ލައިފްސްޓައިލް / ޗައިނާ

ސްޕޭސް އެކްސްއާ ހެދި "ތުރާވާ" ކަމަށް ބުނާތީ ރައްދު ދީފި

ސްޕޭސް އެކްސް އިން ފުލުފުލުގައި ލޯންޗްކުރާ ސެޓެލައިޓްތަކުގެ ސަބަބުން މިހާރު ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ބިރު އޮތް ކަމަށް ބުނެ ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް އެކަމަށް ރައްދު ދެއްވައިފި އެވެ.

ޗައިނާ އިން ކަންބޮޑުން ފާޅުކޮށްފައި ވަނީ އެ ގައުމުގެ ސްޕޭސް ޕްރޮގްރާމް ބޭނުންކުރާ ސެޓެލައިޓްތައް، ސްޕޭސް އެކްސްގެ ބިޔަ ސެޓްލައިޓްތަކާ މުޑިއަރައި ބޮޑެތި ގެއްލުންތަކެއްވެ، މަސައްކަތްތަކަށް ހުރަސް އެޅިދާނެތީ އެވެ. މިކަމާ ހެދި އިތުރު މަސައްކަތްތަކެއް ވެސް ކުރަން ޖެހިފައިވާ ކަމަށް ޗައިނާއިން ބުނެ އެވެ.

ސްޕޭސް އެކްސްގެ ދަށުން ބިނާކުރާ އިންޓަނެޓް ވިއުގަ، "ސްޓާލިންކް" އަކީ އެތައް ހާސް ސެޓެލައިޓެއް ލޯންޗްކޮށްގެން ތަރައްގީކުރާ ވިއުގައެކެވެ. މީގެ ދެ އަހަރު ކުރިން ފެށިގެން މިހާރު ދުނިޔެ ސްޓާލިންކްގެ އިންޓަނެޓް ތަޖުރިބާ ވެސް ކުރެވެމުން އަންނަ އިރު، މި މަހުގެ 18 އާ ހަމައަށް ސްޕޭސް އެކްސް އިން ވަނީ 1،700 އަށް ވުރެ ގިނަ ސެޓެލެއިޓް ލޯންޗްކޮށްފަ އެެވެ. "ސްޓާލިންކް" މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި 12،000 ސެޓެލައިޓް ލޯންޗް ކުރަން ހަމަޖެހިފައިވެ އެވެ.

އީލޮންގެ ސްޕޭސް އެކްސް "ތުރާލަކަށް ވެގެން" ޗައިނާ އިން ވާހަކަ ދެއްކި އިރު، މިދިޔަ މަހުގެ ކުރީކޮޅު ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ވެސް އީލޮން އަށް ފާޑުކިޔާފައިވެ އެވެ. އެތަނުގެ ވެރިޔާ ޖޯސެފް އެޝްބޭޝާ ވިދާޅުވީ "އީލޮން އުޅެނީ މުޅި ޖައްވު އަމިއްލަ ކުރަން" ކަމަށެވެ. އެހެންވެ މިކަމާ މަޑުން ނުތިބެ އީޔޫ އާއި އެހެން ގައުމުތަކުން ވެސް ސްޕޭސް އެކްސްއާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ޖޯސެގް ވިދާޅުވި ގޮތުގައި ސްޕޭސް އެކްސް ހިތުހުރިހާ ވަރަކަށް ސެޓެލައިޓް ލޯންޗްކުރާ ތަން ބަލަން އެހެން ގައުމުތަކުން ތިބުމަކީ އެ ގައުމުތަކުގެ ސްޕޭސް ޕްރޮގްރާމްތަކަށް ސެޓެލައިޓް ލޯންޗްކުރާނެ ތަންކޮޅެއް ވެސް ނުލިބިދާނެ ކަމެކެވެ.

މިފަދަ ވާހަކަތަކާ އެކު އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ވިދާޅުވީ ޖައްވަކީ ފުރިބާރުވާހާ ކުޑަ ތަނެއް ނޫން ކަމަށެވެ.

"އެއީ ވަރަށް ބިޔަވެގެންވާ ތަނެއް. އެތަނާ އަޅާބަލާ އަހަރެމެން މި ލޯންޗްކުރާ ސެޓެލައިޓްތަކަކީ ހަމަ އެއްވެސް އެއްޗެއް ނޫން." އޭނާ ވިދާޅުވި އެވެ.

އީލޮން ވިދާޅުވީ ޗައިނާ ފަދަ ގައުމުތަކުން މިހާރު ކަންބޮޑުވުން ފާޅުކުރާ ގޮތަށް ސްޕޭސް އެކްސް އިން އެހެން ގައުމުތަކުގެ ޕްރޮގްރާމަކަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރެ އެވެ.

"އަދި އެފަދަ ކަަމެއް ނުވެސް ކުރާނެ. އަހަރެމެންގެ ސަބަބުން އެހެން ބައެއްގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނުމަކީ ގަބޫލުކުރެވޭ ކަހަލަ ވާހަކައެއް ވެސް ނޫން." އޭނާ ވިދާޅުވި އެވެ.

އީލޮން ވިދާޅުވި ގޮތުގައި ސެޓެލައިޓްތަކުން ޖައްވު ފުރެމުންދާ ކަމަށް ބުނުމަކީ ދައްކަން ޖެހޭ ވާހަކައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާރު ދެ ބިލިއަން ވެހިކަލް ބޭނުން ކުރާއިރު ޖައްވު އޮތީ އެތައް ބިލިއަނުން ސެޓެލައިޓް ދޫކޮށްލެވޭހާ ތަނަވަސްކޮށެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގެ ތެރޭގައި މިހާރު 7،500 ސެޓެލައިޓް އެބަހުއްޓެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454