ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް: 15 ކުއްޖަކު ރޭޕްކުރިކަމަށް ތުހުމަަތުކުރެވޭ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައި
28 ނޮވެމްބަރ 2021 - 20:12
ސީއެޗްއެސްސީގައި ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަކު، އަންހެން ކުދިންތަކެއް ބްލެކްމެއިލްކޮށްގެން ރޭޕްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓްތަކެއް ދައުރުވާތީ އެކަމުގެ ހަގީގަތް ހޯދަން ފުލުހުން މަސައްކަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުދިންތަކެއް ބްލެެކްމެއިލްކޮށްގެން ރޭޕްކުރި ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި މިއަދު ފެތުރުނު ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސޯޝަލް މީޑިއާގައި މިއަދު ދައުރުވާ ޕޯސްޓްތަކެއްގައިވާ ގޮތުން އަންހެން ކުދިންނަށް އޭ ނާ ބިރުދައްކަމުން އަންނަނީ އެކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި ލީކްކޮށްލާނެ ކަމަށް ބުނެ އެވެ. އެގޮތަށް ބިރު ދައްކައިގެން އޭނާ 15 ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އޭނާގެ އާއިލާގެ ކުދިން ވެސް ހިމެނޭ ކަމަށް އެ ޕޯސްޓްތަކުގައި ބުންޏެވެ.
އެކަމާ ގުޅިގެން ސީއެޗްއެޗްސީއަށް ޓެގްކޮށް، ޓްވިޓާގައި މީހަކު ލިއުނު ލިއުމަކަށް އެ ސްކޫލުން މިއަދު ބުނީ ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަމެއް ހިނގައިގެން ރިޕޯޓްކޮށްފި ނަމަ، ނުވަތަ އެފަދަ ކަމެއް ސަމާލުކަމަށް އަތުވެއްޖެ ނަމަ ވާނީ ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ކަމެއް ސްކޫލުން ބޭރުގައި ވެސް ހިނގާ ނަމަ ލަސްނުކޮށް ސްކޫލްގެ މެނޭޖްމަންޓަށް އެ މައުލޫމާތު ދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.
"ކުރިއަށް އޮތްތަނުގައި ވެސް އެއްވެސް ދަރިވަރެއްގެ ރައްކާތެރިކަމަށް އުނިކަމެއް ލިބޭނެ ފަދަ ކަމެއް، ސްކޫލްގެ ތެރެއިން ނުވަތަ ބޭރުން ވިޔަސް ކުރިމަތިވާ ނަމަ ލަސްނުކޮށް ސްކޫލް މެނޭޖްމަންޓާ ހިއްސާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ،" ސީއެޗްްއެސްސީން ދިން ޖަވާބުގައި ބުންޏެވެ.
އެ ސްކޫލުން މިހެން ބުނި ނަމަވެސް، އެނގިފައިވާ ގޮތުގައި ރޭޕްގެ ތުހުމަތުވާ ފިރިހެން ދަރިވަރުގެ މައްސަލަ އެއްވެސް ފަރާތަކުން އަދި ފުލުހުންނަށް ހުށަހަޅައިފައެއް ނުވެ އެވެ. އެ މައްސަލަ ފުުލުހުންގެ ސަމާލުކަމަށް އައީ މީޑިއާއަށް މައުލޫމާތުދޭން ފުލުހުން ހަދާފައިވާ ގްރޫޕެއްގައި ބައެއް ނޫސްވެރިން، އެ ޕޯސްޓްތައް ހިއްސާކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
30 November 2021
ޚަބަރުލިބޭގޮތުގަ އެކުއްޖާ ރާޖޭންބޭރަށް ފުރަިފިއޯ
އަހްމަދު ރަޤީބު
29 November 2021
މިބާވަތުގެ އިންޓެލް އަކީ ހަމަ ފަށައިގަންނައިރަށް މީޑިއާ އަށް ދިނުން ރަނގަޅު މަޢުލޫމާތުތަކެއް ނޫން. މި އާރޓީކަލް ކިޔަންފެށީމަ ހިތަށް އެރީ މިކަމުގައި ކުށްވެރިވާ ކުއްޖަކު ފިލާނެޔޭ، އަދި ތަޙްޤީޤު ރަނގަޅަށް ނުފެށެނީސް.. ކީއްކުރާނީ.. އެކަންވެސް ވީ އެހެން. އެމްވީ ކުރައިސިސްގަ އެބައިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދަރިވަރު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް.. ބައެއް ކަންތައް ލަސްކުރުމުން އަދި ހިއްސާ ކުރުމުން ގެއްލުން ލިބޭނެ ކަން މިއޮތީ ފެންނާން
ޝަމްސުއްނިސާ
29 November 2021
ޖެންޑާ މިނިސްޓަރަކަށް ޢައިޝާ މުހައްމަދު ދީދީ ލައިގެން ވީ އެއްވެސް ކަމެއް ފެންނާކަށް ނެތް. ގިނަ ދުވަސްވަރު ނުރަސްމީ ޗުއްޓީތަކުގަ އުޅުއްވާ ހަބަރު ލިބެނީވެސް. ރައީސް އިބޫ އެހެން ޖެންޑާ މިނިސްޓަރެއް ގެންނާނީ ކޮންއިރަކު؟
އެޓެންޝަންހޯސް
29 November 2021
ސޯސަލް މީޑިޔާގަ މީހުން ލިޔާ ގިނަ އެއްޗެއްސަކީ ފޭކް.
