ވިލިމާލެ ކުރިމަތިން ލޯންޗެއް ދަތުރުކޮށްފައި ދަނީ.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ޑިސެމްބަރ 2021 - 20:58
ވިލިމާލެ ދެކުނު ފަރާތުން ދަތުރުކުރި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށް ކަމަށެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.
މި ހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައި ވާތީ އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތައް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަދި
23 December 2021
ރޯމާދުވާލު؟