ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް އެއްވެސް ސެކިއުރިޓީއެއް ނެތް؟

ޔާމީން ސަޕޯޓަރަކާ ސަލާމް ކުރައްވަނީ: އެއްވެސް ސެކިއުރިޓީއެއް ނެތް -- ފޮޓޯ: އާސިމާ ނިޒާރު

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޖަލުން މިނިވަންވުމަށް ފަހު، އެއްވެސް ސެކިއުރިޓީއެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ވަޑައިގަތް މައްސަލަ ފެންމަތިވެއްޖެ އެވެ. ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، އެމަނިކުފާނު މިހާރު ވެސް ހުންނެވީ މަގުމަތީގައި، ސަޕޯޓަރުންނާ ސަލާމްކުރައްވާށެވެ.

ކޯޓުން ނުކުމެގެން ޔާމީން ގެކޮޅަށް ވަޑައިގެން މަގުމަތީގައި ވެސް ސަޕޯޓަރުން އެމަނިކުފާނު ވަށާލާފައި އޮތް އިރު، އެމަނިކުފާނުގެ ސެކިއުރިޓީ ކޮބައިތޯ އާންމުންނާއި ނޫސްވެރިން ވެސް އަންނަނީ ސުވާލު ކުރަމުންނެވެ. ބައެއް ނޫސްވެރިން ފާހަގަކުރި ގޮތުގައި، އެމަނިކުފާނަކީ ކުރިން ވެސް މަރުގެ ހަމަލާއެއް ކުރިމަތިވެ ވަޑައިގެން ހުންނެވި ބޭފުޅަކަށް ވާއިރު، އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ޖެހެ އެވެ. އަދި އެއްވެސް ރައްކާތެރިކަމެއް ނެތި އެމަނިކުފާނު އާންމުންގެ ތެރޭގައި ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސަޕޯޓަރުން ބުނެ އެވެ.

ޕީޕީއެމް އޮފީސް ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ތިބިއިރު، އެ ސަރަހައްދުގައި ފުލުހުން ވެސް ވަރަށް މަދެވެ. ޔާމީނަށް މަގު ދައްކައި، މީހުން އެއްފަރާތްކޮށް ހަދަނީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އާންމުންނެވެ.

މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގާނޫނު ބުނާ ގޮތުން، މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް ކުރި ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު، ކުރީގެ ރައީސުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ލިބެން ޖެހެ އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ރައީސް ޔާމީން ޕީޕީއެމް އޮފީސް ކައިރީގައި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

މި މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނު މިއަދު ވަނީ ސަލާމަތްވެފަ އެވެ.

18 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

01 December 2021

ސެކުއިރިޓީ ދޭންޖެހޭމީހާއަށް ދައުލަތުގެ ޚަޒާނާ ހުސްކޮށްފަވެސް ސެކިއުރިޓީ އެބަ ދެއެއްނޫން.

The name is already taken The name is available. Register?

މަނިކުބޭބެ

30 November 2021

ރ ޔާމީނު މިނިވަންނުވާންވީސަބަބެއް ނުފެނޭ. އަހަރެންބޭނުން ރައީސްކަމަށް އަނބުރާގެންނަން އެއީ ކޮންމެހެ އެވަރުގެ ރަގަޅުމީހަކު ނެތިގެނެއްނޫން. އަނެއް ބުރިޖުއަޅުވާކަށެއްވެސްނޫން. ފުރަތަމަ ކަމަކަށް މިގައުމު ސަލާމަތްކުރަން ކުށްވެރިން މަތަކުރަން ގައުމު އިސްލާހުކޮށް ގަވާއިދާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ އަހުލާގު ރަގަޅު މުޖުތަމައެއް ގެންނަން. ގާނޫނުން ބޭރުވެ މަތިހަށިނަގައިގެން އުޅޭމިހުން ސައިޒަށްގެންނަށް. މިކަމަށް ގަޓުހުރީ ހަމަ ޔާމީނުވީމަ.

The name is already taken The name is available. Register?

މަހޭ

30 November 2021

ރައީސް ޔާމީނަކީ މިނިވަނެއް! އިންޑިއާ ބޭނުމެއް ނުވާނެ އެމަނިކުފާނަށް ސެކިއުރިޓީ އޮންނާކަށް

The name is already taken The name is available. Register?

ޔާމީން 2023

30 November 2021

މޑޕ އަކީ 0 ގެ ޕާޓީ އެއް. ޔާމީން އަކީ ކެރޭ ބޭފުޅެއް. މިގައުމައް ޅަދޮޅުންނެއް ބޭނުމެއް ނޫން!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 November 2021

އައްޑޫ ރައްޔަތުން:އިރާދަފުޅުން 2023 ޔަގީން.

The name is already taken The name is available. Register?

ރަތްރޮނގުގެ

30 November 2021

މަހީކުރީ ސުޕްރީމްކޯޓުން ނުކުންނަން އެހާލަސްވީ ސެކިޔުރިޓީ ހަމަޖައްސާތީކަމަށް. އަދިކިރިޔާ މިއެނގުނީ މިގައުމުގައި ސެކިޔުރިޓީ ދޭންޖެހޭ ހުންނަނީ އެއްމެމީހެއްކަން.

The name is already taken The name is available. Register?

ނަން އެދުނަސް

30 November 2021

ހުއްތުބޭއަށް ދީފަ އެހެން މީހަކަށް ދޭކަށް ބާކީއެއް ނުވޭ.

The name is already taken The name is available. Register?

ފަރެސްމާތޮޑާ ރައްޔިތުން

30 November 2021

ހެހެހެ ސެކިއުރިޓީ ނުދިނަސް ހެޔޮ މާތް ﷲ ޙަޟްރަތުން ވާގި އެދޭނީ މާތް ﷲ ރައްކާތެރިކަން ދެއްވާނެ

The name is already taken The name is available. Register?

އަޜަގު

30 November 2021

ކޮންމެ މީހަކުވެރިކަމަށްއެރިޔަސް މަށައްހެޔޮ؟ ޕްލީޒް ގައުމު ތަރައްގީކޮށްދީ... އަހަރުންވެސް ބޭނުން ގެދޮރު ހިޔާވެހިކަން ތަރައްގީ... މި ލޮނުމަޑު ސަރުކާރުގެ ދުވެލީގެ ސަބަބުން މިހިރީ ނާއުންމީދުވެފަ... މިމީހުންނަށް މިކަން ހަމަ ވާނެތަ؟..

The name is already taken The name is available. Register?

ވިސްނާބެ

30 November 2021

ތަރައްޤީ އަކީ މީހަކު ކޮށްދޭ ކަމެއް ނޫން. ތަރައްޤީ އަކީ އަމިއްލަ ނަފްސު ތަހްޒީބުވުން. އިލްުމު އުނގެނުން. ތަރައްޤީ އަކީ ބުރިޖްތަކާއި ބޮޑެތި އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ނަރުދަމާތައް ހެދުމެއް ނޫން. ތަރައްޤީ އަކީ މިބުނި ކަންތައްތައް އެއީ ތަރައްޤީ ނޫން ކަމަށް ވިސްނޭ ވަރަށް އިލްމު ލިބިގަތުން. ސިވިލައިސްޑް ވެލިއުސްތަކެއް ތިމާ ކިބައިގައި އަށެގެންނެވުން. އަތް ފުޅާވެފައި ހުރި ތިމާ އަތް ގާތްކޮށް އެހެން މީހުންނަށް ފުރުސަތުދީ އިހްތިރާމު ކުރުން.

The name is already taken The name is available. Register?

ނަންއެދުނަސް

30 November 2021

މަބޭނުމީ ޔާމީނަށް އިތުރު 5 އަހަރެއްދޭން ގައުމުތަރައްޤީކޮއްފަ ހުރިހާކަމެއް ކޮއްދީފަ ކަޑާލާ .

The name is already taken The name is available. Register?

ބޮޑުމީހާ

30 November 2021

އާސަންދައަށް ސަލާންޖަހައިގެން އަބިދަރިން 100 އަކަފޫޓް ހަމަނުވާ ތަނެއްގަ ޑިއުޓީ ބަހައިގެން ނިދައިގެން އަމިއްލަ ނަފްސް ތަރައްގީކުރާނެ ގޮތެއް ބުނެދީ! އަމިއްލަ ނަފްސް ތަރައްގީކުރަންވެސް ހޮސްޕިޓަލާއި ބްރިޖާއި ބޮޑެތި އިމާރާތްތައް ބޭނުންވާނެ ނޫންނަމަ ޗައިނާ އެމެރިކާ ޔޫރޮޕް ގައުމުތަކުގަ މި ބުނި ވަސީލަތްތަކެއް ނުހުންނާނެ، ވިސްނުންތަރައްގީ ކުރާވާހަކައަކީ އެމްޑީޕީއަށް ތަރައްގީ ނުގެނެވޭތީ ދައްކާ ބަހަނާއެއް

The name is already taken The name is available. Register?

ކޮންވިސްނާބެތަ؟

01 December 2021

ވިސްނާބެ މިއީ ކޮންތާކުން ކިޔަވައިގެން ކޮން ފަލްސަފާއަކަށް އުޅޭ މީހެއްތަ. ތިކިީ ވައްތަރު ތަރައްގީ އޮތީ ކޮންތާކުތަ؟ ތިއީ ކަމެއް ނުކުރެވޭ މީހުން އެހެން މީހުންގެ ބޯކާލަން ކިޔާ އެއްޗެއް. ކަލޭގެ ވިސްނުން ތިހުރީ ތަގައްޔަރުވެފައި. ޖަރުމަނާ ފުރާންސާ ސުވިޒަރލެންޑާއި ޑެންމާކްފަދަ ތަންތާގައި އިމާރާތާއި ބުރިޖުތައް ނެތިތަ؟ ތަރައްގީ ވެފައި ވާކަމަށް އެކިޔަނީ.

The name is already taken The name is available. Register?

ޝަމާލޫ

30 November 2021

ޙަޤީޤަތުގައިވެސް މި ކަހަލަ ޒާތީ ކަންތައްތައް ހިނގާތީ ކަމުނުދަނީ. އެމް.އެން.ޑީ.އެފް އަސްލުވެސް ފެއިލް ވެއްޖެ. ސިޔާސީ ވެއްޖެ ބޮޑުތަނުން. ކުރީގެ ރައީސުންނަށް ދޭންޖެހޭ ޢިނާޔަތާއި ރައްކާތެރިކަން ރައީސް ޔާމީނަށް މިހާރު ލިބިވަޑައިގަންނަވަން ޖެހޭނެ. ހީކުރީ ތޯއްޗެއް. ރައީސް ޔާމީން މިނިވަން ނުވާނެޔޭ

The name is already taken The name is available. Register?

ސަދަން

30 November 2021

ސެކިއުރިޓީ އަކަށް ބެލުމެއް ނެތި ނިކުމެގެން ދުއްވާގަތީ ޔާމީން

The name is already taken The name is available. Register?

ނޮދަން

30 November 2021

ކަލޭވެސް އެހާ ދުވަހު ގޭގަ ބެހެއްޓީމަ އެނގޭނީ އެވީ ގޮތް.

The name is already taken The name is available. Register?

ނަންއެދުނަސް

30 November 2021

ނޮދަން .މަށަކީޔާމީން ނަމަ ދެން އުޅޭނީ މަގުމަތީ ހައްޤުން ކަމަކާނުލާ ގޭގަބަހައްޓަން ހޮޔޮނުވާނެ 2 އަހަރު ދުވަސް. ނަސީބު ބޯނުގޮވިކަން .

The name is already taken The name is available. Register?

ސާމީ

30 November 2021

އެކަމަކު ހުކުމް އިއްވިތާ ހާދަ އިރެއް ފަހުންނޭ ނިކުތީ؟ ވާނުވާ ނޭންގުނަސް އާދައިގެ މަތިން މޮޅު އެއްޗެއް ބުނެލީ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454