ރޭޕިސްޓު
29 November 2021
ކޮމެންޓު ކުރުމުގެ ކުރިން އެބުނާ ފޮޓޯތަކެއް ލިބުނު ގޮތާމެދު ވިސްނާލުން ރަނގަޅު
މަސްއޮޑި ސުވޭ.
29 November 2021
މިހާރުގެ ކުދިން ޔޫޓިޔުބުން ފާޑުފާޑުގެ ވީޑިއޯ ބަލައިގެން ހިންގަމުދާ ބަދުއަޚުލާޤީ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. މައިންބަފައިންނޭ، ތިޔަބައިމީހުންގެ ދަރިންނާއިމެދު ޒިންމާދާރުވޭ!!
ކުބޭ
29 November 2021
ސީއެޗްއެސްސީ ވަނީ މިހާރު ގަޑުބަޑުވެފަ
ދޮން ހަސަނު
28 November 2021
ރޭޕް ކުރުމަކީ ކޮބާތަ. ނުރުހުމުގައި އެކަން ކުރުންތަ؟ މަށައް ނޭގޭތީ ހަމަ އަހާލީ.
ޢަރުތަ
29 November 2021
ދޮންހަސަނަށް ނޭގިގެން ތިއުޅެނީ ކޮންކަމެއްތަ، ކޮބައިތަ ދޮންހަސަނު ތިބުނާ އެކަމަކީ!؟
ކުޗީ
29 November 2021
މިތިބީ މިމީސްމީހުންގެ ވިސްނުން ގޮސްފައި ހުންނަވަރު. މިކަމަށްވެސް އެކުރަނީ މަލާމާތް. މަންމަ ، ދައްތަ ކޮއްކޮ ކައިރި އަހާލަބަލަ މީކިހިނެއްވާ ކަމެއްތޯ. ލަދުކޮބާ.
ކުޗީ
28 November 2021
ސީރިޔަލް ރޭޕިސްޓެއް ... މިއީކީ އާކަމެއްނޫން. ރޭޕް ކުރާ އަދަދުގެ %10 ވެސް ރިޕޯޓް ނުކުރާނެ. ރާއްޖޭގައި ކުއް ގިނަވަނީ ދީނުގައި އޮންނަ ހުކުންތަށް ބޮލާލާ ޖަހާފަ އަމިއްލައަށް ހުޅަނގުގެ ރުހުން ހޯދާ ކުރާ ހުކުން ގިނަވީމަ. މަރަށް ހުކުން ކުރޭ އެކަމަކު ތަންފީޒެއް ނުކުރެވޭ.
އިސްލާހު ޖާޑި
28 November 2021
ޙުކުމް އެކަނިތަ؟؟ދީނުގަ އޮންނަ ގޮތަށް އުޅެން ބުންޏަސް މިހާރު އެވާހަކަ ދައްކާ މީހާވެސް ވަނީ އަންޒަމާނު ކަރައަށް ވައި އަރާފަ ހުންނަ މީހެއް ކަމުގަ..އަނގައިގަ ބަސް އޮއްވަ ބުނާނެ ކަލޭ އަފްޤާނިސްތާނަށް ނޫނީ ސީރިޔާއަށް ދާން..މިހުރީ އަހަރެމެންގެ ހާލަތު ހުރި ހިސާބު..ދެން މުޖުތަމަޢުގަ އަރައި ގަންނަ ކުށްތަށް ބޯ ނުހިކޭވަރަށް ގިނަވެ، އެކަން ހައްލު ނުވީމަ، އެވާހަކަ ދެއްކުމުގެ މާނައެއް ނެތް.