ލައިފްސްޓައިލް / އިންޑިއާ

ކެރެލާގެ ސްކޫލެއްގެ އަންހެން ދަރިވަރުންނަށް ވެސް ޔުނިފޯމަކަށް ފަޓްލޫނާއި ގަމީސް

އިންޑިއާގެ ކެރެލާގެ ސްޓޭޓްގެ ސަރުކާރުގެ ސްކޫލެއްގައި އަންހެން ދަރިވަރުންނަށް ފިރިހެން ދަރިވަރުންނާ އެއްގޮތަށް ގަމީހާއި ފަޓްލޫން ލާން ހުއްދަ ދިނުމުން ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން ބުނީ ދެ ޖިންސްގެ ދަރިވަރުންނަށް އެއްގޮތަކަށް ޔުނިފޯމް އަޅަން ހުއްދަ ދިނުމުން އެކަން މައްސަލައަކަށް ހަދަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ. އަދި މިކަމާ ހެދި ބައެއް މީހުން ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. މީގެކުރިން އެ ސްކޫލްގައި ކުރިން އަންހެން ދަރިވަރުން ޔުނިފޯމަކަށް ލަމުން އައި ކަކުލާ ހަމައަށް އޮންނަ އަދި އުޅަބޮއްޓާ ހަމައަށް އަތް ދިގު ހެދުމަކާއި ދޫ ހަރުވާޅެކެވެ. އަދި ޔުނިފޯމްގެ މަތިން އަތްކެޑި ޖެކެޓެއް ވެސް ހިމެނެ އެވެ.

އަންހެން ދަރިވަރުންގެ ޔުނިފޯމަށް ގެނައި ބަދަލާ ބެހޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް އިންދޫ އާރް ވިދާޅުވީ އެ ނިންމުމަކީ ސްކޫލްގެ ޕީޓީއޭ އާއި މުޅި މެނޭޖްމަންޓާ މަޝްވަރާކޮށްފައި ނިންމި ނިންމުމެއް ކަމަށެވެ.

"ޔުނިފޯމަށް ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ ކެރެލާގެ ހޫނު މޫސުމާ ވެސް ނުގުޅޭ އެއްޗަކަށްވާތީ. ކުރިން ބޭނުން ކުރަމުން އައި ޔުނިފޯމަކީ ލައިގެން އުޅެން ފަސޭހަ އެއްޗެއް ނޫން. މި ބަދަލު ގެނައީ މަޝްވަރާކުރުމަށް ފަހު މެޖޯރިޓީ އެކަމަށް އެއްބަސްވުމަކަށް އައިމަ." ޕްރިންސިޕަލް ވިދާޅުވި އެވެ.

ކެރެލާގެ މަތީ ސާނަވީ ސްކޫލެއްގެ ދެ ޖިންސްގެ ދަރިވަރުންނަށް އެއްގޮތަކަށް ޔުނިފޯމް އަޅަން ހުއްދަ ދިން އިރު، މިއީ އިންޑިއާގެ ސަރުކާރުގެ މަތީ ސާނަވީ ސްކޫލަކުން މިފަދަ ބަދަލެއް ގެނައި ފުރަތަމަ ފަހަރު ވެސް މެ އެވެ. ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ޔުނިފޯމަށް ގެނައި ބަދަލަށް މަރުހަބާ ވިދާޅުވެ، އިންޑިއާގެ މުޅި ތައުލީމީ ނިޒާމު ވެސް އެފަދަ ބަދަލަކަށް ދާން ގޮވާލައްވައިފަ އެވެ. އަދި މިއީ ކުރިއަށް އެޅުނު ވަރަށް ހެޔޮ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޫލްތަކުގެ ޔުނިފޯމާ ގުޅޭ ގޮތުން ގިނަ ގައުމުތަކުގައި އެންމެ ބޮޑަށް ބަހުސްކުރެވޭ އެންމެ ބޮޑު ކަމަކީ އަންހެން ދަރިވަރުން އާންމުކޮށް ސްކާޓްލާން ޖެހުމެވެ. އެގޮތުން މީގެ ތިން އަހަރު ކުރިން އިނގިރޭސިވިލާތުގެ ސްކޫލްތަކެއްގައި އަންހެން ދަރިވަރުންނަށް ސްކާޓް މަނާ ވެސް ކޮށްފައިވެ އެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 10%
icon angry icon angry 30%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު123

24 December 2021

ޒަމާނުއްސުރެ ފިރެހެނުން ލަމުން އައި ހެދުމެއް ލުމަށް އަންހެނުންނަށް މަޖުބޫރުކުރުމަކީ އަންހެނުން ދަށްކޮށްލުމަށް ހިންގުނު ޖަރީމާއެއް.

The name is already taken The name is available. Register?

ށަވިޔަނި

24 December 2021

ހަރުކަށި ހިންދިން. ހަރުކަށި މުސްލިމުން. ހުސް ހަރުކަށި. ހަރުކަށި މިކިޔަނީ ކުރީގެ ގޮތް ދޫކުރުމަށްތަ؟ ނުވަތަ ދީނެއްގައި އޮންނަގޮތްކަމަށް ބަޔަކު ދެކޭކަންތަކަށް ކިޔާ ނަމެއްތަ؟

The name is already taken The name is available. Register?

ކުލްކުލީ

24 December 2021

ދިވެހިރާއްޖޭގާ ތީ އާކަމެއްނޫން. އިންޑިޔާމީހުން ހާދަ ފަހަތުގައޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454