ސަނާގެ ދެމަފިރިން ހަރަމްފުޅުގައި.
21 ޑިސެމްބަރ 2021 - 05:59
ފިލްމު ކުޅުން ހުއްޓާލައި މިދިޔަ އަހަރު މުފުތީއަކާ ކައިވެނިކުރި އިންޑިއާގެ ބަތަލާ ސަނާ ޚާން، ފިރިމީހާ އެކު މައްކާގައި އުމްރާގެ އަޅުކަން އަދާކުރަން ފަށައިފި އެވެ.
ދެމަފިރިންގެ ސައުދީ އަރަބިއްޔާގެ މި ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ. ސަނާ ކުރި ޕޯސްޓެއްގައި ވަނީ އެ މީހުންގެ އުމްރާ ދަތުރު އިންތިޒާމުކޮށް ދިން މީހުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ފިލްމު ކުޅުން ހުއްޓާލައި ސަނާ އާއި މުފުތީ އަނަސް ސައީދު ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. ދިރިއުޅުމަށް ގެނައި ބޮޑު ބަދަލާ އެކު އޭނާ މިހާރު ލައި އުޅެނީ ބުރުގާއާ އެކު ގަޔަށް ދޫ އަބާޔާ އެވެ.
ސަނާގެ ދެމަފިރިން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެވެ.
ސަނާ، 32، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހައްލާ ބޯލް (2008)، ޖޭ ހޯ (2014) އަދި ވަޖާ ތުމް ހޯ (2016) ހިމެނެ އެވެ. ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް އޭނާ ވާދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
21 December 2021
މާޝާﷲ.ނަމޫނާ ޖޯޑެއް.ސަނާ ކަހަލަ ދީންވެރި ކުއްޖަކު މަަށަށް ވެސް ލިބޭތޯ ދުޢާ ކުރަން.
ށަވިޔަނި
21 December 2021
ރަނގަޅު.