ވިޔަފާރި / އެޑްވަޓޯރިއަލް

އަރިވަރަ: ކުނި ނައްތާލުމުގެ ފުރިހަމަ ހައްލު ހޯދައިދެނީ

އީކޯބޮޓް. މި މެޝިނުން ފުޑް ވޭސްޓް ގަސް ކާނާއަށް ބަދަލުކޮށްލާނެ. މިއީ އަރިވަަރައިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ޕްރޮޑަކްޓެއް--ފޮޓޯ:އަރިވަރަ

އެކަށީގެންވާ ވަސީލަތްތަކާއި ކަން ކުރާނެ ގޮތްތައް ފަހިވެފައި ނެތުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރިސޯޓުތަކުން ގިނަ އަދަދެއްގެ ކުނި އުފައްދާ އިރު އެކުނިތައް ނައްތާލާނެ ގޮތެއް ނެތި ބައެއް ބާވަތްތަކުގެ ކުނިތައް ކަނޑަށް އަޅާ މައްސަލަ ވެސް ވަނީ މިފަހަކުން ވަރަށް ބޮޑުވެފަ އެވެ. މިކަމަށް ހައްލެއް ގެނެސް އުފައްދާ ކުނި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލައި އަދި ކުނިން އާމްދަނީއެއް ނެރުމަށް އަރިވަރަ އިންކް ޕްރައިވެޓް ލިމިޑެޓުން މިވަނީ ފުޑް ވޭސްޓް ކޮމްޕޯސްޓާ އާއި ކުނި ނައްތާލަން ބޭނުން ކުރާ އިންސިނެރޭޓަރު ވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.

"އަރިވަރަ" އިން މި މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީގަ އެވެ. މިވީ ކުރު މުއްދަތުގައި އެކުންފުނިން ވަނީ ރާއްޖޭގެ ރިސޯޓުތަކަށް ކުނި ނައްތާލާނެ މެޝިންތައް ފޯރުކޮށްދީފަ އެވެ. އަދި "އަރިވަރަ" އިން ވިއްކާ ފުޑް ވޭސްޓް ކޮމްޕޯސްޓާ އާއި އިންސިނެރޭޓަރަކީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެން ހުރި އަގުތަކަށް ވުރެ ހެއު އަގުތަކެއް ކަމަށް އެކުންފުނިން ބުންޏެވެ.

"އަރިވަރަ"އިގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ލުޠުފީ ވިދާޅުވީ، އެކުންފުނިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ފުޑް ވޭސްޓް ކޮމްޕޯސްޓާތަކަކީ ތިމާވެއްޓާ ރަށްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ އުފެއްދުންތަކެކެވެ. އަދި މިއީ ފުޑް ވޭސްޓް ޕްރޮސެސް ކޮށްގެން އޭގެއިން ފައިދާ ހޯދޭނެ ކޮމްޕޯސްޓާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައިކޯ ބްރޭންޑް ކޮމްޕޯސްޓާ. މި މެޝިނުން 24 ގަޑި އިރު ތެރޭ ކުނި ނައްތާލެވޭނެ. އަދި ގަސްކާނާ އުފެއްދޭނެ--

"އަޅުގަނޑުމެންގެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން. އެކަން ހާސިލުކުރުމަށް ގިނަ އުފެއްދުންތަކެއް މި އަންނަނީ ތައާރަފް ކުރަމުން،" "މިމަސައްކަތަށް އިތުރު ހިއްވަރެއްލިބި ހަލުވި ސްޕީޑެއްގަ މަސައްކަތް ކުރިއަށް ގެންދަންރާވައި ހިންގަމުން މިދަނީ ޤާނޫނުނަށް މިއަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހާއި ގުޅިގެން" އޭނާ ވިދާޅުވި އެވެ.

