ދިރުވެނީ ކުރީގެ ލޯގޯ އިން ކަމަށް، ރާއްޖޭގެ ސަފާތާއި ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިދާރާގެ ލޯގޯ ބަދަލުކޮށް އާ ލޯގޯއެއް ތައާރަފްކުރީ މި ދައުރުގެ ފުރަތަމަ ހަ މަސް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަށް ހުންނަވައި ލޯގޯ ބަދަލުކުރެއްވިއިރު، މާލޭގެ އެއްވެސް ރަމްޒެއް ލޯގޯގައި ނެތް ކަމުގެ ފާޑުކިއުން ބޮޑެވެ.
އެ ފާޑުކިއުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން، ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލް އިދާރާގެ ކުރީގެ ލޯގޯ އިން ރަމްޒު ކޮށްދިނީ މާތްވެގެންވާ އިސްލާމް ދީނާއި މާލޭގެ ދިގު ތާރީހާއި ޒަމާންވީ ތަރިކަ އާއި ސަގާފަތް ކަމަށެވެ. ދިވެހިންގެ އަމިއްލަ ވަންތަކަމާއި ފަންނުވެރިކަން ކުރީގެ ލޯގޯ އިން ފެނުނު ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އާ ލޯގޯއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑަށް އެ ލޯގޯ [ކުރީގެ ލޯގޯ] މާ ރީތި،" ޔުމްނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފުކުރުން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯ ބަދަލުކޮށް، މިހާރު ބޭނުންކުރަން ފަށާފައި ވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމަށް ބަލައިގެން، މާލޭގެ ހަ އަވަށް ދައްކައިދޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯއެކެވެ.
އާ ލޯގޯއާ ގުޅޭ ހިތްހަމަނުޖެހުންތަކަށް ރައްދު ދެއްވައި މާލޭގެ މޭޔަރު ޑރ. މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައި ވަނީ މާލޭގެ ހަ އަވަށް ރަމްޒުވާނެ ގޮތަށް ކަމަށާއި މި ލޯގޯގައި ހިމެނޭ ކުލަތަކަކީ އެއްވެސް ކަހަލަ ސިޔާސީ ނިޔަތެއްގައި ބޭނުން ކޮށްފައިވާ ކުލަތަކެއް ނޫން ކަމަށެވެ.
"އެއްވެސް ގޮތަކަށް ސިޔާސީ ކުރުމުގެ ނިޔަތުގައެއް ނޫން އަޅުގަނޑުމެން ލޯގޯ ބަދަލުކުރީ. ކައުންސިލުން ހިދުމަތް ދިނުމުގައި ވެސް އަޅުގަނޑުމެން ވަކި ފިކުރަކަށް، ކުލައަކަށް ނުބަލަން،" އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ބޭނުންކުރަމުން އަންނަ ލޯގޯ ބަދަލުކުރި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޭނުންކުރީ މާލޭގެ މަލަމަތި ސިފަވާ ގޮތަށް، މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރާއި ދިވެހި ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއެކެވެ. ހުކުރު މިސްކިތުގެ މުންނާރު ފެންނަ ލޯގޯ ބޭނުންކުރަން ފެށީ، މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
30 November 2021
ރާއްޖޭގައި އެއްވެސް އެއްޗެއް ދިގު ތާރީޚަކަށް ދެމިގެން ނުދޭ ތަންތަނަށް އަންނަ ވެރިން އަމިއްލަ ގޮތްގޮތް ހަދާލަން ބޭނުންވާތީ. ދުނިޔޭގައި ބޭނުންކުރަމުން އެބަ އާދޭ ދުއިސައްތަ ތިންސަތޭކަ އަހަރުވީ ލޯގޯތައް. އެމީސްމީހުނަށް މިހާރުގެ މޮޅު ލޯގޯއެއް ނެހެދޭނީބާ؟ އޭޑީކޭ މަޖީދީ މަގު ކަންމަތިން ލަނބާލާ ދިމާ ހުރި އޮށްވަޅުގޮނޑިއާ ޗާނދަނީ މަގު އަރަބިއްޔާ އަމީނިއްޔާ ދޭތެރޭ އެހެރަ ފަދަ ގުދުރަތީ ބަންޕަރުތަކާ ސިންކު ހޯލުތައް ނެގިއްޔާ ތިޔަށްވުރެ އުފެއްދުންތެރި ވާނެ.
ހަދަންވީ
29 November 2021
ތަންތަނުގެ ލޯގޯއާ އެއްޗެހި ބަދަލުކުރާއިރު އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައެއް އޭގައި ނުހިމެނޭ ގޮތަށް ގަވައިދެއް ހަދަންވެއްޖެއެއްނު. ނޫނީ ލޯގޯތަކުގަ ބެހެއްޓޭނީ ވަކި ކުލަތަކެއްގެ ތެރެއިން ހޮވޭ ކުލަތަކެއް ކަމާ އެ ކުލަތައް އެއްވެސް ސިޔާސީ ޕާޓީއަކަށް ބޭނުންނުކުރެވޭ ގޮތްވެސް ހެދިދާނެ. ކޮންމެ ބަޔަކު އެ ޕާޓީއެއްގެ ކުލަ ކޮންމެ ތަނަކަށް ވައްދަންވީމަ ކަމަކުނުދާނެ.
