ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާގެ ތައްޔާރީތައް ހުއްޓުވަން ފުލުހުން ގޮސް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
09 ޑިސެމްބަރ 2021 - 10:29
ހުޅުމާލޭގައި ސިޔާސީ އަދި އެ ނޫން ހަރަކާތެއް ބާއްވަން ވިޔަސް އެޗްޑީސީގެ ހުއްދަ އަބަދުވެސް ނަގަންޖެހޭ ކަމަށާއި އިިދިކޮޅުން މާދަމާ ރޭ ބާއްވަން އުޅޭ ޖަލްސާ ވެސް އެ ގޮތަށް ކުރިއަށް ގެންދަން އެންގީ ފުރަތަމަ ފަހަރަށް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގެ ވަކި ތަނެއްގައި ޖަލްސާއެއް ނުވަތަ އެހެން އިވެންޓެއް ބާއްވަން ބޭނުންވިޔަސް، އެ ކުންފުނީގެ ހުއްދަ ހޯދަން އެދި ސިޓީ ފޮނުވަން ޖެހޭނެ ކަމަށެވެ. އެންމެ ކުރިން ފެށިގެން ވެސް އަމަލުކުރަމުން އަންނަނީ އެ އުސޫލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ ހުއްދަ އަށް ނޭދި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީގައި މާދަމާ ރޭ ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާ އަށް ތައްޔާރުވަނިކޮށް، އެ ކުންފުނިން އިއްޔެ ވަނީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފަ އެވެ.
އެޗްޑީސީން ބުނަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދުމުން އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު، ޔާމީންގެ ވެރިކަމުގައި އެތައް ހާސް ބަޔަަކަށް ގެދޮރު ހޯދައިދިނުމަށް ހިންގި ބިޔަ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އިމާރާތްކުރި ސަރަހައްދުގއި ޕީޕީއެމްގެ ޖަލްސާ ބާއްވަން އެ ޕާޓީން އުޅެނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ދެއްވި ހުއްދައެއްގެ ދަށުންނެވެ.
ނަރީޝް އަކީ ޕީޕީއެމްގެ ކައުންސިލްގެ މެމްބަރެއްގެ އިތުރުން ޔާމީންގެ އެންމެ އަރިސް ބޭފުޅުގެ ލިސްޓުން ޖާގަ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާގެ ތައްޔާރީތައް ހުއްޓުވަން ފުލުހުން ގޮސް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެޗްޑީސީން ބުނަނީ ހުޅުމާލެ އަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި އެތަނަށް ސިޓީ ކައުންސިލްގެ ބާރު ނުހިނގާނެ ކަމަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން އިއްޔެ ވަނީ އެޗްޑީސީ އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.
އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
09 December 2021
ރައްޔިތުންގެ ލާބައާ މަންފާއަސް މި ދެފަރާތުންވެސް ކަމެއް ނުކުރޭ! ރައްޔިތުން ވިސްނަވާ..
ނަރޭޘް
09 December 2021
އެއްވާން ބެނުމިއްޔަ ހައްޖަށް ދަންވީ ނޫންތޯ....
ނަރޭހާ
09 December 2021
ހައްޖަށް ދާން ބޭނުންވާ މީހުންނަށް ހައްޖަކަށް ނުދެވޭ ކޮވިޑާ ހެދި.
ގައިސް
09 December 2021
އާދެ. މިހަރު އެ ހުއްދަ ދޭނީ ސިޓީ ކައުންސިލުން. ތިތާތިބޭ ކޮރަޕްޓް މީހުންތަކެއް ނޫން. އަޒުމީއަށް ފައިދާއެއް ނެތް ގޮތައް އެއްވެސް ކަމެއްނުވޭ. އަދި ތިލަފުށިން މީހަކަށް ލިބިފަ އޮތް ބިންވެސް ދެލައްކަ ރުފިޔާ ޖީބަށް ނުވަންނާތީ ހަވާލްނުކުރަން ހުރި މީހާވެސް އެނގޭ.