އަރިވަރަ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ކުނި ނައްތާލުމުގައި ވީހާ ވެސް ފަސޭހައިން އެކަން ކުރެވޭނެ މެޝިންތައް ރާއްޖެއަށް ގެނައުމާއި އެމެޝިންތަކަށް ބޭނުންވާ ސްޕެއާ އަދި އާފްޓާސޭލްސް ސާވިސް ދިނުމެވެ. މިހާރު ވެސް އެކުންފުނިންވަނީ ކޮމްޕޯސްޓަރުތައް ރާއްޖެއަށް ގެނެސް ރިސޯޓްރަކުގައި އިންސްޓޯލްކޮށް އަދި އެރިސޯޓްތަކުންދަނީ ދެމެހެއްޓެނިވިގޮތުގައަ ކުނިމެނޭޖްކުރަމުންނެވެ. މިއުފެއްދުން ތަކަކީ މެލޭޝިއާ، އިނގިރޭސިވިލާތް، އިންޑިއާގެ ބްރޭންޑްތަކުގެ އުފެއްދުންތަކެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކޮމްޕޯސްޓާއަކީ "އީކޯބޮޓް" އެވެ. "އީކޯބޮޓް" އަކީ ކާބޯތަކެތިން އުފެދޭ ކުނި ތިމާވެއްޓާ ރަށްޓެހި ގޮތަށް ނައްތާލާ އަދި ގަސްކާނާއަށް ބަދަލުކޮށްދޭ އުފެއްދުމެކެވެ. އިންޑިއާގެ މި އުފެއްދުމަކީ ކެފޭ އަދި ރެސްޓޯރަންޓްތަކާއި ގެސްޓްހައުސް އަދި ރިސޯޓް ތަކާއި އަތޮޅުތެރޭ ރަށްރަށާއި ދަނޑުވެރިކަން ކުރާތަންތަނުގައި އަދި އިންޑަސްޓްރިއަލް ރަށްރަށުގައިވެސް ވެސް ބޭނުން ކުރެވޭނެ ކޮމްޕޯސްޓަރެކެވެ. މިފަދަ އަނެއް ބްރޭންޑްގެ ފުޓް ވޭސްޓް ކޮމްޕޯސްޓަރަކީ "މައެކޯ" އެވެ. މެލޭޝިއާގެ މި އުފެއްދުމުންވެސް ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތިން އުފެދޭ ކުނި ނައްތާލެވޭނެ އެވެ. "މައެކޯ" އިން އުފައްދާ ކުނި ގަސް ކާނާއަށް ބަދަލުކޮށްލަ އެވެ. ތިމާވެއްޓާ ރަށްޓެހި ގޮތަކަށް މި ކޮމްޕޯސްޓަރު ބޭނުން ކޮށްގެން އުފައްދާ ގަސް ކާނާ އަކީ އެ ވިއްކައިގެން ފައިދާ ހޯދޭނެ، ކޮލިޓީ ރަނގަޅު ގަސްކާނާ އެވެ. "މައެކޯ" ގެ އަނެއް އުފެއްދުމަކީ ކާބޯތަކެތިން އުފެދޭ ކުނި ފެނަށް ބަދަލުކޮށްލާ ޕްރޮޑަކްޓެކެވެ. އަދި މިޕްރޮޑަކްޓް ޚާއްސަވަނީ ސަފާރީ އުޅަނދުފަހަރަށާއި ދުރުދަތުރުތައް ކުރާ ބޯޓުފަހަރާއި މަސްވެރި އުޅަނދުފަހަރަށެވެ. "އީކޯބޮޓް"އާއި "މައެކޯ" އަށް އަޅާ ކުނި 24 ގަޑި އިރުގެ ތެރޭގައި ގަސް ކާނާއަށް ބަދަލުކޮށްލަ އެވެ. މިދެ ކޮމްޕޯސްޓަރުން ވެސް ހުރިހާ ބާވަތެއްގެ ފުޑް ވޭސްޓް ނައްތާލާނެ އެވެ. އޭގެ ތެރޭގައި ކުކުޅު، ކަނޑު މަސް، އަދި ގެރި މަހުގެ ކަށިވެސް ނައްތާލެވޭނެ އެވެ.

ރާއްޖޭގެ ރިސޯޓެއްގައި ބަހައްޓާފައިވާ "އިންސިނާ 8" ގެ ކުނި ނައްތާލެވޭ މެޝިން. މި މެޝިނުން ރިސޯޓުތަކުގެ ހުރިހާ ކުންޏެއް ނައްތާލެވޭނެ--ފޮޓޯ:އަރިވަރަ