ތެޔޮދޯރި
29 November 2021
ނުބެލެހެއްޓިގެން ގޮސް ކަންކޮޅު ތަކުގައި ހުރި އާސާރުތައް ފެންނަނީ ބޮލަށް ވެއްޓޭތަން މިނިސްޓަރީ އެއް އުފެދުމުން އައި ބަދަލެއް ނެތް ކައުންސިލް ތަކުގެ ބޮލަށް ކަނޑާލާފަ ބަޖެޓް ހިފަހައްޓައިގެން ފައި ހަލުވާލަ ހަލުވާލާ ކަމެއް ނުކޮށް ތިބުން ހެއުނުވާ ހުށި
ތަރިކަ
28 November 2021
އަޅުގަނޑު މިނިސްޓަރަށް ތާއީދު.
ފަށުވި
28 November 2021
ލޯގޯ އަކުން ނުނެއްޓިގެން ތިއުޅެނީ. 3 އަހަރު މުސާރަ ނަގައިގެން ކުރި ކަމެއް ޔުމްނާ ބުނެބަލަ! ކުރިހާވެސް ކަމަކީ ބޮޑު މިސްކިތެއްގެ ނިވަލުގައި ކަޅުވަކަރު މިސްކިތް އަޅައި މިސްކިތުގެ ކަރާމާތް ގެއްލުވާލިކަން. މިހާރު މިސްކިތުގަ ނަމާދު ކުރާތަނެއް ނުފެނޭ. މިސްކިތް ބަދަލުވީ ފަޅު ތަނަކަށް. މީބާ ބޭނުންވިގޮތަކީ.
އާނފަހެ
29 November 2021
ބެހެއްޓި މިސްކިތެއްގަ ބަންގި ނުގޮވާ ނަމާދުނުކުރެވުނީމަ ދީނަށް ކިހާ ހުރުމަތްތެރިކޮށް ހިތާފަ އެއޮތީ. ޔާމީން އެ މިސްކިތް ހުރިތަނުން ނެގުމެކޭ މިމީހުން އެތަން ތާރީޚާ ސަގާފަތާ ގުޅުވަން ބެހެއްޓުމެކޭ ކޮބާ ތަފާތެއް؟ މިސްކިތެއްގެ މާތްކަން އެބަ ގެއްލޭ އެތަނުގަ ބަންގިނުގޮވާ ނަމާދުނުކުރީމަ. އެތަން ބެހެއްޓީމަ ތާރީޚަށް އެ ޚިދުމަތްކުރެވުނީ. ދީނަށް ވީ ގޮތެއް ނޭނގެ.
ޢަހާނަމަ
28 November 2021
ކޮބާތަ ކުރީގެ ލޯގޯ
ގެދާނޯމޮސް
28 November 2021
ލޯގޯގައި ޔެލޯނެތީމާ ކަމުނުދާނެ ބަޔަކު އުޅޭނެއެވެ.
މަހޭ
28 November 2021
ތާރީޚަކީ ހަމަ އެކަނި ލޯގޯއެއް ނޫން.. މުންނާރު އެހެރީ ފެންނަން... އެޔެއް ނުގެންދެވޭނެ! އެކަމަކު މަވެސް އެއްބަސްވާކަމެއް އެބަ އޮތް.. ކޮންމެ ފަސް އަހަރަކުން އިންތިޚާބުވާ ބަޔަކު ވުޒާރާތަކާ އޮފީސްތަކުގެ ނަމާ ލޯގޯޔާ ފޯނު ނަންބަރު ބަދަލުކޮށް މިކުޅޭ ކުޅިގަނޑު ހުއްޓަންވެއްޖެ އެކަން އެންމެބޮޑަށް ކުރީވެސް މި ސަރުކާރުން. ރަސްރަނި ވެއްޖެ ސަލްޓަންޕާކަށް ބަދަލުކުރަން، އެމްއާރުޑީސީ ވެއްޖެ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނަށް ހަދަން.. ޔުމްނާއަށްގޯސްވީ މުއިއްޒު ކުރީމަ
ހުވާ
28 November 2021
ތާރީޚާ ތަރިކައާއި ދިވެހިބަހަކީ ލޯގޯއަކުން ހިމާޔަތްކުރެވޭނެއެއްޗެއްނޫން. އަދި މިނިސްޓްރީއެއްހަދައި އެތަނަށް މިނިސްޓަރަކު ލުމަކުން ހިމާޔަތްކުރެވޭނެއެއްޗެއްވެސްނޫން.
ރަދީފްއޮފިޝިއަލް
28 November 2021
މާލޭ ސިޓީގެ ލޯގޯގަ އިބްނު ބަތޫތާ ، މަޢުރިބް ކަރައިގެ ވަލީވެރި ބޭކަލެެއް ކަމުގައިވާ ޔޫސުފުލް ބަރްބަރީ ، ނުވަތަ ރަންނަމާރީގެ މަންޒަރެއް ހިމަނައިފިނަމަ އަދި ވަކިން ބޮޑަށް ތަރިކަ ހިމާޔަތް ކުރެވޭނެ.ހެހެހެހެހެ