ސްކޫލް ބަންދުގައި މާލެއިން ރަށަކަށް ދިއުމަށް ލޯންޗު ފުރާ ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން: މާލޭގައި ކޮވިޑުގެ ކޭސްތައް މައްޗަށް ގޮސްފައިވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖެނުއަރީ 2022 - 14:26
ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީހާ ވެސް އަވަހަކަށް، އެ ދަރިވަރަކު ކިޔަވާ ސްކޫލް ހުންނަ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތަކާ މެދު ބެލެނިވެރިން ސުވާލު އުފައްދަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަންތައް ކަމަށެވެ.
އެހެންވެ، ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ހުރިހާ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވަމުންދިއުމާއެކު، އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓް ހިފައިގެން ދަތުރުކުރުމަށް އިއްޔެ އަންގައިފަ އެވެ.
އެކަމަކު، އެޗްޕީއޭއިން އެގޮތަށް އެންގިއިރު މިއީ ސްކޫލްގެ ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކުގައި މާލެއަށް އައިސްފަ އެވެ. އެއް ބަޔަކު ތިބީ އަނބުރާ ރަށަށް ދިއުމަށް ޓިކެޓު ނަގައި ތައްޔާރުވެގެންނެވެ.
"މި ވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ،" ބަޔާނުގައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހޫ
11 January 2022
ސްކޫލްތައް ހުޅުވުން ފަސްކޮށްލަންވީ މާލޭގަ. ކޮވިޑްގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުން މިހާ ބޮޑަށް އިތުރުވެފައިވާއިރު، ސްކޫލްތައް ހުޅުވީމަ ހަމަ ފަތުއަޑު ކިޔާފަ ރޯގާތައް ފެތުރޭނީ. ކޮވިޑްވެސް ހާލަތު ގޯހުން ގޯހަށް ގޮސް، މި ދިޔަ އަހަރުހެން ދުވާލަކު މީހަކު، ނުވަތަ ދެ މީހުން މަރުވާ ހިސާބަށް ދިޔައިމަ ލޮކްޑައުންއަށް ދާން މަޑުނުކޮށް ދުރާލާ ފިޔަވަޅު އެޅުން ބުއްދިވެރީ. މި ދިޔަ ދެ އަހަރުގެ ތަޖުރިބާއިން ލަފާކޮށްލަން އެނގޭ ޓްރެންޑްތައް.
ރަދީފްއޮފިޝިއަލް
11 January 2022
ޓިކެޓް ލިބެން ނެތް.ދެން ބުނެބަލަ ދާނެ ގޮތެއް.
އިބޫލާ
11 January 2022
ތިޔަހަދާ ޓެސްޓް ތަކުން އެއްވެސް ފައިދާއެއް ކުރޭތަ؟
ާއުނިމާ
11 January 2022
ކަންކަން ރާވާ ހިންގަން ހަމަ ނޭގެނީ...ކަން ކަން މަތިފަޑިން މޮނީޓަރވެސް ނުކުރެވެނީ...ރައްޔިތުން ނިކުމެ ހަޅޭލެވިީމާ، ނުވަތަ ކަންކަން..މީޑިޔާއިން ތިލަވީމާ ވެރިންނަށް ހޭވެރިކަން މިވަނީ... މިވަރުން ކިިނެއް ގައުމު ހިންގާނީ
ހޮރު
11 January 2022
ތިޔަ ބުނީ ތެދެއް...ގަވާއިދުތައް ހަދާއިރު ރައްޔިތުމީހާ ވާނެ އުދަގުލަކަށް ނުވިސްނާ...ސ.މީޑިއާގައި އުދާސްތައް ބޭރުކުރަން ފެށިމާ ވެރިންނަށް ކަންކަން އަދި އެނގެނީ...އެޗް.ޕީ.އޭ އިން ރައްޔިތުން ފެލަނީ...މަ ވވވ ފޫހިވެއްޖެ މި ސަރުކާރު ދެކެ. ހާއްސަކޮށް އެޗް.ޕީ.އޭ އަދި އެޑިއުކޭޝަން މިނިސްޓަރު
ޢަލީ މުހައްމަދު މަނިކު
11 January 2022
ޓީޗަރުން ޗުއްޓީ ހޭދަ ކުރާނެ ގޮތެއް އިނގޭނީ އައިސްތު އަކަށް ނޫން....
ފިނިފިނި
10 January 2022
އާނ...މިނިސްޓަރު ޓިކެޓް ދީގެން މަޖާކޮށްލަން ވިއްޔާ އައިސް މިތިބީ މާލެއަށް، ހަމަ ބުނާއިރަށް ރަށަށް ދާން...އަދިވެސް އާއަހަރުގެ ބޭއްވި ކަހަލަ އިވެންޓް ތައް ބާއްވާ...އެޗް.ޕ.އޭ ގެ ވެރިންގެ އެކައުންޓަށް ވަންނަ ފައިސާ ގިނަވާނެ.
ާއުނިމާ
11 January 2022
މީ މަޖާކަމެއް! ވެރިކަން ކުރުންވެސް މިހާރު ބޮޑު ޖޯކަކަށްވެއްޖެ
ދިއްދޫމީހާ
10 January 2022
ބަލަ ރައީސް ބުނެފަ އޮތީ 3ހަފްތާގަ ކޮވިޑް ބާރަށް ފެތުރޭނެކަމަށް، އެހެންވީމް އިތރު 3ހަފްތާއަ ސަރުކާރު ބަންދުކުރަން ވީނުން؟؟
އައިސްތުސީލީ
10 January 2022
ޕީސީއާރް ޓެސްޓުގެ ހަރަދު އަދި ޓިކެޓް ދޭ އިރަށް ދާން ތައްޔާރަށް ހަމަ.
ޢިބޫ
10 January 2022
މީގެ ސުވާލު އުފެދޭ ގޮތަކީ މީގެ ދެތިންދުވަސް ކުރިން ރައީސް ވިދާޅުވިޔޯ ކުރިއަށް އޮތް 3 ހަފްތާއަކީ ކޮވިޑް ވަރަށް ބާރަށް ފެތުރޭނެ ދުވަސް ތަކެކޯ، ރައީސަށް ކިހިނެއްބާ އެކަން އެނގިވަޑާކަތީ، ނޫނިއްޔާ ކުރިން ޕްލޭން ކޮއްފައޮތް ކަމެއްބާ؟
ކިރިން
10 January 2022
ކުރިން ޕްލޭން ކުރަނީ ލާރި ހޯދަންށާއި އިދިކޮޅު ހަރަކާތް ހުއްޓުވަން
ޒަހަމީ ޖައްނަތު
10 January 2022
އަހަރެމެން ބޮޑުހަރަދުކޮއްފަ މަލޭއައީ ރަށުންނލިބޭ ހިދުމަތް ހޯދަން ދެން ދާށޭބުނީމަ ދެވޭތަ އަތުން ދިޔަ ހަރަދު ދޭނީކާކު މިތާގަނަތެޅެންޖެހުމަސް އަންނަނީ މިތަނުގަ ކޮންމެފާޑަކައްވެސް ހިދުމަތް އެތައް ދުވަހެއްކޮށްފަ ވެސް ލިބޭތީ