ރިސޯޓުތަކަކީ އެންމެ ގިނަ އަދަދަކަށް ފުޑް ވޭސްޓް އުފައްދާ ތަންތަނަށް ވާ އިރު "އީކޯބޮޓް" އާއި "މައިކޯ" އަކީ ރިސޯޓުތަކަށް ވަރަށް ބޭނުންތެރި ފޫޑް ވޭސްޓް ކޮމްޕޯސްޓަރެކެވެ. ކޮންމެ ދުވަހަކު އުފައްދާ ކުނީގެ އެވެރެޖް ފަސް ބައި ކުޅަ އެއްބައި ގަސް ކާނާއަށް ބަދަލުކޮށްލެވޭނެ އެވެ. މިސާލަކަށް ރިސޯޓަކުން ދުވާލެއްގެ މައްޗަށް 1،500 ކިލޯގެ ފުޑް ވޭސްޓް އުފައްދާ ނަމަ، އޭގެ އިން 250 ކިލޯ އާއި 300 ކިލޯ އާއި ދެމެދުގެ އަދަދަކަށް ގަސް ކާނާ އުފެއްދޭނެ އެވެ. މިއީ މަހެއްގެ މައްޗަށް 6،750 ކިލޯ އާއި 9،000 ކިލޯ އާއި ދެމެދުގެ އަދަދަކަށް ގަސް ކާނާ އެވެ. އަދި އަހަރެއްގެ މައްޗަށް 81،000 ކިލޯ އާއި 108،000 ކިލޯ އާއި ދެމެދުގެ އަދަދަކަށް ގަސް ކާނާ އެވެ. ބާޒާރުގައި ގަސް ކާނާގެ އަގުތައް އާންމުކޮށް ހުންނަނީ ކިލޯއެއް 25ރ. އާއި 30ރ. އާ ދެމެދުގެ އަގުގައެވެ. އެހެން ކަމުން 1،500 ކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފައްދާ ރިސޯޓަކަށް އަހަރެއްގެ މައްޗަށް 2.02 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ގަސް ކާނާ ވިއްކައިގެން ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

"އަރިވަރަ"އިން ކުނި ނައްތާލުމުގައި ބޭނުން ކުރާ އަނެއް ޕްރޮޑަކްޓަކީ "އިންސިނާ 8" އެވެ. އިނގިރޭސިވިލާތުގެ މި އުފެއްދުމަކީ ދުނިޔޭގެ 178 ޤައުމުގައި މަގްބޫލުކަން ހޯދާފައިވާ މެޝިނެކެވެ. އެކުންފުނިން އުފައްދާ އިންސިނެރޭޓަރުތައް ބޭނުން ކޮށްގެން ތިމާވެއްޓާ އެންމެ ރަނގަޅުގޮތަކަށް ކުނި ނައްތާލެވޭނެ އެވެ. "އިންސިނާ8" ގެ އިންސިނެރޭޓަރު މިހާރުވެސް ރާއްޖޭގައި ދަނީ ބޭނުން ކުރަމުންނެވެ. މިވަގުތު ކ.ތިލަފުށި، ކ.މާފުށި، ކ.ގުރައިދޫ، ޏ.ފުވައްމުލައް، ހދ.ކުޅުދުއްފުށީގެ އިތުރުން ގދ.ތިނަދޫގައި ވެސް ކުނި ނައްތާލަން ބޭނުން ކުރެ އެވެ. "އިންސިނާ 8" މިހާރު ބޭނުންކުރާ ބައެއް ރިސޯޓުތަކަކީ ސައުތު ޕާމް، ވޯލްޑޯފް އެސްޓޯއިރާ، ފަރި އައިލެންޑްސް (ރިޒްކާލްޓަން މޯލްޑިވްސް، ކަޕެއްލާ މޯލްޑިވްސް، ޕަޓީނާ މޯލްޑިވްސް) އެވެ. 2022ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ގެންނަ "އިންސިނާ 8"ގެ އެންމެބޮޑު އިންސިނެރޭޓަރު "ކްރޮސްރޯޑްސް މޯލްޑިވްސް" ގައި ބަހައްޓާނެއެވެ.

ކާޒާ ކޮމްޕޯސްޓާ. މިއީ ގޭގޭގައި ބޭނުންކޮށްލެވޭނެ ކޮމްޕޯސްޓަރެއް--ފޮޓޯ:އަރިވަރަ

"އިންސިނާ"8 ގެ އިތުރުން މެލޭޝިއާގެ އުފެއްދުމެއް ކަމުގައިވާ "ދިއޭޝާ" އަކީ ވެސް ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުނި ނައްތާލަން ރަނގަޅު ޕްރޮޑަކްޓެކެވެ. "ދިއޭޝާ" ގެ A200S މޮޑެލްއަކީ އިރުގެހަކަތަ ބޭނުންކޮށްގެން އޮޕަރޭޓް ކުރާ ފުޑް ވޭސްޓްގެ އިތުރުން ރިސޯޓުތަކުގައި އުފައްދާ ހުރިހާ ބާވަތެއްގެ ކުނި ނައްތާލެވޭ އިންސިނެރޭޓަރެކެވެ.

