ރޭޕްއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: މަސްތުވާތަކެތި ދީގެން ކުއްޖަކު ރޭޕް މައްސަލާގައި ތުހުމަތުވާ މީހާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައި
24 މެއި 2024 - 17:51
އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީ، ރޭޕް ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނީ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަން ހިނގީ އުތުރުގެ ރަށެއްގައި މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަން ރިޕޯޓްކުރުމާ އެކު ފުލުހުން ދިޔައީ ތުހުމަތުވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލަ އިއްޔެ އާންމުންނަށް ތިލަވެ، މީހާ ހައްޔަރުކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވަނިކޮށް ފުލުހުން އެމީހާ ހޯދަން މިއަދު އާންމުކޮށް އިއުލާންކުރި އެވެ. ހޯދަން އިއުލާން ކުރީ އެމީހާގެ ފޮޓޯއާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy