06 ޑިސެމްބަރ 2021 - 22:14
ޑޮމެސްޓިކް ދަތުރު ކުރާ ހުރިހާ އެއާލައިންތަކުން، އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ކާއެއްޗެއް ވެސް ނުދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން ވަނީ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި، ފެން ފިޔަވައި އެއްވެސް ބުއިމެއް ވެސް ނުދޭން އަންގައިފަ އެވެ.
މިކަން އެ އޮތޯރިޓީން އެންގުމާ ގުޅިގެން ޑޮމެސްޓިކް ހުރިހާ އެއާލައިނަކުން ވަނީ މިދުވަސްވަރު އެފަދަ ދަތުރުތަކުގައި ކާއެއްޗެހި ސާވް ނުކުރަން ނިންމައިފަ އެވެ. ރާއްޖޭގައި ޑޮމެސްޓިކް ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި މަންޓާ އާއި ފްލައިމީ އެެވެ.
މި ހުރިހާ އެއާލައިންތަކުން ކުރާ ދަތުރުތަކުގައި ފަސިންޖަރުންނަށް ކާއެއްޗެހި ނުލިބޭނެ އެވެ. ހަމައެކަނި ލިބޭނީ ރިކުއެސްޓް ކުރުމުން ފެން އެކަންޏެވެ.
މި ބަދަލު ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
In compliance with the CAA, Air Transport Circular AT14/2020 - Issue 21 we are obliged to temporarily suspend all inflight catering service until further notice. We look forward to resume the service as soon as the conditions allow us. #MantaAir #COVID19update pic.twitter.com/P1QnGpOXfA
— Manta Air (@MantaAir) November 30, 2021
ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ރާއްޖެ އިން ވެސް މިހާރު ވަނީ ފެނިފަ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓުކުރި
09 December 2021
ކާ އެއްޗެއް ނުދެންޏާ އަގު ކުޑަކޮށްލާ. ވ ސަލާމް
ދނދނ
08 December 2021
އެއްގޮތަކަށްވެސް ދޭނެކަަމެއްނެތް؟ މިހާރުވެސް ފްލައިޓަށް އަރާތަނުން އެ ގެންނަ ކާއެއްޗިހި ހުސްނުވޭ ދަތުރު ނިމޭއިރުވެސް. ފްލައިޓް ޖައްސާއިރުވެސް އަދި ޕެސެންޖަރުންތައް ކައިގެން އަތްނުދޮވެވިފަ. ހާދަ ބައިވަރެކޭ މިހާރުވެސް ކާން އެ ގެންނަނީ.
ޖުހާ.
08 December 2021
ތިއީ ހަމަ ތެދެއް.
ޑެބީ
07 December 2021
25 މިނެޓު ފްލައިޓަކަށްވެސް ދިވެހިން ބޭނުންވާނެ 3 ކޯސް މީލްއެއް.
ޑަބިޔާ.
08 December 2021
މޯލްޑިވިއަން 25 މިނެޓްގެ ދަތުރަކަށް ޓިކެޓް ވިއްކަނީ އޮސްޓްރޭލިއާ އިން އެމަރިކާއަށް ދާވަރުގެ ބޮޑު އަގެއްގައި.
އަސަރު69
07 December 2021
ތިމީހުންނަށް އެނގޭނީ ރައްޔިތުން އަތުން ފައިސާނަގަން. މީހަކަށް ޚިދުމަތެއްދޭކަށް ނޭނގޭނެ. އަދި އެކަންކުރާކަށް ބޭނުމެއްވެސް ނުވާނެ. ދެން ކިޔާނީ ކޮވިޑޭ ކޮވިޑޭ. ވަރުގަދަކޮވިޑަކާ މިހާރު ކޮންމެ ކަމެއް މި އަޅުވަނީ. ދެން ތިކިޔަނީ އެއްގަޑިއިރޭ... ހުޅުލެއިން ފުރައިގެން ފުރަތަމަ މަންޒިލް އިފުރަށް، އޭގެފަހުން އެހެން ކޮންމެސްތާކަށް. ދެން އޭގެފަހުން ދާންވާ މަންޒިލަށް. ކިތަށްގަޑިއިރު ފްލައިޓުގަ އިންނަން ޖެހިއްޖެބާ؟؟ ލިބުނު ކާއެއްޗެއް ހަރާމޭ. ފައިސާނަގާކުދިންނޭ.
ތަކުރެ
07 December 2021
ތީ ވަރަށްް އުފާވެރި ހަބަރެއް މޯލްޑިވިއަން އަށް. ލައްކަ ދުވަސްވެއްޖެ ތިކަން ހުއްޓާލަން ބަހަނާއެއްހޯދާތާ. ރަނގަޅު ދެން.
އަލިބެއާ
07 December 2021
ކުރުދަތުރުތަކުގެ އަގުވެސް ކުރުކުރަންޖެހޭނެ. ކޮވިޑުނޫނަސް ހިދުމަތުގެ ފެންވަރު ބަލާނެބަޔަކުނެތް. އެބަޔަކު ބޭނުންގޮތަކަށް ބޭނުންވަރަކަށް ކުރަނީ. މޯލްޑިވިއަނުން ޓިކެޓެއް ނަގައިގެން ގޮސް ބޯޓަށް އަރައި ނައްޓާލަން ތައްޔާރުވެފަ މިއެނގުނީ މިއީއެތައްމިތަނަށްމަޑުކޮށްފައި ބަސްދަތުރުގޮތަށް ދާއެއްޗެއްކަން. މިއީ އޮޅުވާލުމެއް. ކީއްކުރާނީ. ޓިކެޓުނެގުމުގެ ކުރިންވެސް މިކަން އިނގެންޖެހޭނެ.
ސްޕޭސް
06 December 2021
އެއާޕޯޓް ރެސްޓޯރެންޓްތައް އޮންނަނީ ފުރިފަ. މާސްކުވެސް ނާޅާ. ފްލައިޓަށް އެރީމަ އެކަނިތަ ކޮވިޑް ޖެހެނީ.
ޙަބަރޭ
06 December 2021
ފުރަން ގޮސް، 30މިނިޓް އަށް ވުރެ ލަސްވާ ލަސްވުމަށް އަމަލުކުރަންވީ ގޮތެއް އަންގައިދިނުމަށް
އޮނަރަބްލް އަފީފު ދީދީ
06 December 2021
ތިޔަ އޮތޯރިޓީއަށް އިގޭތޯ ޑޮމެސްޓިކް އެއަރލައިން ޙާއްސަކޮށް މޯލްޑިވިއަން ގައި ދަތުރުކުރާ މީހުންގެ މެދުގައި "ނަސްލީ ތަފާތު ކުރުން" ގެންގުޅޭކަން. # އައިކާއޯ އާއި IATA ހުއްދަކުރާތީތޯ އެއްމަންޒިލަކަށް އެއް ކްލާގެއްގައި ދަތުރު ކުރާ ފެސެންޖަރުން ތަފާތު ކުރަނީ!!؟؟ މާލެއިން ގޭންއެއަރޕޯޓަށް ދަތުރު ކުރާ ދިވެހިމީހާ އާއި އައްޑުއަށް ދަތުރުކުރާ ފަތުރު ވެރިޔާ އާއި ޓިކެޓްގެ ގޮތުން އުޑާއި ބިމާއި ދެމެދު ހުރި ފަރަޤު ތިޔަފަރާތަށް ނުފެންނަނީތޯ؟! މިކަންވެސް ބަދަލުކުރޭ.
ލރުމޯލު
07 December 2021
އަފީފުއައް އަންގިލައް ވާތޯ ދުވާލަކު ދެފުލައިޓުން ފުދޭތާކައް މަލްޓިޕަލް ފުރިކުއެންސީ ދެނީ އެއް ކަލަ ކަނެކްޓިން ވިލާތު ޕެސެންޖަރައްކަން. އޭނާ މިސް ކަނެކްޓްވީމަ ދޭންޖެހޭ ހަރަދާ އެއް ޗިއްސައް ބަލާފަ އެ އަގުބޮޑުކުރުން ޖަސްޓިފަޔަބަލް. އެހެންނޫނަސް ތީރާޖޭގަ އެކެކަނި ކުރާ ކަމެއްނޫން.
މީދާ ބެއްޔާ.
07 December 2021
ލރުމޯލު ކަލޭ ތިޔަބުނާ ގޮތުން ދެފުލައިޓުން ފުދޭތާކައް މަލްޓިޕަލް ފުރިކުއެންސީ ދަތުރު އެޅުމަކީ ކުންފުނި ހިންގާން ތިބި މީހުންނާއި ބޯޑް ޑިރެކްޓަރުންގެ ވަރަށް ބޮޑު އިހްމާލެއް. ދައުލަތުގެ ކުންފުންޏެއް ހިންގާން ވާނީ ކުންފުންޏަށް ފައިދާ ހުރި ގޮތަކަށް. އަދި ވިލާތު ޕެސެންގަރަށްޓަކާ އެހެން ދަތުރު ވެރިންގެ ޙައްޤު ނިހުޅައިގަތުމަކީ މޯލްޑިވިއަން ކުރާ ވަރަށް ގޯސް ކަމެއް.
އޮނަރަބްލް އަފީފު ދީދީ
06 December 2021
ރާއްޖޭގެ ޑޮމެސްޓިކް އެއްވެސް ފްލައިޓެއްގައި ކެއުމާއި ފެން ނުދިނުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އަންގާއިރު 45 މިނިޓްގެ ދަތުރު ކުރާ ސީޕްލޭންގައި މިކަންއޮތީ ހަމަ މިހެންތޯ އިގެން ބޭނުން. # ރާއްޖޭގެ ކޮންޓްރެކްޓް ޤާނޫނާއި ICAO ބުނާގޮތުން އެއަރލައިން ވިއްކާ ޓިކެޓަކީ ދެފަރާތުގެ މެދުގައި ކުރެވޭ ކޮންޓްރެކްޓެއް. އެހެން ކަމުން ޓިކެޓްގައި އޮތް ރޫޓު ނޫންގޮތަކަށް ދަތުރުކޮށް ފްލައިޓް ޑިލޭވާ މައްސަލަ ކޯޓާއި ހަމައަށް ގެންދާންޖެހިއްޖެނަމަ އެކަންވެސް ކުރާންޖެހޭ.
ީއައިކާއޯ
07 December 2021
ޢައިކާއޯ އެގްރިމެންތު ތަކަކީ ބައިންޑިން އެގްރިމެންތް ތަކެއް ނޫން.އައިކާއޯ ކޮންޓްރެކްޓިން ކޮންމެ ސްޓޭޓަކައްވެސް ގަނޫނައައް ބަދަލު ގެނެވޭނެ.ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ ބަދަލެއް ގެންނަމަ އައިކާއޯ އައް ވަގުތުން އެންގުން.