"އަރިވަރަ"އިން ރާއްޖޭގައި ލޯންޗުކުރާ:

"ބީވޯޓާ" 330އެމްއެލްގެ އެލުމިނިއަމް ދަޅުގައި ބަންދުކޮށްފައި ހުރި ބޯފެނަކީ ވިއެޓްނާމްގެ އުފެއްދުމެކެވެ. މި އުފެއްދުން އެންމެ ފުޅާކޮށް ބޭނުނެކުރަނީ ވިއެޓްނާމްގެ ސަރުކާރުގެ އިދާރާތަކާއި އަދި ފަސްތަރީގެ މަޝްހޫރު ރިޒޯރް އަދި ހޮޓެލްޗެއިން ތަކުގައެވެ. އޭގެ ތެރޭގައި ކަސްޓަމް ބްރޭންޑް ކޮށް ކަޕެއްލާ، އިންޓާކޮންޓިނެންޓަލް، ޕާކްހަޔަޓް، މިލިއާ، ސޮފިޓެލް، ރެޑިސަންބްލޫ, ޕުލްމޭން އަދި ނިއުވާލްޑްގެ ހޮޓެލްޗެއިން ގައި ބޭނުންކުރެއެވެ. މީގެ އިތުރުން ކޯޕަރޭޓް ބޮރޭންޑްކޮށް ލެކްސަސް އަށާއި ވިއެޓްނާމްގެ ނެޝަނަލް އެއާލައިނަށްވެސް ދަނީ އުފައްދައިދެމުންނެވެ. ވިއެޓްނާމްގެ އިތުރުން "ބީވޯޓާ" ސިންގަޕޫރުގައި ލޯންޗް ކޮށްފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ ހޮންކޮންގްއަށް ލޯންޗް ކުރުމަށެވެ.

ގޭގެއިން ބާކީކުރެވޭ އަދި މިހާރު އުކާލެވޭ ކުނިކާއެއްޗެތި ކަރަންޓާއިނުލާ ގަސްކާނާއަށް ބަދަލުކުރެވޭ ފުޑް ކޮމްޕޯސްޓާ، ސްލޮވީނިއާގެ "ސްކާޒާ"އަކީ ވެސް އަރިވަރައިން ރާއްޖޭގައި ލޯންޗްކުރަން ތައްޔާރުވާ އުފެއްދުމެކެވެ. "ސްކާޒާ"އަކީ ދުބާއީގެ ސަސްޓެއިނެބަލް ސިޓީގެ 500 ވިލާ އާއި 89 އެޕާޓްމެންޓް ބިލްޑިންގައި ދިރިއުޅޭ 2700 ގެދޮރުވެރިންގެ މެދުގައިވެސް މަޤްބޫލުކަން ހޯދައިފައިވާ އުފެއްދުމެކެވެ.

އިންޑިއާގެ "އެންވިގްރީން" އާއި އެމެރިކާގެ "ބްލޫގްރީން" އަކީ ތިމާވެއްޓާ ރަށްޓެހި ޕްލާންޓްބޭސްޑް ކޮމްޕޯސްޓަބަލް ކޮތަޅާއި ކާބޯތަކެތި އަޅާ އަދި ބަންދުކުރާ ޕެކޭޖިންއެވެ. މިޕްރޮޑަކްޓްތައްވެސް އަރިވަރައިން ދަނީ ރާއްޖޭގައި ލޯންޗްކުރަން ތައްޔާރުވަމުންނެވެ.

މިފަދަ އުފެއްދުންތަކާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާ، ތިމާވެއްޓާ ރަށްޓެހި ކޮމްޕޯސްޓަބަލް ގިނަބާވަތުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރުން ހެއުއަގުގައި ފަސޭހައިން ލިބޭނޭގޮތް ހެދުމަކީ އަރިވަރައިގެ އެއް އަމާޒެވެ. އެކުންފުނިން ބޭނުން ވަނީ ކުރިއަށް އޮތްތަނުގައި މިފަދަ ތަފާތުގިނަ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމަށެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

13 December 2021

ފުޑް ވޭސްޓް އޭ ތިކިޔަނީ ކޯޗަކަށްތަ؟ އިސްރާފަށްހެން ހާދަ ހީވެޔޭ.

The name is already taken The name is available. Register?

ސުރާގަތު

13 December 2021

ކުންފުންޏާ ގުޅޭނެ ނަންބަރެއް ނުވަތަ ކުންފުނީގެ ވެބްސައިޓް އެޑްރެސް ޖަހާލި ނަމަ ރަނގަޅުވީސް

The name is already taken The name is available. Register?

އިބުރާ

14 December 2021

މިއޮތީ ކަލޯ؛ https://arivarainc.com/

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454