މްޕީއެލްގެ ސީއީއޯ ޝާހިދު (ކ)، އެސްޓީއޯގެ އެމްޑީ އަމްރުއާ (ވ) ދުވާ ކިޓް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: އެމްޕީއެލް
30 ޑިސެމްބަރ 2021 - 11:34
އެމްޕީއެލްގެ ޕޯޓް ސޭފްޓީ ރަން މާދަމާ އޮންނާނެ އެވެ.
ހެލްތު ސޭފްޓީ އަށް އާންމުން ހޭލުންތެރި ކުރުމަށް، ބާއްވާ ފަސް ކިލޯމީޓަރުގެ ދުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މިހާދު އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވެސް އެ ދުވުުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މްޕީއެލްގެ ސީއީއޯ ޝާހިދު (ކ)، އެމްޓީސީގެ އެމްޑީ އާޒިމް (ވ) ދުވާ ކިޓް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: އެމްޕީއެލް
މާދަމާ ހެނދުނު 6:30 ގައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުން ފަށާ ދުވުން، ފަސް ކިލޯމީޓަރު ހަމަކުރުމަށް ފަހު ނިންމާނީ، ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދަށެވެ. ދުވުމުގެ ބައިވެރިންގެ ރަނިން ކިޓް، ވިއްކައިގެން ލިބުނު ފައިސާ ހަދިޔާ ކުރާނީ ކުޑަ ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އާކް އަށެވެ.
ދުވުމުގައި ބައިވެރިވާން ހުޅުވާލުމުން، 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
"ހެލްތު ސޭފްޓީ އަށް އަމާޒުކޮށް މި ރަން މި ލޯންޗްކުރީ ޖެނެރަލް ޕަބްލިކުގެ ވެސް ސިއްހީ ރައްކާތެރި ކަމާއި ސަލާމަތަށް ހޭލުންތެރިކަން އިތުރު ކުރުމަށް،" އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަލަރި
30 December 2021
އެބުނާހެން އޭނާ ވެސް ޖެހޭނެ ދޯ ބައިވެރި ކުރަން
ސީޒަން ޖެކުހަން
30 December 2021
ޕީޖީ ޝަމީމަކީވެސް ވަރަށްދުވާމީހެއް؟ އޭނާއަށްވެސް ދައުވަތުދީބަލަ ވާގޮތެއްބަލާލަން.