ރަދީފްއޮފިޝިއަލް
09 December 2021
އެޗްޑީސީ ދޭބަލަ މަހަށް.ކޮން ގައުމެއްގެ ސިޓީއެއްތޯ ކުންފުންޏަކުން މެނޭޖްކުރަނީ.ސުހޭލޫ.
ޠާހިރު ރާފިއު
09 December 2021
ދުބާއީ ޕާމްއައިލެންޑް މެނޭޖްކުރަނީ ދުބާއި ސަރުކާރުގެ ސައްތަ ހިއްސާއޮތް ކުންފުންޏަކުން ކަމަށްވާ ނަކީލް އިން. ދުނިޔޭގެ އެތައް ޤައުމެއްގަ މި މޮޑެލް ދަނީ ކާމިޔާބުކަމާއެކު ހިންގަމުން
ބިލާލު
09 December 2021
މިއީ ސަރުކާރުތަކުން ދޯދިޔާކޮށް ކުރާ ކަންކަމުގެ ނަތީޖާ. ދައުލަތެއްގައި މިގޮތަށް ރަށެއް އެއްކޮށް ކުންފުންޏެއްގެ މިލްކެއްގެ ގޮތުގައި ހެދީމަ ވާނެ ގޮތެއް ނުވެއް ވިސްނާ. ކުންފުނިން ތި ރަށުގައި ގެދޮރު ހެދުން ކުރިއަށް ގެންދިޔުމަށް ހަވާލުކުރެވިދާނެ. އެކަމަކު، މުޅި ރަށުގެ މިލްކުވެރިކަން ކުންފުންޏަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން.
98965
09 December 2021
އާއްމުތަންތަނަކީ ކައުންސިލްގެ އިހްތިސާސްގައި ހުންނަ ތަންތަން. އެތަންތަނުގަި ކުރާކަންކަމުގެ ތެރެއިން ހުއްދަ ހޯދަންޖެހޭ ކަމެއްގައިނަމަ ހުއްދަ ދޭނީ ކައުންސިލުން. އެޗްޑީސީ ތިއުޅެނީ މޮޔަފުޅުވެގެން.
ޢީޅީ
09 December 2021
ނަރީސް މެންނަކީ ހާދައަކިޔާވެރިބަޔެކޭ ބޭނުންކަމެއްބޭނުންގޮތަކައްނިންމާލަނީ ގަދަމީހާ ގަދަ ނިކަމެތިމީހާނިކަމެތި
ނަސީމް
09 December 2021
މިއީ މިއަދު ޔާމިނުގެ ސަރުކާރަށްވެފައި އިދިކޮޅުގައި ތިބީ އެހެން ފަރާތެއްނަމަ ޔާމިން އެބަޔަކު މިހާރު މުޢްދަތު ނެތްގޮތަށް އެބަޔަކު ޖަލަށް ލާފީސް. ޔާމިނުގެ އަނިޔާވެރިކަން އަދި ބޮޑާކަމާއި ކިބުރުވެރިކަން އެނގޭ މީހުން މިޤައުމުގައި ވަރަށްގިނަ. އެކަން އޮތީ އޭނާގެ ވެރިކަމުގައި ރައްޔަތުންނަށް ދައްކާފަ. ތިބުނާ ނަޜީހެއް އެއުޅެނީ ފަޔަށް ހިނި އަރައިގެން. މިދެންކާކު.
ސަސް
09 December 2021
މިހާރު އެބައޮތެއް ނޫންތޯ ބޮޑު ލާމަރުކަޒީ ޤާނޫނެއް ފާސްކޮށްފަ ކައުންސިލްތަކަށް ބާރު ދީފަ! ތިޔަ ވިދާޅުވަނީ ކުރިން އޮތްގޮތުގެ ވާހަކަ ނޫންތޯ؟
ފފފފ
09 December 2021
ސުހައިލަކީ ގާނޫނު ގަބޫލުކުރާ މީހެއްނޫން. މަބޮޑު ހެދިފަހުންނަ މީހެއް އެއީ.